Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ތަފާތު ޚަބަރު
ބެލްގެ ނަމުން ނަންދީފައިވާ ރޮބޮޓް

ކަނޑު އަޑީގެ ޖާސޫސް، ބެލްގެ ވާހަކަ އަޑުއެހިންތަ؟

ބެލްއަކީ ގާތްގަނޑަކަށް މީޓަރެއްހާ ދިގު، ރޮބޮޓް މަހެއް

ޢާއިޝާ ރީމާ ވަޙީދު
ޢާއިޝާ ރީމާ ވަޙީދު, ރާއްޖެ އެމްވީ | 10 ޖުލައި 2023 | ހޯމަ 11:00
ބެލްގެ ނަމުން ނަންދީފައިވާ ރޮބޮޓް

ބެލްގެ ނަމުން ނަންދީފައިވާ ރޮބޮޓް

ބެލްއާ ބައްދަލުކޮށްލަން ހިނގާށޭ ބުނެފިނަމަ މާ ބޮޑު ސަމާލުކަމެއް ނުލިބިދާނެއެވެ. ނަމަވެސް ބެލްއަކީ ރާއްޖެފަދަ، ކަނޑުގެ ސަރަހައްދު ބޮޑު ގައުމަކަށް މުހިންމު އެއްޗެއް ކަމާމެދު ދެބަސްވެވޭކަށް ނެތެވެ. ރޮބޮޓެއް ނަމަވެސް، ބެލްއަކީ ކަނޑުތަކަށް ފަރިތަ މަހެކެވެ. މިނިވަންކަމާއެކު ކަނޑުތަކުގައި ފީނަމުން، ބެލް އެ ކުރަމުންދާ މަސައްކަތަކީ ކަނޑުގެ ދިރުންތަކާބެހޭ ދިރާސާތަކަށް ބޭނުންވާ އެކި ބާވަތް ބާވަތުގެ ޑީއެންއޭ ސާމްޕަލްތައް އެއްކުރުމުގެ މަސައްކަތެވެ.

ކަނޑުގެ އެކި ދިރުންތަކުން ޑީއެންއޭ ސާމްޕަލް ނެގުމުގެ ކަވި މަސައްކަތުގައި ބެލް ހަރަކާތްތެރިވަމުން ދަނީ، އެއްވެސް އަޑެއް ލައްވައިނުލައެވެ. އެއީ ދިރާސާގެ މަގުސަދު އޭގެ އެންމެ ފުރިހަމައަށް ހާސިލު ކުރުމަށްޓަކައި، ބެލްގެ ކިބައިގައި ކޮންމެހެންވެސް ފުރިހަމަވާން ލާޒިމު ޝަރުތެކެވެ.

ބެލް ފަރުމާކޮށްފައި ވަނީ ކަނޑުގެ ސަރަހައްދުތަކުން ނުރައްކާ ކުރިމަތިވެފައިވާ ވެށިތައް ހިމާޔަތްކޮށް، އެ ސަރަހައްދުގައި ހިނގަމުންދާ ކަންކަން ބެލުމަށްޓަކައި، ވެއްޓަށް ވީހާވެސް ގެއްލުން ނުދީ، މައުލޫމާތު ލިބިލިބި ހުންނާނެފަދަ ގޮތަކަށެވެ.

ސްވިސް ފެޑަރަލް އިންސްޓިޓިއުޓް އޮފް ޓެކްނޮލޮޖީގައި މެކޭނިކަލް އިންޖިނޭރިންގގެ ރޮނގުން ތައުލީމު ހާސިލު ކުރަމުން ދާ ލިއޯން ގޫގެންހައިމް ފާހަގަކުރިގޮތުގައި، އެ މީހުންގެ ބޭނުމަކަށް ވީ، މަސްމަހާމެހި، އޭގެ ގުދުރަތީ ވެށީގައި ދިރިއުޅެމުންދާ އަސްލު ގޮތް ދެނެގަތުމެވެ.

ބެލްގެ ބައެއް ސިފަތަކަށް ބަލާއިރު އޭގެ ނިގުލަކީ ކޮޅުކޮޅަށް އެނބުރި އެނބުރި އޮންނަ، މަޑުމަޑު ނިގުލެކެވެ. އެހެންކަމުން، ފެންގަނޑުގެ ތެރެއަށް މާ ބޮޑު ލޮޅުންތަކެއް ނާދެއެވެ. ކަނޑު ތެރޭގައި އެއް ތަނުން އަނެއް ތަނަށް މިނިވަންކަމާއެކު ދަތުރުކުރަނީ އާރޓިފިޝަލް އިންޓެލިޖެންސް (އޭއައި) ނުވަތަ މަސްނޫއީ ތޫނިފިލިކަމުގެ އެހީގައެވެ. ފަރުތަކުގެ ތެރެއަށް ރަނގަޅަށް ހޭނިލުމަށްފަހު، ޑީއެންއޭ ސާމްޕަލްތަކާއި ހައި-ޑެފިނިޝަން ވީޑިއޯތައްވެސް ރެކޯޑް ކުރެއެވެ.

ސްވިސް ފެޑަރަލް އިންސްޓިޓިއުޓް އޮފް ޓެކްނޮލޮޖީގެ އެސިސްޓަންޑް ރޮބޮޓިކްސް ޕްރޮފެސަރ، ރޮބަރޓް ކެޖްޒްމަން ވިދާޅުވިގޮތުގައި އެފަދަ ސަރަހައްދުތަކަކީ އާންމުކޮށް ދަތުރުފަތުރުކުރަން ގެންގުޅޭ ބުރަފަތިލީ ނިޒާމުތަކުގެ ބޭނުން ކޮށްގެން އެންމެ ފުރިހަމަ ދިރާސާއެއް ކުރެވޭނެ ސަރަހައްދުތަކެއް ނޫނެވެ. ބުރަފަތީގެ އަޑަށް، މަސްމަހާމެހި، ގާތަކާއި މުރަކަތަކުގެ ތެރެއަށް ވަދެ ފިލާނެކަން އޭނާ ވަނީ ފާހަގަކުރައްވާއެވެ.

ބެލްއަކީ ގާތްގަނޑަކަށް މީޓަރެއްހާ ދިގު، ރޮބޮޓް މަހެކެވެ. ފެނުން މަތީގައި އޮންނައިރު ބެލްގެ ބަރުދަނުގައި ގާތްގަނޑަކަށް 10 ވަރަކަށް ކިލޯ ހުރެއެވެ. ކޮޅުކޮޅަށް ފީނުމަށްޓަކައި ބެލް ބޭނުންކުރަނީ ސިލިކޯނުން ހަދާފައިވާ 2 ކޮތަރިގަނޑެވެ. އެ ކޮތަރިގަނޑުގައި، ފެން ދައުރުވާނެހެން ލޯވަޅުތަކެއްވެސް އަޅާފައި ހުރެއެވެ.

ބެލް އެއްކުރާ ޑީއެންއޭ ސާމްޕަލްތައް ނަގައި، ބެޓެރީ އާކުރުމާ ދެމެދު ކޮންމެ ފަހަރަކުވެސް 2 ގަޑިއިރެއްހާއިރުގެ ވަގުތު ހޭދަވެއެވެ.

ދިރާސާ ޓީމުގެ އުއްމީދަކީ އާދަޔާ ޚިލާފަށް ގަދައަށް މަސްވެރިކަން ކުރުމާއި، އެކި ކަހަލަ ތަޣައްޔަރުކަމުގެ ސަބަބުން، ނާޒުކު ހާލެއްގައި އޮތް ކަނޑުގެ ވެއްޓާބެހޭ ދިރާސާތައް ކުރުމަށް، ބެލްގެ ސަބަބުން އިތުރު ބަޔަކަށް އެހީތެރިކަމެއް ލިބުމެވެ. މޫސުމީ ނޭދެވޭ ބަދަލުތަކާބެހޭ ދިރާސާތަކުގައި ވެސް ބެލްއަށް މުހިންމު ދައުރެއް އަދާކުރެވިދާނެ ކަމަށް ދިރާސާ ޓީމުން އުއްމީދުކުރެއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

"ޖައްގާ ޖާސޫސް" ރިލީޒްކޮށްފި

"ޖައްގާ ޖާސޫސް" ރިލީޒްކޮށްފި

15 ޖުލައި 2017
ކުޅުނު ފިލްމުތަކާ އަޅާ ބަލާއިރު "ޖައްގާ ޖާސޫސް" އަކީ އެންމެ މަޖާކުރުވުނު ފިލްމު: ކެޓްރީނާ

ކުޅުނު ފިލްމުތަކާ އަޅާ ބަލާއިރު "ޖައްގާ ޖާސޫސް" އަކީ އެންމެ މަޖާކުރުވުނު ފިލްމު: ކެޓްރީނާ

10 ޖުލައި 2017
"ޖައްގާ ޖާސޫސް" ގެ އާ ލަވަ "ޕިރް ވަހީ" ރިލީޒް ކޮށްފި

"ޖައްގާ ޖާސޫސް" ގެ އާ ލަވަ "ޕިރް ވަހީ" ރިލީޒް ކޮށްފި

05 ޖުލައި 2017
"އަހަރެމެން ހުރިހާ ވާހަކައެއް ﷲ ހަޒްރަތުގައި ދަންނަވާނަމެވެ"

"އަހަރެމެން ހުރިހާ ވާހަކައެއް ﷲ ހަޒްރަތުގައި ދަންނަވާނަމެވެ"

29 މެއި 2017
އަންހެނުންނާ ބެހޭގޮތުން ބޭއަދަބީ ވާހަކަ ޓްވީޓް ކުރުމުން އަބީޖީތުގެ ޓްވިޓާ އެކައުންޓް ސަސްޕެންޑް ކޮށްފި

އަންހެނުންނާ ބެހޭގޮތުން ބޭއަދަބީ ވާހަކަ ޓްވީޓް ކުރުމުން އަބީޖީތުގެ ޓްވިޓާ އެކައުންޓް ސަސްޕެންޑް ކޮށްފި

24 މެއި 2017

އަހަރުތަކުން މިއަދު

13 ޖޫން
"ސޮރީ" ފިލްމަށް ލިބުނު ބޮޑު ކާމިޔާބީ ފާހަގަކޮށްފި، ފިލްމު ދެއްކުމުގެ ކުރިން 15 ޝޯ ފުލް ވެއްޖެ
20251 އަހަރު ކުރިން
ރާއްޖެ

"ސޮރީ" ފިލްމަށް ލިބުނު ބޮޑު ކާމިޔާބީ ފާހަގަކޮށްފި، ފިލްމު ދެއްކުމުގެ ކުރިން 15 ޝޯ ފުލް ވެއްޖެ

އަރަފާތު ބިމުގައި ނެތް ނަމަވެސް އެދުވަހުގެ މާތްކަން ލިބިގަތުމަށް ރޯދަ ހިފުމާއި، ޒިކުރު ކުރުމާއި ދުއާ ކުރުމާއި ތަކުބީރު ކިޔުން ފަދަ ހެޔޮ އަމަލު ކުރެވިދާނެ - ހުތުބާ
20242 އަހަރު ކުރިން
ރާއްޖެ

އަރަފާތު ބިމުގައި ނެތް ނަމަވެސް އެދުވަހުގެ މާތްކަން ލިބިގަތުމަށް ރޯދަ ހިފުމާއި، ޒިކުރު ކުރުމާއި ދުއާ ކުރުމާއި ތަކުބީރު ކިޔުން ފަދަ ހެޔޮ އަމަލު ކުރެވިދާނެ - ހުތުބާ

ފްރާންސްގައި މެސީ އަށް ލިބެން ޖެހޭ އިހުތިރާމް ނުލިބުނު: އެމްބާޕޭ
20233 އަހަރު ކުރިން
ކުޅިވަރު

ފްރާންސްގައި މެސީ އަށް ލިބެން ޖެހޭ އިހުތިރާމް ނުލިބުނު: އެމްބާޕޭ

ޑްރަގަށްވުރެ ބިރުވެރި، ބޮޑު މަސްތެއްގައި ދިވެހިން ފައިސާތައް ބުރުއްސަނީ: އިދާރާތަކަށް ހިލަމެއްވޭ؟
20224 އަހަރު ކުރިން
ރިޕޯޓު

ޑްރަގަށްވުރެ ބިރުވެރި، ބޮޑު މަސްތެއްގައި ދިވެހިން ފައިސާތައް ބުރުއްސަނީ: އިދާރާތަކަށް ހިލަމެއްވޭ؟

ދުނިޔޭގެ އެންމެ ބޮޑު އާއިލާގެ ބައްޕަ މަރުވެ 39 އަނބިން ހުވަފަތްވެއްޖެ
20215 އަހަރު ކުރިން
ދުނިޔެ

ދުނިޔޭގެ އެންމެ ބޮޑު އާއިލާގެ ބައްޕަ މަރުވެ 39 އަނބިން ހުވަފަތްވެއްޖެ

ފަނޑިޔާރުގެ އިސްލާހުކުރުމަށް ކުރަންޖެހޭ އެންމެ މުހިންމު ކަމަކީ ސިޔާސީގޮތުން ވަންނަ ނުފޫޒު ހުއްޓުވުން: ލަތީފާ ޤާސިމް
20197 އަހަރު ކުރިން
ރާއްޖެ

ފަނޑިޔާރުގެ އިސްލާހުކުރުމަށް ކުރަންޖެހޭ އެންމެ މުހިންމު ކަމަކީ ސިޔާސީގޮތުން ވަންނަ ނުފޫޒު ހުއްޓުވުން: ލަތީފާ ޤާސިމް

ފިޠުރު ޒަކާތް
20188 އަހަރު ކުރިން
އިސްލާމް

ފިޠުރު ޒަކާތް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު