Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ތަފާތު ޚަބަރުކޮފީ ވިއްކާ މީހާ

އަބޫ ސާލިހާއެކު ހުޅަނގު އައްސޭރީގެ ޗެކްޕޯސްޓެއްގައި ކުޑަ ވަގުތުކޮޅެއް!

މަސައްކަތުގައިވާ ވަރުބަލިކަން އިތުރުވެގެންދަނީ އިޒްރޭލުގެ ޔަހޫދީ ވަޒަންވެރިންގެ ފަރާތުން ކުރިމަތިކުރާ ފުރައްސާރައިގެ ސަބަބުން

ޢާއިޝާ ރީމާ ވަޙީދު
ޢާއިޝާ ރީމާ ވަޙީދު | 20 ޖޫން 2023 | އަންގާރަ 14:18
މަގުމަތީގައި ކޮފީ ވިއްކާ މުނީރު އަލްއަގްތާޝް

މަގުމަތީގައި ކޮފީ ވިއްކާ މުނީރު އަލްއަގްތާޝް

ޢުމުރުން ވަކި ހިސާބަކަށް ދިއުމުން، ވަކި ކަހަލަ މަސައްކަތެއް ނުކުރެވޭނެ ކަމަށް ބެލެވޭ ފަހަރު އާދެއެވެ. ހައްޓަށް ބުރަ، ޖިސްމާނީ ގޮތުން ހެލިފެލިވުމަށް މަޖުބޫރުކުރުވާ މަސައްކަތްތަކަކީ، ނޫކަށިފުރައިގެ ޒުވާނުންގެ ކަމެއްގެ ގޮތުގައިވެސް ދެކެވެއެވެ. ނަމަވެސް ހާލަތު ނިޔާކުރާގޮތުން، އުމުރަކަށް، ހާލަތަކަށް ބެލުމެއްނެތި، ނުރައްކަލުގެ މައިދާންތަކުގައި މަސައްކަތް ކުރަންޖެހޭ ދުވަސްވީ މީހުންގެ އަދަދުވެސް މަދެއް ނޫނެވެ.

ފަލަސްތީނަށް އުފަން، އުމުރުން 56 އަހަރުގެ މުނީރު އަލްއަގްތާޝް ނުވަތަ އަބޫ ސާލިހަކީ މި ދަންނަވާ ކަހަލަ މީހެކެވެ. މުނީރަކީ ރާމަﷲއާއި ނާބްލުސް ގުޅުވައިދޭ ލިންކު ރޯޑުގައި ކޮންމެ ދުވަހަކުވެސް ދިގު ދަތުރެއް ކުރާ މީހެކެވެ. މިދިޔަ 4 ދުވަސް ފާއިތުވެ ދިޔައީ އެގޮތުގައެވެ. ދަތުރެކޭ ދެންނެވިއަސް، ސަވާރީއެއްގެ ފަހަތުގައި، ދެ އަތް އުރާލައިގެން އިނދެ ދަތުރުކުރަނީއެއް ނޫނެވެ. ލިންކު ރޯޑުގައި މުނީރު ދަތުރުކުރަނީ މާސިންގާ ކޮފީ ކުރައެއް ހިފައިގެންނެވެ. އެ ސަރަހައްދުން ދަތުރުކުރާ އުޅަނދުފަހަރު ދުއްވާ މީހުންނަށް ކޮފީ ވިއްކުމަކީ، މުނީރު އާމްދަނީ ހޯދުމަށް ކުރާ މަސައްކަތެވެ.

ދުވާލުގެ ވަގުތުތަކުގައި ލިންކު ރޯޑުން ދަތުރުކުރާ މީހުންނަށް ވިއްކުމަށްޓަކައި ކޮފީ ގިރުމުގެ މަސައްކަތް މުނީރު ފަށަނީ އޭގެ ކުރީ ރެއެވެ. ކޮފީ ތައްޔާރުކުރަނީ މުގުރާފައި ހުންނަ ކޮފީއާއި ކާފޫރުތޮޅި ބޭނުން ކޮށްގެންނެވެ. ކޮފީ ގިރުމަށްފަހު އެ އަޅަނީ ފިސާރި ބަރު ކުރައަކަށެވެ. އެ ކުރައަކީ ހޫނު ބޯޓުދެލި އަޅާފައި ހުންނަ ސިލިންޑަރެއްވެސް ހަރުކޮށްފައި ހުންނަ ކުރައެކެވެ. އެއީ ކޮފީ ހޫނުކޮށް ބަހައްޓަން ކޮންމެހެން ކުރަންޖެހޭ ކަމަކަށް ވާއިރު، މުޅި ދުވަހު ފައިމަގުގައި ކޮފީ ކުރާ ހިފައިގެން ކޮޅުކޮޅު މައްޗަށް ހިނގާހިނގާ، ރޭގަނޑު ވާއިރު މުނީރު ހުންނަނީ ދެވަރުން އެއްވަރުވެފައެވެ.

ޖިސްމާނީގޮތުން ހައްޓަށް ބުރަ މަސައްކަތުގައި އުޅޭ 5 ދަރިންގެ ބައްޕަ ފާހަގަކުރިގޮތުގައި، މަސައްކަތުގައި ވާ ވަރުބަލިކަން އިތުރުވެގެންދަނީ އިޒްރޭލުގެ ޔަހޫދީ ވަޒަންވެރިންގެ ފަރާތުން ކުރިމަތިކުރާ ފުރައްސާރައިގެ ސަބަބުންނެވެ. ފަލަސްތީނުގެ ރަށްވެހިންނާއި އިޒްރޭލު މީހުންވެސް ބޭނުންކުރަނީ އެއް މަގެކެވެ. އެ ލިންކު ރޯޑަކީ ޔަހޫދީން ވެރިވެގަނެގެން އުޅޭ ސަރަހައްދާއި، ފަލަސްތީނުގެ ރަށްވެހިންނަށް އޮތް ސަރަހައްދު ގުޅުވައިދޭ މަގުކަމުން، އިޒްރޭލު މީހުންނާ ބައްދަލުނުވާނެ ގޮތެއްވެސް ނެތެވެ.

މި އަހަރުގެ ފެބުރުއަރީ މަހުގެ ތެރޭގައި، ހުޅަނގު އައްސޭރީގެ ހަވާރާގައި ދިރިއުޅެމުން ދިޔަ ފަލަސްތީނު ރައްޔިތުންނަށް އަމާޒުކޮށްގެން ޔަހޫދީ ވަޒަންވެރިން ހިންގި ލާއިންސާނީ ޖަރީމާގައި އެތައް ކާރަކާއި ގެތަކެއްގައި ހުޅުޖަހައި ރޯކުރިއެވެ. ދުނިޔޭގެ އެކި ކަންކޮޅުތަކުން ކުށްވެރިކުރި އެ ހާދިސާއަށްފަހު، މުނީރަށް ކުރިމަތިލާންޖެހޭ ފުރައްސާރަ ވަކިން ބޮޑެވެ. އެކަމަކު އެކަން ކުރަންޖެހޭ ސަބަބެއް ނެތެވެ.

އިގްތިސާދީ ނަޒަރަކުން ބަލާއިރު، މި ދުވަސްވަރަކީ ފަލަސްތީނުގެ ސަރަހައްދުތަކަށް ދަތި ދުވަސްވަރެކެވެ. މައިގަނޑު ސަބަބަކީ ޕަލަސްޓީނިއަން އޮތޯރިޓީ (ޕީއޭ)އަށް ލިބޭ ފަންޑު ހީނަރުވުމެވެ. އެކަން ގޯހުން ގޯހަށް ގޮސްފައިވަނީ، ޓެކުހުގެގޮތުގައި ފަލަސްތީނަށް ލިބެންޖެހޭ ގިނަ އަދަދެއްގެ ފައިސާ، އިޒްރޭލުން ހިފަހައްޓައިގެން އުޅޭތީއެވެ.

ފަލަސްތީނުގެ ސަރުކާރު ވަޒީފާތައް އަދާކުރަމުންދާ މަދަނީ މުވައްޒަފުންނާއި އަސްކަރީ ސިފައިންނަށް މެއި މަހުގެ މުސާރައިގެ ގޮތުގައި ލިބުނީވެސް މުސާރައިގެ އެންމެ 85 ޕަސެންޓެވެ. 2022 ވަނަ އަހަރުގެ 3 ވަނަ 3 މަސްދުވަހާ ހިސާބަށް އައިއިރު، ފަލަސްތީނުގައި މަސައްކަތްކުރަން ފަށާ އުމުރު ކަމަށް ބަލާ، 15 އަހަރުން މަތީގެ އާބާދީގެ 25 ޕަސެންޓް މީހުންނަކީ ވަޒީފާއެއް ނުލިބި ތިބި މީހުން ކަމަށް، އެގައުމުގެ ތަފާސް ހިސާބުތަކާބެހޭ މަރުކަޒީ އިދާރާއިން ވަނީ ހާމަކޮށްފައެވެ. އެހެންކަމުން، މުނީރު ފަދައިން، އެމީހަކަށް ވީ ކޮންމެ ހާލެއްގައި، ކުރެވެން އޮތް ކޮންމެ ފަދަ މަސައްކަތެއް ކުރަން މިއަދު ވަނީ މަޖުބޫރު ވެފައެވެ.

އިތުރަށް ކިޔާލަން

27 ޖުލައި 2023

ހުޅަނގުގައި ޤުރުއާން އެންދުން: ޣައްޒާގެ ޒުވާނުން ޙިފްޡު ކުރުމުގެ ރޭހުގައި ކުރިއަށް!

27 ޖުލައި 2023
ހުޅަނގުގައި ޤުރުއާން އެންދުން: ޣައްޒާގެ ޒުވާނުން ޙިފްޡު ކުރުމުގެ ރޭހުގައި ކުރިއަށް!
24 ޖުލައި 2023

ވަޒީފާ ގެއްލުނު ނޫސްވެރިޔާއާއި ގްރެފިކް ޑިޒައިނަރުގެ މަސައްކަތުން ހުޅަނގު އައްސޭރިއަށް ތަފާތު ރަހައެއް!

24 ޖުލައި 2023
ވަޒީފާ ގެއްލުނު ނޫސްވެރިޔާއާއި ގްރެފިކް ޑިޒައިނަރުގެ މަސައްކަތުން ހުޅަނގު އައްސޭރިއަށް ތަފާތު ރަހައެއް!
04 އޯގަސްޓު 2022

ބޯކޮށާ އަބޫ އަހުމަދު ދައްކައިދެނީ ގާނޫނު ނުމުގުރާ، ހަޅޭއްނުލަވާވެސް މުޒާހަރާއަށް ތާއީދު ކުރެވިދާނެ ކަމެވެ!

04 އޯގަސްޓު 2022
ބޯކޮށާ އަބޫ އަހުމަދު ދައްކައިދެނީ ގާނޫނު ނުމުގުރާ، ހަޅޭއްނުލަވާވެސް މުޒާހަރާއަށް ތާއީދު ކުރެވިދާނެ ކަމެވެ!
09 އޮކްޓޯބަރު 2018

އަބޫދާބީގައި ނަގާފައިވާ ބާރަތުގެ ފޮޓޯއެއް ދައްކާލައިފި

09 އޮކްޓޯބަރު 2018
އަބޫދާބީގައި ނަގާފައިވާ ބާރަތުގެ ފޮޓޯއެއް ދައްކާލައިފި
18 މާރިޗު 2018

ރޭސް3 ގެ އެންމެ ފަހުގެ ޝޫޓިންގައި ސަލްމާން އަބޫދާބީގައި

18 މާރިޗު 2018
ރޭސް3 ގެ އެންމެ ފަހުގެ ޝޫޓިންގައި ސަލްމާން އަބޫދާބީގައި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު