Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއެމްއާރްއެމް

އެމްއާރްއެމްގެ މެންބަރުންގެ އަދަދު އީސީން އޮޅުވާލާފައިވާކަމަށް ތުހުމަތުކޮށްފި

6 ޖުލައި 2023 | ބުރާސްފަތި 03:41

މެއި މަހު އެ ޕާޓީއަށް ވަނުމަށް ހުށަހެޅި 140 ފޯމުވެސް އަދިވެސް ޕްރޮސެސްކޮށްފައިނުވޭ

ތޯހިރާ އަޒްހާރް
ތޯހިރާ އަޒްހާރް | 6 ޖުލައި 2023 | ބުރާސްފަތި 03:41
އެމްއާރްއެމްއިން ބޭއްވި ފުރަތަމަ ޖަލްސާގެ ތެރެއިން -- ފޮޓޯ : ޔޫސުފް ސޮފްވާން

އެމްއާރްއެމްއިން ބޭއްވި ފުރަތަމަ ޖަލްސާގެ ތެރެއިން -- ފޮޓޯ : ޔޫސުފް ސޮފްވާން

ސިޔާސީ ޕާޓީތަކުގެ މެންބަރުންގެ އަދަދު ކަމަށްބުނެ މިމަހުގެ 4 ވަނަ ދުވަހު އީސީން އާންމުކުރި މައުލޫމާތުގައި އެމްއާރްއެމްގެ ގިނަ މެންބަރުން އުނިކޮށްފައިވާކަމަށް އެ ޕާޓީން ބުނެފިއެވެ.

އެމްއާރްއެމްއިން ނެރުނު ބަޔާނެއްގައި ބުނީ އެ ޕާޓީއާ ގުޅޭގޮތުން އީސީން އެކި ފަހަރުމަތިން ސައްހަ ނޫން މައުލޫމާތު އާންމުކުރަމުންދާތީ ކަންބޮޑުވާކަމަށެވެ. މިގޮތުން އީސީން އެންމެ ފަހުން އާންމުކުރި މައުލޫމާތުގައިވެސް އެ ޕާޓީގެ ގިނަ އަދަދެއްގެ މެންބަރުން އުނިކޮށްފައިވާކަމަށް އެމްއާރްއެމްއިން ބުނެފައިވެއެވެ.

Advertisement - newsAdvertisement

އަދި މިއަހަރުގެ މެއި މަހު އެ ޕާޓީއަށް ވަނުމަށް ހުށަހެޅި 140 ފޯމުވެސް އަދިވެސް ޕްރޮސެސްކޮށްފައިނުވާކަމަށް އެމްއާރްއެމްއިން ބުނެފައިވެއެވެ. މި މަސައްކަތް ނުކުރެވި 2 މަހެއްހާ ދުވަސް ވީއިރު ޕާޓީން ވަކިވުމަށް އެދޭ ފަރާތްތައް ޕާޓީން ވަކިކުރުމުގެ މަސައްކަތް އީސީން ހަލުވިކަމާއެކު ކުރިއަށްގެންދާކަމަށް ވަނީ ބުނެފައެވެ. އަދި އެމްއާރްއެމްއިން ވަނީ އީސީން މަސައްކަތްކުރަމުންދަނީ ވަކި އެޖެންޑާއެއްގެ ދަށުން ކަމަށް ތުހުމަތުކޮށްފައެވެ.

އަދި ޕާޓީން ވަކިވުމަށް އެދިގެން ވަކިކޮށްފައިވާ މެންބަރުންކަމަށް އީސީން ބުނާ ގިނަ މެންބަރުންނަކީ އެގޮތަށް އެދިފައިނުވާ މެންބަރުން ކަމަށާއި، އަދި ޕާޓީން ވަކިވުމަށް ހުށަނާޅާކަމަށް އީސީއަށް އެންގުމުންވެސް އެމީހުން ދަފްތަރުގައި އަލުން ހިމެނުމަށް އީސީން މަސައްކަތްނުކުރާކަމަށްވެސް އެމްއާރްއެމްއިން ވަނީ ބުނެފައެވެ.

އެއްވެސް ނުފޫޒެއް އަދި މަންފާއެއް ލިބޭގޮތަށް ޕާޓީތަކާ ގުޅުމަކީ އެ ޕާޓީން ގަބޫލުކުރާ ކަމެއް ނޫން ކަމަށާއި، އެގޮތަށް މެންބަރުން އިތުރުކުރުމުގެ މަސައްކަތް ދެންވެސް ނުކުރާނެ ކަމަށް އެމްއާރްއެމްއިން ވަނީ ބުނެފައެވެ.

މިމަހުގެ 4 ވަނަ ދުވަހު އީސީން ވަނީ ޖޫން މަހުގެ ނިޔަލަށް ސިޔާސީ ޕާޓީތަކުގެ ދަފްތަރުގައި ތިބި މެންބަރުންގެ އަދަދު ހާމަކޮށްފައެވެ. މި ދަފްތަރުގައިވާގޮތުން ޖޫންމަހުގެ ނިޔަލަށް އެމްއާރްއެމްގައި ތިބީ 2،892 މެންބަރުންނެވެ. އެމްއާރްއެމްއަކީ މިވަގުތު އޮތް ސިޔާސީ ޕާޓީތަކުގެ ތެރެއިން 3،000 މެންބަރުން ހަމަނުވާ ހަމައެކަނި ޕާޓީއެވެ.

އެންމެ ހިނގާ

1

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

2

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

3

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

4

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

5

ހަނގުރާމަ އެތައް އަހަރަކަށް ދެމިގެންދިޔަ ކަމުގައި ވިޔަސް އީރާނުގެ ބެލިސްޓިކް މިސައިލްތައް ދުޝްމަނުންގެ ބޯމައްޗަށް ވާރޭ ފަދައިން އޮހެމުންދާނެ: އައިއާރުޖީސީ

އިތުރަށް ކިޔާލަން

26 މާރިޗު 2017

އޭދަފުށީގައި ފާނަބަސަންދު ޖެހޭ މީހުންގެ އަދަދު އިތުރުވެއްޖެ

26 މާރިޗު 2017
އޭދަފުށީގައި ފާނަބަސަންދު ޖެހޭ މީހުންގެ އަދަދު އިތުރުވެއްޖެ
22 މާރިޗު 2017

އިތުބާރު ނެތް ކަމަށް ވޯޓުދޭ މެންބަރުންގެ ފަޔަށް އެޅޭނީ ހޫނުފެން: މެންބަރު އިލްހާމް

22 މާރިޗު 2017
އިތުބާރު ނެތް ކަމަށް ވޯޓުދޭ މެންބަރުންގެ ފަޔަށް އެޅޭނީ ހޫނުފެން: މެންބަރު އިލްހާމް
16 މާރިޗު 2017

އެޗްވަންއެންވަން ފްލޫ ޖެހިގެން މަރުވި މީހުންގެ އަދަދު ދޭކަށް އަރައިފި: އެޗްޕީއޭ

16 މާރިޗު 2017
އެޗްވަންއެންވަން ފްލޫ ޖެހިގެން މަރުވި މީހުންގެ އަދަދު ދޭކަށް އަރައިފި: އެޗްޕީއޭ
15 މާރިޗު 2017

އެޗްވަންއެންވަން އަށް ޕޮޒިޓިވް ވެފައިވާ މީހުންގެ އަދަދު 82 އަށް އަރައިފި

15 މާރިޗު 2017
އެޗްވަންއެންވަން އަށް ޕޮޒިޓިވް ވެފައިވާ މީހުންގެ އަދަދު 82 އަށް އަރައިފި
11 މާރިޗު 2017

ރިޒަރވްގައި ހުރި ޑޮލަރުގެ އަދަދު ވަނީ އޮޅުވާލާފަ: ރައީސް ނަޝީދު

11 މާރިޗު 2017
ރިޒަރވްގައި ހުރި ޑޮލަރުގެ އަދަދު ވަނީ އޮޅުވާލާފަ: ރައީސް ނަޝީދު
09 މާރިޗު 2017

މެންބަރުންގެ އެއްވެސް ބާރެއް މިހާރު ނެތް: ފާރިސް

09 މާރިޗު 2017
މެންބަރުންގެ އެއްވެސް ބާރެއް މިހާރު ނެތް: ފާރިސް
13 ފެބުރުއަރީ 2017

ފާނަބަސަންދު ޖެހިގެން ޑޮކްޓަރަށް ދައްކާ މީހުންގެ އަދަދު ދަނީ އިތުރުވަމުން: ކުޅުދުއްފުށީ ހޮސްޕިޓަލް

13 ފެބުރުއަރީ 2017
ފާނަބަސަންދު ޖެހިގެން ޑޮކްޓަރަށް ދައްކާ މީހުންގެ އަދަދު ދަނީ އިތުރުވަމުން: ކުޅުދުއްފުށީ ހޮސްޕިޓަލް
09 ފެބުރުއަރީ 2017

ރިޔާސީ ބަޔާނަކީ، ހިސާބު އަދަދު ތަކަކުން ރައްޔިތުންނަށް ހަގީގަތް އޮޅުވާލާފައިވާ ބަޔާނެއް: މަހުލޫފު

09 ފެބުރުއަރީ 2017
ރިޔާސީ ބަޔާނަކީ، ހިސާބު އަދަދު ތަކަކުން ރައްޔިތުންނަށް ހަގީގަތް އޮޅުވާލާފައިވާ ބަޔާނެއް: މަހުލޫފު
29 ޖެނުއަރީ 2017

މަޖްލިސް މެންބަރުންގެ ބޮލަށް އެއްވެސް ކަމެއް ނުކެނޑޭނެ، ހުރިހާ ގޯހެއް ހަދަނީ ރައްޔިތުން: މުސްތޮފާ

29 ޖެނުއަރީ 2017
މަޖްލިސް މެންބަރުންގެ ބޮލަށް އެއްވެސް ކަމެއް ނުކެނޑޭނެ، ހުރިހާ ގޯހެއް ހަދަނީ ރައްޔިތުން: މުސްތޮފާ
21 ޖެނުއަރީ 2017

ކޮންމެ ކަމަކަށް ކުރިމަތި ލިޔަސް އެމްޑީޕީގެ މެންބަރުންގެ އުއްމީދު ކަސިޔާރެއް ނުވާނެ: ޝިފާޒް

21 ޖެނުއަރީ 2017
ކޮންމެ ކަމަކަށް ކުރިމަތި ލިޔަސް އެމްޑީޕީގެ މެންބަރުންގެ އުއްމީދު ކަސިޔާރެއް ނުވާނެ: ޝިފާޒް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް