Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެމަޖިލީހުގައި މަރުތަޅު އެޅުވުން

މަޖިލީހުގައި މަރުތަޅު އެޅުވުން: ރައީސުލްޖުމްހޫރިއްޔާއަށް ލިބިވަޑައިގަންނަވާފައިވާ ބާރުތައް ބޭނުންކުރެއްވުމަށް ޝަރީފް ގޮވާލައްވައިފި

19 ޖޫން 2023 | ހޯމަ 02:48

ދައުލަތުގެ ޒިންމާދާރު މަގާމުތަކުގައި ތިއްބެވި އެއްވެސް ބޭފުޅަކަށް ހިތުހުރި ގޮތަކަށް ގާނޫނުގެ ބާރު ކަނޑުވާލާ ދައުލަތުގެ އެއްވެސް މުއައްސަސާއެއް ހިސޯރު ކުރުމުގެ ފުރުސަތު ދެވިގެން ނުވާނެ

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް | 19 ޖޫން 2023 | ހޯމަ 02:48
މަރަދޫ ދާއިރާގެ މެންބަރު އިބްރާހީމް ޝަރީފް

މަރަދޫ ދާއިރާގެ މެންބަރު އިބްރާހީމް ޝަރީފް

މަޖިލީހުގައި މަރުތަޅު އަޅުވާފައިވާ މައްސަލައިގައި ރައީސުލްޖުމްހޫރިއްޔާއަށް ގާނޫނު އަސާސީން ލިބިވަޑައިގަންނަވާފައިވާ ބާރުތައް ބޭނުންކުރެއްވުމަށް މަރަދޫ ދާއިރާގެ މެންބަރު އިބްރާހީމް ޝަރީފް ގޮވާލައްވައިފިއެވެ.

މަޖިލިސް މަރުތަޅު އަޅުވާފައިވާ މައްސަލައާއި ގުޅިގެން މެންބަރު ޝަރީފް ކުރެއްވި ޓްވީޓްތަކެއްގައި ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގައި މަރުތަޅު އެޅުވުމުގެ ފުރުސަތު އެއްވެސް ފަރާތަކަށް ދެވިގެން ނުވާނެ ކަމަށެވެ. އަދި މިހިސާބަށް ކަންކަން ދިއުމުން ދައުލަތުގެ އެންމެ އިސްވެރިޔާ ގާނޫނު އަސާސީގެ 115 ވަނަ މާއްދާގެ ދަށުން ފިޔަވަޅު އަޅުއްވަންޖެހޭ ހިސާބަށް ކަންކަން ގޮސްފައިވާ ކަމަށެވެ.

Advertisement - newsAdvertisement

ގާނޫނު އަސާސީގެ 115 ވަނަ މާއްދާއަކީ ރައީސުލްޖުމްހޫރިއްޔާގެ ބާރުތަކާއި މަސްއޫލިއްޔަތުތަކެވެ. މި މާއްދާގައި ރައީސުލްޖުމްހޫރިއްޔާއަށް ލިބިވަޑައިގަންނަވާ ބާރުތަކުގެ ތެރޭގައި މި މާއްދާގެ އިތުރުން ގާނޫނު އަސާސީގެ އެހެނިހެން މާއްދާތަކުގައްޔާއި ގާނޫނުގައި ކަނޑައަޅައި ބަޔާންކޮށްފައިވާ ކަންތައްތަކުގެ އިތުރުން ގާނޫނުގެ ވެރިކަން ކުރިއަރުވައި، އެންމެންގެ ހައްގުތަކާއި މިނިވަންކަން ރައްކާތެރިކުރުން ހިމެނެއެވެ.

ޝަރީފް ވިދާޅުވީ 50 މެންބަރުން ސޮއިކުރައްވާ ނަޝީދުގެ އިތުބާރު ނެތްކަމަށް ހުށަހެޅުމުން ގަދަބާރުން ގާނޫނާއި ހިލާފަށް މަޖިލީހުގެ ރައީސްގެ މަގާމުގައި ނަޝީދު ދެމިހުންނަވާތީ، މަޖިލީހުގެ ރައީސްއަކަށް އޮންނަ ހުރިހާ އިނާޔަތެއް ކަނޑާލަން ޖެހޭ ކަމަށެވެ. އަދި މަގާމުގައި އިތުރަށް ދެމިހުންނެވުމުގެ އެއްވެސް ހައްގެއް ނެތް ކަމަށް ވެސް ޝަރީފް ވިދާޅުވިއެވެ.

ޝަރީފް ވިދާޅުވީ ދައުލަތުގެ އެހެން މުއައްސަސާތަކުގެ ވެރިން ވެސް މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މަޖިލިސް ހިސޯރުކުރެއްވި ގޮތަށް ކަން ކުރައްވަން ފައްޓަވައިފިނަމަ، ނުކުމެދާނެ ނަތީޖާ އެއް ހިތްޕުޅަށް ގެންނަވަން އުނދަގޫ ކަމަށެވެ. މުޅި ނިޒާމު ބޮއްސުންލައި ގާނޫނުގެ ވެރިކަމެއް ނޯންނާނެ ކަމަށާއި، އެއްވެސް މީހަކު މަޖިލިސް ހިސޯރުކުރުމަށް ދޫނުކުރެވޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.

އަދި އިތުބާރު ނެތްކަމުގެ މައްސަލައެއް ހުށަހެޅުމުން މަޖިލިސް ހިސޯރުކޮށް ގާނޫނު އަސާސީގެ ބާރު ކަނޑުވާލުމުގެ ފުރުސަތެއް ނަޝީދަށް ދެވިއްޖެނަމަ ދައުލަތުގެ އެހެން ވެރިންނަށްވެސް އެ ފުރުސަތު ފަހިވެގެން ނުދާންވީ ސަބަބެއް ނެތް ކަމަށާއި، މިީ ވަރަށް ނުރައްކާތެރި ކަމެއް ކަމަށް ޝަރީފް ވިދާޅުވިއެވެ.

ޝަރީފް ވިދާޅުވީ ދައުލަތުގެ ޒިންމާދާރު މަގާމުތަކުގައި ތިއްބެވި އެއްވެސް ބޭފުޅަކަށް ހިތުހުރި ގޮތަކަށް ގާނޫނުގެ ބާރު ކަނޑުވާލައި ދައުލަތުގެ އެއްވެސް މުއައްސަސާއެއް ހިސޯރު ކުރުމުގެ ފުރުސަތު ދެވިގެން ނުވާނެ ކަމަށެވެ. އަދި ނަޝީދުއާއި ބައިވެރިން ވަނީ ގާނޫނުގެ ބާރު ކަނޑުވާލާ މަޖިލިސް ހިސޯރުކޮށްފައި ކަމަށް ޝަރީފް ވިދާޅުވިއެވެ.

އެންމެ ހިނގާ

1

ދުނިޔޭގެ ދެވަނަ އަށް އެންމެ އަޑުފަށްގަނޑު ގަދަ ގައުމަކަށް ދިވެހިރާއްޖެ ހޮވިއްޖެ

2

ޓްރަމްޕް ކިމްއާ ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވިތަނާ އުތުރު ކޮރެއާއިން 10 މިސައިލް ފޮނުވާލައިފި

3

އީރާންގެ އިޤްތިސާދަށް ނުރައްކާ ކުރިމަތިވެއްޖެ، އެކަމާ ސަރުކާރުން ލަދުގަނޭ: އީރާންގެ ރައީސް ޕެޒެޝްކިއާން

4

ދުނިޔޭގެ ބޮކްސިން ޗެމްޕިއަންކަން ދެ ފަހަރު ހޯދާފައިވާ ޓެޓޭ ގަޔަށް ބަޑިޖަހާ މަރާލައިފި

5

ގަތަރުގައި ހައްޔަރުކޮށްފައި ތިބި އީރާނުގެ ޕައިލެޓުންގެ ސިއްހީ ހާލަތު ވަރަށް ބޮޑަށް ގޯސްވަމުންދާ ކަމަށާއި މިހާރުން މިހާރަށް އެމީހުން ހަވާލުކުރުމަށް އީރާނުން އިންޒާރުދީފި

އިތުރަށް ކިޔާލަން

26 ޖުލައި 2017

ރާއްޖޭގެ ދުސްތޫރީ އޮނިގަނޑު ފަރުމާކުރެވިފައި އޮތީ މަރުތަޅު އެޅުވޭ ގޮތަށް: ރައީސް ޔާމިން

26 ޖުލައި 2017
ރާއްޖޭގެ ދުސްތޫރީ އޮނިގަނޑު ފަރުމާކުރެވިފައި އޮތީ މަރުތަޅު އެޅުވޭ ގޮތަށް: ރައީސް ޔާމިން
24 ޖުލައި 2017

މަޖިލީހުގައި ތަޅު އެޅުވުމަކީ ކުށެއް: މަހްލޫފް

24 ޖުލައި 2017
މަޖިލީހުގައި ތަޅު އެޅުވުމަކީ ކުށެއް: މަހްލޫފް
24 ޖުލައި 2017

ރައްޔިތުންގެ މަޖިލީހުގައި ސިފައިން ތަޅު އަޅުވައިފި

24 ޖުލައި 2017
ރައްޔިތުންގެ މަޖިލީހުގައި ސިފައިން ތަޅު އަޅުވައިފި
02 ޖުލައި 2017

ފަސް ރަށުގެ ފެނާއި ނަރުދަމާ އާއި ގުޅޭގޮތުން މާދަމަ މަޖިލީހުގައި ސުވާލުކުރުމަށް އެޖެންޑާ ކޮށްފި!

02 ޖުލައި 2017
ފަސް ރަށުގެ ފެނާއި ނަރުދަމާ އާއި ގުޅޭގޮތުން މާދަމަ މަޖިލީހުގައި ސުވާލުކުރުމަށް އެޖެންޑާ ކޮށްފި!
06 ޖޫން 2017

ގިނަ ދުވަސްތަކަށް ފަހު މަޖިލީހުގައި ވަޒީރަކާ ސުވާލު ކުރުން މިއަދުގެ ޖަލްސާގައި!

06 ޖޫން 2017
ގިނަ ދުވަސްތަކަށް ފަހު މަޖިލީހުގައި ވަޒީރަކާ ސުވާލު ކުރުން މިއަދުގެ ޖަލްސާގައި!
11 މެއި 2017

ތިނަދޫ ހޮސްޕިޓަލުގައި ރާއްޖެޓީވީ އެޅުވުން އަދި ބެލުން ވެސް މަނާކޮށްފި

11 މެއި 2017
ތިނަދޫ ހޮސްޕިޓަލުގައި ރާއްޖެޓީވީ އެޅުވުން އަދި ބެލުން ވެސް މަނާކޮށްފި
28 މާރިޗު 2017

މަޖިލީހުގައި ނެގި ވޯޓަކީ މިނިވަން އިންސާފުވެރި ދެފުށް ފެންނަ ވޯޓެއް: ސަރުކާރު

28 މާރިޗު 2017
މަޖިލީހުގައި ނެގި ވޯޓަކީ މިނިވަން އިންސާފުވެރި ދެފުށް ފެންނަ ވޯޓެއް: ސަރުކާރު
26 މާރިޗު 2017

މަޖިލީހުގައި މަޝްވަރާގެ އުސޫލެއް ނެތް، މަސީހު މަގާމުން ދުރުކުރަންޖެހޭ:ޑރ. މަޖީދު

26 މާރިޗު 2017
މަޖިލީހުގައި މަޝްވަރާގެ އުސޫލެއް ނެތް، މަސީހު މަގާމުން ދުރުކުރަންޖެހޭ:ޑރ. މަޖީދު
19 ފެބުރުއަރީ 2017

މަޖިލީހުގައި ތިއްބެވީ 85 ކަނޑުކޮހުން ނޫންކަން ދައްކަންޖެހޭ: މުސްތަފާ

19 ފެބުރުއަރީ 2017
މަޖިލީހުގައި ތިއްބެވީ 85 ކަނޑުކޮހުން ނޫންކަން ދައްކަންޖެހޭ: މުސްތަފާ
16 ފެބުރުއަރީ 2017

މަޖިލީހުގައި ބައެއް މެމްބަރުންގެ އަޑުކަނޑުވާލުމަށް ދަނީ މަސައްކަތް ކުރަމުން: ރައީސް މައުމޫން

16 ފެބުރުއަރީ 2017
މަޖިލީހުގައި ބައެއް މެމްބަރުންގެ އަޑުކަނޑުވާލުމަށް ދަނީ މަސައްކަތް ކުރަމުން: ރައީސް މައުމޫން
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް