Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއިލެކްޝަންސް ކޮމިޝަންގެ ޖަލްސާ

ފުއާދަށް އިތުބާރު ނެތްކަމަށް ވިދާޅުވެ، ދެ މެމްބަރުން ޖަލްސާގައި ބައިވެރިވެވަޑައެއްނުގަތް

21 ޖޫން 2023 | ބުދަ 12:14

ދެ މެމްބަރުން ޖަލްސާއަށް ހާޒިރުވެވަޑައިނުގަންނަވާ ކަމަށް ބިއުރޯގެ ގްރޫޕެއްގައި ލިޔުއްވި

ސިމާހާ ނަސީމް
ސިމާހާ ނަސީމް | 21 ޖޫން 2023 | ބުދަ 12:14
އީސީގެ މެމްބަރުން

އީސީގެ މެމްބަރުން

އިލެކްޝަންސް ކޮމިޝަންގެ ރައީސް ފުއާދު ތައުފީގުގެ މައްޗަށް އިތުބާރު ނެތްކަމަށް ވިދާޅުވެ، އަލީ ނަޝާތުއާއި މުހައްމަދު އާސިފް ޖަލްސާގައި ބައިވެރިވެވަޑައިގަތުމަށް ދެކޮޅު ހައްދަވައިފިއެވެ.

އީސީން ބުދަ ދުވަހު ބާއްވަން އުޅުނީ ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އިސްވެ ހުންނަވައި އަލަށް އުފައްދަވަން މަސައްކަތް ކުރައްވަމުން ގެންދަވާ "ދަ ޑިމޮކްރެޓްސް" އުފެއްދުމުގެ ހުއްދަ ދިނުމާ ގުޅޭގޮތުން ގޮތެއް ނިންމުމުގެ ޖަލްސާއެވެ.

Advertisement - newsAdvertisement

ރާއްޖެއެމްވީއަށް ނަޝާތު ވިދާޅުވީ، ކޮމިޝަންގެ ރައީސް ގާނޫނުތަކާއި ގަވާއިދުތަކާއި ޚިލާފުވެވަޑައިގަތުމުން ރައީސްގެ މައްޗަށް މިހާރު އިތުބާރު ގެއްލިފައިވާކަމަށެވެ.

މި މަހުގެ 18 ވަނަ ދުވަހު ކޮމިޝަނުން ބޭއްވި ބައްދަލުވުމުގައި، ޑިމޮކްރެޓްސް ޕާޓީ އުފެއްދުމަށް ފާސްވެއްޖެކަމަށް ރިޔާސަތުން ނިންމެވިކަމަށާއި، ޖަލްސާ ނިންމަވައިލެއްވީވެސް އެގޮތަށް ކަމަށް ނަޝާތު ވިދާޅުވިއެވެ.

ޖަލްސާގައި ފާޅުކުރައްވާ ޚިޔާލަކީ ކޮންމެ މެމްބަރަކުވެސް މިނިވަންކަމާއެކު ފާޅުކުރައްވާ ޚިޔާލެއްކަމަށާއި، 18 ވަނަ ދުވަހުގެ ރޭ އީސީގައި ތިބި މީހުންނަށް ފުއާދު ދެއްވީ ދޮގު މައުލޫމާތު ކަމަށް ނަޝާތު ވަނީ ތުހުމަތު ކުރައްވާފައެވެ. އެ މައުލޫމާތު އެގޮތަށް ދެއްވުމުން މިހާރު މީހުން ފުރައްސާރަކޮށް އެކި ކަހަލަ އިންޒާރު ދެމުންދާކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ކޮމިޝަންގެ ރައީސްގެ މަސްއޫލިއްޔަތުގެ ތެރޭގައި؛ ކޮމިޝަންގެ މަސްލަހަތު ހިފެއްޓުން އޮންނަކަމަށާއި، ވޯޓް ނުލިޔަސް އެ މެމްބަރެއްގެ ނަން ހާމަކުރެއްވުމަކީ ކޮމިޝަންގެ ރައީސަށް ކުރެއްވޭނެ ކަމަށް ނޫންކަމަށް ނަޝާތު ވިދާޅުވިއެވެ.

ނަޝާތު އިތުރަށް ވިދާޅުވީ ޕާޓީ އުފެއްދުން ފާސްނުކުރެއްވުމަށް މެމްބަރުން ދެއްކެވި ސަބަބުތަކަކީ ދޮގުރައީސް ވިދާޅުވުން ގޯސް ކަމަށެވެ. އަދި އެއްވެސް އިރެއްގައި ޕާޓީ އުފެއްދުމަށް ހުއްދަ ނުދެއްވަން ނޫޅުއްވާކަމަށް އޭނާ ވިދާޅުވިއެވެ.

ނަޝާތުގެ މި ތުހުމަތުތަކާ ގުޅިގެން ރާއްޖެއެމްވީން ސުވާލު ދެންނެވުމުން ފުއާދު ވިދާޅުވީ، ދެ މެމްބަރުން ޖަލްސާއަށް ހާޒިރުވެވަޑައިނުގަންނަވާ ކަމަށް ބިއުރޯގެ ގްރޫޕެއްގައި ލިޔުއްވިކަމަށެވެ. ފުއާދު ވިދާޅުވީ ނަޝާތު އެބޭފުޅާގެ މައްޗަށް ކުރައްވާ ތުހުމަތުތަކަކީ ދޮގު ތުހުމަތުތަކެއް ކަމަށެވެ.

އީސީ ބަދުނާމުވާން އަންނަ ތަނެއްގައި، ރައްޔިތުންނަށް ކަން ވާގޮތް ސާފުކޮށްދެއްވަން ޖެހޭނެކަމަށާއި، ޑިމޮކްރެޓްސްގެ ފޯމްތައް ވަރަށް ރަނގަޅަށް ކޮމިޝަނުން ޗެކްކުރިކަމަށް ފުއާދު ވިދާޅުވިއެވެ. ވަކި ޕާޓީއަކަށް ވުމުން ކޮށްދެއްވި ކަމެއް ނޯންނާނެ ކަމަށާއި، އެއްވެސް މީހަކު ކުރާނެ އެއްވެސް ތުހުމަތެއް ނޯންނާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ފުއާދު އިތުރަށް ވިދާޅުވީ އެ ދެ މެމްބަރުން ބޮޑާދެއްކެވުމަށްފަހު ޖަލްސާއަށް ވަޑައިނުގަތުމަކީ ރައްޔިތުންނަށް ވާ ޚިޔާނާތެއް ކަމަށާއި، މަސައްކަތަށް ވާ ޚިޔާނާތެއް ކަމަށެވެ. މިހާތަނަށްވެސް، އަދި ކުރިއަށް އޮތްތަނުގައިވެސް މަސައްކަތް ކުރައްވާނީ އިންސާފުވެރިކޮށް ކަމަށް ފުއާދު ވިދާޅުވިއެވެ.

ފުއާދު ވަނީ، ރައީސް ކަމުގެ ދަހިވެތިކަމުގައި ކޮމިޝަނުންގެ ބައެއް މެމްބަރުން އެބޭފުޅާ މަގާމުން ބޭރު ކުރެއްވުމަށް މަސައްކަތް ކުރައްވާ ކަމަށް ތުހުމަތު ކުރައްވާފައެވެ.

ޑިމޮކްރެޓްސްއަށް ހުއްދަދިނުމަށް ޖަލްސާއެއް ދެން ބާއްވާނެ ދުވަހެއް ފުއާދު ވިދާޅެއްނުވެއެވެ. އެ ޕާޓީއަށް ހުއްދަ ދިނުމަށް މި މަހުގެ 18ގައި ވެސް ވަނީ ބައްދަލުވުމެއް ބާއްވާފައެވެ. އެ ބައްދަލުވުމަށް ހާޒިރުވެވަޑައިގެންނެވީ ފުއާދުގެ އިތުރުން ނައިބު ރައީސް އިސްމާއީލް ހަބީބާއި މެމްބަރު އަލީ ނަޝާތާއި މުހައްމަދު އާސިފެވެ. އެ ކޮމިޝަނުގެ މެމްބަރު ޑރ. މުހައްމަދު ޒާހިރު ހުންނެވީ ހައްޖުގެ އަޅުކަން އަދާކުރެއްވުމަށް ސައޫދީގައެވެ.

އިލެކްޝަންސް ކޮމިޝަން

އެންމެ ހިނގާ

1

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

2

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

3

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

4

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

5

10 އަހަރު ވަންދެން ލޯބީގެ ގޮތުން ގުޅިގެން އުޅުމަށް ފަހު، ރޮނާލްޑޯ އާއި ޖޯޖީނާ ކައިވެނިކޮށްފި

އިތުރަށް ކިޔާލަން

06 ޑިސެމްބަރު 2025

ރަޖިސްޓްރީ ކޮށްފައިވާ 9 ޕާޓީގެ ތެރެއިން އަންނަ އަހަރުގެ ބަޖެޓުން ފައިސާ ލިބޭނީ 4 ޕާޓީ އަށް

06 ޑިސެމްބަރު 2025
ރަޖިސްޓްރީ ކޮށްފައިވާ 9 ޕާޓީގެ ތެރެއިން އަންނަ އަހަރުގެ ބަޖެޓުން ފައިސާ ލިބޭނީ 4 ޕާޓީ އަށް
04 ޑިސެމްބަރު 2025

ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީ އަށް މަސައްކަތް ކުރާ ކޮމިޓީ ގެ އިންތިޚާބު އަންނަ އަހަރު އޭޕްރިލް 4 ގައި

04 ޑިސެމްބަރު 2025
ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީ އަށް މަސައްކަތް ކުރާ ކޮމިޓީ ގެ އިންތިޚާބު އަންނަ އަހަރު އޭޕްރިލް 4 ގައި
13 ނޮވެމްބަރު 2025

ލޯކަލް ކައުންސިލް އިންތިހާބާ ގުޅޭގޮތުން ގެންނަ ބަދަލުތައް ހަމަނުކުރާތީ އެމްޑީޕީ އިން ކަންބޮޑުވުން ފާޅުކޮށްފި

13 ނޮވެމްބަރު 2025
ލޯކަލް ކައުންސިލް އިންތިހާބާ ގުޅޭގޮތުން ގެންނަ ބަދަލުތައް ހަމަނުކުރާތީ އެމްޑީޕީ އިން ކަންބޮޑުވުން ފާޅުކޮށްފި
13 ނޮވެމްބަރު 2025

ހަރަދު ކުޑަވިޔަސް އީވޯޓިން އަަށް ދިއުމުގެ ވިސްނުމެއް ނެތް: އިލެކްޝަންސް ކޮމިޝަން

13 ނޮވެމްބަރު 2025
ހަރަދު ކުޑަވިޔަސް އީވޯޓިން އަަށް ދިއުމުގެ ވިސްނުމެއް ނެތް: އިލެކްޝަންސް ކޮމިޝަން
01 ނޮވެމްބަރު 2025

ކޯޓު ހުކުމާއެކު، އެމްއެލްއެސްޑީޕީ ސިޔާސީ ޕާޓީ ތަކުގެ ދަފްތަރުގައި އަލުން ހިމަނައިފި

01 ނޮވެމްބަރު 2025
ކޯޓު ހުކުމާއެކު، އެމްއެލްއެސްޑީޕީ ސިޔާސީ ޕާޓީ ތަކުގެ ދަފްތަރުގައި އަލުން ހިމަނައިފި
25 އޮކްޓޯބަރު 2025

އައްޑޫ ވޯޓް: މެންދުރުފަހު 1:00 އާ ހަމަ އަށް ވޯޓުލީ އަދި އެންމެ 21 އިންސައްތަ، ތަރުހީބު ކުޑަ

25 އޮކްޓޯބަރު 2025
އައްޑޫ ވޯޓް: މެންދުރުފަހު 1:00 އާ ހަމަ އަށް ވޯޓުލީ އަދި އެންމެ 21 އިންސައްތަ، ތަރުހީބު ކުޑަ
24 އޮކްޓޯބަރު 2025

އައްޑޫ ޚިޔާލު ހޯދުމުގެ ވޯޓް - ރާއްޖެޓީވީގެ ޚާއްސަ ކަވަރޭޖް ވަގުތުން

24 އޮކްޓޯބަރު 2025
އައްޑޫ ޚިޔާލު ހޯދުމުގެ ވޯޓް - ރާއްޖެޓީވީގެ ޚާއްސަ ކަވަރޭޖް ވަގުތުން
19 އޮކްޓޯބަރު 2025

ލޯކަލް ކައުންސިލް އިންތިހާބު މާރޗު 28 ގައި، 80 މިލިއަން ރުފިޔާ ޚަރަދުވާނެ

19 އޮކްޓޯބަރު 2025
ލޯކަލް ކައުންސިލް އިންތިހާބު މާރޗު 28 ގައި، 80 މިލިއަން ރުފިޔާ ޚަރަދުވާނެ
18 އޮކްޓޯބަރު 2025

އައްޑޫ ޚިޔާލު ހޯދުމުގެ ވޯޓު: މިސްރާބު ވަކިވެގަނެ ނިކަމެތިކަމަށް؟

18 އޮކްޓޯބަރު 2025
އައްޑޫ ޚިޔާލު ހޯދުމުގެ ވޯޓު: މިސްރާބު ވަކިވެގަނެ ނިކަމެތިކަމަށް؟
18 އޮކްޓޯބަރު 2025

އަންނަ އަހަރުގެ ލޯކަލް ކައުންސިލު އިންތިހާބަށް ރައްތަކާއި ސިޓީތަކުގެ އާބާދީތަކުގެ މައުލޫމާތު އާންމުކޮށްފި

18 އޮކްޓޯބަރު 2025
އަންނަ އަހަރުގެ ލޯކަލް ކައުންސިލު އިންތިހާބަށް ރައްތަކާއި ސިޓީތަކުގެ އާބާދީތަކުގެ މައުލޫމާތު އާންމުކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް