Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓު
މަގޭ ރިޕޯޓް

ޑިމޮކްރަސީގެ އެންމެ ރިވެތި ގޮތުގައި ޖަލްސާތައް ނުބާއްވަވައި، ކުޑަދަށުގައި؟

ޖަލްސާތައް ކުރިއަށް ގެންދެވޭނެކަމަށް، މަޖިލީހުގެ ގަވައިދު ބުނޭ

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް, ރާއްޖެ އެމްވީ | 20 ޖޫން 2023 | އަންގާރަ 13:44
މިއަދުގެ މަޖިލީހުގެ ޖަލްސާ ނުބާއްވަވައި، މަޖިލީހުގެ ރައީސް އިދިކޮޅު މެންބަރުންނާއެކު ކުޑަދަށުގައި

މިއަދުގެ މަޖިލީހުގެ ޖަލްސާ ނުބާއްވަވައި، މަޖިލީހުގެ ރައީސް އިދިކޮޅު މެންބަރުންނާއެކު ކުޑަދަށުގައި

މަޖިލީހުގެ ގަވާއިދާއި އުސޫލުތަކާ ޚިލާފަށް، އަންގާރަ ދުވަހުގެ މަޖިލީހުގެ ޖަލްސާ ނުބާއްވައި، ޑިމޮކްރަސީގެ އެންމެ ރިވެތި އުސޫލު މިވަނީ ދައްކުވައިދީފައެވެ. ހަމަ ހަގީގަތުގައިވެސް ފައްކާވަމުން އަންނަ ޑިމޮކްރަސީއެއްގައި ދެއްކޭނެ އެންމެ ރަނގަޅު އެއް މިސާލެވެ. އިތުބާރު ނެތްކަމަށް މަޖިލީހުގެ ބޮޑު އަޣުލަބިއްޔަތުން ބުނުމުންވެސް، މަގާމަށްޓަކައި ދައުލަތުގެ އެއް ބާރު ހުއްޓުވާލައްވައި، ހާސްކަމެއް ނެތި އިންނެވީއެވެ.

އިދިކޮޅުން މަޖިލީހުގެ އިދާރާގައި ނޫސްވެރިންނާ ބައްދަލުކުރެއްވުމުގެ ކުޑަ އިރުކޮޅެއް ކުރިން، މަޖިލީހުގެ ރައީސް ވަނީ އިދިކޮޅު މެންބަރުންނާއެކު މަޖިލީހުގެ ގޯތިތެރޭގައި ބައްދަލުކުރައްވާފައެވެ. އާންމުވެފައިވާ ވީޑިއޯއިން ފެންނަގޮތުގައި، މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާއެކު، އިދިކޮޅު ޕީޕީއެމް/ޕީއެންސީ ކޯލިޝަންގެ މެންބަރު އާދަމް ޝަރީފާއި، ޣައްސާން މައުމޫނާއި، މުހައްމަދު ހުސައިން ލަތީފާއި، މެންބަރު މުހައްމަދު ސައީދު އިންނަވައެވެ. އަދި އެ ބޭފުޅުންނާ މަޝްވަރާކުރައްވަމުން ގެންދެވީ ކޮންކަމަކާ ގުޅިގެން ކަމެއް ނޭނގެއެވެ. ނަމަވެސް ސަރުކާރަށް ފާޑުކިޔާ އިދިކޮޅު މެންބަރުން ވަނީ، އޭގެ ކުޑައިރުކޮޅެއްފަހުން ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވާފައެވެ.

ހުށަހެޅިފައިވާ, އިތުބާރު ނެތްކަމުގެ މައްސަލާގައި، ޖަލްސާތަކުގެ ރިޔާސަތު ބަލަހައްޓަވަން އުޒުރުވެރިވެވަޑައިގަންނަވާ ކަމަށް ވިދާޅުވެ މަޖިލިސް ހުއްޓުވުމަކަށް ގެންނަވާފައިވާއިރު، މަޖިލީހުގެ ގަވާއިދު ބުނާގޮތުން، މަޖިލީހުގެ ރިޔާސަތުގައި މަޖިލީހުގެ ރައީސަށް ނުއިންނެވޭނެ ހަމައެކަނި ޖަލްސާއަކަށް ވާނީ ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލަ ކުރިއަށްގެންދާ ޖަލްސާގައެވެ. އެހެން އެއްވެސް ސަބަބަކާހުރެ މަޖިލީހުގެ ރައީސަށް މަޖިލީހުގެ ޖަލްސާގެ ރިޔާސަތު ނުބެލެހެއްޓެވޭނެ އެއްވެސް ސަބަބެއް ނެތެވެ.

މަޖިލީހުގެ ގަވާއިދުގެ 41 ވަނަ މާއްދާގެ (ހ)ގައި ބުނެފައިވަނީ، އެހެން ގޮތަކަށް ބަޔާންކޮށްފައި ނުވާހާހިނދަކު، މަޖިލީހުގެ ޖަލްސާތަކުގެ ރިޔާސަތު ބަލަހައްޓާނީ މަޖިލީހުގެ ރައީސް ކަމަށެވެ. އަދި މަޖިލީހުގެ ނައިބުރައީސް ރިޔާސަތު ބަލަހައްޓަން ޖެހޭނީ މަޖިލީހުގެ ރައީސް މަޖިލީހުގެ ޖަލްސާއެއްގެ ނުވަތަ ޖަލްސާއެއްގެ ބައެއްގެ ރިޔާސަތު ބަލަހައްޓަވަން އުޒުރުވެރިވެއްޖެ ހިނދެއްގައެވެ.

މަޖިލީހުގެ ގަވާއިދުގެ 205 ވަނަ މާއްދާގެ (ބ)ގައި ބުނެފައިވަނީ، މަޖިލީހުގެ ރައީސްގެ މަގާމުން ވަކިކުރުމުގެ ގަރާރެއް މަޖިލީހަށް ހުށަހަޅަން ހަމަޖެހިފައިވާ ނުވަތަ ހުށަހެޅިފައިވާ ޖަލްސާއެއްގެ ރިޔާސަތު ބަލަހައްޓާނީ މަޖިލީހުގެ ނައިބުރައީސް ކަމަށެވެ. އަދި މަޖިލީހުގެ ނައިބު ރައީސް މަގާމުން ވަކިކުރުމުގެ ގަރާރެއް މަޖިލީހަށް ހުށަހަޅަން ހަމަޖެހިފައިވާ ނުވަތަ ހުށަހެޅިފައިވާ ޖަލްސާއެއްގެ ރިޔާސަތު ބަލަހައްޓާނީ މަޖިލީހުގެ ރައީސެވެ.

އެހެންކަމުން މަޖިލީހުގެ ޖަލްސާތައް ހުއްޓާފައި ބޭއްވޭނެ އެއްވެސް ސަބަބެއް މަޖިލީހުގެ ގަވާއިދުގައި ނެތެވެ. އަދި އިތުބާރު ނެތްކަމުގެ މައްސަލައެއް ހުށަހެޅިފައި އޮތްނަމަވެސް، މަޖިލީހުގެ ރިޔާސަތު ނުބެލެހެއްޓޭނެ އެއްވެސް ސަބަބެއް ނެތެވެ.

ޑިމޮކްރަސީގައި ބެސްޓް ޕްރެކްޓިހަކީ މެޖޯރިޓީއަށް ތަބާވުންކަމުގައި ވިދާޅުވެފައި، މަގާމުގެ ދިފާއުގައި ރައީސް ނަޝީދު މިވަގުތު އެ ހުންނަވަނީ މަޖިލިސް ހުއްޓުމަކަށް ގެންނަވައި، މަޖިލީހުގެ ގަވާއިދާ ޚިލާފަށެވެ. އަދި މަޖިލީހުގެ ނައިބުރައީސް ވެސް އަމަލުކުރައްވަމުން ގެންދަވަނީ އެފަދައިންނެވެ.

މަޖިލީހުގެ ރައީސްކަމުގައި ހުންނަވާ ފަރާތަކަށް ލިބިވަޑައިގަންނަވާ އިނާޔަތްތަކާއި ބާރުތަކާއެކު، މަޖިލިސް ހުއްޓުވުމަކަށް ގެންނަވައި، ސަރުކާރާ އިދިކޮޅު ފަރާތްތަކާއެކު މަޝްވަރާކުރެއްވުމަށް މަޖިލީހުގެ ގޯތިތެރޭގައި އިންނެވި ވީޑިއޯއާއެކު އެކި ފަރާތްތަކުން ދަނީ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ފާޑުކިޔަމުންނެވެ. އަދި މަޖިލީހުގައި އަޅުވާފައިވާ މަރުތަޅަކީ މަޖިލީހުގެ ރައީސް މަގާމުގެ ދިފާއުގައި ކުރައްވަމުން ގެންދަ،ވާ ޑިމޮކްރަސީއާ ބީރައްޓެހި ޚުދުމުޚުތާރު ކަމެއްގެގޮތުގައި މެންބަރުން އަންނަނީ ވިދާޅުވަމުންނެވެ.

ކުރީ ދުވަހެއްގައި ބޭއްވި ޖަލްސާއެއްގައިވެސް ވިދާޅުވީ؛ އިސްތިއުފާދެއްވައިފިނަމަ ގައުމަށާއި ސިޔާސީ ޕާޓީތަކަށް، އަދި މަޖިލީހަށްވެސް ގެއްލުން ހުރި ވާހަކައެވެ. ކޮންގޮތަކުންތޯއެވެ؟ ގައުމަށް މިވަގުތު ބޭނުންވަނީ އިގްތިސާދީ ހިނގުމެވެ. އެކަމަށް ހުށަހެޅިފައިވާ ބިލްތައް މަޖިލީހުގައި ހުރީ ހުއްޓިފައެވެ. ސަބަބަކީ އިސްތިއުފާނުދެއްވަން ފައިންޕުޅު ވިއްދަވައިގެން ހުންނެވުމެވެ. އިސްތިއުފާ ނުދެއްވާހައި ހިނދަކު، ރާއްޖޭގެ އެންމެ ބޮޑު ސިޔާސީ ޕާޓީއަށް އޮތީ ގެއްލުމެވެ.

މުޅި ޕާޓީ، އަލަށް އުފައްދަވާ ޕާޓީއަށް ޕާޓީއަށް ކަހައިލައްވާނެކަމަށް ވިދާޅުވިއެވެ. ސިޔާސީ ޕާޓީއެއްގެ ހަޔާތުގައި އެ ޕާޓީގެ ރައީސް ކުރައްވާނެ އަދި ކުރައްވަން އުޅުއްވާނެ އެންމެ ހުތުރު އެއްކަމަކީ މިއެވެ. އެ މަނިކުފާނު ބޭނުންފުޅުވާ ގޮތަށް ނުވީމައި ނިޒާމުންވެސް އެ ޕާޓީ ގެއްލުވައިލުމެވެ. އިސްތިއުފާނުދެއްވައި ހުންނެވުމުން މިއަށްވުރެ ބޮޑު ގެއްލުމެއް އެބައޮތް ހެއްޔެވެ؟

ދެން އޮތީ މަޖިލީހުގެ ވާހަކައެވެ. 54 މެންބަރުން ނުވަތަ 270،000 އާންމުން ތަމްސީލްކުރައްވާ މެންބަރުން، އިސްތިއުފާދެއްވުމަށް ގަރާރެއް ހުށަހެޅުއްވުމުން މަޖިލީހުގެ ދޮރުގައި ތަޅު އަޅުވައި، ކުޑަދަށުގައި އިށީނދެވަޑައިގެން އިންނެވުމަކީ މަޖިލީހަށް ގެއްލުން ދެއްވުން ނޫން ދެން ކޮންކަމެއްތޯއެވެ؟ މަޖިލީހުގައި މަރުތަޅުއަޅުވައި، ދެބެއިން ޖައްސަވަމުން ގެންދަވާ ޑްރާމާ ވަރަށް ސާފެވެ. މަޖިލީހަށްވެސް ދައުލަތުގެ އެ ބާރަށްވެސް އޮތް އެންމެ ރަނގަޅު ގޮތަކީވެސް އިސްތިއުފާދެއްވުމެވެ.

އެމަނިކުފާނު އާންމުކޮށް ދައްކަވާ ވާހަކަފުޅެއް، އިތުބާރު ނެތްކަމުގެ މައްސަލައާވެސް ގުޅުވީއެވެ. ވިދާޅުވި 54 މެންބަރުންގެ ތެރެއިން ގިނަ މެންބަރުން ތިމަންމަނިކުފާނާ އެއްކޮޅު ކަމަށެވެ. އެހެންކަމަށްވާނަމަ އެ ވޯޓު ނެންގެވުމުގެ ފުރުސަތު ނުދެއްވައި ހުންނަވަންވީ ސަބަބެއް ނެތެވެ. މެންބަރުންގެ ތާއީދު އެހައި ބޮޑަށް އޮތްނަމަ، ގަޓުގައި ހުންނަވައިގެން އެކަން ކުރައްވަން ފުރުސަތު ދެއްވަންޖެހެއެވެ. މިވެނި މިވެނި ބަޔަކު ތިމަންމަނިކުފާނަށް ތާއީދުކުރައްވާކަމަށް ވިދާޅުވާ ވިދާޅުވުމަކީ އައު ވާހަކައެއް ނޫނެވެ. އެއީ އަބަދުވެސް ސިޔާސީ ފަރާތްތަކުން ޖައްސާ ސްޓަންޓެކެވެ.

މިއަދު އެ ދައްކަވަމުން ގެންދަވާ ޑްރާމާގެ އެޕިސޯޑްތައް ވަރަށް ސާފެވެ. ކުރިން ކުޅުއްވާފައިވާ، ހުދާއި ކަޅުގެ ފިލްމުގެ ކުލަ ކޮޕީއެކެވެ. އިތުރު އެއްވެސް ކަމެއް ނެތެވެ. ގާނޫނީ ހައްލު އޮތްކަމެއްގައި، ގާނޫނަކީވެސް، ގަވާއިދަކީވެސް ތިމަންމަނިކުފާނުކަމަށް ދައްކަވާ ލީޑަރަކު އުޅުއްވާނެ ޚުދުމުޚުތާރު އެންމެ ހުތުރު ގޮތް މިއަދު އެބަފެނެއެވެ. އިހަށްދުވަހަކު ރައީސް މައުމޫން ޚުދުމުޚުތާރޭ ވިދާޅުވިއެވެ. އެހެން ތިމަންމަނިކުފާނު ނޫޅުއްވާނެކަމަށް ވިދާޅުވެ، މިއަދު އުނބަށްޖެއްސެވިކަމަށް ގިނަބަޔަކު އަންނަނީ ބުނަމުންނެވެ.

ގިނަ ބަޔަކު މިއަދު ވިދާޅުވަނީ ސީވީގައި، އިސްތިއުފާދެއްވިކަމުގެ ހެޓްރިކެއް ހައްދަވަން މަނިކުފާނު ބޭނުންފުޅުނުވާތީ ހަމަ ހުންނަވަނީ ކަމަށެވެ. ވެރިކަމުންވެސް އިސްތިއުފާދެއްވީއެވެ. މިއަދު މަޖިލީހުގެ ރައީސްކަމުން އިސްތިއުފާދެއްވާ ހިސާބަށް ގޮސް، ޕާޓީގެ ރައީސްކަމުންވެސް އިސްތިއުފާދެއްވާ ހިސާބަށް ވަނީ ކަންކަން ސޮއްސައިލާފައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ރާއްޖޭގެ ޑިމޮކްރަސީގެ ޒަމާނީ ބާބު ފެށޭނީ، ކުޅުދުއްފުށީ ބޮޑު މުޙައްމަދުގެ އުތުރު އަރުމާޒަކުން ނޫން ހެއްޔެވެ؟

ރާއްޖޭގެ ޑިމޮކްރަސީގެ ޒަމާނީ ބާބު ފެށޭނީ، ކުޅުދުއްފުށީ ބޮޑު މުޙައްމަދުގެ އުތުރު އަރުމާޒަކުން ނޫން ހެއްޔެވެ؟

27 ޖޫން 2020
މާފަރު އެއަރޕޯޓް: ރައްޔިތުން ސިފަ ކުރަނީ "ރަން ބިސް އަޅާ" ކުކުޅެއްގެ ގޮތުގައި!

މާފަރު އެއަރޕޯޓް: ރައްޔިތުން ސިފަ ކުރަނީ "ރަން ބިސް އަޅާ" ކުކުޅެއްގެ ގޮތުގައި!

02 ޑިސެމްބަރު 2019
ރައީސް ޔާމީން : ސިޔާސީ މަންފާއަށް ދީން އައްޑަނައެއްގެ ގޮތުގައި ނެގުން ހުއްޓާނީ ކޮން އިރަކުންތޯ؟

ރައީސް ޔާމީން : ސިޔާސީ މަންފާއަށް ދީން އައްޑަނައެއްގެ ގޮތުގައި ނެގުން ހުއްޓާނީ ކޮން އިރަކުންތޯ؟

12 އޮކްޓޯބަރު 2019
ސަރުކާރު ބާއްވަންވީ ދަތްނެތް ސިންގާއެއްގެ ގޮތުގައި ހެއްޔެވެ؟

ސަރުކާރު ބާއްވަންވީ ދަތްނެތް ސިންގާއެއްގެ ގޮތުގައި ހެއްޔެވެ؟

01 އެޕްރީލު 2019
ނާކާމިޔާބުވި ކެންޑިޑޭޓުންގެ ފަރާތުން ޑިމޮކްރަސީގެ ރީތި ނަމޫނާއެއް!

ނާކާމިޔާބުވި ކެންޑިޑޭޓުންގެ ފަރާތުން ޑިމޮކްރަސީގެ ރީތި ނަމޫނާއެއް!

19 ޖެނުއަރީ 2019

އަހަރުތަކުން މިއަދު

5 މެއި
މުނާ އިސްތިއުފާ ދެއްވައިފި - ވިދާޅުވީ ރައީސްގެ ބަހާއި އަމަލާ ދިމާނުވެ ރައްޔިތުންނަށް އޮޅުވާލާކަމަށް
20251 އަހަރު ކުރިން
ރާއްޖެ

މުނާ އިސްތިއުފާ ދެއްވައިފި - ވިދާޅުވީ ރައީސްގެ ބަހާއި އަމަލާ ދިމާނުވެ ރައްޔިތުންނަށް އޮޅުވާލާކަމަށް

މަޖިލީހުގެ 33 އިންސައްތަ އަންހެނުންނަށް ޚާއްސަ ކުރާ އިސްލާހުގެ މަސައްކަތް އަވަސްކޮށްދޭން ރޮޒެއިނާ އެދިވަޑައިގެންފި
20242 އަހަރު ކުރިން
ރާއްޖެ

މަޖިލީހުގެ 33 އިންސައްތަ އަންހެނުންނަށް ޚާއްސަ ކުރާ އިސްލާހުގެ މަސައްކަތް އަވަސްކޮށްދޭން ރޮޒެއިނާ އެދިވަޑައިގެންފި

30 މީހުންނާއެކު ދަތުރުކުރި ލޯންޗަކަށް ރާޅެއް އަރައިފި، މިހާރު ލޯންޗް ލޮކޭޓް ނުކުރެވޭ
20233 އަހަރު ކުރިން
ރާއްޖެ

30 މީހުންނާއެކު ދަތުރުކުރި ލޯންޗަކަށް ރާޅެއް އަރައިފި، މިހާރު ލޯންޗް ލޮކޭޓް ނުކުރެވޭ

ޖަލު ބަލަހައްޓާ ގިނަ އަދަދެއްގެ އޮފިސަރުން ހޯދަން އިއުލާންކޮށްފި
20224 އަހަރު ކުރިން
ރާއްޖެ

ޖަލު ބަލަހައްޓާ ގިނަ އަދަދެއްގެ އޮފިސަރުން ހޯދަން އިއުލާންކޮށްފި

"ބަނޑުގައި އޮތް ދަރިފުޅާއެކު އަނބިމީހާ ދުނިޔެ ދޫކުރީ ލޯ ކުރިމަތީގައި"
20215 އަހަރު ކުރިން
ރިޕޯޓު

"ބަނޑުގައި އޮތް ދަރިފުޅާއެކު އަނބިމީހާ ދުނިޔެ ދޫކުރީ ލޯ ކުރިމަތީގައި"

ލޯ ކައިރި ކަޅުވަނީ ކީއްވެ؟ ހައްލެއް ބޭނުން!
20197 އަހަރު ކުރިން
ސިއްހަތު

ލޯ ކައިރި ކަޅުވަނީ ކީއްވެ؟ ހައްލެއް ބޭނުން!

މެލޭޝިއާއިން ގެއެއް ގަތުމަށް ލުތުފީ މަސައްކަތްކުރެއްވި!
20188 އަހަރު ކުރިން
ރާއްޖެ

މެލޭޝިއާއިން ގެއެއް ގަތުމަށް ލުތުފީ މަސައްކަތްކުރެއްވި!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު