Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ފޮރިން މިނިސްޓަރު އިންޑިއާއަށް ކުރައްވާ ދަތުރުފުޅު

ރާއްޖެއާ އިންޑިއާއާ ދެމެދު 9 އެއްބަސްވުމެއްގައި ސޮއިކޮށްފި

"ހައި އިމްޕެކްޓް ކޮމިއުނިޓީ ޑިވެލޮޕްމަންޓް ޕްރޮޖެކްޓް ސްކީމް" ގެ ދެވަނަ ފިޔަވަހީގެ ދަށުން ވެވުނު އެއްބަސްވުންތަކެއް

އިދުހާމް ނަޢީމް
އިދުހާމް ނަޢީމް, ރާއްޖެ އެމްވީ | 11 ޖުލައި 2023 | އަންގާރަ 12:48
ރާއްޖެއާ އިންޑިއާއާ ދެމެދު އެއްބަސްވުންތަކުގައި ސޮއިކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން

ރާއްޖެއާ އިންޑިއާއާ ދެމެދު އެއްބަސްވުންތަކުގައި ސޮއިކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން

ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު އިންޑިއާއަށް ކުރައްވާ ރަސްމީ ދަތުރުފުޅުގައި، ދެ ގައުމު ދެމެދުގައި 9 ފަހުމުނާމާއެއްގައި ސޮއިކޮށްފިއެވެ.

އަންގާރަ ދުވަހު ބޭއްވި ރަސްމިއްޔާތެއްގައި ދިވެހި ސަރުކާރުގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ ރާއްޖެއިން އިންޑިއާއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު، އިބްރާހީމް ޝަހީބެވެ. އަދި އިންޑިއާ ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ އެ ގައުމުން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު، މުނޫ މަހާވަރެވެ. މި ރަސްމިއްޔާތުގައި ދެ ގައުމުގެ ޚާރިޖީ ވަޒީރުން ބައިވެރިވެވަޑައިގަތެވެ.

ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވިދާޅުވިގޮތުގައި، މި 9 އެއްބަސްވުމަކީ "ހައި އިމްޕެކްޓް ކޮމިއުނިޓީ ޑިވެލޮޕްމަންޓް ޕްރޮޖެކްޓް ސްކީމް"ގެ ދެވަނަ ފިޔަވަހީގެ ދަށުން ވެވުނު އެއްބަސްވުންތަކެކެވެ، އެގޮތުން މި އެއްބަސްވުންތަކުގެ ތެރޭގައި ށ. ކަނޑިތީމުގައި ވޯލީ ކޯޓެއް ތަރައްގީކުރުމާއި، ށ. ފޯކައިދޫ އިޖުތިމާއީ މަރުކަޒަށް ބޭނުންވާ ތަކެތި ފޯރުކޮށްދިނުމާއި، ރ. އުނގޫފާރުގައި ނަފްސާނީ ބަލިތަކަށް ހާއްސަ ޔުނިޓެއް ހެދުމާއި، މ. ދިއްގަރުގައި ގޭދޮށު މަސް ޕްލާންޓް ހެދުމާއި، ތ. ވިލުފުށީ ސްކޫލް ޑިޖިޓަލައިޒްކުރުމާއި، ފ. ނިލަންދޫ ހޮސްޕިޓަލް ތަރައްގީކުރުމާއި، ސަރުކާރު ސްކޫލްތަކުގެ ކޮމްޕިއުޓަރު ލެބްތައް އަޕްގްރޭޑް ކުރުމާއި، އުތީމު ގަނޑުވަރުގެ ފުރާޅު ރައްކާތެރިކުރުމާއި، ގއ. ކޮނޑޭގެ މަގުބައްތި ޖެހުން ފަދަ ޕްރޮޖެކްޓުތައް ހިމެނެއެވެ.

މިނިސްޓަރ ޝާހިދު އިންޑިއާއަށް ކުރައްވާ ދަތުރުފުޅަކީ އެ ގައުމުގެ މިނިސްޓަރ އޮފް އެކްސްޓަރނަލް އެފެއަރޒް، ޑރ. ޖައިޝަންކަރުގެ ދައުވަތަކަށް ކުރައްވާ ރަސްމީ ދަތުރުފުޅެކެވެ. މި ދަތުރުފުޅުގައި އަންގާރަދުވަހު ދެ ވަޒީރުން ވަނީ ބައްދަލުކުރައްވައި މަޝްވަރާ ކުރައްވާފައެވެ. އެގޮތުން އިންޑިއާގެ އެހީގެ ދަށުން ރާއްޖޭގައި ކުރިއަށްގެންދާ މަޝްރޫއުތަކާ ގުޅޭގޮތުންނާއި، ރާއްޖެއާ އިންޑިއާއާ ދެމެދު އޮންނަ ބަދަހި ގުޅުން އިތުރަށް ވަރުގަދަކުރުމާ ގުޅޭގޮތުން ދެ ވަޒީރުން ވަނީ މަޝްވަރާ ކުރައްވާފައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ދާއިރާގެ ގިނަ ރައްޔިތުން ސަރުކާރަށް ތާއިދު ނުކުރާކަމަށްބުނި އެމްޑީޕީ ކެނޑިޑޭޓް ޕީޕީއެމަށް ސޮއިކޮށްފި

ދާއިރާގެ ގިނަ ރައްޔިތުން ސަރުކާރަށް ތާއިދު ނުކުރާކަމަށްބުނި އެމްޑީޕީ ކެނޑިޑޭޓް ޕީޕީއެމަށް ސޮއިކޮށްފި

27 އެޕްރީލު 2017
ބްރޮޑްކާސްޓިން ކޮމިޝަނުގެ މެންބަރުން ވަކި ކުރުމަށް އެދި ހުށަހަޅާ ޕެޓިޝަންގައި ރާއްޖެޓީވީ ހުރިހާ މުއައްޒަފުން ސޮއިކޮށްފި

ބްރޮޑްކާސްޓިން ކޮމިޝަނުގެ މެންބަރުން ވަކި ކުރުމަށް އެދި ހުށަހަޅާ ޕެޓިޝަންގައި ރާއްޖެޓީވީ ހުރިހާ މުއައްޒަފުން ސޮއިކޮށްފި

18 އެޕްރީލު 2017
‎އދ. ގެ ސަލާމަތީ މަޖިލީހުގެ ގޮނޑިއަށް އިންޑޮނޭޝިއާ އިން ރާއްޖެއާ ވާދަކުރަނީ!

‎އދ. ގެ ސަލާމަތީ މަޖިލީހުގެ ގޮނޑިއަށް އިންޑޮނޭޝިއާ އިން ރާއްޖެއާ ވާދަކުރަނީ!

15 އެޕްރީލު 2017
ޖަރުމަނީން ރާއްޖެއާ މެދު ކަންބޮޑުވުން ފާޅުކޮށްފި

ޖަރުމަނީން ރާއްޖެއާ މެދު ކަންބޮޑުވުން ފާޅުކޮށްފި

07 އެޕްރީލު 2017
ހުޅުމާލޭ ސެންޓްރަލް ޕާކް ތަރައްޤީ ކުރުމަށް އެއްބަސްވުމެއްގައި ސޮއިކޮށްފި

ހުޅުމާލޭ ސެންޓްރަލް ޕާކް ތަރައްޤީ ކުރުމަށް އެއްބަސްވުމެއްގައި ސޮއިކޮށްފި

05 އެޕްރީލު 2017

އަހަރުތަކުން މިއަދު

31 މާރިޗު
އިސްލާމީ ގައުމަކަށް އެމެރިކާއިން ހަމަލާދޭން ރާއްޖޭގެ ވައިގެ ސަރަހައްދު ތަން މިނަށް ހުޅުވާފައި، ސަރުކާރުގެ ބަހެއް ނެތް!
20251 އަހަރު ކުރިން
ރާއްޖެ

އިސްލާމީ ގައުމަކަށް އެމެރިކާއިން ހަމަލާދޭން ރާއްޖޭގެ ވައިގެ ސަރަހައްދު ތަން މިނަށް ހުޅުވާފައި، ސަރުކާރުގެ ބަހެއް ނެތް!

ފަސޭހަ ގޮނޑި މިވީ ބޮޑު ބޮލު ރިހުމަކަށް؟
20242 އަހަރު ކުރިން
ރިޕޯޓު

ފަސޭހަ ގޮނޑި މިވީ ބޮޑު ބޮލު ރިހުމަކަށް؟

"ކޮންމެ ރޯދަ މަހަކަށް ދަރިއަކު ގެއްލޭ"
20233 އަހަރު ކުރިން
ތަފާތު ޚަބަރު

"ކޮންމެ ރޯދަ މަހަކަށް ދަރިއަކު ގެއްލޭ"

ސްރީލަންކާގެ ހާލަތު ގޯހުން ގޯހަށް
20224 އަހަރު ކުރިން
ރިޕޯޓު

ސްރީލަންކާގެ ހާލަތު ގޯހުން ގޯހަށް

ކަރަންޓީން އަދި ޕޮޒިޓިވް މީހުންނަށް ވޯޓުލެވޭނީ އެންމެން ވޯޓުލާ ނިމުމުން، އެހީތެރިއަކު ގެންނަންޖެހޭނެ
20215 އަހަރު ކުރިން
ރާއްޖެ

ކަރަންޓީން އަދި ޕޮޒިޓިވް މީހުންނަށް ވޯޓުލެވޭނީ އެންމެން ވޯޓުލާ ނިމުމުން، އެހީތެރިއަކު ގެންނަންޖެހޭނެ

ބުލީ ކުރުން- ޤައުމީ ފެންވަރުގެ ހައްލެއް ކޮންމެހެން ބޭނުންވާ ހިސާބުގައި !
20197 އަހަރު ކުރިން
ރިޕޯޓު

ބުލީ ކުރުން- ޤައުމީ ފެންވަރުގެ ހައްލެއް ކޮންމެހެން ބޭނުންވާ ހިސާބުގައި !

ފަޤީރު ޤައުމުތަކުގެ ސަފީރުން ގެނެސްގެން ސަރުކާރުން ކީއްކުރަނީ؟
20188 އަހަރު ކުރިން
ރިޕޯޓު

ފަޤީރު ޤައުމުތަކުގެ ސަފީރުން ގެނެސްގެން ސަރުކާރުން ކީއްކުރަނީ؟

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު