Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
މެމްބަރުންގެ ގޮނޑި ގެއްލުން

ޕާޓީއިން ވަކިވުމުން މެންބަރުކަމުގެ ގޮނޑި ގެއްލޭނެ ކަމަށް ސުޕްރީމް ކޯޓުން ކަނޑައަޅައިފި

ބަންޑާރަނައިބު ހުށަހެޅި ގޮތަށް

އަޒުމޫން އަހުމަދު
އަޒުމޫން އަހުމަދު, ރާއްޖެ އެމްވީ | 13 ޖުލައި 2017 | ބުރާސްފަތި 12:56
ސުޕްރީމް ކޯޓް

ސުޕްރީމް ކޯޓް

ބަންޑާރަނައިބު އެދިވަޑައިގެންނެވި ގޮތަށް، ޕާޓީއިން ވަކިވުމުން މެންބަރުކަމުގެ ގޮނޑި ގެއްލޭނެ ކަމަށް ކަނޑައަޅައި، ސުޕްރީމް ކޯޓުން ހުކުމް ކޮށްފި އެވެ.

ސުޕްރީމް ކޯޓުން މިކުރި ހުކުމާއެކު، މިއަދުން ފެށިގެން ރައްޔިތުންގެ މަޖިލީހަށް އިންތިޚާބުވާއިރު، ހުންނަ ޕާޓީއަކުން ވަކިވާ، ވަކިކުރާ އަދި ބަދަލުކުރާ މެންބަރުންގެ، މެންބަރުކަމުގެ ގޮނޑި ގެއްލޭނެ އެވެ.

Advertisement - newsAdvertisement

ސުޕްރީމް ކޯޓުގެ ހުކުމުގައި ވަނީ ޕާޓީ ބަދަލުކުރުމާ ބެހޭ ގާނޫނެއް ނުވަތަ "އެންޓިޑިފެކްޝަން ގާނޫނެއް" ވުޖޫދަށް ގެނައުމަށް އެންމެހާ ކަމާގުޅޭ ފަރާތްތަކަށް އަމުރުކޮށްފަ އެވެ. އަދި އެ ގާނޫނު ފާސްވަންދެން މިއަދުން ފެށިގެން ޕާޓީ އިން ވަކިވާ މެންބަރުންގެ ގޮނޑި ގެއްލޭނެ ކަމަށް ވަނީ ކަނޑައަޅައިފަ އެވެ. މީގެ އިތުރަށް މެންބަރަކު ޕާޓީ އިން ވަކިވެއްޖެ ކަމަށް ބަލާނީ، ޕާޓީ އިން ވަކިވުމަށް އެދި ޕާޓީގެ އޮފީހަށް ސިޓީ ހުށަހެޅުމުން އިލެކްޝަންސް ކޮމިޝަނުން އެ މެންބަރަކު ޕާޓީ އިން ވަކިކުރުމުން ކަމަށް ހުކުމުގައި ބުނެފައިވެއެވެ.

މި ހުކުމް ކުރީ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ފަނޑިޔާރު އާދަމް މުހައްމަދާއި ފަނޑިޔާރު އަހުމަދު އަބްދުﷲ ދީދީ ހިމެނިވަޑައިގަންނަވާ، ތިން ފަނޑިޔާރުންގެ ބެންޗަކުންނެވެ. ސުޕްރީމް ކޯޓުން ހުކުމް ކުރިއިރު، މި މައްސަލައަށް ތަދައްޚުލްވުމަށް ރައްޔިތުންގެ މަޖިލީހުގެ 31 މެންބަރުންނާއި، ޕްރިމިއާ ޗެމްބާސް އިން ވަނީ ހުށަހަޅާފަ އެވެ. ނަމަވެސް، ހުކުމް ކޮށްފައިމިވަނި ތަދައްޚުލްވުމަށް ހުށަހެޅި ހުށަހެޅުމާއި މެދު ގޮތެއް ނިންމުމެއް ނެތި އެވެ.

ސުޕްރީމް ކޯޓުން މިގޮތަށް ހުކުމް ކުރީ، ދިވެހި ރައްޔިތުންގެ ނަމުގައި ބަންޑާރަ ނައިބު ހުށަހެޅުއްވި މައްސަލައިގަ އެވެ. އެ މައްސަލައިގައި ބަންޑާރަނައިބު އެދިވަޑައިގެންނެވީ، ގާނޫނު އަސާސީގެ 26 ވަނަ މާއްދާގެ (ނ) އާއި، ގާނޫނު އަސާސީގެ 30 ވަނަ މާއްދާގެ (ހ) އާއި، ގާނޫނު އަސާސީގެ 74 ވަނަ މާއްދާގެ އިތުރުން ގާނޫނު އަސާސީގެ 75 ވަނަ މާއްދާ މާނަކޮށް، މަޖިލިހަށް އިންތިޚާބްވާއިރު ހުންނަ ޕާޓީން ވަކިވެއްޖެ ނަމަ ނުވަތަ، އެހެން ޕާޓީއަކަށް ބަދަލުވެއްޖެ ނަމަ ނުވަތަ ޕާޓީން ވަކިކޮށްފިނަމަ ގެއްލޭނެ ކަމަށް ކަނޑައަޅައި ދިނުމަށެވެ.

އެ މައްސަލައިގެ ފުރަތަމަ އަޑުއެހުމުގައި، ހޯމަ ދުވަހު މައްސަލަ ހުށަހަޅުއްވަމުން ބަންޑާރަ ނައިބު މުހައްމަދު އަނިލް ވިދާޅުވީ ވަކި ސިޔާސީ ފިކުރަކަށް ނުވަތަ ޕާޓީއަކަށް ތާއީދުކޮށް، އެ ފިކުރު ޕްރޮމޯޓްކުރާނެ ކަމުގެ ޔަގީންކަންދީގެން އެ ޕާޓީގެ ކެނޑިޑޭޓެއްގެ ގޮތުގައި އިންތިޚާބުގައި ވާދަކޮށް، އެ ސިޔާސީ ފިކުރު ރައްޔިތުންނަށް ވިއްކައިގެން، އެ ޕާޓީގެ ޕާލިމެންޓްރީ ގްރޫޕްގެ މެންބަރެއްގެ ގޮތުގައި އިންތިޚާބުވުމަށް ފަހު އެހެން ސިޔާސީ ޕާޓީއަކަށް ބަދަލުވުން ނުވަތަ ފްލޯ ކްރޮސް ކުރުމަކީ އިންތިޚާބުވި ދާއިރާގެ ރައްޔިތުންގެ ސިޔާސީ ފިކުރާއި ޚިލާފުވެ އެ ރައްޔިތުންނާއި ޕާޓީއަށް އޮޅުވާލުން ކަމަށެވެ. އެއީ އިންތިޚާބުކޮށްދިން ރައްޔިތުންނާއެކު ހެދިފައިވާ އިޖުތިމާއީ އަގުދާ ޚިލާފުވުން ކަމަށް އަނިލް ވިދާޅުވި އެވެ.

އަނިލް ވިދާޅުވީ ރައްޔިތުންގެ މަންދޫބުން އެފަދައިން ސިޔާސީ ޕާޓީން ވަކިވުމާއި، ޕާޓީ ބަދަލުކުރުމަކީ ނުފޫޒުތަކަށް ޖާގަލިބޭ ކަމެއް ކަމަށާއި އެކަމުގެ ސަބަބުން ރާއްޖޭގެ ސިޔާދަތާއި އަމަންއަމާން ކަމަށް ބުރޫއަރާ ކަމަށެވެ. އިންތިޚާބު ކޮށްދިން ރައްޔިތުންގެ މަސްލަހަތު ގެއްލި މެންބަރުންނަށް އަމިއްލަ މަސްލަހަތުތަކެއް ހިމާޔަތްކުރުމުގެ ޖާގަ ލިބޭ ކަމަށް ވިދާޅުވި އެވެ.

އަނިލް ވިދާޅުވީ ރާއްޖެ ފަދަ މަލްޓި ޕާޓީ ސިސްޓަމަކަށް ހިންގާ ގައުމެއްގައި، ރައްޔިތުންގެ މަޖިލީހުގެ މެންބަރުން، އިންތިޚާބުކޮށްދިން ރައްޔިތުންގެ ސިޔާސީ ވިސްނުމާއި، އުންމީދުތަކަށް އިޚްތިރާމް ކުރަންޖެހޭ ކަމަށާއި އަދި އެއީ މެންބަރުންނަށް ލާޒިމްވެގެންވާ ކަމެއް ކަމަށް ގަބޫލުކުރައްވާ ކަމަށެވެ. އެހެން ނޫން ނަމަ، ނުފޫޒު ވަދެ، ދިވެހިރާއްޖޭގެ ދުސްތޫރަށާއި، ވެރިކަން ހިންގުމުގެ ނިޒާމަށާއި، އަމިއްލަ ވެރިކަމާއި ގައުމުގެ މިނިވަން ކަމަށް ބުރޫ އަރާނެ ކަމަށް ގަބޫލުކުރައްވާ ކަމަށް އަނިލް ވިދާޅުވި އެވެ.

ހުކުމް އިއްވަމުން އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދު ވިދާޅުވީ، ބަންޑާރަނައިބުގެ ފަރާތުން ދުސްތޫރީ މައްސަލައެއްގެ ގޮތުގައި ހުށަހެޅި އެ މައްސަލައަށް މިހާރުން މިހާރަށް ހައްލެއް ހޯދައިދިނުމަކީ ރާއްޖޭގެ އަމާންކަމާއި ސުލްހަ މަސަލަސްކަމާއި މުޖުތަމައިގެ ހައްގުގައި ސުޕްރީމް ކޯޓުން ކޮށްދޭންޖެހޭ ކަމެއް ކަމަށް ގަބޫލު ކުރެވޭ ކަމަށެވެ.

އުއްތަމަ ފަނޑިޔާރު ވިދާޅުވީ، ޕާޓީ ބަދަލު ކުރުމަކީ ޑިމޮކްރަސީއާ ދޭތޭރޭ ރައްޔިތުންގެ އިތުބާރު ގެއްލޭނެ ކަމެއް ކަމަށާއި، އެކަންކަން ހައްލު ކުރުމަށް ބައެއް ގައުމުތަކުގައި ގާނޫނު ހަދާފައިވާ ކަމަށެވެ. އެގޮތުން އިންޑިއާގައި އެންޓި ޑިފެކްޝަން ގާނޫނެއް ފާސްކޮށްފައިވާ ކަމަށާއި، އެގައުމުގެ ސުޕްރީމް ކޯޓުންވެސް އެއީ ސައްހަ ގާނޫނެއް ކަމަށް ނިންމާފައިވާ ކަމަށް އުއްތަމަ ފަނޑިޔާރު ވިދާޅުވިއެވެ. އަދި އޭގެ އިތުރުން ކުރިއަރާފައިވާ ޑިމޮކްރެޓިކް އެހެން ގައުމުތަކުގައިވެސް އެފަދަ ގާނޫނެއް އޮންނަ ކަމަށް އުއްތަމަ ފަނޑިޔާރު ވިދާޅުވިއެވެ.

އުއްތަމަ ފަނޑިޔާރު ފާހަގަކުރެއްވި މައިގަނޑު ހުރިހާ ނުކުތާއަކީ ވެސް މައްސަލަ ހުށަހަޅުއްވަމުން ބަންޑާރަނައިބު މުހައްމަދު އަނިލް ދެއްކެވި ވާހަކަަތަކެވެ.

ތިން ހާލަތެއްގައި ރައްޔިތުންގެ މަޖިލީހުން މެންބަރުންގެ ގޮނޑި ގެއްލޭނެ ކަމަށް ކަނޑައަޅައި ދިނުމަށް ސުޕްރީމް ކޯޓަށް ސަރުކާރުން ހުށަހެޅިއިރު، ގާނޫނު އަސާސީގައި ރައްޔިތުންގެ މަޖިލީހުގެ ގޮނޑި ގެއްލޭނެ ހާލަތުތައް ކަމަށް ބަޔާންކޮށްފައިވާ ހާލަތުތަކުގެ ތެރޭގައި ސިޔާސީ ޕާޓީއަކާ ގުޅޭ އެއްވެސް ކަމެއް ހިމެނިފައެއް ނުވެ އެވެ.

ގާނޫނު އަސާސީގެ 73 ވަނަ މާއްދާގެ (ނ) ގައި ބުނެފައިވާ ގޮތުގައި ރައްޔިތުންގެ މަޖިލީހަށް ހޮވިފައިވާ މެންބަރެއްގެ ގޮނޑި ގެއްލޭނީ ތިން ހާލަތެއްގަ އެވެ. އެއީ ސާބިތު ދަރަންޏެއް އޮތް މީހަކު ނަމަ، ހުކުމާ އެއްގޮތަށް ދަރަނި ނުދެއްކުމާއި، ޖިނާއީ ކުށެއް ކުރިކަން ސާބިތުވެ 12 މަސް ދުވަހަށް ވުރެ ދިގު މުއްދަތެއްގެ ހުކުމެއް ތަންފީޒް ކުރަން ޖެހުމުގެ އިތުރުން ފަނޑިޔާރުކަމުގެ މަގާމަށް އައްޔަން ކުރެވުމެވެ.

ސަރުކާރުން މި މައްސަލަ ހުށަހަޅާފައި މިވަނީ، ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހުގެ އިތުބާރު ނެތް ކަމަށް، ސަރުކާރުން ހިންގާ ޕީޕީއެމްގެ 11 މެންބަރަކު ހިމެނޭ ގޮތަށް، ޖުމްލަ 45 މެންބަރުންގެ ސޮޔާއެކު އިދިކޮޅު ފަރާތްތަކުން ހުށަހަޅާފައިވަނިކޮށެވެ. މީގެ އިތުރުން، މައްސަލަ ހުށަހަޅާފައި މިވަނީ މަސީހުގެ އިތުބާރުގެ ގަރާރުގައި ސޮއިކުރެއްވި މެންބަރުންތައް ޕީޕީއެމުން ވަކިވަމުންދާ ދަނޑިވަޅެއްގަ އެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ކަމަދޫ ކައުންސިލްގެ ހުސްވެފައިވާ ގޮނޑި އަށް މެމްބަރަކު އިންތިހާބް ކުރުން އޮގަސްޓް މަހު

ކަމަދޫ ކައުންސިލްގެ ހުސްވެފައިވާ ގޮނޑި އަށް މެމްބަރަކު އިންތިހާބް ކުރުން އޮގަސްޓް މަހު

02 ޖުލައި 2017
ކުރިނބީ ފޮށި އަލުން ގުނުމުން އެމްޑީޕީގެ ކެންޑިޑޭޓް މުހައްމަދު ޝާފީއަށް ގޮނޑި ކަށަވަރުވެއްޖެ

ކުރިނބީ ފޮށި އަލުން ގުނުމުން އެމްޑީޕީގެ ކެންޑިޑޭޓް މުހައްމަދު ޝާފީއަށް ގޮނޑި ކަށަވަރުވެއްޖެ

15 މެއި 2017
‎އދ. ގެ ސަލާމަތީ މަޖިލީހުގެ ގޮނޑިއަށް އިންޑޮނޭޝިއާ އިން ރާއްޖެއާ ވާދަކުރަނީ!

‎އދ. ގެ ސަލާމަތީ މަޖިލީހުގެ ގޮނޑިއަށް އިންޑޮނޭޝިއާ އިން ރާއްޖެއާ ވާދަކުރަނީ!

15 އެޕްރީލު 2017
މަޖިލީހުގެ ރައީސް ގޮނޑި ދެމެހެއްޓޭނީ ޑަންލޮޕް ލައިގެން އެކަނި: ރޮޒައިނާ

މަޖިލީހުގެ ރައީސް ގޮނޑި ދެމެހެއްޓޭނީ ޑަންލޮޕް ލައިގެން އެކަނި: ރޮޒައިނާ

10 އެޕްރީލު 2017
ރައީސް ޔާމީނުގެ ޗެލެންޖް މެންބަރުންނަށް: ކެރެންޏާ ގޮނޑި ހުސްކޮށްފަ، އަމިއްލައަށް އިންތިޚާބުވެބަލަ!

ރައީސް ޔާމީނުގެ ޗެލެންޖް މެންބަރުންނަށް: ކެރެންޏާ ގޮނޑި ހުސްކޮށްފަ، އަމިއްލައަށް އިންތިޚާބުވެބަލަ!

05 އެޕްރީލު 2017

އަހަރުތަކުން މިއަދު

22 އެޕްރީލު
އިހުސާން ކޮރަޕްޝަންގެ އަމަލުތަކެއް ރައީސް މުއިއްޒުގެ ސަމާލުކަމަށް ގެނައި!
20251 އަހަރު ކުރިން
ރާއްޖެ

އިހުސާން ކޮރަޕްޝަންގެ އަމަލުތަކެއް ރައީސް މުއިއްޒުގެ ސަމާލުކަމަށް ގެނައި!

އިންސާނަކަށް ކަމޭހިތުމުން ލިބޭނެ ދެރައެއް ނޯންނާނެއެވެ.
20242 އަހަރު ކުރިން
އިސްލާމް

އިންސާނަކަށް ކަމޭހިތުމުން ލިބޭނެ ދެރައެއް ނޯންނާނެއެވެ.

ފުލުހަކަށް ހަމަލާދީގެން ހައްޔަރުކުރި މީހުންގެ ތެރޭގައި ނަދީމްގެ މަރުގެ މައްސަލައިގެ ދައުވާ އުފުލި މަފާޒް
20233 އަހަރު ކުރިން
ރާއްޖެ

ފުލުހަކަށް ހަމަލާދީގެން ހައްޔަރުކުރި މީހުންގެ ތެރޭގައި ނަދީމްގެ މަރުގެ މައްސަލައިގެ ދައުވާ އުފުލި މަފާޒް

މިއީ ނަމެއްނެތް، އެންމެ ހިޓް ގްރޫޕް؟
20224 އަހަރު ކުރިން
ރިޕޯޓު

މިއީ ނަމެއްނެތް، އެންމެ ހިޓް ގްރޫޕް؟

ފޭރިގަތީ ފައިސާކޮޅު، ޒަރޫރީ ބޭނުން ކުރާނެވަރުވެސް ނެތް!
20215 އަހަރު ކުރިން
ރިޕޯޓު

ފޭރިގަތީ ފައިސާކޮޅު، ޒަރޫރީ ބޭނުން ކުރާނެވަރުވެސް ނެތް!

އެންމެފަހުން ޢަބްދުއްރަޙީމް ވެސް ރައީސް ޔާމީނާ އިދިކޮޅަށް!؟
20197 އަހަރު ކުރިން
ރިޕޯޓު

އެންމެފަހުން ޢަބްދުއްރަޙީމް ވެސް ރައީސް ޔާމީނާ އިދިކޮޅަށް!؟

ގެއްލުނު ކެޕްޓަން މަރުވެފައި އޮއްވާ ކަނޑުގެ އަޑިން ފެނިއްޖެ
20188 އަހަރު ކުރިން
ރާއްޖެ

ގެއްލުނު ކެޕްޓަން މަރުވެފައި އޮއްވާ ކަނޑުގެ އަޑިން ފެނިއްޖެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު