Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
މިސްކިތްތަކުގެ މަސައްކަތް

މިއަހަރުގެ ތެރޭގައި 2 ނުވަތަ 3 މިސްކިތް ނިންމައި، އާއްމުންނަށް ހުޅުވާލެވޭނެ: އިސްލާމިކް މިނިސްޓްރީ

މިސްކިތްތައް އިމާރާތް ކުރެވެނީ އިއާދަކުރަވިނިވި ހަކަތަައިން ކަރަންޓުގެ ނިޒާމު ގާއިމްކުރެވޭ ގޮތަށް

އަމްނާ އިމާދު
އަމްނާ އިމާދު, ރާއްޖެ އެމްވީ | 6 ޖުލައި 2023 | ބުރާސްފަތި 13:27
ފަލަސުރުޚީ ޕްރޮގްރާމްގައި އިސްލާމިކް މިނިސްޓްރީގެ ޕަރމަނަންޓް ސެކްރެޓަރީ، އަހްމަދު އަދީލް ވާހަކަދައްކަވަނީ

ފަލަސުރުޚީ ޕްރޮގްރާމްގައި އިސްލާމިކް މިނިސްޓްރީގެ ޕަރމަނަންޓް ސެކްރެޓަރީ، އަހްމަދު އަދީލް ވާހަކަދައްކަވަނީ

ރާއްޖޭގެ އެކިއެކި ހިސާބުތަކުގައި ގިނަ މިސްކިތްތައް އިމާރާތްކުރުމުގެ މަސައްކަތްތައް ކުރިއަށްދާ ކަމަށާއި، މިއަހަރުގެ ތެރޭގައި 2 ނުވަތަ 3 މިސްކިތް ނިމޭނެކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފިއެވެ.

ރާއްޖެޓީވީގައި ވާހަކަދައްކަވަމުން އިސްލާމިކް މިނިސްޓްރީގެ ޕަރމަނަންޓް ސެކްރެޓަރީ، އަހްމަދު އަދީލް ވިދާޅުވީ އަތޮޅުތެރޭގެ އެކި ހިސާބުތަކުގައި މިސްކިތްތައް އިމާރާތް ކުރުމުގެ ގިނަ މަޝްރޫއުތައް ކުރިއަށްދާ ކަމަށާއި، ގާތްގަނޑަކަށް 30 މަޝްރޫއު ހިމެނޭ ކަމަށެވެ. ގިނަ މިސްކިތްތައް އިމާރާތް ކުރުމުގެ އަމަލީ މަސައްކަތްތައް ފެށިފައިވާކަން ފާހަގަކުރައްވައި އަދީލް ވިދާޅުވީ މިއަހަރުގެ ތެރޭގައި 2 ނުވަތަ 3 މިސްކިތް ނިންމައި، އާއްމުންނަށް ހުޅުވާލާނެ ކަމަށެވެ.

Advertisement - newsAdvertisement

އަދީލް ވިދާޅުވީ މިސްކިތްތައް އިމާރާތް ކުރުމުގެ މަސައްކަތްތައް ކުރިއަށްދަނީ ކޮންޓްރެކްޓަރުންނާ ހަވާލުކޮށްގެން ކަމަށާއި، ކޮންމެ މިސްކިތެއްވެސް އިމާރާތްކުރުމަށް ގިނަ ދުވަސްތަކެއް ބޭނުންވާ ކަމަށެވެ. އަދި އެންމެ އަވަހަށް ނިންމުމަށް ދޭ މަޝްރޫއުގެ މަސައްކަތްތައްވެސް އެއްކޮށް ނިންމުމަށް ގާތްގަނޑަކަށް އަހަރެއްހާ ދުވަސް ނަގާކަމަށް އޭނާ ވިދާޅުވިއެވެ.

މީގެ އިތުރުން އަދީލް ވިދާޅުވީ، މިހާރު އިމާރާތް ކުރަމުންދާ މިސްކިތްތަކުގެ ޑިޒައިންތައް ތަފާތުވާނެ ކަމަށެވެ. މިސްކިތްތައް އިމާރާތް ކުރެވެނީ އިއާދަކުރަވިނިވި ހަކަތަައިން ކަރަންޓުގެ ނިޒާމު ގާއިމްކުރެވޭ ގޮތަށް ކަމަށް އަދީލް ވިދާޅުވިއެވެ.

އަދީލް ވިދާޅުވީ މިސްކިތްތައް ނިންމުމަށް ކަނޑައަޅާ ތާރީޚަށް ނިންމުމަށް ކޮންޓްރެކްޓަރުން ވަރަށް މަސައްކަތްކުރާ ކަމަށާއި، ގިނަ މަޝްރޫއުތައް ވަރަށް ކާމިޔާބު ކަމަށެވެ. ނަމަވެސް ބައެއް ހާލަތްތަކުގައި ދިމާވާ އެކިއެކި ސަބަބުތަކާއި ގުޅިގެން މަޝްރޫއުތަކަށް ލަސްތަކެއް ކުރިމަތިވާކަން އޭނާ ފާހަގަކުރެއްވިއެވެ. ނަމަވެސް ގިނަ މަޝްރޫއުތައް ނިންމަން ކަނޑައަޅާފައިވާ ތާރީޚަށް ނިމެނޭ ކަމަށް އަދީލް ވިދާޅުވިއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

މާފަންނު ގެއެއްގެ ތެރޭގައި އަންހެނަކު މަރުވެފައި އޮއްވާ ފެނިއްޖެ

މާފަންނު ގެއެއްގެ ތެރޭގައި އަންހެނަކު މަރުވެފައި އޮއްވާ ފެނިއްޖެ

24 ޖެނުއަރީ 2017
ސައިކަލެއްގެ ތެރޭގައި އޮތް ފޯނެއް ވަގަށްނެގި މީހަކު ހޯދަން އިއުލާން ކޮށްފި

ސައިކަލެއްގެ ތެރޭގައި އޮތް ފޯނެއް ވަގަށްނެގި މީހަކު ހޯދަން އިއުލާން ކޮށްފި

23 ޖެނުއަރީ 2017
ހދ. އަތޮޅުގެ 8 ސްކޫލަކުން 118 ދަރިވަރުން ދަސްވާރު ޕްރޮގްރާމް ނިންމައިފި

ހދ. އަތޮޅުގެ 8 ސްކޫލަކުން 118 ދަރިވަރުން ދަސްވާރު ޕްރޮގްރާމް ނިންމައިފި

22 ޖެނުއަރީ 2017
ސައިކަލް ޓެކްސީގެ ޚިދުމަތް މިހަފްތާ ތެރޭގައި ފެށޭނެ: ޓްރާންސްޕޯޓް

ސައިކަލް ޓެކްސީގެ ޚިދުމަތް މިހަފްތާ ތެރޭގައި ފެށޭނެ: ޓްރާންސްޕޯޓް

22 ޖެނުއަރީ 2017
ޤުރްއާން ކިޔެވުމުގެ 32 ވަނަ ޤައުމީ މުބާރާތް މިއަހަރުގެ ސެޕްޓެމްބަރު މަހު ބާއްވަނީ

ޤުރްއާން ކިޔެވުމުގެ 32 ވަނަ ޤައުމީ މުބާރާތް މިއަހަރުގެ ސެޕްޓެމްބަރު މަހު ބާއްވަނީ

22 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

29 މެއި
ކަމަދޫ އީދު އުފާ 1446 ގެ ރަސްމީ ލަވަ ރިލީސްކޮށްފި
20251 އަހަރު ކުރިން
ރާއްޖެ

ކަމަދޫ އީދު އުފާ 1446 ގެ ރަސްމީ ލަވަ ރިލީސްކޮށްފި

ހާފިޒް: ޓައީ ޑިޒައިން ކުރެއްވުމުގެ މާހިރެއް، ވެލެންސިއާ އާއި ބާސްކެޓްގެ ލެޖެންޑެއް
20242 އަހަރު ކުރިން
މީހުން

ހާފިޒް: ޓައީ ޑިޒައިން ކުރެއްވުމުގެ މާހިރެއް، ވެލެންސިއާ އާއި ބާސްކެޓްގެ ލެޖެންޑެއް

ޗުއްޓީއަށް ވެސް ދަރައި ވިކިގެން!
20233 އަހަރު ކުރިން
ރިޕޯޓު

ޗުއްޓީއަށް ވެސް ދަރައި ވިކިގެން!

ފުލުހުންގެ ތާރީޚުގައި ވަރަށް ގިނަ ކަންކަން ފުރަތަމަ ކުރެއްވި އަންހެން ފުލުސް
20224 އަހަރު ކުރިން
މީހުން

ފުލުހުންގެ ތާރީޚުގައި ވަރަށް ގިނަ ކަންކަން ފުރަތަމަ ކުރެއްވި އަންހެން ފުލުސް

ލައްކައެއްހާ ރުފިޔާއަށް އެދުމުންވެސް ރައީސް ޔާމީން ނުދެއްވި - ޑރ ޝައިނީ
20215 އަހަރު ކުރިން
ރާއްޖެ

ލައްކައެއްހާ ރުފިޔާއަށް އެދުމުންވެސް ރައީސް ޔާމީން ނުދެއްވި - ޑރ ޝައިނީ

ރައުދާގެ މަރުގެ ފައިނަލް ރިޕޯރޓް: އަހަރެން މަރާލީ ކަލޭ!
20197 އަހަރު ކުރިން
ރިޕޯޓު

ރައުދާގެ މަރުގެ ފައިނަލް ރިޕޯރޓް: އަހަރެން މަރާލީ ކަލޭ!

އޭޑީކޭގެ މެނޭޖިން ޑިރެކްޓަރު ކުނިއުކުމުގެ މަސައްކަތަށް!
20188 އަހަރު ކުރިން
ރިޕޯޓު

އޭޑީކޭގެ މެނޭޖިން ޑިރެކްޓަރު ކުނިއުކުމުގެ މަސައްކަތަށް!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު