Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެސިފްކޯ ހިޔާ

ސިފްކޯ ހިޔާއަށް، ޖުލައި މަހުގެ ނިޔަލަށް އާއިލާތަކަށް ވަދެވޭނެ: މިނިސްޓަރު މާރިޔާ

20 ޖޫން 2023 | އަންގާރަ 16:45

ސިފްކޯ ހިޔާގެ ނަމުގައި ބިންގާ އެޅިގެންދިޔަ 330 ފްލެޓުގެ އަމަލީ މަސައްކަތް ފަށާފައިވަނީ 2013 ސެޕްޓެމްބަރު މަހުގެ 02 ވަނަ ދުވަހު

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ | 20 ޖޫން 2023 | އަންގާރަ 16:45
ޑިފެންސް މިނިސްޓަރު، މާރިޔާ އަހުމަދު ދީދީ

ޑިފެންސް މިނިސްޓަރު، މާރިޔާ އަހުމަދު ދީދީ

ސިފައިންގެ ބޯހިޔާވަހިކަމުގެ ޕްރޮޖެކްޓް "ސިފްކޯ ހިޔާ" ފްލެޓްތަކަށް، މިއަންނަ ޖުލައި މަހުގެ ނިޔަލަށް ޢާއިލާތަކަށް ވަދެވޭނެ ކަމަށް ސިފްކޯއިން ޔަގީންކަން ދޭކަމަށް، ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ ވިދާޅުވެއްޖެއެވެ.

ސިފައިންގެ 131 ވަނަ އަހަރީ ދުވަހުގެ ޚާއްސަ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން މިނިސްޓަރު މާރިޔާ ވިދާޅުވީ، މިކަމަށް ސަރުކާރުން ވަނީ ބޮޑު ހޭދައެއްކޮށްފައި ކަމަށެވެ. އަދި ސިފްކޯ ހިޔާގެ މަސައްކަތް ނިމިގެންދަނީ ސީދާ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހު އެކަމަށް ދެއްވާ އަހަންމިއްޔަތުކަމުގެ ސަބަބުންކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ސިފައިންނާއި ސިފައިންގެ އާއިލާތަކަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށްޓަކައި ސިފްކޯހިޔާގެ ނަމުގައި ބިންގާ އެޅިގެންދިޔަ 330 ފްލެޓުގެ އަމަލީ މަސައްކަތް ފަށާފައިވަނީ 2013 ސެޕްޓެމްބަރު މަހުގެ 02 ވަނަ ދުވަހުއެވެ. އެއީ 18 މަސް ދުވަހުގެތެރޭގައި ނިންމާގޮތަށެވެ. ނަމަވެސް ފްލެޓްތަކުގެ މަސައްކަތް ނުނިމި ދިގުލައިގެން ދިޔައީ މަޝްރޫއުގެ އޭރުގެ ކޮންޓްރެކްޓަރު، ނޫމަޑި ކުންފުންޏާއެކު ހަދާފައިވާ އެއްބަސްވުން ކުރީ ސަރުކާރުން ބާތިލުކުރުމާ ގުޅިގެންނެވެ. އެ ފްލެޓްތަކުގެ މަސައްކަތް އަވަހަށް ނިންމުމަށްޓަކައި މި ސަރުކާރުން ވަނީ އަމީން ކޮންސްޓްރަކްޝަނާ އެމަސައްކަތް ހަވާލުކޮށްފައެވެ.

ސިފްކޯހިޔާގައި ހިމެނެނީ ސޯޝަލް ހައުސިންގ ޔުނިޓްތަކަށްވުރެ ލަގްޜަރީ ފެންވަރުގެ، 3 ކޮޓަރީގެ އެޕާޓްމަންޓްތަކެވެ. 3 ޓަވަރު ހިމެނޭގޮތަށް އިމާރާތްކުރާ މި ފްލެޓްތަކުގެ ކޮންމެ އެޕާޓްމެންޓެއްގައިވެސް 900 އަކަފޫޓު ހުރެއެވެ. ސިފައިންގެ ތިން ޓަވަރުގައި ތިން ކޮޓަރީގެ 330 ފްލެޓު، އަދި 20 ޕެންޓް ހައުސް ހުންނާނެކަމަށް ކުރިން ބުނެފައިވެއެވެ.

އިތުރަށް ކިޔާލަން

27 މެއި 2017

ރޯދަމަހުގެ ބޭނުން ހެޔޮގޮތުގައި ހިފުމަށް ރައީސް އިލްތިމާސް ކުރައްވައިފި

27 މެއި 2017
ރޯދަމަހުގެ ބޭނުން ހެޔޮގޮތުގައި ހިފުމަށް ރައީސް އިލްތިމާސް ކުރައްވައިފި
19 މެއި 2017

އައްޑޫގައި ގެއްލުންވި އާއިލާތަކަށް ރަމްޟާން މަހުގެ ކުރިން އާންމު ހާލަތަށް އާދެވޭނެ: ޑިފެންސް މިނިސްޓަރު

19 މެއި 2017
އައްޑޫގައި ގެއްލުންވި އާއިލާތަކަށް ރަމްޟާން މަހުގެ ކުރިން އާންމު ހާލަތަށް އާދެވޭނެ: ޑިފެންސް މިނިސްޓަރު
15 މެއި 2017

އައު ކައުންސިލަރުން ހުވާ ކުރުމަށް އަންނަ ޖޫން މަހުގެ 3 ވަނަ ދުވަސް ކަނޑައަޅައިފި

15 މެއި 2017
އައު ކައުންސިލަރުން ހުވާ ކުރުމަށް އަންނަ ޖޫން މަހުގެ 3 ވަނަ ދުވަސް ކަނޑައަޅައިފި
14 މެއި 2017

ހަ މަހުގެ ހުކުމް ތަންފީޒްކޮށް ނިމުނުތާ ހަތަރު މަސް ފަހުން މަޚުލޫފްގެ އިސްތިއުނާފް މާދަމާ ފަށަނީ!

14 މެއި 2017
ހަ މަހުގެ ހުކުމް ތަންފީޒްކޮށް ނިމުނުތާ ހަތަރު މަސް ފަހުން މަޚުލޫފްގެ އިސްތިއުނާފް މާދަމާ ފަށަނީ!
09 މެއި 2017

ކައުންސިލަރުން ހުވާކުރުން ޖޫން މަހުގެ 3 ގައި

09 މެއި 2017
ކައުންސިލަރުން ހުވާކުރުން ޖޫން މަހުގެ 3 ގައި
04 މެއި 2017

މަޚުލޫފަށް އިއްވި ހަ މަހުގެ ހުކުމް ތަންފީޒްކޮށް ނިމުނުތާ ހަތަރު މަސް ފަހުން އިސްތިއުނާފް ފަށަނީ!

04 މެއި 2017
މަޚުލޫފަށް އިއްވި ހަ މަހުގެ ހުކުމް ތަންފީޒްކޮށް ނިމުނުތާ ހަތަރު މަސް ފަހުން އިސްތިއުނާފް ފަށަނީ!
24 މާރިޗު 2017

މިމަހުގެ 27 ވަނަ ދުވަހު ރައްޔިތުން މާލެ އަރަންޖެހޭ: ޝިފާޒް

24 މާރިޗު 2017
މިމަހުގެ 27 ވަނަ ދުވަހު ރައްޔިތުން މާލެ އަރަންޖެހޭ: ޝިފާޒް
12 މާރިޗު 2017

މަސީހުގެ އިތުބާރު ނެތްކަމުގެ މައްސަލަ މިމަހުގެ 27 އަށް ތާވަލްކޮށްފި

12 މާރިޗު 2017
މަސީހުގެ އިތުބާރު ނެތްކަމުގެ މައްސަލަ މިމަހުގެ 27 އަށް ތާވަލްކޮށްފި
09 މާރިޗު 2017

ވިސާމަށް ހުކުމް އިއްވުން މިމަހުގެ 28 އަށް ފަސްކޮށްފި!

09 މާރިޗު 2017
ވިސާމަށް ހުކުމް އިއްވުން މިމަހުގެ 28 އަށް ފަސްކޮށްފި!
18 ޖެނުއަރީ 2017

ވިސްނުން ހުރީ މި މަހުގެ ތެރޭގައި ވިސާމްގެ ޝަރީއަތް ނިންމާލަން: ގާޒީ

18 ޖެނުއަރީ 2017
ވިސްނުން ހުރީ މި މަހުގެ ތެރޭގައި ވިސާމްގެ ޝަރީއަތް ނިންމާލަން: ގާޒީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް