Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
މެންބަރު ސިނާން

ޕީޕީއެމްގެ ދައުވަތެއް ގަބޫލެއް ނުކުރަން، އެ ޕާޓީއަށް ގޮސްގެން ދިފާއުކުރާނެ ގޮނޑިއެއް ނެތް:މެންބަރު ސިނާން

ސުޕްރީމް ކޯޓުގެ ނިޔާއަކީ އަނިޔާއެއް

އަހުމަދު މުހުސިނު
އަހުމަދު މުހުސިނު, ރާއްޖެ އެމްވީ | 13 ޖުލައި 2017 | ބުރާސްފަތި 15:59
މެންބަރު ސިނާން: ސްޓޭންޑް ބަދަލެއް ނުކުރާނަން

މެންބަރު ސިނާން: ސްޓޭންޑް ބަދަލެއް ނުކުރާނަން

ވެރިކަން ކުރާ މައި ޕާޓީ ޕީޕީއެމަށް ގޮސްގެން ދިފާއުކުރާނެ ގޮނޑިއެއް ނެތް ކަމަށާއި ޕީޕީއެމުން ހުޅުވާލި ދައުވަތު ޤަބޫލު ނުކުރައްވާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ މައްޗަށްގޯޅީ ދެކުނު ދާއިރާގެ މެންބަރު ޢަބްދުﷲ ޝިނާން ވިދާޅުވެއްޖެވެ.

ޝިނާން މިހެން ވިދާޅުވީ ޕާޓީން ވަކިކޮށްފިނަމަ ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަން ގެއްލޭނެ ކަމަށް ސުޕްރީމް ކޯޓުން ނިންމާފައި ވަނިކޮށް ޕީޕީއެމުން ވަކިވެވަޑައިގެންނެވި މެންބަރުން އަނބުރާ ޕީޕީއެމަށް ވަޑައިގެންނެވުމަށް އެޕާޓީގެ ޕާލަމެންޓްރީ ގުރޫޕުގެ ލީޑަރ އަހުމަދު ނިހާން ގޮވާލެއްވުމަށް ރައްދު ދެއްވާ ރާއްޖެ ޓީވީގެ 60 މިނެޓަށް ދެއްވި އިންޓަރވިއުއެއްގައެވެ.

Advertisement - newsAdvertisement

ސިނާން ވިދާޅުވީ ސުޕްރީމް ކޯޓުން ކުރި ނިޔާއަކީ އަނިޔާއެއް ކަމަށާއި މިކަމުގެ ސަބަބުން ރާއްޖޭގެ ޑިމޮކްރަސީއަށް ނުރަނގަޅު އަސަރުތަކެއް ކުރާނެ ކަމަށެވެ. މިކަމުގެ ސަބަބުން މަޖިލީހުގެ މެންބަރުންނަށް ލިބިދޭ ބާރުތަކާއި އިޚްތިޔާރުތައް އެދަނީ ހަނިވަމުން ކަމަށެވެ. މިފެންނަނީ އެކަން އެކި ސިފަސިފައިގައި ކުރެވެމުންދާތަން ކަމަށާއި މިކަމަކީ ދިވެހި ރައްޔިތުންނަށްވެސް ދިވެހި ދައުލަތައްވެސް އެންމެ ފައިދާހުރި ގޮތްކަމުގައި ދެކެވަޑައި ނުގަންނަވާ ކަމަށެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް ބޭރުކުރުމަށް ސޮއިކުރައްވާފައިވާ އަދި ޕީޕީއެމުން ވަކިވެވަޑައިގަންނަވާފައިވާ ސިނާން ވިދާޅުވީ މި ހުކުމް ކުރިކަމުގައިވީނަމަވެސް އޭނާގެ ނިންމެވުން ބަދަލު ނުކުރައްވާނެ ކަމަށެވެ.

"އަޅުގަނޑުގެ ސްޓޭންޑަށް އެއްވެސް ބަދަލެއް ނާންނާނެ. އަޅުގަނޑުގެ ސްޓޭންޑަށް ބަދަލު ގެނެވޭނެ އެއްވެސް މީހަކު ނުވެސް ހުންނާނެ. އަޅުގަނޑު މިއިސްލާހީ މަސައްކަތް އަޅުގަނޑު މިފެށީ އަޅުގަނޑު ޤަބޫލްކުރާ ގޮތުގައި މިއަށްވުރެ ވަކި ރަނގަޅު އެހެންގޮތެއް ނެތަކްމަށް އަޅުގަނޑުގެ ހެޔޮ ބުއްދިއަށް ޤަބޫލް ކުރެވޭތީ. އަދި އަޅުގަނޑުގެ ދާއިރާއަށްވެސް އަޅުގަނޑުމެންގެ ރައްޔިތުންނަށްވެސް އަދި ޖުމްލަކޮށް ހުރިހާ ރައްޔިތުންނަށްވެސް އެނެްމެ ފައިދާހުރި ގޮތަކީ އެއީކަމަށް އަޅުގަނޑަށް ފެންނާތީ. އަޅުގަނޑުގެ ގޮނޑި ގެއްލުނު ކަމުގައި ވިއަސް އަޅުގަނޑު ވޯޓު ދޭނީ މަސީހާ ދެކޮޅަށް" ސިނާން ވިދާޅުވިއެވެ.

ސުޕްރީމް ކޯޓުގެ ނިންމެވުމަކީ ސަރުކާރަށް ލިބުނު ކާމިޔާބެއްކަމަށް ބުނެ އުފާފާޅު ކުރަމުންދާއިރު މިއީ އުފާ ކުރާވަރުގެ ކަމެއްތޯ ދެންނެވުމުން ސިނާން ވިދާޅުވީ ކޮންމެ ފުޓްބޯޅަ މެޗެއްގައި މޮޅުވުމާއި ދެރަވުން އޮންނާނެ ކަމަށާއި މއީ އިސްލާހަށް މަސައްކަތްކުރާ އިދިކޮޅު ފަރާތްތަކަށް ލިބުނު ކާމިޔާބެއް ކަމަށެވެ.

"އަޅުގަނޑުމެންގެ މި ކާމިޔާބަކީ ހިތްވަރު. ﷲގެ އިރާދަފުޅާއެކު އެކަލާންގެ ވާގިފުޅާއެކު މިހިތްވަރުގައި ދެމިތިބޭނަން. އަދި ކިތަންމެ އުފާފާޅުކުރިކަމުގައި ވިއަސް އަޅުގަނޑަށް ފެންނަ ތާންގާ އެއީ ހަމަ ވަގުތީ ކަމެއް. ދިވެހިރާއްޖޭގެ ތާރީޚް ބެއްލެވީމަ ފަތްފުށްތަކުން ވަރަށް ސާފުކޮށް ފެންނަން އެބައޮތް ރައްޔިތުންގެ މައްޗަށް ބާރު އަންނަމުންދާތަން. އަދި މިހާތަނަށް އެކަން ހިނގާފައި އޮތީ އެމަގުން،" އޭނާ ވިދާޅުވި އެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

"ހޭވައްލާ" ގެ ނަމުގައި ޕީޕީއެމްގެ ހާއްސަ ޖަލްސާއެއް އަންނަ މަހު ބާއްވަނީ

"ހޭވައްލާ" ގެ ނަމުގައި ޕީޕީއެމްގެ ހާއްސަ ޖަލްސާއެއް އަންނަ މަހު ބާއްވަނީ

31 ޖެނުއަރީ 2017
ޕީޕީއެމްގެ ޕްރައިމަރީގެ ވޯޓުލުން މިއަދު ބާއްވަނީ

ޕީޕީއެމްގެ ޕްރައިމަރީގެ ވޯޓުލުން މިއަދު ބާއްވަނީ

27 ޖެނުއަރީ 2017
ޕީޕީއެމްގެ އާންމު މެމްބަރުންނާއި ރައީސް މައުމޫނު ބައްދަލުކުރައްވައިފި

ޕީޕީއެމްގެ އާންމު މެމްބަރުންނާއި ރައީސް މައުމޫނު ބައްދަލުކުރައްވައިފި

24 ޖެނުއަރީ 2017
ޕީޕީއެމްގެ މެމްބަރުންނާ ބައްދަލު ނުކުރެއްވޭނެ ކަމަށް ފުލުހުން އެންގުމުން ރައީސް މައުމޫން އެޗްއާރުސީއެއްމަށް!

ޕީޕީއެމްގެ މެމްބަރުންނާ ބައްދަލު ނުކުރެއްވޭނެ ކަމަށް ފުލުހުން އެންގުމުން ރައީސް މައުމޫން އެޗްއާރުސީއެއްމަށް!

22 ޖެނުއަރީ 2017
ދޮންކެޔޮ އެންޓަޕްރައިސަސް އަށް ނޭނގި ސަލްޓަންސްގެ ފައިސާ ޚަރަދުނުކުރަން އަންގައިފި

ދޮންކެޔޮ އެންޓަޕްރައިސަސް އަށް ނޭނގި ސަލްޓަންސްގެ ފައިސާ ޚަރަދުނުކުރަން އަންގައިފި

22 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

25 އެޕްރީލު
މެލޭޝިއާގައި ތިބި ކިޔަވާކުދިން ރައީސް މުއިއްޒާއި ބައްދަލުނުކުރަން ނިންމައިފި
20251 އަހަރު ކުރިން
ރާއްޖެ

މެލޭޝިއާގައި ތިބި ކިޔަވާކުދިން ރައީސް މުއިއްޒާއި ބައްދަލުނުކުރަން ނިންމައިފި

ސާބިތުކަމުގެ އާދަޔާ ޚިލާފު ބާރު، ޢިމާދުގެ ފޭލިގެއިން!
20242 އަހަރު ކުރިން
ތަފާތު ޚަބަރު

ސާބިތުކަމުގެ އާދަޔާ ޚިލާފު ބާރު، ޢިމާދުގެ ފޭލިގެއިން!

މެސީ އަނެއްކާ ވެސް ބާސެލޯނާގައި!
20233 އަހަރު ކުރިން
ކުޅިވަރު

މެސީ އަނެއްކާ ވެސް ބާސެލޯނާގައި!

100،000 ޑޮލަރު ޑިޕޮސިޓްކޮށްގެން، 10 އަހަރަށް ލަންކާގައި އުޅުމުގެ ވިސާ ދެނީ
20224 އަހަރު ކުރިން
ދުނިޔެ

100،000 ޑޮލަރު ޑިޕޮސިޓްކޮށްގެން، 10 އަހަރަށް ލަންކާގައި އުޅުމުގެ ވިސާ ދެނީ

ސައުދީން އިންޑިއާއަށް އޮކްސިޖަން ފޯރުކޮށްދީފި
20215 އަހަރު ކުރިން
ދުނިޔެ

ސައުދީން އިންޑިއާއަށް އޮކްސިޖަން ފޯރުކޮށްދީފި

ލަންކާ އަށް ދިން ޓެރަރިސްޓް ހަމަލާ: އެންމެ ފަސް
20197 އަހަރު ކުރިން
ދުނިޔެ

ލަންކާ އަށް ދިން ޓެރަރިސްޓް ހަމަލާ: އެންމެ ފަސް

ތިން ކުދިން ގެބެމުން ދިޔަ މަންޒަރު ހަސަންގެ އިޝާރާތުން!
20188 އަހަރު ކުރިން
ރިޕޯޓު

ތިން ކުދިން ގެބެމުން ދިޔަ މަންޒަރު ހަސަންގެ އިޝާރާތުން!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު