Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެފުއްގިރި ހިޔާނަތް

ކްރިކް ރިޒާ ހުށަހެޅި މެޑިކަލްއާ ގުޅޭ ކަންތައްތަކެއް ޝަރީއަތުގެ ސަމާލުކަމަށް

އެކަމުގައި ކޯޓުން އަވަސް ފިޔަވަޅުތަކެއް އަޅައިދިނުމަށް އެދިފައިވޭ

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 11 ޖުލައި 2023 | އަންގާރަ 07:38
ރ ފުއްގިރި ހިޔާނާތުގެ މައްސަލައިގައި ދައުވާ އުފުލާފައިވާ އަހުމަދު ކްރިކް ރިޒާ

ރ ފުއްގިރި ހިޔާނާތުގެ މައްސަލައިގައި ދައުވާ އުފުލާފައިވާ އަހުމަދު ކްރިކް ރިޒާ

ރ ފުއްގިރި ކުއްޔަށް ދޫކުރުމުގެ މުއާމަލާތުގެ ތެރެއިން މަގާމުގެ ނުފޫޒު ބޭނުންކޮށް, ރިޝްވަތު ނެގި މައްސަލައިގައި އަހުމަދު ކްރިކް ރިޒާގެ ފަރާތުން ހުށައަޅާފައިވާ މެޑިކަލްއާ ގުޅޭ ކަންތައްތަކެއް ދައުލަތުން ޝަރީއަތުގެ ސަމާލުކަމަށް ގެނެސްފިއެވެ.

މި މައްސަލައިގައި ކުރީގެ ރައީސް އަބްދުﷲ ޔާމީނާއި، ކްރިކް ރިޒާގެ އިތުރުން 2 ކުންފުންޏެއްގެ މައްޗަށް އުފުލާފައިވާ ދައުވާގެ އަޑުއެހުންތައް މިފަހުންވެސް ވަނީ ފަސް ފަހަރެއްގެ މަތިން ކެންސަލްވެފައެވެ.

Advertisement - newsAdvertisement

ރާއްޖެއެމްވީއަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ކްރިކް ރިޒާ ވަނީ ބަލި ޙާލަތު ހުރި ގޮތުން އަޑުއެހުމަށް ހާޒިރުވާން އުޒުރުވެރިވާކަމަށް ބުނެ ކޯޓަށް 1 މަހުގެ މެޑިކަލް ލިޔުންތައް ހުށަހަޅާފައެވެ.

ރާއްޖެއެމްވީއަށް އެނގިފައިވާ ގޮތުގައި ކްރިކް 31 ދުވަހުގެ މެޑިކަލްއެއް ހުށައަޅާފައިވާއިރު، އޭނާ ހުށައަޅާފައިވަނީ އައިޖީއެމްއެޗްގެ މެޑިކަލް ފޯމެކެވެ. ވުމާއެކު، ދައުލަތުން ވަނީ އެއީ ސައްޙަ ފޯމެއްކަން ކަށަވަރު ކުރުމަށް އައިޖީއެމްއެޗުން އެކަން ސާފުކޮށްފައެވެ.

އެނގިފައިވާ ގޮތުގައި އައިޖީއެމްއެޗުން ވަނީ އެ ލިއުމަކީ ސައްޙަ ލިއުމެއްނަމަވެސް، އެއީ އެންމެ އިތުބާރު ހިފޭ ޒާތުގެ ލިއުމެއް ނޫންކަމަށް ޕީޖީ އޮފީހަށް މައުލޫމާތު ދެމުން ބުނެފައެވެ. އެގޮތުން އެ ފޯމުގައި އައިޖީއެމްއެޗްގެ ޑޮކްޓަރު ސޮއިކުރައްވާފައިވަނީ ސިއްޙީ ޚިދުމަތްދޭ އެހެން ތަނަކުން ހަދާފައިވާ ޓެސްޓުތަކަކާއި ގުޅޭ ލިޔުންތަކަކަށް ބެލުމަށްފަހުއެވެ. މިއީ ހުއްދަ ކަމެއް ނަމަވެސް، މިއީ އެންމެ އިތުބާރު ހިފޭ ގޮތް ނޫންކަމަށް އައިޖީއެމްއެޗުން ބުނެފައިވެއެވެ.

އެހެންވެ ދައުލަތުން މިހާރު ވަނީ އެކަން ޝަރީއަތުގެ ސަމާލުކަމަށް ގެނެސް، އެކަމުގައި ކޯޓުން އަވަސް ފިޔަވަޅުތަކެއް އަޅައިދިނުމަށް އެދިފައެވެ.

ކްރިމިނަލް ކޯޓުގައި މި މައްސަލަ ބައްލަވަނީ ގާޒީ އަލީ ނަދީމެވެ.

އިތުރަށް ކިޔާލަން

26 ޖެނުއަރީ 2017

ކެންޑިޑޭޓުންގެ މައްސަލާގައި އެމްޑީޕީން ހުށަހެޅި މައްސަލަ ހައިކޯޓަކަށް ނުބެލޭނެ: ދައުލަތް

26 ޖެނުއަރީ 2017
ކެންޑިޑޭޓުންގެ މައްސަލާގައި އެމްޑީޕީން ހުށަހެޅި މައްސަލަ ހައިކޯޓަކަށް ނުބެލޭނެ: ދައުލަތް
24 ޖެނުއަރީ 2017

ކެންޑިޑޭޓުންގެ މައްސަލާގައި އިލެކްޝަންސްއާ ދެކޮޅަށް އެމްޑީޕީން ހުށަހެޅި މައްސަލަ ފަސްކޮށްފި

24 ޖެނުއަރީ 2017
ކެންޑިޑޭޓުންގެ މައްސަލާގައި އިލެކްޝަންސްއާ ދެކޮޅަށް އެމްޑީޕީން ހުށަހެޅި މައްސަލަ ފަސްކޮށްފި
23 ޖެނުއަރީ 2017

ކެންޑިޑޭޓުންގެ މައްސަލާގައި އިލެކްޝަންސް ކޮމިޝަނާ ދެކޮޅަށް އެމްޑީޕީން ހުށަހެޅި މައްސަލައިގެ އަޑުއެހުން މާދަމާ

23 ޖެނުއަރީ 2017
ކެންޑިޑޭޓުންގެ މައްސަލާގައި އިލެކްޝަންސް ކޮމިޝަނާ ދެކޮޅަށް އެމްޑީޕީން ހުށަހެޅި މައްސަލައިގެ އަޑުއެހުން މާދަމާ
22 ޖެނުއަރީ 2017

ހައި ކޯޓަށް ހުށަހެޅި މެރީޑިއަމްގެ މައްސަލަ ކުރިއަށް ނުދޭ:އެމްޕީއެލް

22 ޖެނުއަރީ 2017
ހައި ކޯޓަށް ހުށަހެޅި މެރީޑިއަމްގެ މައްސަލަ ކުރިއަށް ނުދޭ:އެމްޕީއެލް
19 ޖެނުއަރީ 2017

މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭ ޕެނަލްއެއްގައި އެމެރިކާގެ ކުރީގެ ނައިބު ރައީސްއާއެކު ރައީސް ނަޝީދު!

19 ޖެނުއަރީ 2017
މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭ ޕެނަލްއެއްގައި އެމެރިކާގެ ކުރީގެ ނައިބު ރައީސްއާއެކު ރައީސް ނަޝީދު!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު