Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެފްލޯޓިންގ ވިލާތައް

ފްލޯޓިންގ ވިލާތަކާއެކު ރާއްޖޭގެ ރިއެލް ސްޓޭޓް އިންޑަސްޓްރީ ބަދަލުވެގެންދާނެ: ޖަނާހު

5 ޖުލައި 2023 | ބުދަ 17:08

ރާއްޖޭގައި އަބަދުވެސް ކޮންސްޓްރަކްޝަންގެ މަސައްކަތް ތަފާތުކޮށް ކުރައްވަން ބޭނުންފުޅުވި

ސިމާހާ ނަސީމް
ސިމާހާ ނަސީމް | 5 ޖުލައި 2023 | ބުދަ 17:08
ހޮޓެލްސް އެންޑް ރިސޯޓްސް އިންވެސްޓްމެންޓްސްގެ ޗެއަރމަން، މުހައްމަދު އަލީ ޖަނާހު

ހޮޓެލްސް އެންޑް ރިސޯޓްސް އިންވެސްޓްމެންޓްސްގެ ޗެއަރމަން، މުހައްމަދު އަލީ ޖަނާހު

ފްލޯޓިންގ ވިލާތަކާއެކު ރާއްޖޭގެ ރިއެލް ސްޓޭޓް އިންޑަސްޓްރީ ބަދަލުވެގެންދާނެ ކަމަށް، ހޮޓެލްސް އެންޑް ރިސޯޓްސް އިންވެސްޓްމެންޓްސް (އެޗްއާރްއައިއެމް)ގެ ޗެއަރމަން މުހައްމަދު އަލީ ޖަނާހު ވިދާޅުވެއްޖެއެވެ.

ރާއްޖޭގައި ފުރަތަމަ ފަހަރަށް ފްލޯޓިންގ ވިލާ އެޅުމަށް ހޮޓެލްސް އެންޑް ރިސޯޓްސް އިންވެސްޓްމެންޓްސް (އެޗްއާރްއައިއެމް)އާއި ފިންލެންޑްގެ މެޔަރ ފްލޯޓިންގ ސޮލިއުޝަނުން އެއްބަސްވުމެއްގައި ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ޖަނާހު ވިދާޅުވީ، އަބަދުވެސް ބައްލަވަނީ އައު ކަންތައްތައް ކުރައްވަން ކަމަށާއި އަބަދުވެސް ރާއްޖޭގައި ކޮންސްޓްރަކްޝަންގެ މަސައްކަތް ތަފާތުކޮށް ކުރައްވަން ބޭނުންފުޅުވި ކަމަށެވެ.

Advertisement - newsAdvertisement

ކޮންސްޓްރަކްޝަން މަސައްކަތް ކުރެއްވިއިރު، ބޭރުން ސަމާނުތައް ގެނައުމުގެ ބަދަލުގައި މިކަން ފެކްޓްރީގައި ކުރެވޭނީ ކިހިނެއްތޯ ވިސްނަވަމުން ދިޔަކަމަށާއި އެ ދަނޑިވަޅުގައި މެޔަރ ފްލޯޓިންގ ސޮލިއުޝަންސްގެ ޑިރެކްޓަރު މިކޯ ލަގްޓޯނެންއާ ދުބާއީން ބައްދަލުވެވަޑައިގަތް ކަމަށް ޖަނާހު ވިދާޅުވިއެވެ. އެބޭފުޅާއާ ބައްދަލުވެވަޑައިގަތުމުން، ދުނިޔޭގެ އެހެން ކުންފުނިތަކާ އަޅައިބަލާއިރު މި ދާއިރާގައި އެ ކުންފުނި އުޅެނީ މާ ކުރީގައިކަން އެނގިވަޑައިގަތް ކަމަށާއި، އެ ދަތުރުގައި ރާއްޖޭގައި މިފަދަ ޕްރޮޖެކްޓެއް ފެށުމަށް ނިންމެވި ކަމަށްވެސް ވިދާޅުވިއެވެ.

ޖަނާހް އިތުރަށް ވިދާޅުވީ ދުބާއީގައި އެއްބަސްވުމުގައި ސޮއިކުރެއްވި ކަމަށާއި ރާއްޖޭގައި މިކަން ރަސްމީކޮށް އިއުލާން ކުރެއްވީ އިންޓަރނޭޝަނަލް މާކެޓްތަކަށް ރާއްޖޭގައިވެސް މިފަދަ ޕްރޮޖެކްޓެއް ފަށަން އުޅޭކަން އެންގުމުގެ ގޮތުން ކަމަށެވެ. މި ޕްރޮޖެކްޓްގެ ސަބަބުން ރާއްޖެއަށް އިގްތިސާދީ ގޮތުންވެސް ކުރިއެރުންތައް ލިބިގެންދާނެކަން ޖަނާހު ފާހަގަކުރެއްވިއެވެ.

ޖަނާހު ވިދާޅުވީ މި އެއްބަސްވުމުގެ ދަށުން ރާއްޖެއަށް މުޅިން ތަފާތު ޓެކްނޮލޮޖީއެއް ތައާރަފު ކުރެވިގެންދާނެ ކަމަށެވެ.

އެންމެ ހިނގާ

1

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

2

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

3

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

4

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

5

10 އަހަރު ވަންދެން ލޯބީގެ ގޮތުން ގުޅިގެން އުޅުމަށް ފަހު، ރޮނާލްޑޯ އާއި ޖޯޖީނާ ކައިވެނިކޮށްފި

އިތުރަށް ކިޔާލަން

18 ފެބުރުއަރީ 2017

ރާއްޖޭގެ މެދުތެރެއާއި ދެކުނުގެ އެކި ހިސާބުތަކަށް ކަނޑުގަދަވުމާއެކު ވިއްސާރަކުރާނެ: މެޓް

18 ފެބުރުއަރީ 2017
ރާއްޖޭގެ މެދުތެރެއާއި ދެކުނުގެ އެކި ހިސާބުތަކަށް ކަނޑުގަދަވުމާއެކު ވިއްސާރަކުރާނެ: މެޓް
12 ފެބުރުއަރީ 2017

ރާއްޖޭގެ ހާލަތު ބަދަލުކުރަން ރައީސް ނަޝީދާއެކު ގުރުބާންވާނަން:އިބްރާ

12 ފެބުރުއަރީ 2017
ރާއްޖޭގެ ހާލަތު ބަދަލުކުރަން ރައީސް ނަޝީދާއެކު ގުރުބާންވާނަން:އިބްރާ
06 ފެބުރުއަރީ 2017

ބައިނަލްއަގްވާމީ މައިދާނުގައި ރާއްޖޭގެ ގަދަރާއި ޝަރަފު މަތިވެރިކުރެވިއްޖެ: ރައީސް ޔާމީން

06 ފެބުރުއަރީ 2017
ބައިނަލްއަގްވާމީ މައިދާނުގައި ރާއްޖޭގެ ގަދަރާއި ޝަރަފު މަތިވެރިކުރެވިއްޖެ: ރައީސް ޔާމީން
02 ފެބުރުއަރީ 2017

ސްޓޭޓް އޮފް ދަ އެންވަޔަރަންމަންޓް ރިޕޯޓް ނެރެފި

02 ފެބުރުއަރީ 2017
ސްޓޭޓް އޮފް ދަ އެންވަޔަރަންމަންޓް ރިޕޯޓް ނެރެފި
31 ޖެނުއަރީ 2017

ރާއްޖޭގެ ޑިމޮކްރެސީ ކުރިއަރުވަން ރައީސް ނަޝީދު ކުރައްވާ މަސައްކަތްޕުޅު އެނގިގެން ހިނގައްޖެ:އަތުލް ކެޝަޕް

31 ޖެނުއަރީ 2017
ރާއްޖޭގެ ޑިމޮކްރެސީ ކުރިއަރުވަން ރައީސް ނަޝީދު ކުރައްވާ މަސައްކަތްޕުޅު އެނގިގެން ހިނގައްޖެ:އަތުލް ކެޝަޕް
28 ޖެނުއަރީ 2017

ރާއްޖޭގެ ބޮޑު ބަޔަކަށް ވިއްސާރަ ކުރާނެ: މެޓް

28 ޖެނުއަރީ 2017
ރާއްޖޭގެ ބޮޑު ބަޔަކަށް ވިއްސާރަ ކުރާނެ: މެޓް
26 ޖެނުއަރީ 2017

ޢަރަބިއަން މާކެޓް ފެއާގެ ރާއްޖޭގެ ސްޓޭންޑް ތައްޔާރުކޮށްދޭނެ ބަޔަކު ހޯދަނީ

26 ޖެނުއަރީ 2017
ޢަރަބިއަން މާކެޓް ފެއާގެ ރާއްޖޭގެ ސްޓޭންޑް ތައްޔާރުކޮށްދޭނެ ބަޔަކު ހޯދަނީ
11 ޖެނުއަރީ 2017

އަނެއްކާވެސް އިތުރު ސްޓޭޓް މިނިސްޓަރެއް

11 ޖެނުއަރީ 2017
އަނެއްކާވެސް އިތުރު ސްޓޭޓް މިނިސްޓަރެއް
11 ޖެނުއަރީ 2017

ރާއްޖޭގެ މަސްބޯޓެއްގައި އަލިފާން ރޯވެއްޖެ

11 ޖެނުއަރީ 2017
ރާއްޖޭގެ މަސްބޯޓެއްގައި އަލިފާން ރޯވެއްޖެ
04 ޖެނުއަރީ 2017

ރާއްޖޭގެ ސިޔާސީ މަސްރަހުން 2017 ވަނަ އަހަރު އާ ބަދަލުތަކެއް ފެނިގެންދާނެ: ނިޒާރު

04 ޖެނުއަރީ 2017
ރާއްޖޭގެ ސިޔާސީ މަސްރަހުން 2017 ވަނަ އަހަރު އާ ބަދަލުތަކެއް ފެނިގެންދާނެ: ނިޒާރު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް