Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
މާލެ ސިޓީ ޑަބްލިއުޑީސީ

މާލެ ސިޓީ ޑަބްލިއުޑީސީގެ "ރަނި އެވޯޑް" މިއަހަރު 13 ފަރާތަކަށް

މިއީ މިދިޔަ އަހަރުން ފެށިގެން ދެމުން އަންނަ އެވޯޑެއް

އިދުހާމް ނަޢީމް
އިދުހާމް ނަޢީމް, ރާއްޖެ އެމްވީ | 21 ޖޫން 2023 | ބުދަ 03:34
ރަނި އެވޯޑް ލިބުނު ބައެއް ފަރާތްތަކާއެކު އެޑިއުކޭޝަން މިނިސްޓަރު އަދި ޑަބްލިއުޑީސީގެ ރައީސް ފޮޓޯއަކަށް ހުއްޓިލައިގެން

ރަނި އެވޯޑް ލިބުނު ބައެއް ފަރާތްތަކާއެކު އެޑިއުކޭޝަން މިނިސްޓަރު އަދި ޑަބްލިއުޑީސީގެ ރައީސް ފޮޓޯއަކަށް ހުއްޓިލައިގެން

މާލެ ސިޓީ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީ (ޑަބްލިއުޑީސީ) އިން ދޭ "ރަނި އެވޯޑް" މިއަހަރު 13 ފަރާތަކަށް ދީފިއެވެ.

މި އެވޯޑުތައް ދީފައިވަނީ އެ ކޮމިޓީއަށް ދެ އަހަރު ފުރުން ފާހަގަކުރުމަށް އަންގާރަ ދުވަހުގެ ރޭ ލޮނުޒިޔާރަތް ޕާކުގައި ބޭއްވި ހާއްސަ ހަފްލާގައެވެ. މި ހަފްލާ ޝަރަފުވެރިކޮށްދެއްވައި އެވޯޑުތައް ހަވާލުކޮށްދެއްވީ އެޑިއުކޭޝަން މިނިސްޓަރު ޑރ. އާއިޝަތު އަލީއެވެ.

Advertisement - newsAdvertisement

"ރަނި އެވޯޑް" އަކީ މާލެ ސިޓީގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީން އަންހެނުން ބާރުވެރިކޮށް، އެ ފަރާތްތައް ކުރަމުން އަންނަ އަގުހުރި މަސައްކަތްތައް ފާހަގަކޮށް ހިތްވަރު ދިނުމުގެ ގޮތުން މިދިޔަ އަހަރު ދޭން ފެށި އެވޯޑެކެވެ. މި އެވޯޑު ހަތަރު ދާއިރާއަކުން 13 ފަރާތަކަށް ވަނީ ދީފައެވެ. އެއީ:

މީގެއިތުރުން، މެއި 2022 އިން މެއި 2023ގެ ނިޔަލަށް އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމެޓީގެ މެމްބަރުންގެ ތެރެއިން ހުރިހާ ގޮތަކުން އެންމެ ރަނގަޅު ޕާފޯމަންސް ދައްކާފައިވާ ހަތަރު މެމްބަރުންނަށް ކޮމިޓީގެ ރައީސްގެ ފަރާތުން ވަނީ ޚާއްސަ އެވޯޑެއް ދީފައެވެ. މި އެވޯޑު ހާސިލްކޮށްފައިވަނީ ގަލޮޅު ހުޅަނގު ދާއިރާގެ މެމްބަރު އައިމިނަތު އަބްދުލް ގައްޔޫމާއި ގަލޮޅު މެދު ދާއިރާގެ މެމްބަރު ފާތިމަތު ޝިރްމީނާ އާއި ހެންވޭރު އުތުރު ދާއިރާގެ މެމްބަރު ފާތިމަތު ލައިޒާ އާއި މައްޗަންގޯޅި އުތުރު ދާއިރާގެ މެމްބަރު ފާތިމަތު ބަދޫރާއެވެ.

އަންގާރަ ދުވަހުގެ ރޭ ބޭއްވި ޖަލްސާގައި ވާހަކަދައްވަމުން މިނިސްޓަރު ޑރ. އާއިޝަތު އަލީ ވަނީ އެވޯޑް ލިބުނު ފަރާތް ތަކަށް މަރުހަބާ ދަންނަވާފައެވެ. އަދި އެވޯޑް ލިބުނު ކަނބަލުންގެ މަސައްކަތްތެރިކަމުން ދިވެހި ކަނބަލުންނަކީ ހިތްވަރުގަދަ ކެރޭ ބައެއްކަން އެނގިގެން ހިނގައްޖެކަމަށާއި އިތުރު އަންހެނުން އެބޭފުޅުންގެ ކިބައިން ނަމޫނާ ލިބިގަންނަ ބަޔަކަށް ވާނެކަމަށް އުއްމީދު ކުރައްވާ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މީގެ އިތުރުން މިއަދު ތަޖުރިބާކުރާ މިނިވަންކަމާއި ހައްގުތައް މާދަމާ ގޮސްދާނެކަމަށާއި، މިނިވަންކަން ދެމެހެއްޓުމަށް އެންމެ މުހިންމު ކަމަކީ އަންހެން ދަރިވަރުންނަށް ތައުލީމް ދިނުންކަން ފާހަގަކުރައްވައި މިނިސްޓަރު ވިދާޅުވީ އަންހެންކުދިން ބާރުވެރިކުރުވަން ރޯލް މޮޑެލްތަކެއް ތިބެންޖެހޭކަމަށާއި، ހުރިހާ ކަނބަލުންވެސް ކުރިއަރަމުން އަންނަ ދިވެހި ދަރިވަރުން ނަމޫނާ ލިބިގަންނާނެ ރޯލް މޮޑެލުންނަށް ވުމަށް އެދިވަޑައިގަންނަވާ ކަމަށެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

މާލެއިން ފުރައިގެން ފެލިދޫއަށް ދަތުރު ކުރަމުންދިޔަ މުދާ އުފުލާ ދޯންޏެއް ފަރަކަށް އަރައިފި

މާލެއިން ފުރައިގެން ފެލިދޫއަށް ދަތުރު ކުރަމުންދިޔަ މުދާ އުފުލާ ދޯންޏެއް ފަރަކަށް އަރައިފި

19 ޖެނުއަރީ 2017
ޕާސްޕޯޓު ނެތި ރާއްޖޭގައި އުޅެމުންދާކަމަށް ބުނެ، އެމެރިކާގެ ރައްޔިތަކު ހުޅުމާލެއިން ހައްޔަރުކޮށްފި

ޕާސްޕޯޓު ނެތި ރާއްޖޭގައި އުޅެމުންދާކަމަށް ބުނެ، އެމެރިކާގެ ރައްޔިތަކު ހުޅުމާލެއިން ހައްޔަރުކޮށްފި

17 ޖެނުއަރީ 2017
ސާކް ސަމިޓަށް އައްޑޫ ސިޓީ އިން ވެހިކަލްތައް ކުއްޔަށް ހިފުމުގައި ކޮރަޕްޝަނެއް ނެތް: އޭސީސީ

ސާކް ސަމިޓަށް އައްޑޫ ސިޓީ އިން ވެހިކަލްތައް ކުއްޔަށް ހިފުމުގައި ކޮރަޕްޝަނެއް ނެތް: އޭސީސީ

17 ޖެނުއަރީ 2017
މާލޭ ސިޓީ ކައުންސިލްގެ މެމްބަރު ޒައިދުލް އަމީން ހައްޔަރުކޮށް، ބަންދަށް 15 ދުވަސް ޖަހައިފި

މާލޭ ސިޓީ ކައުންސިލްގެ މެމްބަރު ޒައިދުލް އަމީން ހައްޔަރުކޮށް، ބަންދަށް 15 ދުވަސް ޖަހައިފި

13 ޖެނުއަރީ 2017
އަލިފާން ރޯވި "މާކޯ ޕޯލޯ 2" ބޯޓުގެ ފަޅުވެރިން މާލެ ގެނެސްފި

އަލިފާން ރޯވި "މާކޯ ޕޯލޯ 2" ބޯޓުގެ ފަޅުވެރިން މާލެ ގެނެސްފި

13 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

20 ޖޫން
އިސްރާއީލުން އަވަހާރަ ކޮށްލި ކަމަށް ބުނި އީރާނުގެ ލީޑަރުގެ މުޝީރު ދުނިޔޭގައި އެބަ ހުންނެވި!
20251 އަހަރު ކުރިން
ދުނިޔެ

އިސްރާއީލުން އަވަހާރަ ކޮށްލި ކަމަށް ބުނި އީރާނުގެ ލީޑަރުގެ މުޝީރު ދުނިޔޭގައި އެބަ ހުންނެވި!

އީދު މިސްކިތުން މި މަހު އެކަނި 10 ފަންކާ ވަގަށް ނަގައިފި
20242 އަހަރު ކުރިން
ރާއްޖެ

އީދު މިސްކިތުން މި މަހު އެކަނި 10 ފަންކާ ވަގަށް ނަގައިފި

މާދަމާގެ ޖަލްސާއަކީ އިދިކޮޅުން އެދިގެން ކަމެއް ހާސިލްކުރަން ބާއްވާ ޖަލްސާއެއް - އަސްލަމް
20233 އަހަރު ކުރިން
ރާއްޖެ

މާދަމާގެ ޖަލްސާއަކީ އިދިކޮޅުން އެދިގެން ކަމެއް ހާސިލްކުރަން ބާއްވާ ޖަލްސާއެއް - އަސްލަމް

ޔޯގާ ހަރަކާތުގެ ހަމަނުޖެހުމުގައި ސިޔާސީ ޕާޓީއެއްގެ ބައިވެރިވުން އޮތްނަމަ ފިޔަވަޅުއަޅާނަން: އީސީ
20224 އަހަރު ކުރިން
ރާއްޖެ

ޔޯގާ ހަރަކާތުގެ ހަމަނުޖެހުމުގައި ސިޔާސީ ޕާޓީއެއްގެ ބައިވެރިވުން އޮތްނަމަ ފިޔަވަޅުއަޅާނަން: އީސީ

ރައީސް ސާލިހުގެ ކޮއްކޯފުޅު އަހުމަދު މުހައްމަދު ސާލިހު އަވަހާރަވެއްޖެ
20215 އަހަރު ކުރިން
ރާއްޖެ

ރައީސް ސާލިހުގެ ކޮއްކޯފުޅު އަހުމަދު މުހައްމަދު ސާލިހު އަވަހާރަވެއްޖެ

ޝޯ ފެށުމުގެ ކުރިން ޑާންސް އިންޑިއާ ޑާންސްގެ ހޯސްޓް ޝޯއިން ވަކިވެއްޖެ
20197 އަހަރު ކުރިން
ރާއްޖެ

ޝޯ ފެށުމުގެ ކުރިން ޑާންސް އިންޑިއާ ޑާންސްގެ ހޯސްޓް ޝޯއިން ވަކިވެއްޖެ

މަހެއް ފަހުން އަދީބަށް ދިން އާއިލީ ބައްދަލުވުން: ބިއްލޫރި ދޮރެއްގެ ބިއްދޮށުން ފޯނުގެ އަތްގަނޑުން!
20188 އަހަރު ކުރިން
ރާއްޖެ

މަހެއް ފަހުން އަދީބަށް ދިން އާއިލީ ބައްދަލުވުން: ބިއްލޫރި ދޮރެއްގެ ބިއްދޮށުން ފޯނުގެ އަތްގަނޑުން!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު