Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
ރައީސް ށ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅ

މަރޮށީގެ ތާރީހުގައި ވެސް އުމްރާނީގޮތުން ކުރިނާރާވަރަށް މި ދައުރުގައި ކުރިއަރައިފި: އިސްލާމިކް މިނިސްޓަރު

50 އެއްހާ ހައުސިންގ ޔުނިޓު އަޅައިދެއްވުމަށް އެދިވަޑައިގެންނެވި

އިދުހާމް ނަޢީމް
އިދުހާމް ނަޢީމް, ރާއްޖެ އެމްވީ | 9 ޖުލައި 2023 | އާދީއްތަ 08:40
އިސްލާމިކް މިނިސްޓަރު މަރޮށީގައި ބޭއްވެވި ޖަލްސާގައި ވާހަކަފުޅުދައްކަވަނީ

އިސްލާމިކް މިނިސްޓަރު މަރޮށީގައި ބޭއްވެވި ޖަލްސާގައި ވާހަކަފުޅުދައްކަވަނީ

ށ. މަރޮށީގެ ތާރީހުގައި ވެސް އުމްރާނީ ގޮތުން ކުރިނާރާވަރަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިހުގެ ސަރުކާރުގައި އެ ރަށް ކުރިއަރާފައިވާ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒާހިރު އަލީ ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ ށ. އަތޮޅަށް ކުރައްވަމުންގެންދަވާ ޒިޔާރަތްޕުޅުގައި މަރޮއްޓަށް ވަޑައިގެން ބޭއްވި ޖަލްސާގައި މަރޮށީގެ ރައްޔިތުންގެ ފަރާތުން ވާހަކަދައްކަވަމުން މިނިސްޓަރު ވިދާޅުވީ ކުރީ ސަރުކާރުތަކުން މަރޮށި އޮންނަނީ ވަރަށް ބޮޑަށް ބާކީ ކޮށްފައި ކަމަށެވެ. އެގޮތުން ތަރައްގީގެ މަޝްރޫއުތަކާއި ހިދުމަތްތައް މަރޮށީގެ ކައިރީގައި ހުރި ރަށްތަކަށް ފޯރުކޮށްދޭއިރު އާދޭސްކޮށްގެން މަޝްރޫއުތައް ހިންގަން ބަޖެޓު ކުރި ނަމަވެސް އެ މަސައްކަތް ކުރިއަށްނުދާކަން ފާހަގަކުރެއްވިއެވެ.

Advertisement - newsAdvertisement

މިނިސްޓަރު ވިދާޅުވީ ކުރީގެ ސަރުކާރުތަކުން އެ ރަށް ބާކީ ކުރި ނަމަވެސް ރައީސް ޞާލިހުގެ ވެރިކަމުގައި ރަށުގެ ކުޑަބޮޑު މިނަށް ނުބަލައި ތަރައްގީގެ މަޝްރޫއުތައް ކުރިއަށްގެންދިއުމުގެ ސިޔާސަތުގެ ސަބަބުން މަރޮށީގެ ރައްޔިތުން ތިބީ ވަރަށް އުފަލުން ކަމަށެވެ. އެގޮތުން، އެއްވެސް ސަރުކާރަކުން ނުހިންގާވަރަށް މި ސަރުކާރުން މަރޮށީގައި ތަރައްގީގެ މަޝްރޫއުތައް ކުރިއަށްގެންގޮސްފައިވާކަން ވެސް އޭނާ ފާހަގަކުރެއްވިއެވެ.

މިނިސްޓަރު ވިދާޅުވީ މި ސަރުކާރުން މަރޮއްޓަށް ކޮށްދޭ މަސައްކަތްތަކަށް އެ ރަށުގެ ރައްޔިތުން ތިބީ ހިތުގެ އަޑިން ގަބޫލުކޮށްގެން ކަމަށެވެ. އަދި ކުރިއަށްއޮތްތަނުގައި ރައީސް ޞާލިހުގެ ވެރިކަމެއްގައި މިހާރަށްވުރެ ފާގަތި ދުވަސްތަކެއް މަރޮށީގެ ރައްޔިތުންނަށް ފެންނާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް ވެސް ވިދާޅުވިއެވެ.

މީގެ އިތުރުން ރަށަށް ދިމާވެފައިވާ މައްސަލަތަކުގެ ތެރޭގައި ރަށް ގިރުމާއި ގޯތި ދިނުމަށް ބިން ނެތުން ހިމެނޭކަން ފާހަގަކުރައްވައި ގިރާ ސަރަހައްދު ހިމާޔަތްކޮށް 40 ހެކްޓަރުގެ ބިން ހިއްކައިދިނުމަށް މަރޮށީ ރައްޔިތުންގެ ފަރާތުން މިނިސްޓަރު ރައީސްގެ އަރިހުގައި އެދިވަޑައިގެންނެވިއެވެ. އަދި 50 އެއްހާ ހައުސިންގ ޔުނިޓު އަޅައިދެއްވުމަށްވެސް އެދިވަޑައިގެންނެވިއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ސުޕްރީމް ކޯޓުގެ 12 އަހަރުގެ ތާރީހުގައި އެންމެ ގިނަ މައްސަލަތައް ނިންމީ މިދިޔަ އަހަރު

ސުޕްރީމް ކޯޓުގެ 12 އަހަރުގެ ތާރީހުގައި އެންމެ ގިނަ މައްސަލަތައް ނިންމީ މިދިޔަ އަހަރު

18 ސެޕްޓެމްބަރު 2020
އަންނަ އަހަރުގެ މަޖިލީހުގެ ފުރަތަމަ ދައުރުގައި މިނިމަމް ވޭޖު ކަނޑައަޅާނެ: ފައްޔާޒު

އަންނަ އަހަރުގެ މަޖިލީހުގެ ފުރަތަމަ ދައުރުގައި މިނިމަމް ވޭޖު ކަނޑައަޅާނެ: ފައްޔާޒު

17 ޑިސެމްބަރު 2019
މުހިންމު ގިނަ ބިލްތަކެއް ހިމެނޭގޮތަށް، މި ދައުރުގައި މަޖިލީހަށް ހުށަހަޅާ ބިލްތައް ހާމަކޮށްފި

މުހިންމު ގިނަ ބިލްތަކެއް ހިމެނޭގޮތަށް، މި ދައުރުގައި މަޖިލީހަށް ހުށަހަޅާ ބިލްތައް ހާމަކޮށްފި

07 އޮކްޓޯބަރު 2019
"ޗަންދަރަޔަން 2" ހަނދަށް ފޮނުވުމަކީ ތާރީހުގައި ލިޔެވިގެންދާނެ ކަމެއް: ރައީސް ސޯލިހު

"ޗަންދަރަޔަން 2" ހަނދަށް ފޮނުވުމަކީ ތާރީހުގައި ލިޔެވިގެންދާނެ ކަމެއް: ރައީސް ސޯލިހު

07 ސެޕްޓެމްބަރު 2019
މިހާ ބިރުވެރި ވެރިކަމެއް ފަހުގެ ތާރީހުގައި ރައްޔިތުން ދެކިފައެއް ނުވޭ: އިންތި

މިހާ ބިރުވެރި ވެރިކަމެއް ފަހުގެ ތާރީހުގައި ރައްޔިތުން ދެކިފައެއް ނުވޭ: އިންތި

28 އެޕްރީލު 2018

އަހަރުތަކުން މިއަދު

16 ޖޫން
ހައްޖުވެރިން އުފުލަމުން ދިޔަ މަތިންދާ ބޯޓެއް ގޮއްވާލާނެ ކަމުގެ އިންޒާރެއް ލިބުމާ ގުޅިގެން ކުއްލި ގޮތަކަށް ޖައްސައިފި
20251 އަހަރު ކުރިން
ދުނިޔެ

ހައްޖުވެރިން އުފުލަމުން ދިޔަ މަތިންދާ ބޯޓެއް ގޮއްވާލާނެ ކަމުގެ އިންޒާރެއް ލިބުމާ ގުޅިގެން ކުއްލި ގޮތަކަށް ޖައްސައިފި

ރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތު ބޮޑު ތަނުން ދަށަށް ހިނގައްޖެ
20242 އަހަރު ކުރިން
ރާއްޖެ

ރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތު ބޮޑު ތަނުން ދަށަށް ހިނގައްޖެ

50 މީހުންގެ ޖާގައިގެ މަސްބޯޓަކަށް 750 މީހުން، ކޮންޓްރޯލް އޮތީ މާފިޔާ މެންބަރުންގެ އަތުގައި!
20233 އަހަރު ކުރިން
ރިޕޯޓު

50 މީހުންގެ ޖާގައިގެ މަސްބޯޓަކަށް 750 މީހުން، ކޮންޓްރޯލް އޮތީ މާފިޔާ މެންބަރުންގެ އަތުގައި!

އިންޑިއާގެ ބައެއް ބޮޑެތި ނޫސްތަކުގެ ނޫސްވެރިން ފެމިލިއަރައިޒޭޝަން ދަތުރެއްގައި ރާއްޖެއަށް
20224 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އިންޑިއާގެ ބައެއް ބޮޑެތި ނޫސްތަކުގެ ނޫސްވެރިން ފެމިލިއަރައިޒޭޝަން ދަތުރެއްގައި ރާއްޖެއަށް

އިސްރާއީލުން ރާއްޖެއަށް ސީދާ ދަތުރުތައް ފެށުމަށް ތައްޔާރުވަނީ
20215 އަހަރު ކުރިން
ރާއްޖެ

އިސްރާއީލުން ރާއްޖެއަށް ސީދާ ދަތުރުތައް ފެށުމަށް ތައްޔާރުވަނީ

ފެމިލީ ކޯޓުގެ ގާޒީ ހުޒައިފާގެ މައްސަލައެއް ޖޭއެސްސީއަށް ހުށައަޅައިފި
20197 އަހަރު ކުރިން
ރާއްޖެ

ފެމިލީ ކޯޓުގެ ގާޒީ ހުޒައިފާގެ މައްސަލައެއް ޖޭއެސްސީއަށް ހުށައަޅައިފި

ސިއްސައިގެންދާވަރުގެ ބިލަކާއެކު ޒުވާނަކު ޓްރީ ޓޮޕް ހޮސްޕިޓަލުގައި ފައިސާ ނުދެއްކިފައި
20188 އަހަރު ކުރިން
ރާއްޖެ

ސިއްސައިގެންދާވަރުގެ ބިލަކާއެކު ޒުވާނަކު ޓްރީ ޓޮޕް ހޮސްޕިޓަލުގައި ފައިސާ ނުދެއްކިފައި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު