Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެސިއްޙަތު

މަދުން ނޫނީ ނުފެންނަ ޖެނެޓިކް ބައްޔެއް ހުރި ދިވެހި ކުޑަކުއްޖަކަށް އިންޑިއާގައި އައު ފަރުވާއެއް

1 ޖުލައި 2023 | ހޮނިހިރު 06:55

ފަރުވާ ފެށިފަހުން ކުއްޖާގެ ހާލު ދަނީ ރަނގަޅުވަމުން

އިދުހާމް ނަޢީމް
އިދުހާމް ނަޢީމް | 1 ޖުލައި 2023 | ހޮނިހިރު 06:55
ބަލި ތަހުލީލް ކުރުމަށް ލޭނަގާ ޓިއުބް ތަކެއް

ބަލި ތަހުލީލް ކުރުމަށް ލޭނަގާ ޓިއުބް ތަކެއް

މަދުން ނޫނީ ނުފެންނަ ޖެނެޓިކް ބައްޔެއް ތަހައްމަލު ކުރަމުުންދިޔަ ދިވެހި ކުޑަކުއްޖަކަށް އިންޑިއާގައި އައު ފަރުވާއެއް ދީފިއެވެ.

އެ ކުއްޖާ ތަހައްމަލު ކުރަމުން އައީ "ހައިޕަ އައިޖީޑީ ސިންޑްރޯމް" ނަމަކަށް ކިޔާ ބައްޔެކެވެ. އިންޑިއާގެ "ދަ ހިންދޫ" ނޫހުން ބުނެފައިވާ ގޮތުގައި މިއީ އިންޑިއާގައި މި ބައްޔަށް މިފަދަ ފަރުވާއެއް ދިން ފުރަތަމަ ފަހަރެވެ. އެގޮތުން، ދިވެހި އެ އަންހެން ކުއްޖާއަށް ދިން ފަރުވާއަކީ "ކެނަކުމަބް" ބޭސް ބޭނުންކޮށްގެން ދީފައިވާ ފަރުވާއެއް ކަމަށް ވެސް ވަނީ ރިޕޯޓް ކޮށްފައެވެ.

"ކެނަކުމަބް" އަކީ ހަށިގަނޑުގެ ދިފާއީ ބާރު އިތުރުކޮށްދޭ ބޭހެކެވެ.

ހައިޕަ އައިޖީޑީ ސިންޑްރޯމް ތަހައްމަލު ކުރާ ކުދިންގެ ދިފާއީ ނިޒާމު ބަލިކޮށްލައެވެ. އަދި އާންމު ގޮތެއްގައި ހުން އައުމާއި، ހުޅުހުތަކުގައި ރިއްސުމާއި ބަނޑުގައި ރިއްސުން ފަދަ ކަންކަން ދިމާވާނެއެވެ. އަދި ހަމުގައި ގޮށްލުމަކީ ވެސް މި ބަލީގެ އަލާމާތްތަކުގެ ތެރޭގައި ހިމެނޭ ކަންކަމެވެ.

މި ބައްޔަކީ ދުނިޔޭގެ ނިސްބަތުން ބަލާއިރު މަދުން ނޫނީ ނުފެންނަ ބައްޔަކެވެ. ދިވެހި ކުޑަކުއްޖާގެ ގައިން މި ބަލި ދެނެގަނެވިފައިވަނީ އެ ކުއްޖާގެ އުމުރުން ހަ މަހުގައި ކަމަށް މައުލޫމާތުލިބިފައިވެއެވެ. އެ ކުއްޖާއަށް ފަރުވާ ދީފައިވަނީ އިންޑިއާގެ ކުޑަކުދިންގެ ހޮސްޕިޓަލެއް ކަމަށްވާ ރެއިންބޯ ހޮސްޕިޓަލުގައެވެ.

ހޮސްޕިތަލުގެ ޑޮކްޓަރާ ހަވާލާދީ ދަ ހިންދޫގައި ބުނެފައިވަނީ އެ ކުއްޖާގެ ގައިން ފުރަތަމަ އަލާމާތްތައް ފެންނަން ފެށުމުން އެއީ އާދައިގެ ކަމެއް ކަމަށް ބަލައި ވަރަށް ގިނަ އެންޓިބަޔޮޓިކް ދިން ކަމަށެވެ. އެގޮތުން ކުއްޖާ އަބަދު ހުން އައުމާއި ލޭގެ ހިމަގްލޮބިން 12 ގައި ހުންނަން ޖެހޭއިރު 3-4 އަށް ދަށްވުން ފަދަ ކަންކަން ދިމާވާކަން އޭނާ ފާހަގަކޮށްފައިވެއެވެ. އަދި ކުއްޖާގެ ދިފާއީ ނިޒާމު ބަލިކަށިވެފައިވުމުން ބަލީގެ އަސްލު ދެނެގަތުމަށް ވަރަށް ދަތިވިކަން ވެސް އެ ޑޮކްޓަރު ފާހަގަކުރިއެވެ.

ބަލީގެ އަސްލު ދެނެގަތުމަށްފަހު "ކެނަކުމަބް" ބޭނުންކޮށްގެން ފަރުވާ ދޭން ނިންމީ އެހެން ބައެއް ޤައުމުތަކުގައި ވެސް އެ ބައްޔަށް އެ ބޭސް ބޭނުންކޮށްގެން ފަރުވާ ދީފައިވާކަން ދިރާސާތަކުން ދައްކާތީ ކަމަށް ވެސް އޭނާ ބުންޏެވެ.

އިންޑިއާގައި އަލަށް ތަޖުރިބާކުރި މި ފަރުވާ ފެށިފަހުން ކުއްޖާގެ ހާލު ރަނގަޅުވަމުން އަންނަ ކަމަށް ޑޮކްޓަރާ ހަވާލާދީ ދަ ހިންދޫއިން ވަނީ ރިޕޯޓް ކޮށްފައެވެ. އަދި މިއީ މި ބަލި ތަހައްމަލު ކުރާ އެހެން މީހުންނަށް ވެސް ލިބިގެންދިޔަ ހެޔޮ ޚަބަރެއް ގޮތުގައި ސިފަކުރެއެވެ.

ސިއްހަތުއިންޑިއާ

އިތުރަށް ކިޔާލަން

13 ޑިސެމްބަރު 2025

މެސީ އިންޑިއާ އަށް، އެތައް ސަތޭކަ ބަޔަކު މަރުޙަބާ ކިޔަން ނިކުތް

13 ޑިސެމްބަރު 2025
މެސީ އިންޑިއާ އަށް، އެތައް ސަތޭކަ ބަޔަކު މަރުޙަބާ ކިޔަން ނިކުތް
11 ޑިސެމްބަރު 2025

އަޚްލާގީ ޕްރޮގްރާމު ފުރިހަމަ ކުރަންދެން ދަރިވަރު ސަސްޕެންޑް ކޮށްފި

11 ޑިސެމްބަރު 2025
އަޚްލާގީ ޕްރޮގްރާމު ފުރިހަމަ ކުރަންދެން ދަރިވަރު ސަސްޕެންޑް ކޮށްފި
02 ޑިސެމްބަރު 2025

ސްރީލަންކާ އަށް އެހީ ފޯރުކޮށްދިނުމަށް އިންޑިއާ އިން ހުރަސް އެޅި ކަމަށް ޕާކިސްތާނުން ބުނެފި

02 ޑިސެމްބަރު 2025
ސްރީލަންކާ އަށް އެހީ ފޯރުކޮށްދިނުމަށް އިންޑިއާ އިން ހުރަސް އެޅި ކަމަށް ޕާކިސްތާނުން ބުނެފި
17 ނޮވެމްބަރު 2025

ބަންގްލަދޭޝްގެ ކުރީގެ ބޮޑުވަޒީރު ޝައިޚް ހަސީނާ މަރަން ހުކުމް ކޮށްފި

17 ނޮވެމްބަރު 2025
ބަންގްލަދޭޝްގެ ކުރީގެ ބޮޑުވަޒީރު ޝައިޚް ހަސީނާ މަރަން ހުކުމް ކޮށްފި
17 ނޮވެމްބަރު 2025

އިންޑިޔާ ގައި މާބަނޑު މީހުންގެ ހޮސްޕިޓަލެއްގެ ސީސީޓީވީ ހެކްކޮށްގެން ވަގަށް ނެގި ގިނަ އަދަދެއްގެ ވީޑިއޯތަކެއް ޓެލެގްރާމްގައި ވިއްކައިފި

17 ނޮވެމްބަރު 2025
އިންޑިޔާ ގައި މާބަނޑު މީހުންގެ ހޮސްޕިޓަލެއްގެ ސީސީޓީވީ ހެކްކޮށްގެން ވަގަށް ނެގި ގިނަ އަދަދެއްގެ ވީޑިއޯތަކެއް ޓެލެގްރާމްގައި ވިއްކައިފި
15 ނޮވެމްބަރު 2025

އިންޑިއާގެ ކަޝްމީރުގެ ޕޮލިސް ސްޓޭޝަނެއްގައި އެއްޗެއް ގޮވައި 7 މީހަކު މަރުވެ، 27 މީހަކު ޒަހަމްވެއްޖެ

15 ނޮވެމްބަރު 2025
އިންޑިއާގެ ކަޝްމީރުގެ ޕޮލިސް ސްޓޭޝަނެއްގައި އެއްޗެއް ގޮވައި 7 މީހަކު މަރުވެ، 27 މީހަކު ޒަހަމްވެއްޖެ
11 ނޮވެމްބަރު 2025

އިންޑިއާގެ ރެޑް ފޯޓް ގައި ގޮއްވާލި ކާރުގެ ވެރިމީހާ ހައްޔަރު ކޮށްފި

11 ނޮވެމްބަރު 2025
އިންޑިއާގެ ރެޑް ފޯޓް ގައި ގޮއްވާލި ކާރުގެ ވެރިމީހާ ހައްޔަރު ކޮށްފި
10 ނޮވެމްބަރު 2025

ދިއްލީގެ މަޝްހޫރު ރެޑް ފޯޓް ކައިރީގައި ކާރެއް ގޮއްވާލުމުން އެތައް ބަޔަކު މަރުވެ، ގިނަ ބަޔަކު ޒަޚަމް ވެއްޖެ

10 ނޮވެމްބަރު 2025
ދިއްލީގެ މަޝްހޫރު ރެޑް ފޯޓް ކައިރީގައި ކާރެއް ގޮއްވާލުމުން އެތައް ބަޔަކު މަރުވެ، ގިނަ ބަޔަކު ޒަޚަމް ވެއްޖެ
29 އޮކްޓޯބަރު 2025

ހަނގުރާމައިގެ ހާލަތަށް ތައްޔާރުވެގެން ތިބެން ޖެހޭ: ރަޖްނާތު ސިންހް

29 އޮކްޓޯބަރު 2025
ހަނގުރާމައިގެ ހާލަތަށް ތައްޔާރުވެގެން ތިބެން ޖެހޭ: ރަޖްނާތު ސިންހް
15 އޮކްޓޯބަރު 2025

އިންޑިޔާ ގައި އުފައްދާފައިވާ ތިން ވައްތަރެއްގެ ކޯފް ސިރަޕް ތަޣައްޔަރުވެފައިވާ ކަމަށް ބުނެ ޑަބްލިޔުއެޗްއޯ އިން އިންޒާރެއް ނެރެފި

15 އޮކްޓޯބަރު 2025
އިންޑިޔާ ގައި އުފައްދާފައިވާ ތިން ވައްތަރެއްގެ ކޯފް ސިރަޕް ތަޣައްޔަރުވެފައިވާ ކަމަށް ބުނެ ޑަބްލިޔުއެޗްއޯ އިން އިންޒާރެއް ނެރެފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް