Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓުމަޖިލީހުގެ ރިޔާސަތުގައި ނަޝީދު އިންނެވުން

ރިޔާސަތުގައި އިންނަވާކަށް ބޭނުންފުޅެއްނުވޭ، ނުއިންނަވައި ވާކަށް ނެތް، ދޫކޮށްލެއްވޭކަށްވެސް ނެތް!

22 ޖޫން 2023 | ބުރާސްފަތި 14:56

މަޖިލީހުގެ ބުރާސްފަތި ދުވަހުގެ ރިޔާސަތު ބެލެހެއްޓެވީ ނަޝީދު

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު | 22 ޖޫން 2023 | ބުރާސްފަތި 14:56
މުހައްމަދު ނަޝީދު - ރައްޔިތުންގެ މަޖިލީހުގެ ރައީސް

މުހައްމަދު ނަޝީދު - ރައްޔިތުންގެ މަޖިލީހުގެ ރައީސް

ވިދާޅުވަނީ ރިޔާސަތުގައި އިންނަވަން ބޭނުންފުޅުނުވާކަމަށެވެ. އަދި ދާއިރާ ތަމްސީލްކުރައްވަން މާ ރަނގަޅުކަމަށެވެ. ވިދާޅުވަނީ ދާއިރާގެ އަޑު އިއްވަވަން ކެތްމަދުވެފައި ހުންނެވި ކަަމަށެވެ. އެކަަމަކު ބާރެއް ދޫކޮށްލައްވަން ޖެހުނީމަ ކަން ހިނގަނީ އެއާ ދިމާ އިދިކޮޅަށެވެ. ވިދާޅުވަނީ މެމްބަރުންގެ ފުރިހަމަ އިތުބާރު ތިމަން މަނިކުފާނަށް އޮތްކަމަށެވެ. އަދި ވޯޓަކާ ހަމައަށް ހިނގައްޖެނަމަ ނާކާމިޔާބުވެވަޑައިނުގަންނަވާނެ ކަމަށްވެސް ވިދާޅުވިއެވެ. އެހެނަސް 50ށްވުރެ ގިނަ މެމްބަރުންގެ ސޮޔާއެކު ހުށަހެޅި, އިތުބާރު ނެތްކަމުގެ މައްސަލަ ޕާކްކުރައްވައި، ބާއްވަވާފައި ކުޑަ ދަށުގައި އިންނަވަނީ އެ ޖަލްސާ މަޖިލީހަށް އެޖެންޑާކުރައްވާނެ ދުވަހެއްގެ ހިލަމެއްވެސް ނުކުރައްވައެވެ. މެމްބަރުންގެ ވޯޓަކުން މަޖިލީހުގެ ރައީސްކަމުގެ މާލިމީކަން ގެއްލިވަޑައިނުގަންނަވާނެ ކަމަށް ވިދާޅުވިނަމަވެސް، އެ މައްސަލައާ ހަމައަށް ވާސިލްވާން ހުރި މަގުތައް ބަންދުކުރެއްވެން އޮތިއްޔާ އޮތް ހުރިހާ ކަމެއް އޮތީ ކުރައްވާފައެވެ. އެއީ ފަހަރުގައި އިއްތިފާގަކަށް ވެދާނެއެވެ.

އިތުބާރު ނެތްކަމުގެ މައްސަލަ ހުށަހެޅި ހިސާބުން ރައްޔިތުންނަށްޓަކައި ނަޒާހަތްތެރި ނަމޫނާއެއް ދެއްކުމަށްކަމަށް ވިދާޅުވެ ރިޔާސަތުން ދުރުވެވަޑައިގަތީމުވެ. ގަވާއިދުގައި އެފަދަ ހުއްޖަތެއް ނެތްނަމަވެސް މަނިކުފާނަށް ފެނިވަޑައިގަތް ޑިމޮކްރަސީގެ ރީތި މިސާލަކީ އޭރު އެއީއެވެ. މަޖިލިސް ކުރިއަށް ނުގޮސް، މަޖިލީހުގެ ރިޔާސަތާ ހަވާލުވެވަޑައިގަންނަވަން އައްޔަންކުރެއްވި މެމްބަރު، މަޖިލީހުގެ ޖަލްސާތައް ހިތްޕުޅާހަމަވާ ގޮތަކަށް ގެންދެވިއިރު ރިޔާސަތާ ހަވާލުވެވަޑައިގަތުން މުހިންމު ކަމަކަށް ފެނިވަޑައެއް ނުގަތެވެ. މަޖިލީހުގެ ޖަލްސާތައް ހިތްޕުޅާހަމަވާ ގޮތަކަށް ގެންދަވަން ދޫކޮށްލެއްވީއެވެ. އިއްޔެ އެހެން ބޭފުޅަކު ރިޔާސަތުގައި އިންނެވިއިރު، އެ ބޭފުޅާގެ ޚުދުމުޚުތާރުކަން ސިފަކޮށްދިނުމަށް ދެއްކެވި ހުރިހާ ކަމެއް މިއަދު މި މަޖިލީހުގައި ތަކުރާރުވެއްޖެއެވެ.

ޖަލްސާ އެޖެންޑާއަށް އިހުތިރާމްކުރެއްވުމަށް ޚުދު މަނިކުފާނު ނަސޭހަތްތެރިވެވަޑައިގެންނެވި އިރު، ކޮންމެ ދުވަހަކު ޖަލްސާ ކުރިއަށް ގެންދިޔަނުދިނުމަށް އެކި ނަންނަމުގައި އެއް މައްސަލައެއްގައި ފުނި ފުންޏަށް ހުށަހަޅާ ގަރާރުތަކާއި ކުއްލި މައްސަލަތަކަށް އެ ޖާގަވެސް ދެއްވައެވެ. އަދި މަޖިލީހުގައި އެއްބައި މެމްބަރުން ބޭނުންފުޅުވާ ވާހަކައަކާއި ބޭނުންފުޅުވާ ހާސަރެއް ދެންމެވުމަށް ޖާގަ ދެއްވާއިރު، ރުހިވަޑައިނުގަންނަވާ މެމްބަރުންގެ ވާހަކަފުޅަށް ދެއްވަނީ މަދު ވަގުތުކޮޅެކެވެ. އެޖެންޑާއިން ބޭރުން ވާހަކަދައްކަވާކަމަށް ވިދާޅުވެ ވާހަކަ މެދުވެސް ކަނޑުއްވައިލައްވަނީއެވެ. އިއްޔެއާ ހަމައަށް، މަޖިލީހުގެ ޖަލްސާތައް ކުރިއަށް ގެންދެވުމަށް މެމްބަރުން އާދޭސް ދަންނަވަމުން ގެންދެވިއިރުވެސް ވިދާޅުވީ ރިޔާސަތުގައި އިންނަވަން ހަމަ ހިލާ ކެރިވަޑައިނުގަންނަވާނެކަމަށެވެ. އެކަމަށް ގާނޫނު ޖާގަ ނުދޭކަމަށްވެސް، މަނިކުފާނަށް ތާއީދުކުރައްވާ ބޭފުޅުންނާއި ޚުދު މަނިކުފާނު ހަރު އަޑުފުޅުން ވިދާޅުވީމެވެ.

އެއީ ރައްޔިތުންނަށްޓަކައި ނިންމެވި ނިންމެވުމެއް ކަމަށް, އިހަކަށް ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވިދާޅުވިއެވެ. އެ ނޫސްވެރިންގެ ބައްދަލުވުމުގައިވެސް ތަކުރާރުކޮށް ވިދާޅުވީ މަޖިލީހުގެ ޖަލްސާތައް ކުރިއަށް ގެންދިއުމަށް ފަހި މަގެއް ފެނިވަޑައިނުގަންނަވާ ކަމަށެވެ. އެކަމަކު މިއަދު ރާގުފުޅު ބަދަލުވެ، ރިޔާސަތާ ހަވާލުވެވަޑައިގަތީ، ބައެއް ބޭފުޅުން ވިދާޅުވާގޮތުންނަމަ މަޖިލިސް ޗުއްޓީއަށް ދާން ހެދި އުކުޅެކެވެ. އަނެއްބައި މެމްބަރުން އެކަން ސިފަކުރެއްވީ މަޖިލީހުގެ ވިލުފުށީ ދާއިރާގެ މެމްބަރު އަފީފަށް ޖެހިޖެހިގެން ތިން ޖަލްސާއަށްވުރެ ގިނަ ޖަލްސާގައި ނުއިންނެވޭނެތީ ފަށް ކެނޑުމަށް ކުރެއްވި ކަމެއްގެ ގޮތުގައެވެ.

އެކަން ކުރެއްވީ ރައްޔިތުންނަށްޓަކައި ކަމަށް ވިދާޅުވިއިރު، މަޖިލީހުގެ ރިޔާސަތުގައި އިންނަވަން ދެކޮޅު ހެއްދެވުމުން މަޖިލީހުގެ ނައިބު ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލަ ކުރިއަށް ނުގެންދަވައި ބާއްވަވަން އެއީ ރައްޔިތުން އެދުނު ގޮތް ކަމަށް އޭރު ގަބޫލުކުރެއްވީހެވެ. އެ މައްސަލަ ފާސްވާން ނުވަތަ ނުވާން ދޫކޮށްލައްވައި، ރައްޔިތުންގެ މަންދޫބުންނަށް ގޮތް ނިންމަން ފުރުސަތު ދެއްވުން އެއީ ރައްޔިތުން އެދޭ ގޮތް ކަމަކަށް އޭރު ގަބޫލުފުޅެއް ނުކުރެއްވުނެވެ. މަގާމު ބޭނުންފުޅު ނުވާކަމަށް ތަކުރާރުކޮށް ވިދާޅުވިނަމަވެސް، މަޖިލީހުގައި މަރުތަޅު އެޅުވިފައިވާކަަމަށް ވިދާޅުވެ، މަޖިލީހުގެ ރިޔާސަތަށް އޭރު ވަޑައެއްނުގަންނަވަމުއެވެ. ރައްޔިތުންނަށްޓަކައި ދައުލަތުގެ އެޓަރނީ ޖެނެރަލްގެ މައްސަލަ އެޖެންޑާއިން ގެއްލުނު ގޮތެއް ވިދާޅުވެއެއްނުދެއްވައެވެ. އަދި އެ މައްސަލައިގެ އެޖެންޑާއަށް ބަދަލު އައި ގޮތެއްވެސް ވިދާޅުވެއެއްނުދެއްވައެވެ. އެޖެންޑާއަށް އިހުތިރާމެއް ނުކުރައްވައެވެ.

އަދި މަޖިލީހުގެ އަމީންއާއްމު މަޖިލީހުގެ ޖަލްސާ ކުރިއަށް ގެންދެވުމަށް މަޖިލީހާމެދު މަނިކުފާނުގެ ޒިންމާފުޅު އޮތް ކަމަށް ވިދާޅުވި ވިދާޅުވުމަކަށްވެސް ގޮތް ދުލެއްނުކުރައްވަމުއެވެ. ރިޔާސަތުގައި ނެތްނަމަ، މަޖިލީހުގައި އޮތް ޖާހާއި، އެ ޕްލެޓްފޯމް ގެއްލިވަޑައިގަންނަވަން ބޭނުންފުޅުނުވާކަހަލައެވެ. އެހެންކަމުން ކުއްލިއަކަށް ރައްޔިތުންގެ ހައްގުގައި ރިޔާސަތާ ހަވާލުވެވަޑައިގަތް ކަމަށް ވިދާޅުވިނަމަވެސް އެކަމާ ސުވާލު އުފެދެއެވެ.

ރައްޔިތުންގެ މަޖިލިސް

އެންމެ ހިނގާ

1

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

2

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

3

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

4

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

5

ހަނގުރާމަ އެތައް އަހަރަކަށް ދެމިގެންދިޔަ ކަމުގައި ވިޔަސް އީރާނުގެ ބެލިސްޓިކް މިސައިލްތައް ދުޝްމަނުންގެ ބޯމައްޗަށް ވާރޭ ފަދައިން އޮހެމުންދާނެ: އައިއާރުޖީސީ

އިތުރަށް ކިޔާލަން

28 އޮކްޓޯބަރު 2025

މިނިސްޓަރު ސައީދަށް އެނގޭ އެކައްޗެއް ވެސް ނެތީތަ؟ ބަންކަރިން އިން ލިބުނު އާމްދަނީ ނޭނގުނުތާ ދެވުނު ވަޒީފާގެ އަދަދު ވެސް ނޭނގުނު!

28 އޮކްޓޯބަރު 2025
މިނިސްޓަރު ސައީދަށް އެނގޭ އެކައްޗެއް ވެސް ނެތީތަ؟ ބަންކަރިން އިން ލިބުނު އާމްދަނީ ނޭނގުނުތާ ދެވުނު ވަޒީފާގެ އަދަދު ވެސް ނޭނގުނު!
28 އޮކްޓޯބަރު 2025

ކުރީ ސަރުކާރުން މާލޭ ރައްޔިތުންނަށް ދިން ގޯތިތައް ވެސް މުއިއްޒު ސަރުކާރުން އަތުލަން އުޅޭ ކަމުގެ އިޝާރާތެއް

28 އޮކްޓޯބަރު 2025
ކުރީ ސަރުކާރުން މާލޭ ރައްޔިތުންނަށް ދިން ގޯތިތައް ވެސް މުއިއްޒު ސަރުކާރުން އަތުލަން އުޅޭ ކަމުގެ އިޝާރާތެއް
27 އޮކްޓޯބަރު 2025

އިބިލީހުގެ ކައިވެންޏަށް ވީ ޓެކްސީ ލައިނުގެ ޚިދުމަތް، މި ފަހަރު ބަހަނާ އަކީ ރާއްޖެއަށް ލޮނުގެ އަސަރު ކުރާތީ ވެހިކަލް މޮޑިފައި ކުރަން ޖެހުން

27 އޮކްޓޯބަރު 2025
އިބިލީހުގެ ކައިވެންޏަށް ވީ ޓެކްސީ ލައިނުގެ ޚިދުމަތް، މި ފަހަރު ބަހަނާ އަކީ ރާއްޖެއަށް ލޮނުގެ އަސަރު ކުރާތީ ވެހިކަލް މޮޑިފައި ކުރަން ޖެހުން
22 އޮކްޓޯބަރު 2025

ދިވެހިންނާ ކައިވެނިކޮށްގެން ރާއްޖޭގައި ދިރިއުޅޭ ބިދޭސީންނަށް އާސަންދަ ދޭން ހުށަހެޅި ގަރާރު ކޮމިޓީއަށް

22 އޮކްޓޯބަރު 2025
ދިވެހިންނާ ކައިވެނިކޮށްގެން ރާއްޖޭގައި ދިރިއުޅޭ ބިދޭސީންނަށް އާސަންދަ ދޭން ހުށަހެޅި ގަރާރު ކޮމިޓީއަށް
21 އޮކްޓޯބަރު 2025

"ރައްޔިތުންނަށް ކަމެއް ކޮށްދޭކަށް ލާރިއެއް ނުހުރޭ، ޑްރޯން އެތެރެކޮށްގެން ވަގު ލާރި ހަދަން ވީމަ ލާރި ހުރޭ"

21 އޮކްޓޯބަރު 2025
"ރައްޔިތުންނަށް ކަމެއް ކޮށްދޭކަށް ލާރިއެއް ނުހުރޭ، ޑްރޯން އެތެރެކޮށްގެން ވަގު ލާރި ހަދަން ވީމަ ލާރި ހުރޭ"
21 އޮކްޓޯބަރު 2025

އެސްއީޒެޑް ގާނޫނަށް ހުށަހެޅި އިސްލާހަކީ ރަނގަޅު އިންވެސްޓަރުންގެ ޝައުގުވެރިކަން ރާއްޖެއަށް ގެއްލޭގޮތަށް އޮތް ބިލެއް: މައުރޫފް

21 އޮކްޓޯބަރު 2025
އެސްއީޒެޑް ގާނޫނަށް ހުށަހެޅި އިސްލާހަކީ ރަނގަޅު އިންވެސްޓަރުންގެ ޝައުގުވެރިކަން ރާއްޖެއަށް ގެއްލޭގޮތަށް އޮތް ބިލެއް: މައުރޫފް
20 އޮކްޓޯބަރު 2025

މިއަދު އެންސްޕާ އަދި އާސަންދައިގެ ޚިދުމަތް ލިބެނީ މި ސަރުކާރުގެ ވެރިންނާއި މަޖިލިސް މެމްބަރުން ގާތު ސަލާން ޖަހައިގެން: މެމްބަރު ސަމީރު

20 އޮކްޓޯބަރު 2025
މިއަދު އެންސްޕާ އަދި އާސަންދައިގެ ޚިދުމަތް ލިބެނީ މި ސަރުކާރުގެ ވެރިންނާއި މަޖިލިސް މެމްބަރުން ގާތު ސަލާން ޖަހައިގެން: މެމްބަރު ސަމީރު
09 އޮކްޓޯބަރު 2025

ޚުދުމުޚްތާރުކަމާއި އަނިޔާވެރިކަން އިސްނުކުރުމަށް އަދާލަތު ޕާޓީން ސަރުކާރަށް ގޮވާލައިފި

09 އޮކްޓޯބަރު 2025
ޚުދުމުޚްތާރުކަމާއި އަނިޔާވެރިކަން އިސްނުކުރުމަށް އަދާލަތު ޕާޓީން ސަރުކާރަށް ގޮވާލައިފި
17 ސެޕްޓެމްބަރު 2025

މަޖިލީހުން މީޑިއާ ކޮންޓްރޯލް ބިލު ފާސްކުރީ ގަވައިދާ ޚިލާފަށް, އެ ގާނޫނަށް އެއްވެސް މީހަކު ތަބާވާކަށް ނުޖެހޭނެ: ރޮޒައިނާ

17 ސެޕްޓެމްބަރު 2025
މަޖިލީހުން މީޑިއާ ކޮންޓްރޯލް ބިލު ފާސްކުރީ ގަވައިދާ ޚިލާފަށް, އެ ގާނޫނަށް އެއްވެސް މީހަކު ތަބާވާކަށް ނުޖެހޭނެ: ރޮޒައިނާ
09 ސެޕްޓެމްބަރު 2025

ނޯޓިސް ދިނުމުން ފަސް މެންބަރުން ވެސް މާލީ ބަޔާން ހުށަހަޅައިފި

09 ސެޕްޓެމްބަރު 2025
ނޯޓިސް ދިނުމުން ފަސް މެންބަރުން ވެސް މާލީ ބަޔާން ހުށަހަޅައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް