Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ފްލޯޓިންގ ވިލާ އެޅުމަށް އެއްބަސްވުން

ރާއްޖޭގައި ފުރަތަމަ ފަހަރަށް ފްލޯޓިންގ ވިލާ އެޅުމަށް އެއްބަސްވުމެއްގައި ސޮއިކޮށްފި

މި ޕްރޮޖެކްޓުގެ ދަށުން އެޅުމަށް ހަމަޖެހިފައިވަނީ 13 ލަގްޒަރީ ފްލޯޓިންގ ވިލާ

ސިމާހާ ނަސީމް
ސިމާހާ ނަސީމް, ރާއްޖެ އެމްވީ | 5 ޖުލައި 2023 | ބުދަ 14:46
ފްލޯޓިންގ ވިލާ އެޅުމަށް އެއްބަސްވުމެއްގައި ސޮއިކުރުން

ފްލޯޓިންގ ވިލާ އެޅުމަށް އެއްބަސްވުމެއްގައި ސޮއިކުރުން

ރާއްޖޭގައި ފުރަތަމަ ފަހަރަށް ފްލޯޓިންގ ވިލާ އެޅުމަށް ހޮޓެލްސް އެންޑް ރިސޯޓްސް އިންވެސްޓްމެންޓްސް (އެޗްއާރްއައިއެމް) އާއި ފިންލެންޑްގެ މެޔަރ ފްލޯޓިންގ ސޮލިއުޝަނުން އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

ކުރުނބާ މޯލްޑިވްސްގައި ބުދަ ދުވަހުގެ ހަވީރު ބޭއްވި ރަސްމިއްޔާތުގައި އެއްބަސްވުމުގައި އެޗްއާރްއައިއެމްގެ ފަރާތުން ސޮއިކުރެއްވީ ކުންފުނީގެ ޗެއަރމަން މުހައްމަދު އަލީ ޖަނާހުއެވެ. އަދި މެޔަރ ފްލޯޓިންގ ސޮލިއުޝަންސްގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ ޑިރެކްޓަރު މިކޯ ލަގްޓޯނެންނެވެ.

Advertisement - newsAdvertisement

މި ޕްރޮޖެކްޓްގެ ދަށުން އެޅުމަށް ހަމަޖެހިފައިވަނީ ކ. ވިލިވަރުގައި 13 ލަގްޒަރީ ފްލޯޓިންގ ވިލާއެވެ. މި ޕްރޮޖެކްޓްގެ ދަށުން އެންމެ ފުރަތަމަ އަޅާ 13 ވިލާ ވިއްކަން ހަމަޖެހިފައިވަނީ 20 މިލިއަން ޑޮލަރު (300 މިލިއަން ރުފިޔާ) އަށްވުރެ މަތީ އަގުތަކެއްގައެވެ.

ޖަނާހު ވިދާޅުވީ މެޔަރ ކުންފުނީގެ ފެކްޓްރީގައި ބޮޑު ސައިޒްގެ ވިލާއެއް ހެދުމަށް ހަތް މަސް ދުވަސް ނަގާ ކަމަށެވެ. އަދި ރާއްޖެ ގެނެސް އެ ވިލާ ރާވާން ނަގާނީ ދެ މަސް ދުވަސް ކަމަށެވެ.

އެމީހަކު ބޭނުން ޑިޒައިނަކަށް ބޭނުން ގޮތަކަށް މި ވިލާތަކުގައި ގެ އެޅުމުގެ ފުރުސަތު ހުޅުވިގެންދާނެ ކަމަށާއި، ކ. ވިލިވަރުގެ އިތުރުން ބައެއް އެހެން ރަށްރަށުގައިވެސް މި ކޮންސެޕްޓަށް އަލްޓްރާ ލަގްޒަރީ ވިލާތައް އެޅުމަށް ބަލަމުން އަންނަ ކަމަށް ޖަނާހު ވިދާޅުވިއެވެ.

ޖަނާހް އިތުރަށް ވިދާޅުވީ މި ޕްރޮޖެކްޓަކީ ރާއްޖޭގައި ވަރަށް ކާމިޔާބު ޕްރޮޖެކްޓަށް ވާނެކަމަށެވެ. އަދި 2024 ވަނަ އަހަރުގެ ފަހުކޮޅު ނުވަތަ 2025 ވަނަ އަހަރުގެ ކުރީކޮޅު މި ޕްރޮޖެކްޓްގެ މަސައްކަތް އެއްކޮށް ނިންމާލެވޭނެ ކަމަށް ލަފާ ކުރައްވާކަމަށެވެ.

ލަގްޒަރީ ވިލާތައް އެޅުމަށް އެއްބަސްވުމުގައި ސޮއިކޮށްފައިވާއިރު މި މިކަމަށް ބޭނުންވާ ފައިނޭންސް ޔޫރަޕިއަން އިންވެސްޓްމެންޓް ބޭންކުން ހަމަޖެހިފައިވާ ކަމަށް އެޗްއާރްއައިއެމުން ބުނެއެވެ.

މި ރަސްމިއްޔާތުގައި މިކޯ ލަގްޓޯނެން ވިދާޅުވީ މި ވިލާތައް ގަތުމަށް ރާއްޖޭގެ އިތުރުން މުޅި ދުނިޔެއަށް ހުޅުވާލާނެ ކަމަށެވެ. އަދި މި ޕްރޮޖެކްޓް ކާމިޔާބުކަމާއެކު ކުރިއަށް ގެންދެވޭނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ފިންލެންޑްގެ މެޔަރ ފްލޯޓިން ސޮލިއުޝަން ކުންފުންޏަކީ ކްރޫޒްޝީޕް ހެދުމަށް މަޝްހޫރު ކުންފުންޏެކެވެ. އެ ކުންފުނިން ވަނީ މީގެކުރިން އެކި ލަގްޒަރީ ފްލޯޓިންގ ގެތަކާއި ފްލޯޓިންގ ޑައިވް ސެންޓަރުތަކާއި ފްލޯޓިންގ ޑޭޓާ ސެންޓަރުތައް ވެސް ހަދާފައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ރާއްޖޭގައި އިހުލާސްތެރި ނަޒާހަތްތެރި ދަރިން ދަނީ މަދުވަމުން، މިކަން ދިރާސާ ކުރަންޖެހޭ: ލުތުފީ

ރާއްޖޭގައި އިހުލާސްތެރި ނަޒާހަތްތެރި ދަރިން ދަނީ މަދުވަމުން، މިކަން ދިރާސާ ކުރަންޖެހޭ: ލުތުފީ

03 ފެބުރުއަރީ 2017
ރިޔާސީ އިންތިހާބާއި ގުޅޭގޮތުން މަޝްވަރާކުރުމަށް އުމަރު ނަސީރު އިނގެރޭސިވިލާތަށް

ރިޔާސީ އިންތިހާބާއި ގުޅޭގޮތުން މަޝްވަރާކުރުމަށް އުމަރު ނަސީރު އިނގެރޭސިވިލާތަށް

03 ފެބުރުއަރީ 2017
ވިލާ ހައި ސުކޫލުން މަތީ ސާނާވީއަށް ދަރިވަރުން ހޯދަނީ

ވިލާ ހައި ސުކޫލުން މަތީ ސާނާވީއަށް ދަރިވަރުން ހޯދަނީ

01 ފެބުރުއަރީ 2017
ވިލާ ކުންފުނީގެ އަތުން ކާޑެއްދޫ އެއާޕޯޓް ނެގުން ފަސްކުރުމުށް ކޯޓުން އަމުރުކޮށްފި

ވިލާ ކުންފުނީގެ އަތުން ކާޑެއްދޫ އެއާޕޯޓް ނެގުން ފަސްކުރުމުށް ކޯޓުން އަމުރުކޮށްފި

01 ފެބުރުއަރީ 2017
ލޯކަލް ކައުންސިލް އިންތިހާބު ދެވަނަ ފަހަރަށް ފަސްކޮށްފި

ލޯކަލް ކައުންސިލް އިންތިހާބު ދެވަނަ ފަހަރަށް ފަސްކޮށްފި

01 ފެބުރުއަރީ 2017

އަހަރުތަކުން މިއަދު

22 މެއި
ހުކުރު ދުވަހު ހެނދުނު ޔަމަނުން އިސްރާއީލަށް މިސައިލު ހަމަލާ އެއް ދީފި
20251 އަހަރު ކުރިން
ދުނިޔެ

ހުކުރު ދުވަހު ހެނދުނު ޔަމަނުން އިސްރާއީލަށް މިސައިލު ހަމަލާ އެއް ދީފި

ދާއިމީ އެކަނިވެރިކަމުން ސިކުނޑިއަށް ބޮޑު ގެއްލުމެއް... ދެވޭ ލަފާއަކީ އެންމެ ރަނގަޅު ހައްލުބާ؟
20242 އަހަރު ކުރިން
ތަފާތު ޚަބަރު

ދާއިމީ އެކަނިވެރިކަމުން ސިކުނޑިއަށް ބޮޑު ގެއްލުމެއް... ދެވޭ ލަފާއަކީ އެންމެ ރަނގަޅު ހައްލުބާ؟

ނިލަންދޫ ދާއިރާގެ މެންބަރު މުހުސިން އެމްޑީޕީއަށް ސޮއިކުރައްވައިފި
20233 އަހަރު ކުރިން
ރާއްޖެ

ނިލަންދޫ ދާއިރާގެ މެންބަރު މުހުސިން އެމްޑީޕީއަށް ސޮއިކުރައްވައިފި

މާވިން: މީހަކު ހޭނައްތާލާނެ ގޮތް ފޯނުން ސާރޗް ކުރީ ބަޔަަކު ބިރުދަައްކާތީ
20224 އަހަރު ކުރިން
ރިޕޯޓު

މާވިން: މީހަކު ހޭނައްތާލާނެ ގޮތް ފޯނުން ސާރޗް ކުރީ ބަޔަަކު ބިރުދަައްކާތީ

ބްލެކް ފަންގަސް ފެތުރެމުން ދަނިކޮށް ވައިޓް ފަންގަސް ވެސް ފެނިއްޖެ
20215 އަހަރު ކުރިން
ދުނިޔެ

ބްލެކް ފަންގަސް ފެތުރެމުން ދަނިކޮށް ވައިޓް ފަންގަސް ވެސް ފެނިއްޖެ

ބިދޭސީން ގަވާއިދާ ހިލާފަށް މަސައްކަތް ކުރަނީ އެ މީހުން ގެންނަ މީހާގެ އިހުމާލުން: ތޮލާލް
20197 އަހަރު ކުރިން
ރާއްޖެ

ބިދޭސީން ގަވާއިދާ ހިލާފަށް މަސައްކަތް ކުރަނީ އެ މީހުން ގެންނަ މީހާގެ އިހުމާލުން: ތޮލާލް

ކުރުނބާގެ އަގު ބޮޑުވިއިރު ކޮޕީ ފަތް ލިބުމަށް ދަތިވެއްޖެ!
20188 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ކުރުނބާގެ އަގު ބޮޑުވިއިރު ކޮޕީ ފަތް ލިބުމަށް ދަތިވެއްޖެ!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު