Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރައްޔިތުންގެ ބަދަލު

ގުޅިފައިވާ ސިޔާސީ ޕާޓީތަކުން ބ ތުޅާދޫގައި ހިނގާލުމެއް ބާއްވައިފި

14 ޖުލައި 2017 | ހުކުރު 14:24

ގިނަ ރައްޔިތުން ތަކެއް ވަނީ ބައިވެރިވެފައި

އަހުމަދު މުހުސިނު
އަހުމަދު މުހުސިނު | 14 ޖުލައި 2017 | ހުކުރު 14:24
ގުޅިފައިވާ ޕާޓިތަކުން ތުޅާދޫގައި ބޭއްވި ހިނގާލުމުގެ ތެރެއިން

ގުޅިފައިވާ ޕާޓިތަކުން ތުޅާދޫގައި ބޭއްވި ހިނގާލުމުގެ ތެރެއިން

ޤައުމަށް ބޭނުންވާ އިސްލާހީ ބަދަލުތައް ގެނައުމަށް ގުޅިފައިވާ އިދިކޮޅު ޕާޓީތަކުން ބ އަތޮޅު ތުޅާދޫގައި ރާއްޖޭގެ ސިޔާސީ މަޝަރަހާމެދު ކަންބޮޑުވުން ފާޅުކޮށް ހިނގާލުމެއް ބާއްވައިފިއެވެ.

މިހިނގާލުން އޮތީ ހުކުރު ދުވަހު ހަވީރު 4:30 ން 6:00 އަށް ތުޅާދޫގެ ބޮޑެތި މަގުތަކުގައެވެ. މިހިނގާލުމުގެ ކުރިން ތުޅާދޫއަށް ވަނީ ގުޅިފައިވާ ޕާޓީތަކުން އަތޮޅުތަކަށް ކުރާ ދަތުރު ތަކުގެ ތެރެއިން ޓީމެއް ތުޅާދޫއަށް ވަދައިގެންފައެވެ. އެޓީމް ހަވީރު 4 ޖަހާކަށްހާއިރު ތުޅާދޫއަށް ވަޑައިގަތުމުން ތުޅާދޫން ވަނީ އެޓީމަށް ހޫނު މަރުހަބާއެއް ދަންނަވާފައެވެ.

ގުޅިފައިވާ ޕާޓީތަކުން ތުޅާދޫއަށް ވަޑައިގެންނެވި ޓީމުގައި އެމްޑީޕީގެ ޗެއަރޕާސަންގެ ނައިބު ޢަލީ ނިޔާޒާއި ޕާޓީއަށް ނިސްބަތްވެވަޑައިގަންނަވާ ރައްޔިތުންގެ މަޖިލީހުގެ މާފަންނު ހުޅަނގު ދާއިރާގެ މެންބަރު މުހައްމަދު ފަލާހާއި ޖުމްހޫރީ ޕާޓީގެ ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެންބަރު އަލީ ހުސައިންއާއި ރައްޔިތުންގެ މަޖިލީހުގެ އިހަވަންދޫ ދާއިރާގެ ކުރީގެ މެންބަރު އަހުމަދު ޢަބްދުﷲ އާއި މާލެ ސިޓީގެ މޭޔަރ ސިފާ މުހައްމަދުގެ އިތުރުން ޖުމްހޫރީ ޕާޓީގެ ނައިބު ލީޑަރ ޑރ ހުސައިން ރަޝީދާއި ޕާޓީތަކުގެ އެހެނިހެން އިސްބޭފުޅުންވެސް ހިމެނިވަޑައިގަންނަވައެވެ.

ތުޅާދޫގައި ބޭއްވި ހިނގާލުމުގައި ރަށުގެ ގިނަ ރައްޔިތުން ބައިވެރިވެފައިވާއިރު އެރައްޔިތުން ވަނީ އަދުގެ ސަރުކާރުން ކަންކުރަމުންދާ ގޮތުން ކަންބޮޑުވުމުގެ ޝުއޫރުތައް ފާޅުކޮށްފައެވެ. އަދި ހިނގާލުމުގައި އިސްކޮށް ތިއްބެވި މާލެއިން ވަޑައިގެންނެވި ޓީމުތަކުގެ ބޭފުޅުން ވިދާޅުވަމުން ގެންދެވީ ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ އިތުބާރު ނެތްކަމަށް މިހާރު ނިމިފައިވާ ކަމަށާއި 45 މެންބަރުންގެ ސޮޔާއެކު ހަޤީގަތުގައި މިހާރު ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުﷲ މަސީހުގެ އިތުބާރެއް ނެތްކަމަށެވެ. އަދި ބޮޑުފަޅިއަށް ދަނީ އިތުރަށް ތާއީދު ލިބެމުން ކަމަށާއި ރައީސް ޔާމީންގެ ވެރިކަން ޤާނޫނީ ހަމަތަކަުގެ މަތިން ބަދަލު ކުރައްވާނެ ކަމަށެވެ. މީގެ އިތުރުން ރާއްޖޭގެ ޖުޑިޝަރީ އިސްލާހު ކުރަން ޖެހިފައިވާ ކަމަށާއި އެކަންވެސް ކުރައްވާނެ ކަމަށެވެ.

ސުޕްރީމް ކޯޓުން ބުރާސްފަތި ދުވަހު ކުރި ހުކުމާ ގުޅޭގޮތުން ގުޅިފައިވާ ޕާޓީތަކުން ބުނީ ޤާނޫން އަސާސީއާ ޚިލާފް އެއްވެސް ކަމަކަށް ބޯލަނބަން ނުޖެހޭނެ ކަމަށާއި އެހުކުމުގެ ސަބަބުން ލިބޭ ގެއްލުމެއް ނެތްކަމަށެވެ. އަދި ޕީޕީއެމުން މިހަރަކާތާ ގުޅުނު ފަރާތްތަކުގެ އަޒުމާއި ޖޯޝް އެހުކުމުގެ ސަބަބުންވީ އިތުރު ކަމަށްވެސް އެޕާޓީތަކުން ބުންޏެވެ.

ތުޅާދޫގައި ހިނގާލުމެއް ބާއްވާފައިވާއިރު ހުކުރު ދުވަހުގެރޭ އެރަށު މަޝްހޫރު "ފޯރ ފިފްޓީ ސަރަހައްދުގައި" ޚާއްޞަ ޖަލްސާއެއް ބޭއްވުމަށްވެސް ވަނީ ހަމަޖެހިފައެވެ. މިޖަލްސާ އޮންނާނީ ހުކުރު ދުވަހުގެރޭ 9:30 ގައެވެ.

އިތުރަށް ކިޔާލަން

23 ފެބުރުއަރީ 2017

ޝަރުއީ ދާއިރާ އިންތިހާ އަށް ސިޔާސީވެފައި، އިންސާފުވެރި ޝަރީއަތެއް ލިބުމުގެ ހައްގެއް ނެތް: އެމްނެސްޓީ

23 ފެބުރުއަރީ 2017
ޝަރުއީ ދާއިރާ އިންތިހާ އަށް ސިޔާސީވެފައި، އިންސާފުވެރި ޝަރީއަތެއް ލިބުމުގެ ހައްގެއް ނެތް: އެމްނެސްޓީ
14 ފެބުރުއަރީ 2017

ޗީފް އޮފް ޕްރޮޓޮކޯލްގެ މަގާމު ސިޔާސީ މަގާމަކަށް ބަދަލުކޮށްފި

14 ފެބުރުއަރީ 2017
 ޗީފް އޮފް ޕްރޮޓޮކޯލްގެ މަގާމު ސިޔާސީ މަގާމަކަށް ބަދަލުކޮށްފި
09 ފެބުރުއަރީ 2017

ސިޔާސީ މިނިވަންކަން ހޯދުމަށް ރައްޔިތުން ތެދުވަން ވެއްޖެ:ޑރ ޖަމީލް

09 ފެބުރުއަރީ 2017
ސިޔާސީ މިނިވަންކަން ހޯދުމަށް ރައްޔިތުން ތެދުވަން ވެއްޖެ:ޑރ ޖަމީލް
27 ޖެނުއަރީ 2017

ލ ގަމުގެ ބަނދަރުގެ މަޝްރޫއުން ދޭހަވަނީ ސަރުކާރުން ވަކި ސިޔާސީ ފިކުރަކަށް ނުބަލާކަން:މުއިއްޒު

27 ޖެނުއަރީ 2017
ލ ގަމުގެ ބަނދަރުގެ މަޝްރޫއުން ދޭހަވަނީ ސަރުކާރުން ވަކި ސިޔާސީ ފިކުރަކަށް ނުބަލާކަން:މުއިއްޒު
24 ޖެނުއަރީ 2017

ފުލުހުންގެ މުއައްސަސާ ވަނީ ސިޔާސީ ނުފޫޒުގައި ކަސްތޮޅު އެޅުވިފައި: ޑރ. ޑީޑީ

24 ޖެނުއަރީ 2017
ފުލުހުންގެ މުއައްސަސާ ވަނީ ސިޔާސީ ނުފޫޒުގައި ކަސްތޮޅު އެޅުވިފައި: ޑރ. ޑީޑީ
23 ޖެނުއަރީ 2017

ބޯޓްގެ މިލްކުވެރިޔަކު ހޯދުމަށް އިއުލާންކުރީ ސިޔާސީގޮތުން ފިއްތާލުމަށް: މުސްތަފާ

23 ޖެނުއަރީ 2017
ބޯޓްގެ މިލްކުވެރިޔަކު ހޯދުމަށް އިއުލާންކުރީ ސިޔާސީގޮތުން ފިއްތާލުމަށް: މުސްތަފާ
13 ޖެނުއަރީ 2017

ރައީސް ޔާމީންގެ ސިޔާސީ ހަރަކާތަށް ސަރުކާރުގެ ކުންފުނިތައް ބޭނުން ކުރުން ކުށްވެރިކުރަން: ޑރ ޖަމީލް

13 ޖެނުއަރީ 2017
ރައީސް ޔާމީންގެ ސިޔާސީ ހަރަކާތަށް ސަރުކާރުގެ ކުންފުނިތައް ބޭނުން ކުރުން ކުށްވެރިކުރަން: ޑރ ޖަމީލް
10 ޖެނުއަރީ 2017

"ރައީސް ނަޝީދުގެ މައްޗަށް ދައުވާކުރަން ފޮނުވާފައިވަނީ ސިޔާސީ މަޤްސަދެއްގައި"

10 ޖެނުއަރީ 2017
 "ރައީސް ނަޝީދުގެ މައްޗަށް ދައުވާކުރަން ފޮނުވާފައިވަނީ ސިޔާސީ މަޤްސަދެއްގައި"
06 ޖެނުއަރީ 2017

ގޮންޖެހުންތަކާ އެކު 2016 ވަނަ އަހަރު އިދިކޮޅު ސިޔާސީ ޕާޓީއެއްގެ ދައުރު އަދާކުރެވުނު: އެމްޑީޕީ

06 ޖެނުއަރީ 2017
ގޮންޖެހުންތަކާ އެކު 2016 ވަނަ އަހަރު އިދިކޮޅު ސިޔާސީ ޕާޓީއެއްގެ ދައުރު އަދާކުރެވުނު: އެމްޑީޕީ
04 ޖެނުއަރީ 2017

ރާއްޖޭގެ ސިޔާސީ މަސްރަހުން 2017 ވަނަ އަހަރު އާ ބަދަލުތަކެއް ފެނިގެންދާނެ: ނިޒާރު

04 ޖެނުއަރީ 2017
ރާއްޖޭގެ ސިޔާސީ މަސްރަހުން 2017 ވަނަ އަހަރު އާ ބަދަލުތަކެއް ފެނިގެންދާނެ: ނިޒާރު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް