Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުސާފް ޗެމްޕިއަންޝިޕް

ދެ ފްލައިޓެއްގައި ދާން ޖެހުމުން އިންޑިޔާ މެޗު ފަސްކޮށްދޭން ޕާކިސްތާނުން އެދިއްޖެ

20 ޖޫން 2023 | އަންގާރަ 09:00

ޕާކިސްތާން ޓީމަށް އެއް ފްލައިޓަކުން ޖާގަ ނުލިބުނު

އަބްދުﷲ އަޒުމީން
އަބްދުﷲ އަޒުމީން | 20 ޖޫން 2023 | އަންގާރަ 09:00
ޮޕާކިސްތާނުގެ ބައެއް ކުޅުންތެރިން: މެޗު ފަސް ކޮށްދޭން ވަނީ އެދިފައި

ޮޕާކިސްތާނުގެ ބައެއް ކުޅުންތެރިން: މެޗު ފަސް ކޮށްދޭން ވަނީ އެދިފައި

ސާފް ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގައި ޕާކިސްތާނާއި އިންޑިޔާ މާދަމާ ރޭ ކުޅެން އޮތް މެޗު ފަސްކޮށްދޭން ޕާކިސްތާނުން އެދެފި އެވެ.

މުބާރާތް އިންތިޒާމްކުރާ ސައުތު އޭޝިއަން ފުޓްބޯޅަ ފެޑަރޭޝަން (ސާފް)އަށް ޕާކިސްތާނުގެ ފުޓްބޯޅަ ފެޑަރޭޝަނުން ވަނީ ތަފްސީލާއެކު މެޗު ފަސްކޮށްދޭން އެދިފަ އެވެ.

އެ ސަބަބަކީ އިންޑިޔާ އަށް ދޭން ބޭނުންވާ ވިސާ މިއަދު ލިބުމުން އިންޑިޔާގެ ބެންގަލޫރަށް ދެވޭއިރު މާދަމާގެ މެޗަށް އެކަށީގެންވާ ވަގުތު ނުލިބޭތީ އެވެ.

މޮރިޝަސްގައި މިހާރު ތިބި ޕާކިސްތާން ޓީމު މިއަދު އެ ގައުމުން ފުރައިގެން ފުރަތަމަ ދާން ޖެހެނީ އިންޑިޔާގެ މުމްބާއީއަށެވެ. އެތަނުން ފުރައިގެން ބެންގަލޫރަށް ދެވޭނީ މާދަމާ މެންދުރު ފަހުގެ ވަގުތެއްގަ އެވެ. އިންޑިޔާއާ ދެކޮޅަށް ކުޅެން ޖެހޭ މެޗު އޮތީ މާދަމާރޭ 7:30ގަ އެވެ.

ޕާކިސްތާން ފުޓްބޯޅަ ފެޑަރޭޝަނުން ބުނީ ޓީމުގައި ތިބި ކުޅުންތެރިންނާއި އޮފިޝަލުންގެ އަދަދު 32 އަރާ ކަމަށާއި ނަމަވެސް އެންމެނަށް އެއް ފްލައިޓެއްގައި ދަތުރުކުރަން ޖާގަ ނުލިބުނު ކަމަށެވެ. މިހެންވެ ފުރަން ޖެހިފައިވަނީ ދެ ފްލައިޓެއްގައި ކަމުން މެޗު ފަށަންވާއިރަށް މުޅި ޓީމަށް އިންޑިޔާ އަށް ނުދެވޭނެ ކަމަށެވެ.

ޕާކިސްތާނުގެ ހުށަހެޅުމާމެދު ސާފުން ބުނެފައިވަނީ މުބާރާތުގައި ވާދަކުރާ އަނެއް ހަތް ޓީމާއި ސްޕޮންސަރުންނާއެކު މަޝްވަރާ ކުރުމަށްފަހު ގޮތެއް ނިންމާނެ ކަމަށެވެ.

އެ ޖަމާއަތުގެ ސެކްރެޓަރީ ޖެނެރަލް އަންވަރުލް ހައްގު ހިލާލް ކުރިން ބުނަމުން އައީ އެއްވެސް މެޗެއް ފަސް ނުކުރެވޭނެ ކަމަށާއި ވަގުތަށް ނައިސްފިނަމަ ޕާކިސްތާނުގެ ވިސާ ކެންސަލް ކުރާނެ ކަމަށެވެ.

ވިސާ ހަމަނުޖެހުމުގެ މައްސަލާގައި ޕާކިސްތާނުން ކުށްވެރި ކުރަނީ އިންޑިޔާ އެވެ. ނަމަވެސް އިންޑިޔާއިން ބުނަނީ ވިސާ ލަސްވީ ޕާކިސްތާނުގެ ގައުމީ ޓީމު އިންޑިޔާއަށް ދިއުމަށް އިސްލާމް އާބާދުން ދޭން ޖެހޭ ހުއްދަތައް ނުދީ އޮތުމުން ކަމަށެވެ. އަދި ވިސާގެ މައްސަލަ މާބޮޑަށް ލަސްވީ ހަފުތާ ބަންދާ ދިމާވުމުން މޮރިޝަސްގައި ހުންނަ އިންޑިޔާގެ އެމްބަސީ ބަންދުކޮށްފައި ހުރުމުން ކަމަށެވެ.

ޕާކިސްތާނާއި އިންޑިޔާ އަކީ ސިޔާސީ ކޯޅުން ބޮޑު ދެ ގައުމެވެ. މި ދެގައުމުގެ މީހުންނަށް އެއްބަޔަކު އަނެއް ބަޔަކަށް ޒިޔާރަތްކުރުން އެއީއެހާފަސޭހައިން ކުރެވޭ ކަމެއް ނޫނެވެ.

ސާފް ޗެމްޕިއަންޝިޕުގައި މި ފަހަރު ޕާކިސްތާނާއި އިންޑިޔާއާއެކު އަށް ގައުމެއް ވާދަކުރާނެ އެވެ. އެއީ ގްރޫޕް އޭގައި ދެން ހިމެނޭ ކުވޭތާއި ނޭޕާލެވެ. ގްރޫޕް ބީގައި ހިމެނެނީ ލެބަނަން އާއި ދިވެހިރާއްޖެ އަދި ބަނގްލަދޭޝް އާއި ބޫޓާނެވެ. މި ފަހަރުގެ މުބާރާތަކީ ސާކު ގައުމުތަކުން ބޭރުން މުބާރާތުގައި ގައުމުތައް ބައިވެރިކުރާ ފުރަތަމަ މުބާރާތެވެ.

އެންމެ ހިނގާ

1

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

2

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

3

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

4

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

5

ހަނގުރާމަ އެތައް އަހަރަކަށް ދެމިގެންދިޔަ ކަމުގައި ވިޔަސް އީރާނުގެ ބެލިސްޓިކް މިސައިލްތައް ދުޝްމަނުންގެ ބޯމައްޗަށް ވާރޭ ފަދައިން އޮހެމުންދާނެ: އައިއާރުޖީސީ

އިތުރަށް ކިޔާލަން

31 ޖެނުއަރީ 2017

ކުރިއަށް އޮތް ދެ މެޗުން ޗެލްސީ މޮޅުވެއްޖެ ނަމަ އަތުލަން އުނދަގޫވާނެ: ޕޮޗީޓޯ

31 ޖެނުއަރީ 2017
ކުރިއަށް އޮތް ދެ މެޗުން ޗެލްސީ މޮޅުވެއްޖެ ނަމަ އަތުލަން އުނދަގޫވާނެ: ޕޮޗީޓޯ
30 ޖެނުއަރީ 2017

މެޗު ފަސޭހައެއް ނުވާނެ، ނުކުންނާނީ ތިން ޕޮއިންޓް ހޯދަން: އިޤްބާލް

30 ޖެނުއަރީ 2017
މެޗު ފަސޭހައެއް ނުވާނެ، ނުކުންނާނީ ތިން ޕޮއިންޓް ހޯދަން: އިޤްބާލް
28 ޖެނުއަރީ 2017

ރާއްޖެއަށް މަދުވީ ބައިނަލް އަގްވާމީ މެޗުތަކުގެ ތަޖުރިބާ: އަދީލް

28 ޖެނުއަރީ 2017
ރާއްޖެއަށް މަދުވީ ބައިނަލް އަގްވާމީ މެޗުތަކުގެ ތަޖުރިބާ: އަދީލް
26 ޖެނުއަރީ 2017

ކުޅުންތެރިން ދެއްކި ކުޅުމަށް ސާބަސް، އިތުރަށް ވަގުތު ލިބުނު ނަމަ ތަފާތުވާނެ: ޒިދާން

26 ޖެނުއަރީ 2017
ކުޅުންތެރިން ދެއްކި ކުޅުމަށް ސާބަސް، އިތުރަށް ވަގުތު ލިބުނު ނަމަ ތަފާތުވާނެ: ޒިދާން
25 ޖެނުއަރީ 2017

އީގަލްސްއާ ދެކޮޅަށް ކުޅުނު އެކުވެރިކަމުގެ މެޗު މާޒިޔާ ކާމިޔާބުކޮށްފި

25 ޖެނުއަރީ 2017
އީގަލްސްއާ ދެކޮޅަށް ކުޅުނު އެކުވެރިކަމުގެ މެޗު މާޒިޔާ ކާމިޔާބުކޮށްފި
25 ޖެނުއަރީ 2017

ދެވަނަ މެޗުންވެސް ގައުމީ އަންހެން ޓީމު ބަލިވެއްޖެ

25 ޖެނުއަރީ 2017
ދެވަނަ މެޗުންވެސް ގައުމީ އަންހެން ޓީމު ބަލިވެއްޖެ
24 ޖެނުއަރީ 2017

ބައިނަލް އަގްވާމީ މެޗުތައް ރާއްޖޭގެ ވޮލީއަށް މުހިންމު: ސަތޯ

24 ޖެނުއަރީ 2017
ބައިނަލް އަގްވާމީ މެޗުތައް ރާއްޖޭގެ ވޮލީއަށް މުހިންމު: ސަތޯ
24 ޖެނުއަރީ 2017

ނިއު އާއި ގްރީން ސްޓްރީޓް ބައްދަލުކުރި އެކުވެރިކަމުގެ މެޗު އެއްވަރުވެއްޖެ

24 ޖެނުއަރީ 2017
ނިއު އާއި ގްރީން ސްޓްރީޓް ބައްދަލުކުރި އެކުވެރިކަމުގެ މެޗު އެއްވަރުވެއްޖެ
23 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ކޯސްޓާ އެނބުރި އައި މެޗުން ޗެލްސީ މޮޅުވެ 8 ޕޮއިންޓްގެ ލީޑެއް

23 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ކޯސްޓާ އެނބުރި އައި މެޗުން ޗެލްސީ މޮޅުވެ 8 ޕޮއިންޓްގެ ލީޑެއް
20 ޖެނުއަރީ 2017

ރަހްމަތްތެރިކަމުގެ މެޗުތަކެއް ކުޅުމަށް ގައުމީ އަންހެން ޓީމު ބަހުރޭނަށް ފުރައިފި

20 ޖެނުއަރީ 2017
ރަހްމަތްތެރިކަމުގެ މެޗުތަކެއް ކުޅުމަށް ގައުމީ އަންހެން ޓީމު ބަހުރޭނަށް ފުރައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް