Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުއިނގިރޭސި ޕްރިމިއަރ ލީގު

ލީގު ހޯދަން އާސެނަލްގެ ސްކޮޑް ވަރުގަދަ ކުރަން ޖެހޭ- ކޯޗު އާޓެޓާ

މިދިޔަ ސީޒަންގައި ނިންމާލީ ދެވަނާގައި

ޙަފްޞީ ޢަބްދުالله
ޙަފްޞީ ޢަބްދުالله | 26 ޖޫން 2023 | ހޯމަ 02:36
ސިޓީއާ ދެކޮޅަށް ކުޅުނު މެޗުގައި އާސެނަލްގެ ކޯޗު އާޓެޓާ

ސިޓީއާ ދެކޮޅަށް ކުޅުނު މެޗުގައި އާސެނަލްގެ ކޯޗު އާޓެޓާ

އިނގިރޭސި ޕްރިމިއަރ ލީގު ހޯދަން ބޭނުންނަމަ އާސެނަލްގެ ސްކޮޑަށް އިތުރު ކުޅުންތެރިން ގެނެސް ވަރުގަދަ ކުރަން ޖެހޭކަމަށް ކޯޗު އާޓެޓާ ބުނެފިއެވެ.

ނިމުނު ސީޒަންގެ ބޮޑުބައެއްގައި ލީގު ތާވަލްގެ އެއްވަނާގައި އޮތް ޓީމްގެ ކޯޗު ބުނީ ކުރިއަށް އޮތް ސީޒަން ވެގެންދާނީ އިނގިރޭސި ލީގު ތާރީޚުގައިވެސް އެންމެ ވާދަވެރި ސީޒަނަށް ކަމަށެވެ. މިދިޔަ ސީޒަނަކީވެސް އެފަދަ ސީޒަނެއްކަން އާޓެޓާ ފާހަގަކުރިއެވެ. އޭނާ ބުނީ އިނގިރޭސި ފުޓްބޯޅައިގައި ހޭދަކުރި 22 އަހަރުގެ ތެރޭގައިވެސް މިހާ ވާދަވެރިކޮށް ނުފެންނަކަމަށެވެ. އޭނާ ބުނީ ހުނަރާއި, ވަޞީލަތްތަކާއި, މޮޅު ކޯޗުންނާއެކު ލީގުގެ ފެންވަރު ރަނގަޅުވެ, ވާދަވެރިކަން ބޮޑުވެފައިވާކަމަށެވެ. އާޓެޓާ ބުނީ ލީގު ހޯދަން ބޭނުންވާނަމަ އެންމެ މޮޅު ޓީމުގެ ގޮތުގައި ދެމި އޮންނަން ޖެހޭކަމަށެވެ.

ކުރިއަށް އޮތް ސީޒަނަށް އާސެނަލް ވަރުގަދަ ކުރަން ކުރާ މަސައްކަތުގައި އެންމެ ބޮޑު ސަމާލުކަމެއް ހުއްޓިފައިވަނީ ވެސްޓް ހޭމްއަށް ކުޅެމުން އަންނަ އިނގިރޭސި މިޑްފީލްޑަރ ރައިސްއާއި, ޗެލްސީގެ ފޯވާޑް ކައި ހަވާޓްޒް އަށެވެ.

މިދިޔަ ސީޒަންގެ ބޮޑުބައިގައި އެއްވަނާގައި އޮތްނަމަވެސް އާސެނަލްއަށް މައްސަލަ ދިމާވީ މުހިއްމު ދެތިން ކުޅުންތެރިއަކަށް އަނިޔާވުމާ ހަމައިންނެވެ. އޭގެތެރޭގައި ވިލިއަމް ސަލިބާ ހިމެނެއެވެ. އެކަމަކު ލީގުގެ ދެވަނައާއެކު އަލުން ޗެމްޕިއަންސް ލީގުން ޖާގަ ހޯދުމަކީވެސް އާސެނަލްއަށް ލިބުނު ހިތްހަމަޖެހުމެކެވެ. އެކަމަކުވެސް ކޯޗު އާޓެޓާ ބުނީ ލީގުގައި ދިމާވިގޮތް ހަނދާންވުމުން މިހާރުވެސް ހިތްދަތިވާކަމަށެވެ. 10 މަސްދުވަހު ސިޓީއާ ވަރަށްބޮޑު ވާދައެއް ކޮށް ލީގު ގެއްލުމުގެ މާޔޫސްކަން އެބައޮތްކަމަށް އާޓެޓާ ބުންޏެވެ. އެކަމަކު އާޓެޓާ ބުނީ ލީގު ހޯދި ދުނިޔޭގެ އެންމެ މޮޅު ކޯޗު ހުރި, އެންމެ މޮޅު ކުޅުންތެރިން ތިބި, އެންމެ މޮޅު ޓީމް ކަމަށެވެ.

އާސެނަލްމިކޭލް އާޓެޓާ

އިތުރަށް ކިޔާލަން

11 ޑިސެމްބަރު 2025

ހަ ވަނަ މޮޅާ އެކު އާސެނަލް އެއް ވަނައިގައި

11 ޑިސެމްބަރު 2025
ހަ ވަނަ މޮޅާ އެކު އާސެނަލް އެއް ވަނައިގައި
07 ޑިސެމްބަރު 2025

އެސްޓަން ވިލާ އަތުން ބަލިވެ، ލީޑު ފުޅާ ކުރަން ލިބުނު ފުރުސަތު އާސެނަލް އިން ނަގާލައިފި

07 ޑިސެމްބަރު 2025
އެސްޓަން ވިލާ އަތުން ބަލިވެ، ލީޑު ފުޅާ ކުރަން ލިބުނު ފުރުސަތު އާސެނަލް އިން ނަގާލައިފި
04 ޑިސެމްބަރު 2025

ބްރެންޓްފޯޑް ބަލިކޮށް، އާސެނަލް އިން ލީޑު ފުޅާ ކޮށްފި

04 ޑިސެމްބަރު 2025
ބްރެންޓްފޯޑް ބަލިކޮށް، އާސެނަލް އިން ލީޑު ފުޅާ ކޮށްފި
27 ނޮވެމްބަރު 2025

ބަޔާން ބަލިކޮށް އާސެނަލް އަށް ފަސް ވަނަ މޮޅު

27 ނޮވެމްބަރު 2025
ބަޔާން ބަލިކޮށް އާސެނަލް އަށް ފަސް ވަނަ މޮޅު
05 ނޮވެމްބަރު 2025

އާސެނަލްގެ މޮޅުވުމުގެ ރެކޯޑު ކުރިއަށް

05 ނޮވެމްބަރު 2025
އާސެނަލްގެ މޮޅުވުމުގެ ރެކޯޑު ކުރިއަށް
02 ނޮވެމްބަރު 2025

ބާންލީ ބަލިކޮށް، އާސެނަލް އިން ލީޑު ފުޅާ ކޮށްފި

02 ނޮވެމްބަރު 2025
ބާންލީ ބަލިކޮށް، އާސެނަލް އިން ލީޑު ފުޅާ ކޮށްފި
30 އޮކްޓޯބަރު 2025

ބްރައިޓަން ބަލިކޮށް އާސެނަލް ކުއާޓާ ފައިނަލަށް

30 އޮކްޓޯބަރު 2025
ބްރައިޓަން ބަލިކޮށް އާސެނަލް ކުއާޓާ ފައިނަލަށް
29 އޮކްޓޯބަރު 2025

ސަކާގެ އެއްބަސްވުން އައު ކުރެވޭނެ ކަމުގެ އުންމީދު އާސެނަލް އަށް އެބަ އޮތް

29 އޮކްޓޯބަރު 2025
ސަކާގެ އެއްބަސްވުން އައު ކުރެވޭނެ ކަމުގެ އުންމީދު އާސެނަލް އަށް އެބަ އޮތް
28 އޮކްޓޯބަރު 2025

ޕެލަސް އަތުން ލިބުނީ ސީޒަންގެ މިހާތަނަށް އެންމެ މުހިންމު މޮޅު: އާޓެޓާ

28 އޮކްޓޯބަރު 2025
ޕެލަސް އަތުން ލިބުނީ ސީޒަންގެ މިހާތަނަށް އެންމެ މުހިންމު މޮޅު: އާޓެޓާ
19 އޮކްޓޯބަރު 2025

ފުލަމް އަތުން މޮޅުވެ އާސެނަލް އިން ލީޑު ނަގައިފި

19 އޮކްޓޯބަރު 2025
ފުލަމް އަތުން މޮޅުވެ އާސެނަލް އިން ލީޑު ނަގައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު