Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުޑިކްލަން ރައިސް

ސިޓީތަ؟ އާސެނަލްތަ؟ ރައިސް ގޮތެއް ނިންމަން އުނދަގޫވެފައި

ސިޓީގައި ގަވާއިދުން ކުޅެން ނުލިބިދާނެތީވެ އޭނާ ޖެހިލުންވޭ

އަބްދުﷲ އަޒުމީން
އަބްދުﷲ އަޒުމީން | 27 ޖޫން 2023 | އަންގާރަ 11:16
ޑިކްލަން ރައިސް: އޭނާއަކީ ވެސްޓްހަމްގެ ކެޕްޓަން

ޑިކްލަން ރައިސް: އޭނާއަކީ ވެސްޓްހަމްގެ ކެޕްޓަން

އިނގިރޭސިވިލާތުގައި މިހާރު ހުރި އެންމެ އުއްމީދީ މިޑްފީލްޑަރަކީ ވެސްޓްހޭމްގެ ކެޕްޓަން ޑިކްލަން ރައިސްއެވެ. އިނގިރޭސި ގައުމީ ޓީމުގެ މެދުތެރޭގައި ވެސް އެންމެ މުހިންމު އެއް ތަނބަކީ އޭނާއެވެ. މެދުފަންތީގެ ޓީމަކަށް ކުޅޭ ކުޅުންތެރިޔާ ގަތުމަށް އިނގިރޭސި ބޮޑެތި ބާރުތަކުން ވަނީ ކިޔޫ ހަދައިފައެވެ. ރައިސް ގަތުމަށް މެންޗެސްޓާގެ ދެ ކުލަބު ކަމަށްވާ ސިޓީއާއި ޔުނައިޓެޑް ވެސް ބޭނުންވެއެވެ. އާސެނަލްއާއި ލިވަޕޫލާއި ޗެލްސީ ވެސް އޭނާއަށް ޝައުގުވެރިވެއެވެ. ނަމަވެސް ވަރަށް ގިނަ ސަބަބުތަކާހުރެ އޭނާގެ ކުރިމަތީގައި މިހާރު އޮތީ ދެ ޗޮއިސްއެވެ. ސިޓީ ނުވަތަ އާސެނަލެވެ. މީގެ ތެރެއިން ރައިސް އިޚްތިޔާރުކުރާނީ ކޮން ކުލަބެއް ހެއްޔެވެ؟

ޗެމްޕިއަން ސިޓީގައި ހުރީ ދުނިޔޭގެ އެންމެ މޮޅު ކޯޗު ޕެޕް ގާޑިއޯލާއެވެ. އޭނާއާއެކު މަސައްކަތް ކުރުމަށް ރައިސް ބޭނުންވެއެވެ. ނަމަވެސް ސިޓީއަށް އާއެނކޭ ބުނަން ދަތިވަނީ ފުރަތަމަ 11ގައި ބަރާބަރަށް ކުޅެން ފުރުސަތު ނުލިބިދާނެތީއެވެ. އެ ޓީމުގައި މޮޅު ކުޅުންތެރިން ގިނައެވެ. ޚާއްސަކޮށް މެދުތެރޭގައެވެ.

ސިޓީގައި ޖެކް ގްރީލިޝްއާއި ޖޯން ސްޓޯންސްއާއި ނަތަން އަކޭއާއި އެމެރިކް ލަޕޯޓްއާއި ފިލްފޮޑެން ފަދަ ކުޅުންތެރިންނަށް ބަލާއިރު، ގަވާއިދުން ފުރަތަމަ 11ގައި ކުޅޭކަށް ކޮންމެ ދުވަހަކު ނުލިބެއެވެ. މިއީ ސިޓީ އިޚްތިޔާރުކުރަން ރައިސްއަށް އުނދަގޫވާ ސަބަބެކެވެ.

މިއާ ހިލާފަށް އާސެނަލަށް ބަދަލުވެއްޖެނަމަ ކޯޗު މިކޭލް އާޓެޓާ ޓީމު ރާވާނީ އޭނާ ވަށައިގެން ކަމާމެދު ޝައްކެއްނެތެވެ. އާސެނަލްގެ މިހާރުގެ އެންމެ ބޮޑު ޓާގެޓަކީވެސް އޭނާއެވެ. އެކަމަކު އާސެނަލަކީ ތަށި ހޯދުމާ ދުރު ކުލަބެކެވެ. މިއީ ކާމިޔާބު ކެރިއަރެއް ބިނާކުރަން ރައިސްއަށް އޮތް ހުރަހެކެވެ.

ރައިސްގެ އާއިލާއަކީ ވަރަށް އުމުރުގެ ގޮތުން ޅަ އާއިލާއެކެވެ. މިހެންވެ ދަރިންނަށްޓަކައި އިނގިރޭސިވިލާތް ދޫކޮށް ދާން މިވަގުތު އޭނާ ބޭނުމެއްނުވެއެވެ. ބޮޑަށް ބޭނުންވަނީ ލަންޑަނާ ގާތުގައި ދިރިއުޅުމަށެވެ.

ރައިސް ވިއްކަން ވެސްޓްހަމް ކިޔާ އަގަކީ 100 މިލިއަން ޕައުންޑެވެ. އާސެނަލްއިން ހުށަހަޅާފައިވަނީ 75 މިލިއަން ޕައުންޑެވެ. އަދި ފަހުން 80 މިލިއަން ޕައުންޑެވެ. ސިޓީ ފުރަތަމަވެސް ހުށަހެޅީ 90 މިލިއަން ޕައުންޑެވެ. މިހުރިހާ އަގުތަކެއް ވެސް ވެސްޓްހަމް ވަނީ ގަބޫލުނުކޮށްފައެވެ. ރައިސްއަށް ޝައުގުވެރިވާ އެހެން ކުލަބުތަކުން ބިޑްނުކޮށް ތިބީ މިއަގަށް އެންމެ ކުޅުންތެރިއަކު ގަންނަން ބޭނުންނުވާތީއެވެ.

އާސެނަލްމެންޗެސްޓަރ ސިޓީ

އިތުރަށް ކިޔާލަން

21 ޑިސެމްބަރު 2025

އެވަޓަން ބަލިކޮށް، އާސެނަލް އެއް ވަނައިގައި

21 ޑިސެމްބަރު 2025
އެވަޓަން ބަލިކޮށް، އާސެނަލް އެއް ވަނައިގައި
18 ޑިސެމްބަރު 2025

ބްރެންޓްފޯޑް ބަލިކޮށް، ސިޓީ ސެމީ ފައިނަލަށް

18 ޑިސެމްބަރު 2025
ބްރެންޓްފޯޑް ބަލިކޮށް، ސިޓީ ސެމީ ފައިނަލަށް
11 ޑިސެމްބަރު 2025

ފަހަތުން އަރައި ސިޓީ އިން ރެއާލް ބަލިކޮށްފި

11 ޑިސެމްބަރު 2025
ފަހަތުން އަރައި ސިޓީ އިން ރެއާލް ބަލިކޮށްފި
11 ޑިސެމްބަރު 2025

ހަ ވަނަ މޮޅާ އެކު އާސެނަލް އެއް ވަނައިގައި

11 ޑިސެމްބަރު 2025
ހަ ވަނަ މޮޅާ އެކު އާސެނަލް އެއް ވަނައިގައި
07 ޑިސެމްބަރު 2025

އެސްޓަން ވިލާ އަތުން ބަލިވެ، ލީޑު ފުޅާ ކުރަން ލިބުނު ފުރުސަތު އާސެނަލް އިން ނަގާލައިފި

07 ޑިސެމްބަރު 2025
އެސްޓަން ވިލާ އަތުން ބަލިވެ، ލީޑު ފުޅާ ކުރަން ލިބުނު ފުރުސަތު އާސެނަލް އިން ނަގާލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު