Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ "ބިންވެރިޔާ ސްކީމް"ގެ ދަށުން ޖޮއިންޓްވުން

"ބިންވެރިޔާ ސްކީމް" - ޖޮއިންޓް ވެގެން ގޯތި ލިބުމުގެ ފުރުސަތު އޮތް ފަރާތްތަކަށް، ގޯތިލިބޭ ސްޓޭޓަސްގައި ހިމެނޭ ފަރާތްތަކާ ޖޮއިން ވުމުގެ ފުރުސަތު ހުޅުވާލައިފި

8 ޖުލައި 2023 | ހޮނިހިރު 18:04

މާލެ ސަރަހައްދަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލަ ހައްލުކުރުމަށް ސަރުކާރުން އެންމެ ފުރަތަމަ ނިންމާފައި ވަނީ މާލެ ސަރަހައްދުން 5،000 ގޯތި ދޫކުރުމަށް

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު | 8 ޖުލައި 2023 | ހޮނިހިރު 18:04
ބިންވެރިޔާ ސްކީމްގެ ދަށުން ގޯތި ލިބޭ ފަރާތްތައް ކަނޑައެޅުމަށް އެކުލަވާލި ކޮމިޓީ

ބިންވެރިޔާ ސްކީމްގެ ދަށުން ގޯތި ލިބޭ ފަރާތްތައް ކަނޑައެޅުމަށް އެކުލަވާލި ކޮމިޓީ

މާލޭގެ ރައްޔިތުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް ސަރުކާރުން ހިންގާ "ބިންވެރިޔާ ސްކީމް"ގެ ދަށުން ޢާއްމުކޮށްފައިވާ ވަގުތީ ލިސްޓުގައި ވާގޮތުން (އެހެން މީހަކާ ނުވަތަ ބަޔަކާ) ޖޮއިންޓް ވެގެން ގޯތި ލިބުމުގެ ފުރުސަތު އޮތް ފަރާތްތަކަށް، އެ ލިސްޓުގައި ގޯތިލިބޭ ސްޓޭޓަސްގައި ހިމެނޭ ފަރާތްތަކާ ޖޮއިންޓް ވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

ހޮނިހިރު ދުވަހު ޕްލޭނިން މިނިސްޓްރީން ބުނީވަގުތީ ލިސްޓުގައި ހިމެނޭ ”ޝަރުތުހަމަވާ ޖޮއިންޓް ވެގެން ގޯތި ލިބުމުގެ ފުރުސަތުއޮތް" ފަރާތްތަކުގެ މެދުގައި ބިންވެރިޔާ އުސޫލާ އެއްގޮތަށް ޖޮއިންޓް ވުމަށް ހުޅުވާލާފައިވާ ފުރުސަތުގެ އިތުރަށް، ވަގުތީ ލިސްޓްގައި”ޝަރުތުހަމަވާ ޖޮއިންޓް ވެގެން ގޯތި ލިބުމުގެ ފުރުސަތު އޮތް“ ސްޓޭޓަސް ގައި ހިމެނޭ ފަރާތްތަކުން ގޯތިލިބޭ ސްޓޭޓަސްގައި ހިމެނޭ ފަރާތްތަކާ ޖޮއިންޓް ވުމުގެ ފުރުސަތު މިހާރު ހުޅުވާލާފައިވާ ކަމަށެވެ.

Advertisement - newsAdvertisement

މި ގޮތަށް ޝަރުތުހަމަވެ ގޯތި ލިބޭ ސްޓޭޓަސްގައި ނުހިމެނޭ ފަރާތަކުން ”ގޯތި ލިބޭ“ ސްޓޭޓަސްގައި ހިމެނޭ ފޯމުގެ ލީޑިންގ އެޕްލިކަންޓަށް ރިކުއެސްޓް ފޮނުވޭނެ އިންތިޒާމް ޕޯޓަލްގައި މިހާރުވާނީ ހަމަޖެހިފައި ކަމަށް އެ މިނިސްޓްރީން ވަނީ ބުނެފައެވެ.

މީގެ އިތުުރުން، މިގޮތަށް ރިކްއެސްޓް ފޮނުވާ ފަރާތަކީ ގޯތިލިބޭ ފޯމުގެ ލީޑިންގ އެޕްލިކަންޓާ ބިންވެރިޔާ އުސޫލުގެ ޖޮއިންޓް ވުމުގެ ޝަރުތުހަމަވާ ފަރާތަކަށް ވާންޖެހޭނެ ކަމަށް ވެސް މިނިސްޓްރީން ވަނީ ބުނެފައެވެ.

އެ މިނިސްޓްރީން އިތުރަށް ބުނީ ބިންވެރިޔާ ސްކީމުގެ ދަށުން މާލެ ސަރަޙައްދުން ބަންޑާރަ ގޯތި ދޫކުރުމުގެ އުޞޫލުގެ 9 ވަނަ މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ފަރާތްތަކުން "ގޯތި ލިބޭ" ފޯމުގެ ލީޑިންގ އެޕްލިކަންޓަށް ރިކުއެސްޓް ފޮނުވުމުގެ ފުރުޞަތު 15 ޖުލައި 2023 ގެ 23:59 ނިޔަލަށް ހަމަޖެހިފައިވާނެ ކަމަށެވެ.

މިގޮތުން ޖޮއިންޓް އެޕްލިކޭޝަނެއްގެ ގޮތުގައި ބަލައިގަނެވޭނީ ޖޮއިންޓްވާންއެދޭ ފަރާތްތަކުން ފޮނުވާ ރިކްއެސްޓް އެކަމަށް ކަނޑައެޅިފައިވާ ސުންގަޑި ހަމަވުމުގެކުރިން "ގޯތި ލިބޭ" ފޯމުގެ ލީޑިންގ އެޕްލިކަންޓް، އެ ރިކުއެސްޓް ޤަބޫލުކުރުމުން ކަމަށް ވެސް އެ މިނިސްޓްރީން ވަނީ ބުނެފައެވެ.

"ބިންވެރިޔާ ސްކީމް"ގެ ދަށުން މިބުރުގައި 6،200 ގޯތި ދޫކުރުމަށް ނިންމަވާފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު ވަނީ ވިދާޅުވެފައެވެ.

މާލެ ސަރަހައްދަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލަ ހައްލުކުރުމަށް ސަރުކާރުން އެންމެ ފުރަތަމަ ނިންމާފައި ވަނީ މާލެ ސަރަހައްދުން 5،000 ގޯތި ދޫކުރުމަށެވެ. އޭގެ ތެރޭގައި ހިމެނެނީ ހުޅުމާލެއިން 1،000 ގޯތި، ގުޅީފަޅުން 2،000 ގޯތި އަދި ގިރާވަރުފަޅުން 2،000 ގޯއްޗެވެ.

ނަމަވެސް ސަރުކާރުން ފަހުން ނިންމާފައި ވަނީ ހުޅުމާލެއިން 2،200 ގޯތި ދިނުމަށެވެ. މިއާއެކު މުޅި ޖުމްލަ 6،200 ގޯތި ދޫކުރާނެއެވެ.

އެންމެ ހިނގާ

1

ރަސްމާލެ މަޝްރޫއާ ގުޅޭ ގޮތުން ބައެއް މެންބަރުންނާ އެކު ރައީސް މުއިއްޒުގެ ބައްދަލުވުންތަކެއް، ސަރުކާރާއެކު ކުރިއަށްދާން ބޭނުންވާނަމަ އެ މަޝްރޫއާ މެދު ދެކޭގޮތް ބަދަލުކުރަން ޖެހޭކަމުގެ އިންޒާރު!

2

ކީވްއަށް ބެލިސްޓިކް މިސައިލްތަކެއް، މޮސްކޯ ވަށައިގެން އެތައް ސަތޭކަ ޑްރޯނެއް އަދި ވޮޝިންގޓަނުގެ ސިއްރު ޑީލްތައް ފަޅާއެރުން!

3

އެންމެ ދުވަހަކުން ހަތް ތެޔޮ ޓޭންކަރަށް ބޮޑެތި ގެއްލުންތަކެއް، އެމެރިކާގެ މަރުކަޒުތަކަށް ވެސް ހަމަލާދޭނެ ކަމުގެ އިންޒާރު!

4

"ވައިޓް ހައުސް ހީވަނީ ޞައްދާމް ހުސައިން ހުޅުއްވި ޗީޒްކޭކް ފެކްޓަރީއެއް ހެން": އޮބާމާގެ ފާޑުކިޔުން ޓްރަމްޕަށް!

5

ޕާކިސްތާނާއި ރާއްޖެއާ ދެމެދު ގާއިމުކުރި އެއްބަސްވުންތައް ވަރަށް ގާތުން ބަލައި، އަޅަންޖެހުނު ކޮންމެ ފިޔަވަޅެއް އަޅާނެކަމަށް އިންޑިއާއިން ބުނެފި

އިތުރަށް ކިޔާލަން

25 މާރިޗު 2017

ނާއިންސާފު ނައްތާލެވޭނީ، މުޅި ޤައުމު އެކުގައި ތެދުވެގެން: އިމްތިޔާޒް

25 މާރިޗު 2017
ނާއިންސާފު ނައްތާލެވޭނީ، މުޅި ޤައުމު އެކުގައި ތެދުވެގެން: އިމްތިޔާޒް
24 ފެބުރުއަރީ 2017

ކަންނެލި މަސް ދޯންޏެއް ޚަބަރެއް ނުވެގެން ހޯދަނީ

24 ފެބުރުއަރީ 2017
ކަންނެލި މަސް ދޯންޏެއް ޚަބަރެއް ނުވެގެން ހޯދަނީ
16 ފެބުރުއަރީ 2017

ޑައިވިނަށް ދިޔަ ދިވެއްސެއްގެ ޚަބަރެއް ނުވެގެން ކޯސްޓް ގާޑުން ހޯދަން ފަށައިފި

16 ފެބުރުއަރީ 2017
ޑައިވިނަށް ދިޔަ ދިވެއްސެއްގެ ޚަބަރެއް ނުވެގެން ކޯސްޓް ގާޑުން ހޯދަން ފަށައިފި
07 ފެބުރުއަރީ 2017

ގާނޫނު ބަދަލު ކުރަނީ އިންތިޚާބަށް ވަގުންތަކެއް ނެރެންވެގެން: އީވާ

07 ފެބުރުއަރީ 2017
ގާނޫނު ބަދަލު ކުރަނީ އިންތިޚާބަށް ވަގުންތަކެއް ނެރެންވެގެން: އީވާ
07 ފެބުރުއަރީ 2017

ޖޮއިންޓް ކޮމިޝަންގައި ބައިވެރިވެވަޑައިގަތުމަށް ލަންކާގެ ފޮރިން މިނިސްޓަރު ރާއްޖެ އަށް

07 ފެބުރުއަރީ 2017
ޖޮއިންޓް ކޮމިޝަންގައި ބައިވެރިވެވަޑައިގަތުމަށް ލަންކާގެ ފޮރިން މިނިސްޓަރު ރާއްޖެ އަށް
05 ފެބުރުއަރީ 2017

ޔުމްނާގެ ސުވާލު: ބޮޑު ޖަލްސާ ފަސްކުރީ އިންތިހާބުގައި ވާދަކުރާނެ ކެނޑިޑޭޓުން ނުވެގެންބާ؟

05 ފެބުރުއަރީ 2017
ޔުމްނާގެ ސުވާލު: ބޮޑު ޖަލްސާ ފަސްކުރީ އިންތިހާބުގައި ވާދަކުރާނެ ކެނޑިޑޭޓުން ނުވެގެންބާ؟
22 ޖެނުއަރީ 2017

ޚަބަރެއް ނުވެގެން ހޯދަމުން ދިޔަ ދެ ފަތުވެރިންގެ ހަށިގަނޑު ފެނިއްޖެ

22 ޖެނުއަރީ 2017
ޚަބަރެއް ނުވެގެން ހޯދަމުން ދިޔަ ދެ ފަތުވެރިންގެ ހަށިގަނޑު ފެނިއްޖެ
20 ޖެނުއަރީ 2017

ޕާޓީގެ ހަމަޖެހުން އޮންނާނީ އުސޫލުތަކަށް ތަބާވެގެން: ރައީސް ޔާމިން

20 ޖެނުއަރީ 2017
ޕާޓީގެ ހަމަޖެހުން އޮންނާނީ އުސޫލުތަކަށް ތަބާވެގެން: ރައީސް ޔާމިން
14 ޖެނުއަރީ 2017

މި ސަރުކާރު ބިނާވެގެންވާ ހުރިހާ އަސާސްތަކެއް ދޫކޮށްލަންޖެހޭ: އިންތި

14 ޖެނުއަރީ 2017
މި ސަރުކާރު ބިނާވެގެންވާ ހުރިހާ އަސާސްތަކެއް ދޫކޮށްލަންޖެހޭ: އިންތި
12 ޖެނުއަރީ 2017

އައްޑޫ ސިޓީގައި ކާރެއް ކޮންޓްރޯލް ނުވެގެން ގޮސް ފާރަކަށް އަރައިފި

12 ޖެނުއަރީ 2017
އައްޑޫ ސިޓީގައި ކާރެއް ކޮންޓްރޯލް ނުވެގެން ގޮސް ފާރަކަށް އަރައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް