Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ޕީޖީ އޮފީހުގެ މަސައްކަތްތައް

ހަފްތާއަކު 4 ދުވަހު މަސައްކަތްކުރުމުގެ ނަތީޖާ ކާމިޔާބު: ޕީޖީ އޮފީސް

މި ތަޖުރިބާއަކީ ނާކާމިޔާބު ތަޖުރިބާއެއްނަމަ، މި ތަޖުރިބާ ހުއްޓާލައި ޢާންމު އުޞޫލުން 5 ދުވަަހަށް ބަދަލުވާނެ

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު, ރާއްޖެ އެމްވީ | 26 ޖޫން 2023 | ހޯމަ 09:48
ޕީޖީ އޮފީހުގެ ވީޑިއޯ ކޮންފަރެންސް އަޑުއެހުމެއް

ޕީޖީ އޮފީހުގެ ވީޑިއޯ ކޮންފަރެންސް އަޑުއެހުމެއް

ހަފްތާއަކު 4 ދުވަހު މަސައްކަތްކުރުމުން ނެރެވޭ ނަތީޖާ ތަޖުރިބާ ކޮށްލަން ޕްރޮސެކިއުޓަރ ޖެނެރަލް (ޕީޖީ) އޮފީހުގެ މަސައްކަތު ވަގުތަށް ބަދަލު ގެނެސްފައިވާއިރު، މި ބަދަލުގެ ފުރަތަމަ ފިޔަވަހީގެ ނަތީޖާ ރަނގަޅުކަމަށް އެ އިދާރާއިން ބުނެފިއެވެ.

މި ބަދަލުގެ ފުރަތަމަ ފިޔަވަހި 23 މާރިޗު އިން 27 އޭޕްރީލް 2023 އަށް ކުރިއަށް ގެންދެވިފައިވާއިރު، މިތަޖުރިބާ ވެގެން ގޮސްފައިވަނީ ކުރިން ހީކުރި ވަރަށްވުރެވެސް ކާމިޔާބު ތަޖުރިބާއަކަށް ކަމަށް ޕީޖީ އޮފީހުން ބުނެފައިވެއެވެ.

Advertisement - newsAdvertisement

ޕީޖީ އޮފީހުން ވަނީ 23 މާރިޗު އިން 27 އޭޕްރިލްއާ ދެމެދު އޮތް 6 ހަފްތާއާއި، އޭގެ ކުރިން ދިޔަ 19 ފެބްރުވަރީ އިން 22 މާރިޗު 2023 އަށް އޮތް 6 ހަފްތާ އަޅައި ކިޔާފައެވެ.

އެގޮތުން ބަލާއިރު، މި ބަދަލާއެކު ގަޑި ޖެހުނު މުވައްޒަފުންގެ އަދަދު 33 އިންސައްތައަށް ކުޑަކުރެވިފައިވާއިރު، ސަލާމް ބުނި މުވައްޒަފުންގެ އަދަދުވެސް ވަނީ 40 އިންސައްތައަށް ކުޑަ ކުރެވިފައެވެ.

އޭގެ އިތުރުން، މި ބަދަލާއެކު މަސައްކަތަށްވެސް ކުރިއެރުންތަކެއް ލިބިފައިވާކަމަށް އެ އިދާރާއިން ފާހަގަކޮށްފައިވެއެވެ. އެގޮތުން ޑިއުޓީ ޕްރޮސިކިއުޝަނަށް ހުށަހެޅި ފިޔަވަޅު އެޅުނު އަދަދު 27 އިންސައްތަ އިތުރު ކުރެވިފައިވާއިރު، ކޯޓަށް ހުށައެޅުނު ދައުވާ ފޯމުގެ އަދަދުވެސް ވަނީ 12 އިންސައްތައަށް އިތުރު ކުރެވިފައެވެ.

ޕީޖީ އޮފީހުގެ ނިއުސްލެޓަރ ގައި ބަޔާންކޮށްފައިވާ ގޮތުގައި ކުރެވުނު މަސައްކަތް ގިނަވެ، ނަތީޖާ އާއި ފެންވަރު ރަނގަޅު ވުމުގެ އިތުރުން، އެމުއްދަތުގައި، ކޯޓުގެ އެއްވެސް އަޑުއެހުމެއް، އެ އޮފީހުން އެދިގެން ކެންސަލް ކޮށްފައެއް ނުވެއެވެ.

މިއީ މަސައްކަތް މޮނިޓަރ ކުރެވޭނެ ރަނގަޅު ނިޒާމުތަކެއް އެކުލަވާލެވިފައި އޮތް ނަމަ، ކޮންމެ އޮފީހެއްގައިވެސް، އެއޮފީހެއްގެ ނިސްބަތުން ކުރެވިދާނެ ކަމެއްކަން ޕީޖީ އޮފީހުން ފާހަގަ ކުރެއެވެ.

ހަފްތާއަކު 4 ދުވަހު މަސައްކަތްކުރުމުގެ ކަންކަން ރޭވިފައިވާ  ގޮތް އެ އޮފީހުން ވަނީ ހިއްސާ ކޮށްފައެވެ.

އޭގެ ތެރޭގައި އެ އޮފީހުންދޭ ޚިދުމަތްތައް ޢާންމު އުޞޫލުން ހަފްތާގެ 5 ދުވަހު (ރަސްމީ ބަންދު ނޫން ކޮންމެ ދުވަހަކު) ދެމުން ގެންދިއުމާއި، ހަފްތާގެ 5 ދުވަހުގެ ތެރެއިން 1 ދުވަސް މުވައްޒަފު އޮފީހަށް ނުކުމެ މަސައްކަތްކުރަން ނުޖެހޭގޮތަށް ހަމަޖެއްސުން ހިމެނެއެވެ.

އަދި އެފަދައިން އޮފީހަށް ނުކުމެ މަސައްކަތް ނުކުރާ ދުވަސް އޮފީހުގެ މަސައްކަތްތަކަށް ހުރަސް ނޭޅޭގޮތަށް މުވައްޒަފުންގެ މެދުގައި ބަހާލުމާއި، ގޭގައި މަސައްކަތްކުރާ ދުވަސްތަކުގައިވެސް ޕްރޮސިކިއުޓަރުން ކޯޓަށް ދާންޖެހުންފަދަ، އޮފީހަށް ނުކުމެ މަސައްކަތް ކުރަންޖެހޭފަދަ އެނޫންވެސް މަސައްކަތެއް އޮތްނަމަ އޮފީހަށް ނުކުމެ މަސައްކަތްކުރުން ހިމެނެއެެވެ.

އޭގެ އިތުރުން، އެ މުއްދަތުގައި މުވައްޒަފު ސަލާމް ނުވަތަ ޢާއިލީ ޒިންމާ ޗުއްޓީއެއް ނަންގަވައިފިނަމަ ޖެހިގެން އަންނަ ހަފްތާގައި ޢާންމު އުޞޫލުން 5 ދުވަހު އޮފީހަށް ނުކުމެ މަސައްކަތްކުރަންވެސް ޖެހެއެވެ.

ޕްރޮސެކިއުޓަރ ޖެނެރަލް

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

ފަޒުލް ލިޔެކިޔުންތައް ނައްތާލާފައިވާ މައްސަލަ ހެކި ނެތިގެން ދައުވާ ނުކުރަން ނިންމައިފި

ފަޒުލް ލިޔެކިޔުންތައް ނައްތާލާފައިވާ މައްސަލަ ހެކި ނެތިގެން ދައުވާ ނުކުރަން ނިންމައިފި

08 ޑިސެމްބަރު 2025
ހިތަދޫ ކަސްޓޯޑިއަލް އަށް މަސްތުވާތަކެތި ވައްދަން އުޅުމުގެ ތުހުމަތުގައި ފުލުހަކަށް ދައުވާ ކުރުމަށް ފޮނުވައިފި

ހިތަދޫ ކަސްޓޯޑިއަލް އަށް މަސްތުވާތަކެތި ވައްދަން އުޅުމުގެ ތުހުމަތުގައި ފުލުހަކަށް ދައުވާ ކުރުމަށް ފޮނުވައިފި

02 ނޮވެމްބަރު 2025
ދައުވާ ނުކުރުމަށް ނިންމާ މައްސަލަތަކުގެ ލިޔުންތައް ޕީޖީގެ ލަފާ ހޯދައިގެން މެނުވީ ނައްތާ ނުލުމަށް އަންގައިފި

ދައުވާ ނުކުރުމަށް ނިންމާ މައްސަލަތަކުގެ ލިޔުންތައް ޕީޖީގެ ލަފާ ހޯދައިގެން މެނުވީ ނައްތާ ނުލުމަށް އަންގައިފި

26 އޮކްޓޯބަރު 2025
ހައިކޯޓުން ބޭރުކޮށްލި 72 ކިލޯގެ މަސްތުވާތަކެތީގެ މައްސަލަ މުރާޖާކުރުމަށް ހުށަހަޅައިފި

ހައިކޯޓުން ބޭރުކޮށްލި 72 ކިލޯގެ މަސްތުވާތަކެތީގެ މައްސަލަ މުރާޖާކުރުމަށް ހުށަހަޅައިފި

19 އޮކްޓޯބަރު 2025
ކައްދޫގައި ސައިކަލަކުން ޖެހި އެކްސިޑެންޓުވެ މީހަކު މަރުވި މައްސަލައިގައި ދައުވާކުރުމަށް ފޮނުވައިފި

ކައްދޫގައި ސައިކަލަކުން ޖެހި އެކްސިޑެންޓުވެ މީހަކު މަރުވި މައްސަލައިގައި ދައުވާކުރުމަށް ފޮނުވައިފި

29 ސެޕްޓެމްބަރު 2025

އަހަރުތަކުން މިއަދު

17 ފެބުރުއަރީ
ސިނގިރޭޓު އަގު ބޮޑު ކުރި ހަގީގީ ސަބަބު ފޮރުވަން ރައީސް މުއިއްޒު މަސައްކަތް ކުރައްވާ ވަރަކަށް ހަގީގަތް ފަޅާ އަރަނީ!
20251 އަހަރު ކުރިން
ރިޕޯޓު

ސިނގިރޭޓު އަގު ބޮޑު ކުރި ހަގީގީ ސަބަބު ފޮރުވަން ރައީސް މުއިއްޒު މަސައްކަތް ކުރައްވާ ވަރަކަށް ހަގީގަތް ފަޅާ އަރަނީ!

މަސްވެރިންގެ މުޒާހަރާ: ''އަޑު ނާހާނަމަ އިރުއޮއްސި 6:00 އާ ހަމައަށް ކޫއްޑޫގެ މަސްފެކްޓްރީގެ ޖަނަރޭޓަރުތައް ނިއްވާލާނަން''
20242 އަހަރު ކުރިން
ރާއްޖެ

މަސްވެރިންގެ މުޒާހަރާ: ''އަޑު ނާހާނަމަ އިރުއޮއްސި 6:00 އާ ހަމައަށް ކޫއްޑޫގެ މަސްފެކްޓްރީގެ ޖަނަރޭޓަރުތައް ނިއްވާލާނަން''

ގަޑިނުޖެހި ސަލާމް ނުބުނެ ވަޒީފާގައި 51 އަހަރު، ސިއްރަކީ ޞޯބިރާ ވަޒީފާ ދެކެވީ ލޯބި!
20233 އަހަރު ކުރިން
ރިޕޯޓު

ގަޑިނުޖެހި ސަލާމް ނުބުނެ ވަޒީފާގައި 51 އަހަރު، ސިއްރަކީ ޞޯބިރާ ވަޒީފާ ދެކެވީ ލޯބި!

ހުޅުމާލެ ދެވަނަ ފޭސްގައި ހިންގި މާރާމާރީ އެއްގައި 3 ބިދޭސީންނަށް އަނިޔާވެއްޖެ
20224 އަހަރު ކުރިން
ރާއްޖެ

ހުޅުމާލެ ދެވަނަ ފޭސްގައި ހިންގި މާރާމާރީ އެއްގައި 3 ބިދޭސީންނަށް އަނިޔާވެއްޖެ

އިންޓަރނެޓް ހޯދައި މަޖާކޮށްލަން އުޅުނީމާ އާގުބޯޓު އެރީ ފަރަށް
20215 އަހަރު ކުރިން
ރިޕޯޓު

އިންޓަރނެޓް ހޯދައި މަޖާކޮށްލަން އުޅުނީމާ އާގުބޯޓު އެރީ ފަރަށް

ރައީސް ޔާމީން ބަންދުކުރީ މާފުށި ޖަލުގައި
20197 އަހަރު ކުރިން
ރާއްޖެ

ރައީސް ޔާމީން ބަންދުކުރީ މާފުށި ޖަލުގައި

ރައީސް ޔާމީންގެ ނަން ކިޔަން އުޅެއުޅެ ވެސް ހޯރަފުށީ ދާއިރާގެ މެމްބަރަށް ނުކިޔުނު!
20188 އަހަރު ކުރިން
ރާއްޖެ

ރައީސް ޔާމީންގެ ނަން ކިޔަން އުޅެއުޅެ ވެސް ހޯރަފުށީ ދާއިރާގެ މެމްބަރަށް ނުކިޔުނު!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު