Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ވިޔަފާރި-އިގްތިސާދު
އެމްޓީސީސީ

މިއަހަރު އަމާޒުކުރަނީ 3 ބިލިއަން ރުފިޔާގެ އާމްދަނީއަކަށް: އާޒިމް

އަމާޒަކީ މިއަހަރު 300 މިލިއަން ރުފިޔާގެ ފައިދާއެއް ހޯދުން

ތޯހިރާ އަޒްހާރް
ތޯހިރާ އަޒްހާރް, ރާއްޖެ އެމްވީ | 16 ޖޫން 2023 | ހުކުރު 04:40
އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް އަދި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު

އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް އަދި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު

މިއަހަރު ކުންފުނީގެ އާމްދަނީ 3 ބިލިއަން ރުފިޔާއަށް އިތުރުކުރުމަށް އަމާޒު ހިފާފައިވާކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)ގެ ސީއީއޯ އާދަމް އާޒިމް ވިދާޅުވެއްޖެއެވެ.

ބުރާސްފަތި ދުވަހުގެރޭ ކުރުނބާ މޯލްޑިވްސްގައި ބޭއްވި އެކުންފުނީގެ އަހަރީ އާންމު ޖަލްސާއަށްފަހު މީޑިއާތަކާ ބައްދަލުކުރައްވައި ވާހަކަދައްކަވަމުން އާޒިމް ވިދާޅުވީ ކުންފުނީގެ އާމްދަނީ 2 ބިލިއަން ރުފިޔާއަށް އެރުވުނީ 40 އަހަރުގެތެރޭގައި ކަމަށެވެ.

އެހެންކަމުން މިއަހަރުގެ އާމްދަނީ 3 ބިލިއަން ރުފިޔާއަށް އެރުވުމަށް މަސައްކަތްކުރައްވާކަމަށް އާޒިމް ވިދާޅުވިއެވެ. އަދި 300 މިލިއަން ރުފިޔާގެ ފައިދާއެއް ހޯދުމަށް ކަމަށް އާޒިމް ވިދާޅުވިއެވެ.

އާޒިމް އިތުރަށް ވިދާޅުވީ ކުންފުނީގެ ކާމިޔާބީގެ އެންމެ ބޮޑު ހިއްސާއެއް އަދާކުުރަނީ ކުންފުނީގެ މުވައްޒަފުން ކަމަށެވެ. މުވައްޒަފުންގެ ބުރަ މަސައްކަތާއެކު މިއަހަރުވެސް ކާމިޔާބު އަހަރަކަށް ވެގެންދާނެ ކަމަށް އުންމީދުކުރާ ކަމަށް އާޒިމް ވިދާޅުވިއެވެ.

އެމްޓީސީސީން 2022 ވަނަ އަހަރު ނިންމާލީ ކާމިޔާބު އަހަރެއްގެ ގޮތުގައެވެ. އެ ކުންފުނީގެ އަހަރީ ރިޕޯޓު ދައްކާ ގޮތުން މިދިޔަ އަހަރު ނިމުނުއިރު އެ ކުންފުންޏަށް އާމްދަނީގެ ގޮތުގައި 2.47 ބިލިއަން ރުފިޔާ ވަނީ ލިބިފައެވެ. މިއީ އޭގެ ކުރީ އަހަރާ އަޅާ ބަލާއިރު 26 އިންސައްތައިގެ ކުރިއެރުމެކެވެ. 2021 ވަނަ އަހަރު އެ ކުންފުންޏަށް އާމްދަނީގެ ގޮތުގައި ލިބުނީ 1.9 ބިލިއަން ރުފިޔާއެވެ.

ރިޕޯޓު ދައްކާ ގޮތުގައި އެންމެ ބޮޑު އާމްދަނީއެއް އެ ކުންފުންޏަށް ލިބިފައިވަނީ ކޮންޓްރެކްޓިންގ އެންޑް ޑްރެޖިންގެ ދާއިރާއިންނެވެ. އެ ދާއިރާއިން އެކަނިވެސް ދެ ބިލިއަން ރުފިޔާގެ އާމްދަނީއެއް ވަނީ ލިބިފައެވެ. އެ ދާއިރާގެ އިތުރުން ޓްރޭޑިންގ އިން 297 މިލިއަން ރުފިޔާ ލިބުނުއިރު ޓްރާންސްޕޯޓުން 110 މިލިއަން ރުފިޔާ އަދި އިތުރު ވިޔަފާރިތަކުން 24 މިލިއަން ރުފިޔާ ވަނީ ލިބިފައެެވެ.

އެމްޓީސީސީގެ މިދިޔަ އަހަރުގެ އާމްދަނީ ރެކޯޑު އަދަދަކަށް އަރާފައިވާއިރު މިދިޔަ އަހަރު އެ ކުންފުނީގެ ހިންގުމުގެ ފައިދާ ވެސް ވަނީ އޭގެ ކުރީ އަހަރާ އަޅާ ބަލާއިރު އިތުރުވެފައެވެ. އެގޮތުން، 2021 ވަނަ އަހަރު ހިންގުމުގެ ފައިދާގެ ގޮތުގައި 319 މިލިއަން ރުފިޔާ ލިބުނުއިރު މިދިޔަ އަހަރު ލިބިފައިވަނީ 324 މިލިއަން ރުފިޔާއެވެ. މިއީ ގާތްގަނޑަކަށް 1.5 އިންސައްތައިގެ ކުރިއެރުމެކެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

މީރާއަށް މިދިޔަ މަހު އެއްބިލިއަން ރުފިޔާގެ އާމްދަނީއެއް ލިބިއްޖެ

މީރާއަށް މިދިޔަ މަހު އެއްބިލިއަން ރުފިޔާގެ އާމްދަނީއެއް ލިބިއްޖެ

13 މާރިޗު 2017
 ސެކިއުރިޓީސްގެ އަދަދު 23.1 ބިލިއަން ރުފިޔާ، އިގްތިސާދުގައި ހުރި ޖުމްލަ ފައިސާ 30.4 ބިލިއަން ރުފިޔާ: އެމްއެމްއޭ

ސެކިއުރިޓީސްގެ އަދަދު 23.1 ބިލިއަން ރުފިޔާ، އިގްތިސާދުގައި ހުރި ޖުމްލަ ފައިސާ 30.4 ބިލިއަން ރުފިޔާ: އެމްއެމްއޭ

04 މާރިޗު 2017
ޑިވިޑެންޑްގެ ގޮތުގައި 1.1 ބިލިއަން ރުފިޔާ ބެހުމަށް ދިރާގުން ހުށަހަޅައިފި

ޑިވިޑެންޑްގެ ގޮތުގައި 1.1 ބިލިއަން ރުފިޔާ ބެހުމަށް ދިރާގުން ހުށަހަޅައިފި

16 ފެބުރުއަރީ 2017
2.2 ބިލިއަން ރުފިޔާއާ އެކު މިރާ އަށް މަހަކު އެންމެ ބޮޑު އާމްދަނީއެއް ލިބުނީ މިއަހަރުގެ ޖެނުއަރީ މަހު!

2.2 ބިލިއަން ރުފިޔާއާ އެކު މިރާ އަށް މަހަކު އެންމެ ބޮޑު އާމްދަނީއެއް ލިބުނީ މިއަހަރުގެ ޖެނުއަރީ މަހު!

14 ފެބުރުއަރީ 2017
 އިމްޕޯޓް ޑިއުޓީން 2.6 ބިލިއަން ރުފިޔާ ލިބިއްޖެ

އިމްޕޯޓް ޑިއުޓީން 2.6 ބިލިއަން ރުފިޔާ ލިބިއްޖެ

06 ފެބުރުއަރީ 2017

އަހަރުތަކުން މިއަދު

6 ޖޫން
އޮސްޓްރޭލިއާ އިން ރާއްޖެ އަންނަ ފަތުރުވެރިންނަށް އިންޒާރެއް
20251 އަހަރު ކުރިން
ރާއްޖެ

އޮސްޓްރޭލިއާ އިން ރާއްޖެ އަންނަ ފަތުރުވެރިންނަށް އިންޒާރެއް

ޕާޓޭން ވަންނަ ކަމަށް ބުނެ، ސަލްމާން މިސްކިތް ރޭގަނޑު 9:00ގައި ބަންދުކުރަން ފަށައިފި
20242 އަހަރު ކުރިން
ރާއްޖެ

ޕާޓޭން ވަންނަ ކަމަށް ބުނެ، ސަލްމާން މިސްކިތް ރޭގަނޑު 9:00ގައި ބަންދުކުރަން ފަށައިފި

މަރުގެ ތުންފަތް މައްޗަށް ދެ ފަހަރު، ހިބައިން ނަގާފައި ދިނީ ކިޑްނީ
20233 އަހަރު ކުރިން
ރިޕޯޓު

މަރުގެ ތުންފަތް މައްޗަށް ދެ ފަހަރު، ހިބައިން ނަގާފައި ދިނީ ކިޑްނީ

ކެންސަރަށް ދެވުނު ފަރުވާއަކުން ޑޮކްޓަރުން ހައިރާންވާފަދަ ނަތީޖާއެއް
20224 އަހަރު ކުރިން
ސިއްހަތު

ކެންސަރަށް ދެވުނު ފަރުވާއަކުން ޑޮކްޓަރުން ހައިރާންވާފަދަ ނަތީޖާއެއް

ފިޔާތޮށި އަހުމަދު މަނިކުގެ ޚުލްގާއި ގައުމީ ޚިދުމަތަށް ބަލައިލުމެއް
20215 އަހަރު ކުރިން
ރިޕޯޓު

ފިޔާތޮށި އަހުމަދު މަނިކުގެ ޚުލްގާއި ގައުމީ ޚިދުމަތަށް ބަލައިލުމެއް

ހުކުރު ނަމާދުގައި ހުއްޓަ އަނބުރައިގަނެގެން ވެއްޓުނު މީހާ ނިޔާވެއްޖެ
20197 އަހަރު ކުރިން
ރާއްޖެ

ހުކުރު ނަމާދުގައި ހުއްޓަ އަނބުރައިގަނެގެން ވެއްޓުނު މީހާ ނިޔާވެއްޖެ

ފައިސަލްގެ ލޮލަށް ނުރައްކާތެރި ބައްޔެއް ޖެހިފައިވާއިރު ޕާސްޕޯޓު ނުދިނުމަކީ ކަންބޮޑުވާ މައްސަލައެއް: އިދިކޮޅު ފަރާތްތައް
20188 އަހަރު ކުރިން
ރާއްޖެ

ފައިސަލްގެ ލޮލަށް ނުރައްކާތެރި ބައްޔެއް ޖެހިފައިވާއިރު ޕާސްޕޯޓު ނުދިނުމަކީ ކަންބޮޑުވާ މައްސަލައެއް: އިދިކޮޅު ފަރާތްތައް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު