Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެސިޔާސީ ޕާޓީތައް

އަދިވެސް ރާއްޖޭގެ އެންމެ މެމްބަރުން ގިނަ ސިޔާސީ ޕާޓީއަކީ އެމްޑީޕީ

އެމްއާރުއެމް ގައި އަދިވެސް 3000 މެމްބަރުން ހަމަ ނުވޭ

އިދުހާމް ނަޢީމް
އިދުހާމް ނަޢީމް | 5 ޖުލައި 2023 | ބުދަ 02:56
އެމްޑީޕީއާ ގުޅުނު ބޭފުޅަކު ރައީސުލްޖުމްހޫރިއްޔާއާ ފޯމު ހަވާލުކުރައްވަނީ

އެމްޑީޕީއާ ގުޅުނު ބޭފުޅަކު ރައީސުލްޖުމްހޫރިއްޔާއާ ފޯމު ހަވާލުކުރައްވަނީ

އިލެކްޝަންސް ކޮމިޝަނުގައި ރަޖިސްޓްރީ ކޮށްފައިވާ ސިޔާސީ ޕާޓީތަކުގެ ތެރެއިން މިއަހަރުގެ ޖޫން މަހުގެ ނިޔަލަށް އަދިވެސް އެންމެ ގިނަ މެމްބަރުން ތިބީ މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގައި ކަމަށް ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.

އިލެކްޝަންސް ކޮމިޝަނުން ވަނީ ޖޫން މަހުގެ ނިޔަލަށް ސިޔާސީ ޕާޓީތަކުގެ ދަފުތަރުގައި ތިބި މެމްބަރުންގެ އަދަދު އަންގާރަ ދުވަހު އާއްމުކޮށްފައެވެ. އެ އަދަދުތަކުން ދައްކާ ގޮތުން ވެރިކަން ކުރާ މައި ޕާޓީ، އެމްޑީޕީގައި 58،035 މެމްބަރުން ވަނީ ރަޖިސްޓްރީ ކޮށްފައެވެ. ފެބްރުއަރީ މަހާ ހަމައަށް އެ ޕާޓީގައި ރަޖިސްޓްރީ ކޮށްފައި ވަނީ 57،660 މެމްބަރުންނެވެ.

ޖޫން މަހުގެ ނިޔަލަށް އެމްޑީޕީގައި ރަޖިސްޓްރީވެފައިވާ މެމްބަރުންގެ އަދަދު އިތުރުވެފައިވާއިރު އެ ޕާޓީއަށް ނިސްބަތްވާ ބައެއް މަޖިލިސް މެމްބަރުންނާއި އާއްމު މެމްބަރުންތަކެއް ވެސް ވަނީ ފާއިރުވި ދެ މަސް ދުވަހުގެ ތެރޭގައި ޕާޓީން ވަކިވެފައެވެ. ނަމަވެސް ހަމަ އެ ދުވަސްކޮޅުގެ ތެރޭގައި ބައެއް ކައުންސިލްތަކުގެ މެމްބަރުންނާއި މަޖިލިސް މެމްބަރުން ހިމެނޭހެން ގިނަ ބަޔަކު ވަނީ އެ ޕާޓީއާ ގުޅިފައެވެ.

ރާއްޖޭގެ ސިޔާސީ ޕާޓީތަކުގެ ތެރެއިން ދެވަނައަށް އެންމެ ގިނަ މެމްބަރުން ތިބީ ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް)ގައެވެ. އެ ޕާޓީގައި ޖޫން މަހުގެ ނިޔަލަށް 22،705 މެމްބަރުން ރަޖިސްޓްރީކޮށްފައިވާއިރު އެ ޕާޓީއާ ގުޅިގެން މަސައްކަތް ކުރަމުން އަންނަ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ގައި ތިބީ 3،139 މެމްބަރުންނެވެ.

މީގެ އިތުރުން ޖޫން މަހުގެ ނިޔަލަށް ޖުމްހޫރީ ޕާޓީގައި 22،705 މެމްބަރުން ތިބިއިރު އަދާލަތު ޕާޓީގައި 9،595 މެމްބަރުން، އެމްޑީއޭގައި 10،227 މެމްބަރުން، އެމްޓީޑީގައި 3،014 މެމްބަރުން އަދި އެމްއެންޕީގައި 9،729 މެމްބަރުން ވަނީ ރަޖިސްޓްރީކޮށްފައެވެ.

އީސީން އާއްމުކޮށްފައިވާ އަދަދުތަކުން ދައްކާ ގޮތުގައި 3000 މެމްބަރުން ހަމަ ނުވާ ޕާޓީއަކަށް އޮތީ ކުރީގެ ރައީސް މައުމޫން އަބްދުލްޤައްޔޫމް ގެ ޕާޓީ އެމްއާރުއެމް އެވެ. އެ ޕާޓީގައި ރަޖިސްޓްރީ ކޮށްފައިވަނީ 2،892 މެމްބަރުންނެވެ. އެ ޕާޓީގައި މީގެ ކުރިން ވެސް މެމްބަރުން ހަމަނުވެގެން އީސީން ވަނީ މެމްބަރުން ހަމަ ކުރުމަށް މުއްދަތުދީ، އެ މުއްދަތުގެ ތެރޭގައި މެމްބަރު ހަމަނުކުރެވުމުން ޕާޓީ އުވާލަން ނިންމާފައެވެ. ނަމަވެސް ކޯޓުން ވަނީ އެ ޕާޓީ އުވާލުން މަޑުޖައްސާލުމަށް އަންގާފައެވެ.

އިތުރަށް ކިޔާލަން

19 އޮކްޓޯބަރު 2017

ފުވައްމުލަކު ގޮނޑުދޮށަށް ލެއްގި ހިލަތައް އަދިވެސް ނަގާ ނުނިމޭ: އީޕީއޭ

19 އޮކްޓޯބަރު 2017
ފުވައްމުލަކު ގޮނޑުދޮށަށް ލެއްގި ހިލަތައް އަދިވެސް ނަގާ ނުނިމޭ: އީޕީއޭ
11 ޖެނުއަރީ 2017

ރާއްޖޭގެ މަސްބޯޓެއްގައި އަލިފާން ރޯވެއްޖެ

11 ޖެނުއަރީ 2017
ރާއްޖޭގެ މަސްބޯޓެއްގައި އަލިފާން ރޯވެއްޖެ
10 ޖެނުއަރީ 2017

"ރައީސް ނަޝީދުގެ މައްޗަށް ދައުވާކުރަން ފޮނުވާފައިވަނީ ސިޔާސީ މަޤްސަދެއްގައި"

10 ޖެނުއަރީ 2017
 "ރައީސް ނަޝީދުގެ މައްޗަށް ދައުވާކުރަން ފޮނުވާފައިވަނީ ސިޔާސީ މަޤްސަދެއްގައި"
10 ޖެނުއަރީ 2017

ފާތިރު މަރާލި މައްސަލައިގައި ހޯދަމުން އަންނަ އިރުފާން އަދިވެސް ނުފެނޭ!

10 ޖެނުއަރީ 2017
ފާތިރު މަރާލި މައްސަލައިގައި ހޯދަމުން އަންނަ އިރުފާން އަދިވެސް ނުފެނޭ!
10 ޖެނުއަރީ 2017

ސަތާރަ މިލިއަން ރުފިޔާ އަދިވެސް ނުލިބޭ، ފައިސާ ހޯދަން ވަނީ ދައުވާކޮށްފައި: ފެނަކަ

10 ޖެނުއަރީ 2017
ސަތާރަ މިލިއަން ރުފިޔާ އަދިވެސް ނުލިބޭ، ފައިސާ ހޯދަން ވަނީ ދައުވާކޮށްފައި: ފެނަކަ
09 ޖެނުއަރީ 2017

އިލެކްޝަންސް ކޮމިޝަންގެ މެމްބަރުން އިސްތިއުފާދެއްވަންޖެހޭ: އަލީ ޒާހިރު

09 ޖެނުއަރީ 2017
އިލެކްޝަންސް ކޮމިޝަންގެ މެމްބަރުން އިސްތިއުފާދެއްވަންޖެހޭ: އަލީ ޒާހިރު
07 ޖެނުއަރީ 2017

ސިޑިއަކާއި ސިފައިންގެ ހެލިކޮޕްޓަރު ޖެހިގެން އަނިޔާވި މީހާގެ ހާލު އަދިވެސް ސީރިއަސް: އޭޑީކޭ

07 ޖެނުއަރީ 2017
ސިޑިއަކާއި ސިފައިންގެ ހެލިކޮޕްޓަރު ޖެހިގެން އަނިޔާވި މީހާގެ ހާލު އަދިވެސް ސީރިއަސް: އޭޑީކޭ
06 ޖެނުއަރީ 2017

ވަގަށް ނަގާފައިވާ ގިނަ އަދަދެއްގެ ފައިސާ ހޯދާ މީހަކު ހައްޔަރުކޮށްފި

06 ޖެނުއަރީ 2017
ވަގަށް ނަގާފައިވާ ގިނަ އަދަދެއްގެ ފައިސާ ހޯދާ މީހަކު ހައްޔަރުކޮށްފި
06 ޖެނުއަރީ 2017

ގޮންޖެހުންތަކާ އެކު 2016 ވަނަ އަހަރު އިދިކޮޅު ސިޔާސީ ޕާޓީއެއްގެ ދައުރު އަދާކުރެވުނު: އެމްޑީޕީ

06 ޖެނުއަރީ 2017
ގޮންޖެހުންތަކާ އެކު 2016 ވަނަ އަހަރު އިދިކޮޅު ސިޔާސީ ޕާޓީއެއްގެ ދައުރު އަދާކުރެވުނު: އެމްޑީޕީ
04 ޖެނުއަރީ 2017

ރާއްޖޭގެ ސިޔާސީ މަސްރަހުން 2017 ވަނަ އަހަރު އާ ބަދަލުތަކެއް ފެނިގެންދާނެ: ނިޒާރު

04 ޖެނުއަރީ 2017
ރާއްޖޭގެ ސިޔާސީ މަސްރަހުން 2017 ވަނަ އަހަރު އާ ބަދަލުތަކެއް ފެނިގެންދާނެ: ނިޒާރު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު