Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓު
8 އަހަރަށްފަހު ޔަމަނުގެ ރައްޔިތުން ހައްޖަށް ދަނީ

8 އަހަރުގެ ހަނގުރާމައަށްފަހު ޔަމަނުގެ ފުރަތަމަ ޙައްޖު ފްލައިޓް ޖިއްދާއަށް

މި އަހަރަކީ ޔަމަނުގައި ހަނގުރާމަ ފެށި ފަހުން ފުރަތަމަ ފަހަރަށް، ޙައްޖުގެ މަތިވެރިކަން އަޅުކަން އަދާ ކުރުމަށް، ޔަމަނުގެ ވެރިރަށް ސަންއާއިން ސީދާ ފްލައިޓެއް ފުރި ފުރަތަމަ އަހަރު

ޢާއިޝާ ރީމާ ވަޙީދު
ޢާއިޝާ ރީމާ ވަޙީދު, ރާއްޖެ އެމްވީ | 19 ޖޫން 2023 | ހޯމަ 09:47
8 އަހަރުގެ ހަނގުރާމައަށްފަހު ޔަމަނުގެ ފުރަތަމަ ޙައްޖު ފްލައިޓް ޖިއްދާއަށް

8 އަހަރުގެ ހަނގުރާމައަށްފަހު ޔަމަނުގެ ފުރަތަމަ ޙައްޖު ފްލައިޓް ޖިއްދާއަށް

އާރާއި ބާރުގެ ދަހިވެތިކަމުގައި އުފެދޭ ދެބަސްވުންތައް ހޫނުވަމުން ގޮސް ހަނގުރާމައަކަށް ބަދަލުވާ އިރު، އެކަމުގެ އެންމެ ހިތި ރަހަ ތަޖުރިބާ ކުރަން ޖެހޭ ބަޔަކަށް ވަނީ، ކަމާ ނުވެސް ބެހި ތިބި ބައެކެވެ. ދިރިއުޅުމުގެ މައިދާނުގައި ކުރިމަތިލާން ޖެހިދާނެއޭވެސް ހީ ނުކުރާ ފަދަ އެތައް ކަމަކާ ކުރިމަތިލާން ޖެހި، އެތައް ޙައްޤަކުން މަޚްރޫމުވާން މަޖުބޫރު ވަނީ، ބަދަލުވަމުންދާ އާރާއި ބާރުގެ ތެރެއިން ޒާތީ ފައިދާއެއްގެ ޒައްރެއްގެ މިންވަރުވެސް ލިބުން ނާދިރު މީހުންނަށެވެ. އެތައް އަހަރަކަށް ދިގުލާ ގޮސްފައި ވާ ހަނގުރާމައެއްގައި ހަފުސްވެފައި ވާ ޔަމަނުގެ ރަށްވެހިންނަކީ އެފަދަ ހާލެއްގައި ތިބި ބައެކެވެ.

އަސާސީ ޙައްޤުތަކުން މަޚްރޫމުވެ، ދީނީ އަޅުކަން އަދާ ކުރެވެން އޮތް ލުއިފަސޭހަ މަގުތައް ބަންދުވެފައި އޮތް އެތައް ދުވަހެއް ތަޙައްމަލު ކޮށްފިއެވެ. ރޭގަނޑަކަށް ފަހު ފަތިހަށް އަލި ވިލޭ ފަދައިން، ޔަމަނުގެ މަސްރަޙަށްވެސް ކޮންމެވެސް ބަދަލުތަކެއް މި ވަނީ އަންނަން ފަށާފައެވެ. މި އަހަރަކީ ޔަމަނުގައި ހަނގުރާމަ ފެށި ފަހުން ފުރަތަމަ ފަހަރަށް، ޙައްޖުގެ މަތިވެރިކަން އަޅުކަން އަދާ ކުރުމަށް، ޔަމަނުގެ ވެރިރަށް ސަންއާއިން ސީދާ ފްލައިޓެއް ފުރި ފުރަތަމަ އަހަރެވެ.

1444 ވަނަ އަހަރުގެ ޙައްޖުގެ އަޅުކަމަށް ޔަމަނުން ސަޢުދީ އަރަބިއްޔާއަށް ދާ ޙައްޖާޖުން ގޮވައިގެން ސަންއާއިން ފްލައިޓް އުދުއްސާލީ ޖޫން 17 ވީ ހޮނިހިރު ދުވަހުއެވެ.

އީރާނުގެ ތާޢީދާއެކު ހަރަކާތްތެރިވާ ހޫޘީ ހަނގުރާމަވެރިން، ސަންއާގެ ކޮންޓްރޯލް ނަގާ، 2014 ވަނަ އަހަރު ޔަމަނުގައި އޮތް ސަރުކާރު ވައްތާލި ފަހުން، ޔަމަނުގެ ވައިގެ ސަރަޙައްދު ކޮނޓްރޯލް ކުރަމުން ދަނީ ސަޢުދީ އަރަބިއްޔާ އިސްވެ އޮވެ، އެކުލަވާލާފައި ވާ ބައިނަލްއަޤުވާމީ އަސްކަރީ ކޯލިޝަނުންނެވެ. ޔަމަން އެއަރވޭޒްއިން ދާދި ފަހުން ވަނީ، މިއަހަރުގެ ޙައްޖު މޫސުމާ ދިމާކޮށް ސަންއާއިން ސަޢުދީގެ ޖިއްދާއަށް ސީދާ ދަތުރު އުސޫލުން 4 ފްލައިޓެއް އެޅުމަށް، ސަޢުދީއާއެކު އެއްބަސްވުމަކަށް އައިސްފައެވެ. ސަންއާގެ ކޮންޓްރޯލް އަދިވެސް އޮތީ ހޫޘީންގެ އަތުގައި ކަމަށް ވާ އިރު، ހުރުމަތްތެރިވެގެންވާ މައްކާއާ އެންމެ ކައިރިން ޔަމަނުގައި އެއަރޕޯޓެއް އޮންނަނީވެސް ސަންއާގައެވެ.

ޙައްޖުގެ މަތިވެރި އަޅުކަމަށް ފުރުމުގެ މިނެއް ނެތް އުފަލާއެކު، ސީދާ އުފަން ފަސްގަނޑުން ޙައްޖުގެ އަޅުކަމަށް ފުރޭ ކަމީ ޔަމަނުގެ ޙައްޖާޖުން މިއަދު އިންތިހާއަށް އުފާ ކުރާ ކަމެކެވެ.

މެއި 2022 އަށް ފަހު، ސަންއާއިން އުދުއްސާލާފައި ވަނީ ކޮމަރޝަލް އުސޫލުން އުދުހޭ އެންމެ ފްލައިޓެކެވެ. އެއީ ސަންއާއިން އުރުދުންގެ އައްމާނަށް ކުރި ދަތުރެކެވެ. އޭގެ ކުރިން، ސަންއާއަށް ޖައްސާ، އަދި ސަންއާއިން އުދުއްސާ ހަދަން ހުއްދަ ދީފައި ވަނީ އދއިން އޮޕަރޭޓް ކުރާ ފްލައިޓްތަކަށް އެކަންޏެވެ.

ޔަމަނުގައި އުފެދުނީ ދާޚިލީ ނުތަނަވަސް ކަމެއް ކަމަކު، އެ ނުތަނަވަސްކަމުގައި ހަނގުރާމައިގެ އަނދިރި ކުލަތައް ޖެހިގެން ދިޔައީ ސަރަޙައްދީ ތަފާތު ފިކުރުތަކުގެ ދެބަސްވުންތަކާ މަސްހުނިވި ހިސާބުންނެވެ. ޔަމަނުގައި ދިގުލާ ގޮސްފައި ވާ ހަނގުރާމައަށް ސުލްޙަވެރި ޙައްލެއް ހޯދުމަށް ކުރިއަށް ގެންދާ މަޝްވަރާތަކަށް މިހާރު ވަނީ ހިސާބެއްގެ ކުރިއެރުމެއްވެސް ލިބިފައެވެ. އެއީ އީރާނާއި ސަޢުދީ އަރަބިއްޔާއާ ދެމެދު އުފެދިފައި ވާ ދެބަސްވުންތަކަށް ދޫ ދިނުމަށް، އެ ދެ ޤައުމުން މި އަހަރުގެ މަރޗް މަހު އެއްބަސްވުމަކަށް އައި ހިސާބުންނެވެ. ސަޢުދީއާއި އީރާނުގެ ދެބަސްވުންތަކަކީ، ސަރަޙައްދީ ފެންވަރުގެ ނުތަނަވަސް ކަމެކެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

އަހަރުގެ ބޮޑު ޖޯކް

އަހަރުގެ ބޮޑު ޖޯކް

16 މެއި 2018
ފުރަތަމަ ފިލްމުގެ ފުރަތަމަ ލަވަ: މުޅި ދުނިޔެއަށް މަޝްހޫރު

ފުރަތަމަ ފިލްމުގެ ފުރަތަމަ ލަވަ: މުޅި ދުނިޔެއަށް މަޝްހޫރު

15 ފެބުރުއަރީ 2018
މިދިޔަ އަހަރުގެ އެންމެ މަގްބޫލު މަންޒިލްތަކުގެ ލިސްޓުގެ އެއްވަނައިގައި ކޮން ގައުމެއް؟

މިދިޔަ އަހަރުގެ އެންމެ މަގްބޫލު މަންޒިލްތަކުގެ ލިސްޓުގެ އެއްވަނައިގައި ކޮން ގައުމެއް؟

18 ޖެނުއަރީ 2018
ޝެރީލް ސޭންޑްބާގް: ފޭސްބުކް ބޯޑު މެމްބަރަކަށް ހޮވުނު ފުރަތަމަ އަންހެނާ !

ޝެރީލް ސޭންޑްބާގް: ފޭސްބުކް ބޯޑު މެމްބަރަކަށް ހޮވުނު ފުރަތަމަ އަންހެނާ !

11 ޖެނުއަރީ 2018
އާއަހަރުގެ ދެ ޝޯވެސް ފޯރިގަދަ، ޝޯ ނިމުނުއިރު ފާޑުކިޔުން

އާއަހަރުގެ ދެ ޝޯވެސް ފޯރިގަދަ، ޝޯ ނިމުނުއިރު ފާޑުކިޔުން

01 ޖެނުއަރީ 2018

އަހަރުތަކުން މިއަދު

22 އެޕްރީލު
އިހުސާން ކޮރަޕްޝަންގެ އަމަލުތަކެއް ރައީސް މުއިއްޒުގެ ސަމާލުކަމަށް ގެނައި!
20251 އަހަރު ކުރިން
ރާއްޖެ

އިހުސާން ކޮރަޕްޝަންގެ އަމަލުތަކެއް ރައީސް މުއިއްޒުގެ ސަމާލުކަމަށް ގެނައި!

އިންސާނަކަށް ކަމޭހިތުމުން ލިބޭނެ ދެރައެއް ނޯންނާނެއެވެ.
20242 އަހަރު ކުރިން
އިސްލާމް

އިންސާނަކަށް ކަމޭހިތުމުން ލިބޭނެ ދެރައެއް ނޯންނާނެއެވެ.

ފުލުހަކަށް ހަމަލާދީގެން ހައްޔަރުކުރި މީހުންގެ ތެރޭގައި ނަދީމްގެ މަރުގެ މައްސަލައިގެ ދައުވާ އުފުލި މަފާޒް
20233 އަހަރު ކުރިން
ރާއްޖެ

ފުލުހަކަށް ހަމަލާދީގެން ހައްޔަރުކުރި މީހުންގެ ތެރޭގައި ނަދީމްގެ މަރުގެ މައްސަލައިގެ ދައުވާ އުފުލި މަފާޒް

މިއީ ނަމެއްނެތް، އެންމެ ހިޓް ގްރޫޕް؟
20224 އަހަރު ކުރިން
ރިޕޯޓު

މިއީ ނަމެއްނެތް، އެންމެ ހިޓް ގްރޫޕް؟

ފޭރިގަތީ ފައިސާކޮޅު، ޒަރޫރީ ބޭނުން ކުރާނެވަރުވެސް ނެތް!
20215 އަހަރު ކުރިން
ރިޕޯޓު

ފޭރިގަތީ ފައިސާކޮޅު، ޒަރޫރީ ބޭނުން ކުރާނެވަރުވެސް ނެތް!

އެންމެފަހުން ޢަބްދުއްރަޙީމް ވެސް ރައީސް ޔާމީނާ އިދިކޮޅަށް!؟
20197 އަހަރު ކުރިން
ރިޕޯޓު

އެންމެފަހުން ޢަބްދުއްރަޙީމް ވެސް ރައީސް ޔާމީނާ އިދިކޮޅަށް!؟

ގެއްލުނު ކެޕްޓަން މަރުވެފައި އޮއްވާ ކަނޑުގެ އަޑިން ފެނިއްޖެ
20188 އަހަރު ކުރިން
ރާއްޖެ

ގެއްލުނު ކެޕްޓަން މަރުވެފައި އޮއްވާ ކަނޑުގެ އަޑިން ފެނިއްޖެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު