Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެބަޔަކު ރަހީނުކުރުން

ބަޔަކު ރަހީނުކުރި މައްސަލައާ ގުޅިގެން ހައްޔަރުކުރި އެކަކު 15 ދުވަހަށް ބަންދު، ކުޑަކުއްޖާ އާއިލާއާ ޙަވާލުކޮށްފި

18 ޖޫން 2023 | އާދީއްތަ 07:01

މި މައްސަލައާ ގުޅިގެން ހައްޔަރުކުރި 18 އަހަރުން ދަށުގެ ކުއްޖާ މިހާރު ވަނީ އާއިލާއާ ޙަވާލުކޮށްފައި

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 18 ޖޫން 2023 | އާދީއްތަ 07:01
ކްރިމިނަލް ކޯޓް

ކްރިމިނަލް ކޯޓް

ދިވެހިންތަކެއް ރަހީނުކުރި މައްސަލައާ ގުޅިގެން ހައްޔަރުކުރި މީހުންގެ ބަންދުގެ މުއްދަތު ޖަހައިފިއެވެ.

ފުލުހުން ބުނީ ހެންވޭރު އަބަދަށް އުފާ މަގުގައި ހުރި ގެއެއްގައި ބަޔަކު ރަހީނުކޮށްފައި ތިބި ކަމަށް ފުލުހުންނަށް މައުލޫމާތު ލިބިފައި ވަނީ ހޮނިހިރު ދުވަހު ކަމަށެވެ.

Advertisement - newsAdvertisement

ބަޔަކު ރަހީނުކޮށްފައި ތިބި ކަމަށް އެ އިދާރާ އަށް މައުލޫމާތު ލިބުމާއި ގުޅިގެން ފުލުހުން އެ މައްސަލަ ބަލައި، މީހުން ރަހީނުކޮށްފައި ބައިތިއްބާފައި ތިބި ގޭގެ ތެރެއަށް ވަދެފައި ވަނީ ބާރުގެ ބޭނުންކޮށްގެން ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

ފުލުހުން ބުނީ ރަހީނުކޮށްފައި ވަނީ ދިވެހި 3 ފިރިހެނުން ކަމަށާއި އެ ތިން މީހުން ވެސް މިހާރު ސަލާމަތްކޮށްފައިވާ ކަމަށެވެ. އަދި އެ މީހުންނަށް އެކިވަރުގެ އަނިޔާތައް ކޮށްފައިވާ ކަމަށް ވެސް ފުލުހުން ވަނީ ބުނެފައެވެ.

އެ ތިން މީހުންނަށް ސިއްޙީ ފަރުވާ ދިނުމަށްޓަކައި އައިޖީއެމްއެޗް ހޮސްޕިޓަލަށް ވަނީ ގެންގޮސްފައެވެ.

މި މައްސަލައިގައި މިހާތަނަށް ހައްޔަރުކުރި މީހުންގެ ތެރޭގައި އުމުރުން 18 އަހަރުން ދަށުގެ ކުޑަ ފިރިހެން ކުއްޖެއް ހިމެނެއެވެ. މި މައްސަލަ އާއި ގުޅިގެން އިތުރު ދިވެހި ފިރިހެނެއް ވެސް ހައްޔަރުކޮށްފައިވެއެވެ.

ފުލުހުން ބުނީ، މި މައްސަލައާ ގުޅިގެން ހައްޔަރު ކުރި އެކަކުގެ ބަންދަށް 15 ދުވަސް ކްރިމިނަލް ކޯޓުން ދީފައިވާ ކަމަށެވެ.

އަދި މި މައްސަލައާ ގުޅިގެން ހައްޔަރުކުރި 18 އަހަރުން ދަށުގެ ކުއްޖާ މިހާރު ވަނީ އާއިލާއާ ޙަވާލުކޮށްފައެވެ.

ދިވެހިންތަކެއް ރަހީނުކުރި މައްސަލައެއް ފެންމަތިވެފައިވާއިރު، ސްނެޕްޗެޓް މެދުވެރިކޮށް ވާހަކަ ދައްކައިގެން އޮޅުވާލައިގެން ވިލިމާލެއާއި، މާލެ ސަރަޙައްދުގެ ގެސްޓު ހައުސްތަަކަށް ގެންގޮސްގެން، އަނިޔާކޮށް، ބަރަހަނާ ފޮޓޯ ނަގައި އޭގެ ބޭނުންކޮށްގެން ބްލެކްމެއިލް ކުރާ ނެޓްވޯކްތަކެއް މިހާރު ރާއްޖޭގައި އޮޕަރޭޓް ކުރަމުންދާކަމަށް ފުލުހުން މީގެ ކުރިން ވަނީ ބުނެފައެވެ.

 އެގޮތުން ގްރޫޕު ހަދައިގެން ތޫނު ހަތިޔާރު ބޭނުންކޮށްގެން ފޭރޭ މި ނެޓްވޯކުގައި 18 އަހަރު ނުފުރޭ ކުދިންވެސް ޙަރަކާތްތެރިވާކަމަށް މިހާތަނަށް ތަހުގީގަށް ފާހަގަވެފައިވާކަމަށް ފުލުހުން ބުނެފައިވެއެވެ.

އެންމެ ހިނގާ

1

ނޭޕާލުގެ މަހުޖަނު ވަރުން ޗައުދަރީއަށް ރާއްޖޭގައި ދިމާވި ނުރައްކާތެރި ހާދިސާ އަކުން ސަލާމަތްވީ އަދާނީގެ ސަބަބުން ކަމަށް ބުނެފި

2

އީރާން އިން ޓެރަރިސްޓް ގުރޫޕަކާ ދެކޮޅަށް ވަރުގަދަ އޮޕަރޭޝަނެއް ހިންގައިފި

3

ޑޮަލަރު ނުލިބެނީ ކުރީ ސަރުކާރާ ހެދި. ޕާސްޕޯޓް ނުލިބެނީ ޖަރުމަނުވިލާތާ ހެދި. މި ސަރުކާރުން ޒިންމާ ނަގާނީ ކޮންއިރަކު؟

4

ބަޔޮލޮޖިކަލް ގޮތުން އެއްވެސް ގުޅުމެއް ނެތް ދެ ކުދިން އޮސްޓްރޭލިއާގައި އަންހެނަކު އެއްމާބަނޑު ކުދިންގެ ގޮތުގައި ވިހައިފި

5

އީރާނުން ނަތަންޔާހޫ "ނަރަކައަށް" ފޮނުވާލާނެ: އީރާނުގެ ސަލާމަތީ އިސްވެރިޔާ

އިތުރަށް ކިޔާލަން

01 ފެބުރުއަރީ 2017

އަންހެނުންގެ ބާރުވެރިކަމަކީ އެހެން ބަޔަކު އައިސް ވެދުން ކުރާނެ ހަދިޔާއެއް ނޫން: ފާތިމަތު އިބްރާހީމް

01 ފެބުރުއަރީ 2017
އަންހެނުންގެ ބާރުވެރިކަމަކީ އެހެން ބަޔަކު އައިސް ވެދުން ކުރާނެ ހަދިޔާއެއް ނޫން: ފާތިމަތު އިބްރާހީމް
31 ޖެނުއަރީ 2017

ތަފާތު ތިން މައްސަލައަކާ ގުޅިގެން ތިން މީހުން ހޯދަނީ

31 ޖެނުއަރީ 2017
ތަފާތު ތިން މައްސަލައަކާ ގުޅިގެން ތިން މީހުން ހޯދަނީ
29 ޖެނުއަރީ 2017

ހުށަހެޅިފައިވާ މައްސަލަތަކަކާ ގުޅިގެން މީހަކު ހައްޔަރު ކޮށްގެން ކޯޓަށް ހާޒިރު ކުރުމަށް އެމީހާ ހޯދަނީ

29 ޖެނުއަރީ 2017
ހުށަހެޅިފައިވާ މައްސަލަތަކަކާ ގުޅިގެން މީހަކު ހައްޔަރު ކޮށްގެން ކޯޓަށް ހާޒިރު ކުރުމަށް އެމީހާ ހޯދަނީ
26 ޖެނުއަރީ 2017

ޢަރަބިއަން މާކެޓް ފެއާގެ ރާއްޖޭގެ ސްޓޭންޑް ތައްޔާރުކޮށްދޭނެ ބަޔަކު ހޯދަނީ

26 ޖެނުއަރީ 2017
ޢަރަބިއަން މާކެޓް ފެއާގެ ރާއްޖޭގެ ސްޓޭންޑް ތައްޔާރުކޮށްދޭނެ ބަޔަކު ހޯދަނީ
24 ޖެނުއަރީ 2017

މާރާމާރީގެ މައްސަލައަކާ ގުޅިގެން މީހަކު ހޯދަން އިއުލާންކޮށްފި

24 ޖެނުއަރީ 2017
މާރާމާރީގެ މައްސަލައަކާ ގުޅިގެން މީހަކު ހޯދަން އިއުލާންކޮށްފި
22 ޖެނުއަރީ 2017

ކުޑަކުއްޖަކާ ބަދުއަހުލާގީ އަމަލް ހިންގި މައްސަލައަކާ ގުޅިގެން ބިދޭސީއަކު ހޯދަން އިއުލާންކޮށްފި

22 ޖެނުއަރީ 2017
ކުޑަކުއްޖަކާ ބަދުއަހުލާގީ އަމަލް ހިންގި މައްސަލައަކާ ގުޅިގެން ބިދޭސީއަކު ހޯދަން އިއުލާންކޮށްފި
14 ޖެނުއަރީ 2017

ޓެރަރިސްޓް ޖަމާއަތެއްގެ އިސް މީހެއް ކަމަށް ބުނެ ހައްޔަރުކުރި މީހާގެ މައްޗަށް ދައުވާ ކޮށްފި

14 ޖެނުއަރީ 2017
ޓެރަރިސްޓް ޖަމާއަތެއްގެ އިސް މީހެއް ކަމަށް ބުނެ ހައްޔަރުކުރި މީހާގެ މައްޗަށް ދައުވާ ކޮށްފި
13 ޖެނުއަރީ 2017

ލޯކަލް ކައުންސިލް އިންތިހާބު ފަސްކުރުމާ ގުޅިގެން އަންނަ އާދިއްތަ ދުވަހު ކޯޓަށް މައްސަލަ ހުށަހަޅާނަން: ނިޔާޒް

13 ޖެނުއަރީ 2017
ލޯކަލް ކައުންސިލް އިންތިހާބު ފަސްކުރުމާ ގުޅިގެން އަންނަ އާދިއްތަ ދުވަހު ކޯޓަށް މައްސަލަ ހުށަހަޅާނަން: ނިޔާޒް
11 ޖެނުއަރީ 2017

ފުލުހަށް ހާޒިރު ކުރީ ޕީޕީއެމްގެ ހާޑްޑިސްކެއް ގެއްލިގެން ހުށަހެޅި މައްސަލައާ ގުޅިގެން: ޔުމްނާ

11 ޖެނުއަރީ 2017
ފުލުހަށް ހާޒިރު ކުރީ ޕީޕީއެމްގެ ހާޑްޑިސްކެއް ގެއްލިގެން ހުށަހެޅި މައްސަލައާ ގުޅިގެން: ޔުމްނާ
04 ޖެނުއަރީ 2017

ދިވެހި ޓީޗަރުން ހޯދުމަށް ކުރި އިއުލާނާއި ގުޅިގެން ކުރިމަތީ 26 ފަރާތަކުން: އެޑިއުކޭޝަން

04 ޖެނުއަރީ 2017
ދިވެހި ޓީޗަރުން ހޯދުމަށް ކުރި އިއުލާނާއި ގުޅިގެން ކުރިމަތީ 26 ފަރާތަކުން: އެޑިއުކޭޝަން
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް