Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
ވޮލީ ރެފްރީ މަޖީދު

ނިންމުންތަކުގައި ހުޝިޔާރު، ޖެހިލުން ކުޑަ ރެފްރީއެއް، ވޮލީއަށް އޮތީ ޚާއްސަ ލޯތްބެއް!

ގައުމީ މުބާރާތް، އެސޯސިއޭޝަން ކަޕްގެ އިތުރުން މަޖީދު ވަނީ އަތޮޅު ތެރޭގެ ގިނަ މުބާރާތްތަކުގައި އިންސާފުކޮށްދީފައި

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 8 ޖުލައި 2023 | ހޮނިހިރު 06:46
ވޮލީ ބޯޅަ މުބާރާތެއްގައި ރެފްރީ މަޖީދު

ވޮލީ ބޯޅަ މުބާރާތެއްގައި ރެފްރީ މަޖީދު

ވޮލީބޯޅަ ރެފްރީކަމުގެ ތެރެއަށް ނިކުތުމުގެ ވިސްނުން އެންމެ ފުރަތަމަ ޚިޔާލަށް އައީ އަމިއްލަ ރަށުގައި އޮތް ވޮލީ މެޗެއްގެ ރެފްރީއަކަށް އަރާނެ މީހަކު ނެތިގެން، އެކަމަށް އަމިއްލައަށް ނެގި އިސްނެގުމުގެ ތެރެއިންނެވެ. އޭރު ތަައުލީމު ހާސިލް ކުރަމުން އައީ ވެރި ރަށް މާލޭގައެވެ. 1999 ވަނަ އަހަރު ބޭސިކް ވޮލީ ބޯޅަ ރެފްރީ ކޯސް ފުރިހަމަ ކުރުމަށްފަހު، 2000 ވަނަ އަހަރު ރަސްމީ ވަޒީފާއަށް ވަނުމާ ހަމައަށް، އެކިއެކި މުބާރާތްތަކުގައި ރެފްރީކަން ވަނީ ކޮށްފައެވެ. އެގޮތުން ގައުމީ ވޮލީ ބޯޅަ މުބާރާތް، އެސޯސިއޭޝަން ކަޕް، އިންޓަރ ރިސޯޓު ވޮލީ ބޯޅަ މުބާރާތް އަދި އަތޮޅު ތެރޭގައި އޮތް ވޮލީ މުބާރާތްތަކުގައި، ފ. ނިލަންދޫއަށް ނިސްބަތްވާ އަބްދުލް މަޖީދު މޫސާ ވަނީ މަސައްކަތްކޮށްފައެވެ.

ސިފައިންގެ ގޭގައި ރަސްމީ ވަޒީފާ ފަށައިގެން، ރައީސުލްޖުމްހޫރިއްޔާގެ ސެކިއުރިޓީއެއްގެ ގޮތުގައި ސްޕެޝަލް ޕްރޮކެޓްޝަން ގްރޫޕް (އެސްޕީޖީ)ގައި މަސައްކަތް ކުރިއެވެ. އެއަށްފަހު ފުލުހެއްގެ ވަޒީފާއަށް ބަދަލުވީ 2004 ވަނަ އަހަރުއެވެ. އެއީ ސިފައިންނާއި ފުލުހުންގެ މުއައްސަސާ ވަކިކޮށްލަށް ނިންމުމުންނެވެ. އެއަށްފަހު ވެސް މަޖީދު ވަނީ ވޮލީ ރެފްރީކަމުގެ މަސައްކަތުގައި ސާބިތުކަމާއެކު ދެމިހުރެފައެވެ. ބޭސިކް ކޯސް ފުރިހަމަކުރިތާ 11 އަހަރު ފަހުން، 2010 ވަނަ އަހަރު ވަނީ މާލޭގައި އޮތް ކޯހެއް ފުރިހަމަކޮށްފައެވެ. އެއީ ރާއްޖެއިން ބޭރުގެ ވޮލީ އިންސްޓްރަކްޓަރެއްގެ ބެލުމުގެ ދަށުންނެވެ. އެއަށްފަހު 2016 ވަނަ އަހަރު ތައިލެންޑުގައި އޮތް ކޯހެއްގައި ބައިވެރިވިއެވެ. އޭގެ ދެ އަހަރު ފަހުން 2018 ވަނަ އަހަރު ވަނީ އިންޓަރނޭޝަނަލް ރެފްރީސް ކެންޑިޑޭޓް ކޯސް ފުރިހަމަކޮށްފައެވެ. މިހާރު މަޖީދުގެ އެންމެ ބޮޑު އެއް އުންމީދަކީ އިންޓަރނޭޝަނަލް ބެޖު ހާސިލް ކުރުމެވެ.

މާލޭގައި އަދާކުރަމުން އައި ވަޒީފާ 2015 ވަަނަ އަހަރު އަމިއްލަ ރަށަށް ބަދަލުވުމާއެކު، ވޮލީގެ ކަންކަމަށް ކުޑަ މަޑުޖެހުމެއް އައިނަމަވެސް، ލިބެމުން އައި ފުރުސަތުގެ ބޭނުން އެކި ގޮތްގޮތުން މަޖީދު އައީ ހިފަމުންނެވެ. ބައެއް ހާލަތްތަކުގައި އަހަރީ ޗުއްޓީ ނަގައިގެން ނަމަވެސް، މަޖީދު ވަނީ ވޮލީގެ ކަށިގަނޑު ހިފައިގެން މެޗުތަކަށް އިންސާފުކޮށްފައެވެ. ރަށަށް ބަދަލުވުމާ ހަމައަށް، އޭނާއަކީ މާލޭގައި އޮންނަ އެންމެ ބޮޑެތި މުބާރާތްތަކުން ފެށިގެން، ކުދި މުބާރާތްތަކަށް ފަރިތަ މޫނެކެވެ. ގައުމީ މުބާރާތްތަކާއި، އެސޯސިއޭޝަން ކަޕުން ފެށިގެން، ވޮލީބޯޅަ އެސޯސިއޭޝަން (ވީއޭއެމް) ރައީސްގެ ނަން މަތީގައި ބޭއްވި މުބާރާތްވެސް ހިމެނޭހެން މަޖީދު ވަނީ އިންސާފުކޮށްފައެވެ.

ވޮލީގައި އޭނާއަށް އެންމެ ފާހަގަކޮށްލެވޭ އެއް ދުވަހަކީ 2008 ވަނަ އަހަރު އޮތް ގައުމީ މުބާރާތެވެ. މުބާރާތުގެ ފައިނަލް މެޗުގެ އިސް ރެފްރީއަކަށް ހަމަޖެއްސީ މަޖީދެވެ. ފައިނަލް މެޗު އޮތް ދުވަހު މަޖީދު ވަނީ ދުރާލައި އެ މެޗަށް ތައްޔާރުވެފައެވެ. ނަމަވެސް އެ ދުވަހުގެ އިރުއޮއްސެން ކައިރިވެފައި ވަނިކޮށް، ކުއްލިއަކަށް އެކަމަށް ބަދަލެއް އައިސް، ފުރަތަމަ ރެފްރީއަށް އެރުމުގެ ފުރުސަތު މަޖީދަށް ގެއްލުނެވެ. އެކަމުގެ ނުތަނަވަސްކަމާއެކު، ރެފްރީކަމާ ކޮންމެވެސް ވަރަކަށް ދުރަށް ދިޔުމަށް ވިސްނުން ގެންގުޅުނެވެ. ނަމަވެސް އެ ނިންމުން ބަދަލު ކުރަން އެންމެ ބޮޑަށް ބާރު އެޅުއްވީ ވީއޭއެމްގެ ކުރީގެ ރައީސް މުހައްމަދު ރިޔާޒު (ރިޔާ)އެވެ. ރިޔާގެ ނަމަކީ މިއަދާ ހަމައަށް އައިރު މަޖީދަށް ވަރަށް ޚާއްސަ ނަމެކެވެ.

ވޮލީ ބޯޅައިގެ ރެފްރީކަން މަޖީދު ކުރަމުން އަންނަނީ ލިބޭ އާމްދަނީއަކަށްވުރެ ބޮޑަށް، އެ ކުޅިވަރަށް ހިތުގައި އޮތް ލޯތްބެއްގެ ބޮޑުކަމުންނެވެ. އެންމެ ފުރަތަމަ ރެފްރީއެއްގެ ގޮތުގައި މަޖީދު މަސައްކަތްކުރި ދުވަސްވަރު، އިންޑޯ ވޮލީ ކޯޓު ފޮހެން ޖެހެނީވެސް ރެފްރީންނަށެވެ. އޭރު އިންޑޯ ކޯޓު ފޮހެލަން ލިބުމަކީވެސް ރެފްރީއަކަށް ލިބޭނެ ވަރަށް ބޮޑު ޝަރަފެކެވެ. އެ ދުވަސްވަރު ރެފްރީއެއްގެ ގޮތުގައި މަސައްކަތްކުރާ މީހަކަށް ލިބޭ އާމްދަނީއަކީ، މެޗަކަށް އެންމެ 25 ރުފިޔާއެވެ. އެހެން ނަމަވެސް، އެ މަސައްކަތް މަޖީދު ކުރަމުން އައީ ކުޅިވަރަށް އޮތް ލޯބި ބޮޑު ކަމުންނެވެ. މިހާރު ރެފްރީއެއްގެ ގޮތުގައި މަަސައްކަތް ކޮށްގެން އެކަށީގެންވާ އާމްދަނީއެއް ލިބުނު ނަމަވެސް، ލިބޭ އާމްދަނީއަކަށް މަޖީދު ނުބަލައެވެ.

ވޮލީގެ ތެރެއިން މަޖީދަކީ އަތޮޅު ތެރޭގައި ބާއްވަމުން އަންނަ ވޮލީ މުބާރާތްތަކަށް ވެސް ފަރިތަ ނަމެކެވެ. އއ އަތޮޅު، އދ އަތޮޅު، ގއ އަތޮޅު، ގދ އަތޮޅު، ދ އަތޮޅު. މ އަތޮޅު، ފުވައްމުލައް އަދި އަމިއްލަ އަތޮޅު ކަމަށްވާ ފ އަތޮޅަކީ ފާހަގަކޮށްލެވޭ ސަރަހައްދުތަކެވެ. އެ މުބާރާތްތަކުގައި ވެސް މަޖީދަކީ ފާހަގަކޮށްލެވޭ ރެފްރީއެކެވެ. މެޗުތަކުގައި މަޖީދުގެ ނިންމުންތައް ހުޝިޔާރުވެފައި، ޓީމުތަކުގެ ކޯޗުން ޖެހިލުންވާ ރެފްރީއެކެވެ. މީގެ ތެރެއިންވެސް މަޖީދު އެންމެ ބޮޑަށް ފާހަގަވަނީ ފ އަތޮޅު މަގޫދޫގައި ބާއްވަމުން އަންނަ އެމްޒެޑްސީ ލޭޑީސް ކަޕްގައެވެ. ބިދޭސީ ކުޅުންތެރިންގެ އިތުރުން، ގައުމީ ފެންވަރުގެ ކޯޗުންވެސް އަންނަ އެ މުބާރާތުގައި މިހާތަނަށް އިސް ރެފްރީއެއްގެ ގޮތުގައި ގިނައިން މަސައްކަތް ކޮށްފައި ވަނީވެސް މަޖީދެވެ.

ވޮލީގެ ތެރެއިން ލިބުނު ފުރުސަތުގައި މަޖީދު ވަނީ 2019 ވަނަ އަހަރު ބަންގްލަދޭޝްގައި އޮތް ސެންޓްރަލް ޒޯން ވޮލީ މުބާރާތުގައި ވެސް މަސައްކަތް ކޮށްފައެވެ. ވޮލީގެ ރެފްރީ ގްރޭޑް ޑީ، ސީ، ބީ، އަދި އޭ ބެޖު ހާސިލްކޮށްފައިވާ މަޖީދު ވަނީ، 2008 ވަނަ އަހަރު ވީއޭއެމްގެ އެންމެ ޚިދުމަތްތެރި ރެފްރީއަކަށްވެސް ހޮވިފައެވެ. އެއީ ވެސް މަޖީދަށް ލިބުނު ވަރަށް ބޮޑު ކާމިޔާބެކެވެ.

ދިގު މުއްދަތަަކަށް ކުރަމުން އައި މި މަސައްކަތުގައި މަޖީދު އެންމެ އުފާވި އެއް ދުވަހަކީ 2016 ވަނަ އަހަރު އޮތް އިންޓަރ ސްކޫލް ވޮލީ މުބާރާތުގެ ފައިނަލް މެޗަށްފަހުއެވެ. އެ މެޗަށްފަހު ސެޓްފިކެޓާ ހަވާލުވުމަށް ސްޓޭޖު މައްޗަށް އެރުމާއެކު، އެންމެން ވެސް ބުނީ މަޖީދު މަސައްކަތަށް ރަނގަޅު ވާހަކައެވެ. އެ މެޗުގައިވެސް އެއްވެސް ކަހަލަ ގޯހެއް ނުފެންނައިރު، ނިންމުންތަކުގައި މަޖީދު ބަހައްޓާ ސާބިތުކަން ވަނީ ފާހަގަކޮށްފައެވެ. އެނޫންނަމަވެސް، މަޖީދު ރެފްރީއެއްގެ ގޮތުގައި މަސައްކަތްކުރާ ކޮންމެ މުބާރާތަކަށްފަހު ވެސް، އޭނާގެ މަސައްކަަތަށް އެކި ފަރާތްތަކުން ވަރަށް ބޮޑަށް ތައުރީފު ކުރެއެވެ.

ވޮލީ ރެފްރީކަމުގެ އިތުރުން މަޖީދު ވަނީ ޕޮލިސް ކުލަބުގެ އަންހެން ޓީމުގެ މެނޭޖަރުގެ ގޮތުގައިވެސް މަސައްކަތް ކޮށްފައެވެ. 2012 ވަނަ އަަހަރުން ފެށިގެން 2016 ވަނަ އަހަރަށް އޮތް މުބާރާތްތަކުގައި ޕޮލިސް އަންހެން ޓީމުގެ ބެންޗުން މަޖީދު ފެންނާނެއެވެ. ޕޮލިސް ކުލަބުން އޭރު ހޯދި ގިނަ ކާމިޔާބީތަކުގައި މަޖީދުގެ ހިއްސާވެސް ބޮޑެވެ.

ވޮލީގައި މަޖީދުގެ ޚާއްސަ ޝުކުރެއް ހުސައިން މުހައްމަދަށް އެބައޮތެވެ. އެއީ އިންޓަރނޭޝަނަލް ކޯސް ފުރިހަމަ ކުރުމުގައި ލިބުނު އެހީތެރިކަމަށްޓަކައެވެ. އޭގެ އިތުރުން ވޮލީގެ ކަންކަމުގައި އަބަދުވެސް ބާއްވާ އިތުބާރަށްޓަކައި ވޮލީ ރެފްރީ އަހުމަދު ސަލީލް (ކުނޑި) އާއި އަހުމަަދު ނަޝީދު (ތުއްތުކޯ)ގެ ނަންވެސް މަޖީދަށް ޚާއްސައެވެ.

މިވަގުތު ފ. ފީއަލީ ޕޮލިސް ޕޯސްޓުގައި މަސައްކަތް ކުރަމުން އަންނަ މަޖީދު މިހާރު އެންމެ ބޭނުންވަނީ އިންޓަރނޭޝަނަލް ބެޖު ހާސިލްކުރުމަށެވެ. އެކަމަށް މިފަހުން ފުރުސަތެއް ތަނަވަސް ވެސްވިއެވެ. ނަމަވެސް މަސައްކަތާއި، އެހެނިހެން ކަންކަން ހުރިގޮތުން އެ ފުރުސަތު ދޫކޮށްލަން ޖެހުމުންވެސް މަޖީދު ދެރަވިއެވެ. ނަމަވެސް މާޔޫސްވުމެއް ނެތި މަޖީދު ހުރީ، އަނެއްކާ ވެސް ވަރަށް އަވަހަށް އެ ފުރުސަތު ލިބޭނެ ކަމުގެ ފޮނި އުންމީދުގައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ކުޑަކުދިންގެ ބަގީޗާގައި އޮތް ކިނބުލަށް ހެދި ގޮތް އެނގޭތަ؟

ކުޑަކުދިންގެ ބަގީޗާގައި އޮތް ކިނބުލަށް ހެދި ގޮތް އެނގޭތަ؟

03 ސެޕްޓެމްބަރު 2017
ކުޑަގޮޅީގައި އަމީތުގެ ހިތްދަތި ތަޖުރިބާ: ޖަލަށް މުއްދަތު ޖެހީ ދަރިފުޅުގެ އުފަންދުވަހު!

ކުޑަގޮޅީގައި އަމީތުގެ ހިތްދަތި ތަޖުރިބާ: ޖަލަށް މުއްދަތު ޖެހީ ދަރިފުޅުގެ އުފަންދުވަހު!

22 އޯގަސްޓު 2017
ކުޑަ އާބާދީއެއްގެ މެޖޯރިޓީ ވެސް ސަރުކާރަށް ނުހޯދުނު، ދުވަހެއް ދުވަހަކަށް ތާއިދު ދަށަށް!

ކުޑަ އާބާދީއެއްގެ މެޖޯރިޓީ ވެސް ސަރުކާރަށް ނުހޯދުނު، ދުވަހެއް ދުވަހަކަށް ތާއިދު ދަށަށް!

20 އޯގަސްޓު 2017
ފަލަސްތީންގެ ހިތްވަރުގެ ކުރިމަތީގައި އިޒްރޭލަށް ޖެހޭނީ ކުޑަކަކޫ ޖަހާށެވެ!

ފަލަސްތީންގެ ހިތްވަރުގެ ކުރިމަތީގައި އިޒްރޭލަށް ޖެހޭނީ ކުޑަކަކޫ ޖަހާށެވެ!

31 ޖުލައި 2017
އަލިފުށި ކަނު އަނދިރީގައި ހަތަރު ދުވަސް، ކުޑަކުދިންގެ ރުއިން ހިތްދަތި ވޭނަކަށް

އަލިފުށި ކަނު އަނދިރީގައި ހަތަރު ދުވަސް، ކުޑަކުދިންގެ ރުއިން ހިތްދަތި ވޭނަކަށް

30 ޖޫން 2017

އަހަރުތަކުން މިއަދު

16 ޖެނުއަރީ
ވަގު ފޯމު މައްސަލަ: މިނިސްޓަރ އިހްސާނު ގެ ފޮޓޯތައް ލީކު ކޮށްލި ފަރާތް ހައްޔަރު ކުރަން މަސައްކަތް ފަށައިފި
20251 އަހަރު ކުރިން
ރާއްޖެ

ވަގު ފޯމު މައްސަލަ: މިނިސްޓަރ އިހްސާނު ގެ ފޮޓޯތައް ލީކު ކޮށްލި ފަރާތް ހައްޔަރު ކުރަން މަސައްކަތް ފަށައިފި

ތަސައްވުރަކީ، ސަރުކާރާއި މުއައްސަސާތަކާ ގުޅިގެން ރައްޔިތުންގެ ޚިޔާލާއެކު މާލެސިޓީ ތަރައްޤީކުރުން - އާޒިމް
20242 އަހަރު ކުރިން
ރާއްޖެ

ތަސައްވުރަކީ، ސަރުކާރާއި މުއައްސަސާތަކާ ގުޅިގެން ރައްޔިތުންގެ ޚިޔާލާއެކު މާލެސިޓީ ތަރައްޤީކުރުން - އާޒިމް

ވެއްޓުނު، ނޭޕާލުގެ ފްލައިޓުން ދަތުރުކުރި އެންމެ މީހެއް ފިޔަވައި އެހެން އެންމެން ފެނިއްޖެ
20233 އަހަރު ކުރިން
ދުނިޔެ

ވެއްޓުނު، ނޭޕާލުގެ ފްލައިޓުން ދަތުރުކުރި އެންމެ މީހެއް ފިޔަވައި އެހެން އެންމެން ފެނިއްޖެ

ކޮވިޑްގެ ނުރައްކާ ލެވެލް ރަތް ކުލައަށް، މާލެއިން އެކަނި 826 ކޭސް
20224 އަހަރު ކުރިން
ރާއްޖެ

ކޮވިޑްގެ ނުރައްކާ ލެވެލް ރަތް ކުލައަށް، މާލެއިން އެކަނި 826 ކޭސް

ރާއްޖެ ހައި ސްޕީޑް ފެރީ ނިޒާމަކުން ގުޅާލުމުގެ އެއްބަސްވުމުގައި ސޮއިކޮށްފި
20215 އަހަރު ކުރިން
ރާއްޖެ

ރާއްޖެ ހައި ސްޕީޑް ފެރީ ނިޒާމަކުން ގުޅާލުމުގެ އެއްބަސްވުމުގައި ސޮއިކޮށްފި

ރާއްޖޭގައި މަރުވި ދެމަފިރިންގެ ވާހަކަތަކުން ފިލިޕީންސް ރޮއްވާލައިފި!
20197 އަހަރު ކުރިން
ރިޕޯޓު

ރާއްޖޭގައި މަރުވި ދެމަފިރިންގެ ވާހަކަތަކުން ފިލިޕީންސް ރޮއްވާލައިފި!

ކުޅުދުއްފުއްޓަށް ވަޑައިގެން މެޑަމް ފާތުން ސިޓީ އުރައިގައި ފައިސާ ބައްސަވައިފި
20188 އަހަރު ކުރިން
ރާއްޖެ

ކުޅުދުއްފުއްޓަށް ވަޑައިގެން މެޑަމް ފާތުން ސިޓީ އުރައިގައި ފައިސާ ބައްސަވައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު