Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުހަވާޓްޒްގެ ކުރިމަގު

ހަވާޓްޒް ހޯދުމުގެ ރޭހަށް ބަޔާން ވެސް ވަދެއްޖެ

ބަޔާނުން ޝައުޤުވެރިކަން ފާޅު ކުރި ނަަމަވެސް، އެއްވެސް ރަސްމީ ބިޑެއް ހުށަނާޅާ

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 18 ޖޫން 2023 | އާދީއްތަ 02:42
ޗެލްސީ އަށް ކުޅެމުން އަންނަ ކައި ހަވާޓްޒް

ޗެލްސީ އަށް ކުޅެމުން އަންނަ ކައި ހަވާޓްޒް

ޗެލްސީ އަށް ކުޅެމުން އަަންނަ ޖަރުމަނުގެ އެޓޭކިން މިޑްފީލްޑަރު ކައި ހަވާޓްޒް ހޯދުމުގެ ރޭހަށް ޖަރުމަނުގެ ޗެމްޕިއަން ބަޔާން މިއުނިކް ވެސް ވަދެފައިވާ ކަމަށް މީޑިއާ ރިޕޯޓުތައް ބުނެފި އެވެ.

މީގެ ކުރިން ހަވާޓްޒް ހޯދުމުގެ ޝައުޤުވެރިކަން ފާޅުކޮށްފައި ވަނީ ސްޕެއިންގެ ރެއާލް މެޑްރިޑާއި، ޗެލްސީއާ ވާދަވެރި އާސެނަލް އިންނެވެ. ނަމަވެސް ހަވާޓްޒް ދޫކޮށްލުމަށް ޗެލްސީން ކިޔާ އަގު ބޮޑުވުމުން ރެއާލުން ވަނީ އެ ރޭހުން ބޭރުވެފަ އެވެ. އޭގެ ފަހުން ހަވާޓްޒް ހޯދުމަށް އާސެނަލުން ވަނީ ރަސްމީކޮށް ބިޑު ކޮށްފައި ކަމަށާއި، ޗެލްސީން އެ ބިޑު ބަލައި ނުގަންނަން ނިންމީ ކަމަށް ރިޕޯޓުތައް ބުނެ އެވެ. އޭގެ ފަހުން މިހާރު ހަވާޓްޒް ހޯދުމުގެ ޝައުޤުވެރިކަން ބަޔާން މިއުނިކުން ފާޅުކޮށްފައިވާ ކަމަށް ވެސް ވަނީ ބުނެފަ އެވެ. ނަމަވެސް ރަސްމީ ސިފައެއްގައި ބަޔާނުން މިހާތަނަށް އެއްވެސް ހުށަހެޅުމެއް ފޮނުވާފައި ނުވެ އެވެ. އެހެންކަމުން މިވަގުތު ވެސް ހަވާޓްޒް ހޯދުމުގެ ރޭހުގައި ލީޑު ކުރަމުން ދަނީ އާސެނަލް އެވެ. އާސެނަލް އިން މިހާރު ތައްޔާރު ވަމުން ދަނީ އޭނާ ހޯދުމަށް ދެ ވަނަ ބިޑެއް ހުށަހެޅުމަށެވެ. މީޑިއާ ތަކުގައި ބުނެފައިވާ ގޮތުން ހަވާޓްޒް ދޫކޮށްލުމަށް ޗެލްސީން ބޭނުންވަނީ އެންމެ ދަށްވެގެން 70 މިލިއަން ޕައުންޑަށެވެ. ނަމަވެސް އާސެނަލުން ކުރި ބިޑުގެ އަގު އެ އަދަދަށްވުރެ ކުޑަ އެވެ.

އުމުރުން 23 އަހަރުގެ ކުޅުންތެރިޔާ ބަޔާ ލެވަކޫސަން ދޫކޮށް 2020 ވަނަ އަހަރު ޗެލްސީ އަށް ބަދަލުވީ ފަސް އަހަރު ދުވަހުގެ އެއްބަސްވުމެއްގެ ދަށުންނެވެ. އެ އެއްބަސްވުމުގައި ބާކީ ދެ އަހަރު އެބަ އޮތެވެ. ހަވާޓްޒް ވަނީ މިހާތަނަށް ޗެލްސީ އަށް ކުޅެދިން 139 މެޗުގައި 32 ލަނޑު ޖަހައިފަ އެވެ. އެ ޓީމާއެކު އޭނާ ވަނީ ތިން ތައްޓެއް ކާމިޔާބުކޮށްފަ އެވެ. އޭގެ ތެރޭގައި ހިމެނެނީ ޔުއެފާ ޗެމްޕިއަންސް ލީގު، ޔުއެފާ ސުޕަ ކަޕް އަދި ފީފާ ކުލަބް ވޯލްޑް ކަޕް އެވެ.

އިތުރަށް ކިޔާލަން

19 މާރިޗު 2017

ބަޔާން މެޗަށް މިހުރީ ސަމާލުވެ: ޒިދާން

19 މާރިޗު 2017
ބަޔާން މެޗަށް މިހުރީ ސަމާލުވެ: ޒިދާން
17 މާރިޗު 2017

ޗެމްޕިއަންސް ލީގު: ބަޔާން އާއި ރެއާލް އަދި ބާސާ އާއި ޔުވަންޓަސް ކުއާޓާގައި ބައްދަލުކުރަން ޖެހިއްޖެ

17 މާރިޗު 2017
ޗެމްޕިއަންސް ލީގު: ބަޔާން އާއި ރެއާލް އަދި ބާސާ އާއި ޔުވަންޓަސް ކުއާޓާގައި ބައްދަލުކުރަން ޖެހިއްޖެ
12 މާރިޗު 2017

ހަމޭސް ހޯދުމަށް ބަޔާން އިން ވެސް މަސައްކަތް ފަށައިފި

12 މާރިޗު 2017
ހަމޭސް ހޯދުމަށް ބަޔާން އިން ވެސް މަސައްކަތް ފަށައިފި
08 މާރިޗު 2017

އިސްކޯ ހޯދުމުގެ ރޭހުގައި ސިޓީ ބައިވެރިވެއްޖެ

08 މާރިޗު 2017
އިސްކޯ ހޯދުމުގެ ރޭހުގައި ސިޓީ ބައިވެރިވެއްޖެ
25 ފެބުރުއަރީ 2017

އޭއެފްސީ ކަޕް: ގްރޫޕް ސްޓޭޖުން ޖާގަ ހޯދުމުގެ އުންމީދުގައި ވެލެންސިއާ ކަލްކަތާއަށް ފުރައިފި

25 ފެބުރުއަރީ 2017
 އޭއެފްސީ ކަޕް: ގްރޫޕް ސްޓޭޖުން ޖާގަ ހޯދުމުގެ އުންމީދުގައި ވެލެންސިއާ ކަލްކަތާއަށް ފުރައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު