Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެސިފައިންގެ އަހަރީ ދުވަސް

"ގައުމުތަކާ ގުޅުން ބަދަހިވީވަރަކަށް ގައުމެއްގެ ވަށައިގެން ލެވޭ ދިފާއީ ފާރުގެ ވަރި ބޯވޭ"

20 ޖޫން 2023 | އަންގާރަ 16:37

އަޅުވެތިކަމާ ދެކޮޅަށް މިއަދު ބޭނުންކުރަނީ ސަރަހައްދީ އަދި ބައިނަލްއަގުވާމީ ސުލްހަ

ތޯހިރާ އަޒްހާރް
ތޯހިރާ އަޒްހާރް | 20 ޖޫން 2023 | އަންގާރަ 16:37
131 ވަނަ ސިފައިންގެ އަހަރީ ދުވަހުގެ ޖަލްސާ

131 ވަނަ ސިފައިންގެ އަހަރީ ދުވަހުގެ ޖަލްސާ

ދޭދޭ ގައުމުތަކާއި ބައިނަލްއަގުވާމީ ޖަމާއަތްތަކާ ބަދަހިކުރާ ގާތް އެކުވެރި ގުޅުމުގައި އާރުލާވަރަކަށް، އެ ގައުމެއްގެ ވަށައިގެން ލެވޭ ދިފާއީ ފާރުގެ ވަރި ބޯވެގެންދާނެކަމަށް، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހު ވިދާޅުވެއްޖެއެވެ.

ރައީސް މިފަދައިން ވިދާޅުވީ އަންގާރަ ދުވަހުގެރޭ ކުރިއަށްދިޔަ 131 ވަނަ ސިފައިންގެ އަހަރީ ދުވަހުގެ ޖަލްސާ ޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅުދައްކަވަމުންނެވެ.

ރައީސްގެ ވާހަކަަފުޅުގައި ވަނީ، އަޅުވެތިކަމާ ދެކޮޅަށް 21 ވަނަ ގަރުނުގައި ބޭނުންކުރާ އެންމެ ކަށަވަރު ފަރުވާއަކީ، ސަރަހައްދީ އަދި ބައިނަލްއަގުވާމީ ސުލްހަކަން ފާހަގަކުރައްވާފައެވެ. ގައުމަށް ކުރިމަތިވާ ނުރައްކާތައް ކުޑަކުރުމުގައާއި، އެ ނުރައްކާތައް ދުރާލައި ދެނެގަތުމުގައިވެސް، ގައުމުތަކަށް ކާމިޔާބު ލިބެނީ އެ ގުޅުން ދަމަހައްޓައިގެންކަމަށް ރައީސް ވިދާޅުވިއެވެ. މިއަދުގެ ބައިނަލްއަގުވާމީ މުޖްތަމައުގައި އެއްވެސް ގައުމަކީ އެކަހެރިވެގެން އޮވެވޭނެ ގައުމެއް ނޫންކަން ރައީސް ފާހަގަކުރެއްވިއެވެ.

ރައީސް ވިދާޅުވީ ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތު ރައްކާތެރިކުރަމުންދަނީވެސް އެ ގުޅުން ދަމަހައްޓައިގެން ކަމަށާއި، އެ ގުޅުން ބަދަހިކުރުމަށްޓަކައި ގާބިލު އަދި ހުޝިޔާރު އަސްކަރިއްޔާއެއް އޮތުމަކީވެސް އެހާމެ ބޭނުންތެރިކަމެއް ކަމަށެވެ.

ގައުމެއްގެ މިނިވަންކަން ނިގުޅައިގަތުމަކީ ބޭރުން މެދުވެރިވާ ކަމަކަށް ވިޔަސް، ގިނަ ފަހަރަށް އެކަމުގެ ފެށުން ގުޅިފައި އޮންނަނީ ގައުމުގެ ދާޚިލީ ހަމަނުޖެހުމާކަން ރައީސް ފާހަގަކުރެއްވިއެވެ. ރާއްޖޭގެ މިނިވަންކަމުގެ ތާރީޚުން ފެންނަން އޮތީވެސް އެ ހަގީގަތްކަމަށާއި، މިއަދު ދުނިޔޭގައި ހިނގާ ހަނގުރާމަތަކުން ފެންނަނީވެސް އެކަމުގެ ހެކިތައްކަމަށް ރައީސް ވިދާޅުވިއެވެ.

އެހެންކަމުން އަހަރެމެންގެތެރޭގައި ބައިބައިވުން އުފެދިދާނެ އެންމެހާ ކަންކަމުން ދުރުހެލިވެ ތިބުމަކީ، ދިވެހި ސިފައިންވެސް ވަރަށް ބޮޑަށް ސަމާލުކަން ދޭންޖެހޭ ކަމެއް ކަމަށާއި، ސިފައިންގެ ކޮންމެ މީހެއްގެވެސް އެންމެ އިސް ވާޖިބަކަށް ހަދަންވީ، ސުލްހަމަސަލަސްކަމާއި ހަމަޖެހުން ދެމެހެއްޓުމަށް މަސައްކަތް ކުރުން ކަމަށް ރައީސް ވިދާޅުވިއެވެ.

އިތުރަށް ކިޔާލަން

05 ޖޫން 2017

ގަތަރާއި ދެމެދު ގުޅުން ކަނޑާލުމަކީ ރައްޔިތުންނަށް ގެއްލުން ފޯރުވާނެ ކަމެއް: އަދާލަތު ޕާޓީ

05 ޖޫން 2017
ގަތަރާއި ދެމެދު ގުޅުން ކަނޑާލުމަކީ ރައްޔިތުންނަށް ގެއްލުން ފޯރުވާނެ ކަމެއް: އަދާލަތު ޕާޓީ
05 ޖޫން 2017

ޤަތަރާއި ގުޅުން ކަނޑާލީ ގުޅުން ބަދަހި ކުރުމަށް މަޝްވަރާކުރިތާ 13 ގަޑިއިރު ފަހުން!

05 ޖޫން 2017
ޤަތަރާއި ގުޅުން ކަނޑާލީ ގުޅުން ބަދަހި ކުރުމަށް މަޝްވަރާކުރިތާ 13 ގަޑިއިރު ފަހުން!
05 ޖޫން 2017

ޤަތަރާއި ގުޅުން ކަނޑާލަން ދިވެހިރާއްޖެއިން ވެސް ނިންމައިފި

05 ޖޫން 2017
ޤަތަރާއި ގުޅުން ކަނޑާލަން ދިވެހިރާއްޖެއިން ވެސް ނިންމައިފި
06 މެއި 2017

ހަ ގައުމެއްގެ އޮބްޒާވަރުން ދަނީ ހަރަކާތްތެރިވަމުން

06 މެއި 2017
ހަ ގައުމެއްގެ އޮބްޒާވަރުން ދަނީ ހަރަކާތްތެރިވަމުން
13 އެޕްރީލު 2017

ހަތަރު ގައުމެއްގެ އަސްކަރިއްޔާ ސިފައިން ބައިވެރިވެގެން ހިންގި ޑައިވް ކޯސް ނިންމާލައިފި

13 އެޕްރީލު 2017
ހަތަރު ގައުމެއްގެ އަސްކަރިއްޔާ ސިފައިން ބައިވެރިވެގެން ހިންގި ޑައިވް ކޯސް ނިންމާލައިފި
03 އެޕްރީލު 2017

ފިރިހެން ކުއްޖަކާއެކު ގަދަކަމުން ޖިންސީގުޅުން ހިންގި މީހަކު ވޭމަންޑޫން ހައްޔަރުކޮށްފި

03 އެޕްރީލު 2017
ފިރިހެން ކުއްޖަކާއެކު ގަދަކަމުން ޖިންސީގުޅުން ހިންގި މީހަކު ވޭމަންޑޫން ހައްޔަރުކޮށްފި
13 މާރިޗު 2017

ފަނޑިޔާރު އަލީ ހަމީދަށް ތުހުމަތު ކުރެވޭ ކަސްބީ އަންހެނުންނާ އެކު ގުޅުން ހިންގި ވީޑިއޯގެ މައްސަލަ ނުބަލަން ނިންމައިފި

13 މާރިޗު 2017
ފަނޑިޔާރު އަލީ ހަމީދަށް ތުހުމަތު ކުރެވޭ ކަސްބީ އަންހެނުންނާ އެކު ގުޅުން ހިންގި ވީޑިއޯގެ މައްސަލަ ނުބަލަން ނިންމައިފި
13 މާރިޗު 2017

ފަނޑިޔާރުންނާ ގުޅުންހުރި 100 އަށްވުރެ ގިނަ މައްސަލަ ދަނީ ބަލަމުން:ޖޭއެސްސީ

13 މާރިޗު 2017
ފަނޑިޔާރުންނާ ގުޅުންހުރި 100 އަށްވުރެ ގިނަ މައްސަލަ ދަނީ ބަލަމުން:ޖޭއެސްސީ
16 ފެބުރުއަރީ 2017

ޕީޕީއެމް ޖަލްސާގައި މީހުން ހިފެހެއްޓުމަށް ވަށައިގެން ދާޖަހައިފި

16 ފެބުރުއަރީ 2017
ޕީޕީއެމް ޖަލްސާގައި މީހުން ހިފެހެއްޓުމަށް ވަށައިގެން ދާޖަހައިފި
14 ޖެނުއަރީ 2017

"އެމްޑީޕީއަކީ ހަރަކާތްތެރި ޕާޓީއެއް، އަތޮޅުތަކުގެ ގޮފިތަކާ އޮންނަ ގުޅުން ރަނގަޅުކުރަން ޖެހޭ"

14 ޖެނުއަރީ 2017
"އެމްޑީޕީއަކީ ހަރަކާތްތެރި ޕާޓީއެއް، އަތޮޅުތަކުގެ ގޮފިތަކާ އޮންނަ ގުޅުން ރަނގަޅުކުރަން ޖެހޭ"
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް