Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެޤާސިމް އިބްރާހިމް

ކްރިމިނަލް ކޯޓަށް ހާޒިރުވާން ޤާސިމް އިބްރާހިިމަށް އަންގައިފި

12 ޖުލައި 2017 | ބުދަ 17:28

ގާސިމް ހާޒިރު ކުރަނީ ދައުވާގެ ލިޔުންތައް ފޮނުވަން

މުރުޝިދް އަބްދުލް ހަކީީމް
މުރުޝިދް އަބްދުލް ހަކީީމް | 12 ޖުލައި 2017 | ބުދަ 17:28
ޤާސިމް އިބްރާހިމް

ޤާސިމް އިބްރާހިމް

ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި މާމިގިލީ ދާއިރާގެ މެމްބަރު ޤާސިމް އިބްރާހިމް ކްރިމިނަލް ކޯޓަށް ހާޒިރުވުމަށް އަންގައިފިއެވެ.

ޤާސިމަށް ކޯޓަށް ހާޒިރުވުމަށް އަންގާފައި މި ވަނީ ދައުލަތުން މީގެ ކުރިން އޭނާގެ މައްޗަށް އުފުލި ތިން ދައުވާއެއް ކޯޓުން ބާތިލް ކުރުމުން، އެ ދައުވާތައް އަލުން ކުރުމާއި ގުޅިގެން ދައުވާގެ ލިޔެކިއުންތައް ހަވާލު ކުރެއްވުމަށެވެ. ގާސިމަށް ފޮނުވި ޗިޓްގައި އަންގާފައިވަނީ މާދާމާގެ ހެނދުނު 10.00 ގައި ކޯޓަށް ހާޒިރުވުމަށެވެ.

Advertisement - newsAdvertisement

ގާސިމްގެ މައްޗަށް ދައުލަތުން ވަނީ ރިޝްވަތު ދިނުމަށް ހުށަހެޅުމާއި، ރަސްމީ ހައިސިއްޔަތުން ކުރަންޖެހޭ ކަންކަމަށް ނުފޫޒު ފޯރުވަން އުޅުމާއި، ވޯޓު ދޭން ހުރި މީހަކަށް ނުރަނގަޅު ނުފޫޒު ފޯރުވަން އުޅުމުގެ ދައުވާއެވެ.

މި ތިން ދައުވާ މީގެ ކުރިން އުފުލައިގެން ކުރިއަށް ދަނިކޮށް ކޯޓުން ވަނީ އެ މައްސަލަ ބޭރުކޮށްލާފައެވެ. ކްރިމިނަލް ކޯޓުގެ ޝަރީއަތްތައް ހިނގަމުންދަނިކޮށް މިދިޔަ ހޯމަ ދުވަހުގެ ރޭ އެ ތިން މައްސަލަ ބޭރުކޮށްލީ ޝަރީއަތުގެ އަޑުއެހުމަކަށް ދައުލަތުގެ ވަކީލް ހާޒިރު ނުވެގެންނެވެ. ކްރިމިނަލް ކޯޓުގެ ރަޖިސްޓްރާ ވިދާޅުވެފައިވަނީ އެ މައްސަލާގެ އަޑުއެހުމުގެ ހުސްވަގުތުކޮޅަކަށްފަހު އަލުން ބާއްވަން އުޅުނު ޝަރީއަތުގެ އަޑުއެހުމަށް ދައުލަތުގެ ވަކީލުންނަށް ގުޅައި ތަކުރާރުކޮށް އެންގުމުންވެސް ހާޒިރުނުވި ކަމަށެވެ. އަދި ތަކުރާރުކޮށް ގުޅުމުންވެސް ދައުލަތުގެ ވަކީލުން ކޯޓަށް ހާޒިރުނުވީ އެއްވެސް ސަބަބެއް ނެތި ގަސްތުގައެވެ.

ދެވަނަ ފަހަރަށް އެ މައްސަލަ އަލުން ކޯޓަށް ހުށަހެޅީ ބުދަ ދުވަހުއެވެ. ރާއްޖެއެމްވީއާ ވާހަކަ ދައްކަވަމުން ޕްރޮސިކިއުޓަ ޖެނެރަލް އައިޝަތު ބިސާމް ވިދާޅުވީ ޤާސިމްގެ މައްޗަށް ދައުވާކޮށްފައިވާ ތިން މައްސަލަ ވެސް ކޯޓުން ބޭރުށްލީ ޝަރީއަތް ފަސްކޮށް ދިނުމަށް އެދިފައި ވަނިކޮށް ކަމަށެވެ. އެކަން ކޯޓްގެ ރަޖިސްޓްރާއަށް ރަނގަޅަށް އެނގިވަޑައިގަންނަވާނެ ކަމަށް ވެސް ބިސާމް ވިދާޅުވިއެވެ. ޤާސިމްގެ މައްސަލަ ކޯޓުން ބޭރުކޮށްލިއިރު އެ މައްސަލަ ބެއްލެވި ތިން ފަނޑިޔާރުންގެ ތެރެއިން އޭރު އިސް ގާޒީއަކަށް ހުންނެވި ޢަބްދުލް ބާރީ ޔޫސުފް މިހާރު ވަނީ ޖުވެނައިލް ކޯޓަށް ބަދަލުކޮށްފައެވެ.

ޤާސިމް އިބްރާހިމާއި އޭނާގެ ވަކީލުން ވިދާޅުވެފައިވަނީ އަލުން އެ މައްސަލަ ކޯޓަށް ހުށަނޭޅޭނެ ކަމަށެވެ.

މައްސަލައިގެ ލިޔެކިއުންތައް ހަވާލު ކުރުމަކީ ކްރިމިނަލް ކޯޓަށް ހުށަހެޅޭ މައްސަލަތަކުގެ ފެށުމެވެ. ދެން އޮންނާނީ އިބްތިދާއީ އަޑުއެހުމެވެ. އަދި އޭގެ ފަހުން އޮންނާނި މައްސަލައިގެ އަޑުއެހުންތަކެވެ.

އެންމެ ހިނގާ

1

ކެބިނެޓްގައި ހޭދަކުރި ދުވަސްވަރު ރަސްމާލެ ޕްރޮޖެކްޓާ ގުޅުންހުރި އެއްވެސް ކަމެއް ހިއްސާކޮށްފައެއް ނެތް، އޭރު ވެސް އަނެއްކާ އެހާ ސިއްރިޔާތުގައި ގެންގޮސްފައި އޮތީތޯ؟: ޚަލީލު

2

މުޅިރާއްޖެ އަލައްބާރެއްގެ "ދަށަށް", ރަސްމާލެ ހޯދަން އަލައްބާރު "ވަތަށް"

3

"އަހަންނަކީ ޚައިރާތުކުރާ މީހެއް ނޫން" ކަމަށް ބުނެ ޣައްޒާއާ ގުޅޭގޮތުން އަލައްބާރު ދެއްކެވި ވާހަކަތަކަށް ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވެއްޖެ

4

ރަސްމާލެ ހިއްކުމުގެ ހަރަދުތަކުގެ ތަފްސީލު ސާފުނުވެ އުޅެނިކޮށް، މެންބަރު އަޝްރަޤް ވިދާޅުވީ ހިއްކުމަށް ޚަރަދު ވަނީ 700 މިލިއަން ޑޮލަރު ކަމަށް!

5

ހޫޘީންނާ ދެކޮޅަށް އެހީވާން އިސްރާއީލުން ހުށަހެޅުމުން ސައުދީ އަރަބިއްޔާއިން ބުނީ ނޫނެކޭ!

އިތުރަށް ކިޔާލަން

05 ފެބުރުއަރީ 2017

މޫނު ބުރުގާ އަޅައިގެން ވަޒީފާ އަށް ނިކުތުން މަނާކުރާ މައްސަލައިގައި ދީނީ އިލްމުވެރިންތަކެއް ކޯޓަށް!

05 ފެބުރުއަރީ 2017
މޫނު ބުރުގާ އަޅައިގެން ވަޒީފާ އަށް ނިކުތުން މަނާކުރާ މައްސަލައިގައި ދީނީ އިލްމުވެރިންތަކެއް ކޯޓަށް!
30 ޖެނުއަރީ 2017

އެސްބީޓީ އުމްރާ ގުރޫޕްގެ ވެރިޔާ ބާގިރު ބަންދުގައި ބަހައްޓައިގެން ކޯޓަށް ހާޒިރު ކުރަން އަމުރުކޮށްފި

30 ޖެނުއަރީ 2017
އެސްބީޓީ އުމްރާ ގުރޫޕްގެ ވެރިޔާ ބާގިރު ބަންދުގައި ބަހައްޓައިގެން ކޯޓަށް ހާޒިރު ކުރަން އަމުރުކޮށްފި
29 ޖެނުއަރީ 2017

ހުށަހެޅިފައިވާ މައްސަލަތަކަކާ ގުޅިގެން މީހަކު ހައްޔަރު ކޮށްގެން ކޯޓަށް ހާޒިރު ކުރުމަށް އެމީހާ ހޯދަނީ

29 ޖެނުއަރީ 2017
ހުށަހެޅިފައިވާ މައްސަލަތަކަކާ ގުޅިގެން މީހަކު ހައްޔަރު ކޮށްގެން ކޯޓަށް ހާޒިރު ކުރުމަށް އެމީހާ ހޯދަނީ
22 ޖެނުއަރީ 2017

ހައި ކޯޓަށް ހުށަހެޅި މެރީޑިއަމްގެ މައްސަލަ ކުރިއަށް ނުދޭ:އެމްޕީއެލް

22 ޖެނުއަރީ 2017
ހައި ކޯޓަށް ހުށަހެޅި މެރީޑިއަމްގެ މައްސަލަ ކުރިއަށް ނުދޭ:އެމްޕީއެލް
15 ޖެނުއަރީ 2017

ކެންޑިޑެސީ ބާތިލްކުރި މައްސަލަ ހައި ކޯޓަށް ހުށަހަޅައިފި

15 ޖެނުއަރީ 2017
ކެންޑިޑެސީ ބާތިލްކުރި މައްސަލަ ހައި ކޯޓަށް ހުށަހަޅައިފި
13 ޖެނުއަރީ 2017

ލޯކަލް ކައުންސިލް އިންތިހާބު ފަސްކުރުމާ ގުޅިގެން އަންނަ އާދިއްތަ ދުވަހު ކޯޓަށް މައްސަލަ ހުށަހަޅާނަން: ނިޔާޒް

13 ޖެނުއަރީ 2017
ލޯކަލް ކައުންސިލް އިންތިހާބު ފަސްކުރުމާ ގުޅިގެން އަންނަ އާދިއްތަ ދުވަހު ކޯޓަށް މައްސަލަ ހުށަހަޅާނަން: ނިޔާޒް
10 ޖެނުއަރީ 2017

ބަޖެޓް ކުޑަވުމުން ކްރިމިނަލް ކޯޓުގެ މުވައްޒަފުންގެ މުސާރަ ކުޑަވަނީ!

10 ޖެނުއަރީ 2017
  ބަޖެޓް ކުޑަވުމުން ކްރިމިނަލް ކޯޓުގެ މުވައްޒަފުންގެ މުސާރަ ކުޑަވަނީ!
09 ޖެނުއަރީ 2017

ފާރިސް އާއި ނާދިރާ ވަކިކުރި މައްސަލަ ކުރިއަށް ނުދަނީ ޕީޕީއެމް އިން ކޯޓަށް ހާޒިރު ނުވާތީ: ސޫދު

09 ޖެނުއަރީ 2017
ފާރިސް އާއި ނާދިރާ ވަކިކުރި މައްސަލަ ކުރިއަށް ނުދަނީ ޕީޕީއެމް އިން ކޯޓަށް ހާޒިރު ނުވާތީ: ސޫދު
06 ޖެނުއަރީ 2017

ނިމިގެންދިޔަ އަހަރު ޑްރަގް ކޯޓަށް ހުށަހެޅުނު މައްސަލަތައް އިތުރުވެއްޖެ

06 ޖެނުއަރީ 2017
ނިމިގެންދިޔަ އަހަރު ޑްރަގް ކޯޓަށް ހުށަހެޅުނު މައްސަލަތައް އިތުރުވެއްޖެ
06 ޖެނުއަރީ 2017

މިދިޔަ އަހަރު ކްރިމިނަލް ކޯޓަށް ހުށަހެޅި މައްސަލަތަކުގެ އަދަަދު އިތުރުވެއްޖެ

06 ޖެނުއަރީ 2017
 މިދިޔަ އަހަރު ކްރިމިނަލް ކޯޓަށް ހުށަހެޅި މައްސަލަތަކުގެ އަދަަދު އިތުރުވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް