Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ވިޔަފާރި-އިގްތިސާދުއެމްޓީސީސީ އޭޖީއެމް

އަލުން ހިއްސާ ބެހުމަށް އީޖީއެމްއެއް ބާއްވަނީ

އެމްޓީސީސީން ހިއްސާގެ ފައިދާގެ ގޮތުގައި ބެހުމަށް ހުށަހެޅީ 4ރ.

ތޯހިރާ އަޒްހާރް
ތޯހިރާ އަޒްހާރް | 16 ޖޫން 2023 | ހުކުރު 03:00
އެމްޓީސީސީގެ އަހަރީ އާންމު ޖަލްސާ

އެމްޓީސީސީގެ އަހަރީ އާންމު ޖަލްސާ

މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން 2022 ވަނަ އަހަރުގެ ހިއްސާގެ ފައިދާގެ ގޮތުގައި ބެހުމަށް ހުށަހެޅި އަދަދު ފާސްނުކުރުމަށް ގިނަ އަދަދެއްގެ ހިއްސާދާރުން ވޯޓު ދީފައިވަނިކޮށް، އަލުން ހިއްސާ ބެހުމަށް ގިނަ އަދަދެއްގެ ހިއްސާދާރުން އެދިފައިވާތީ ޚާއްސަގޮތުން ކުރާ އާންމު ޖަލްސާއެއް ބާއްވަން ނިންމައިފިއެވެ.

ބުރާސްފަތި ދުވަހުގެރޭ ކުރުނބާ މޯލްޑިވްސްގައި ކުރިއަށްދިޔަ އެކުންފުނީގެ އަހަރީ އާންމު ޖަލްސާގައި ފުރަތަމަ ބުރަށް ވޯޓަށް އެހުމުން 61 ހިއްސާދާރުން ވަނީ 4 ރުފިޔާ ހިއްސާގެ ފައިދާގެ ގޮތުގައި ދިނުމާ ދެކޮޅަށް ވޯޓު ދީފައެވެ. މި އަދަދު ބެހުމާއި އެއްކޮޅަށް ވޯޓު ދިނީ 54 ހިއްސާދާރުންނެވެ.

އެހެންނަމަވެސް ޖަލްސާގައި ހިއްސާދާރުންގެ ސުވާލާއި ޚިޔާލަށް ހުޅުވާލުމުން ހިއްސާދާރުން ވަނީ ޑިވިޑެންޑް ކަނޑައެޅުމާ ގުޅޭގޮތުން ދެވަނަ ބުރަކަށް ވޯޓަށް އެހުމަށް އެދިފައެވެ. ހިއްސާދާރުންގެ އެދުމުގެ މަތިން ލީގަލް ލަފާއާއެކު އެމްޓީސީސީގެ ބޯޑުން ވަނީ އޭޖީއެމްގެ ތެރެއިން ބޯޑު ބައްދަލުވުމެއް ބާއްވާފައެވެ. ބޯޑު ބައްދަލުވުމަށްފަހު ޖަލްސާ އަލުން ފަށާފައިވަނީ ބުރާސްފަތި ދުވަހުގެރޭ 23:20 ގައެވެ.

ބޯޑު ބައްދަލުވުމަށްފަހު ޖަލްސާގައި ވާހަކަދައްކަވަމުން ކުންފުނީގެ ޗެއަރމަން މުހައްމަދު ފަހީމް ވިދާޅުވީ މިކަމުގައި އަލުން ވޯޓަށް އެހުމަށް ކުންފުނީގެ ހިންގާ ގަވާއިދުން ތަން ނުދޭ ކަމަށެވެ. މިކަމާ ގުޅޭގޮތުން ގޮތެއް ނިންމޭނީ ޚާއްސަ ގޮތުން ކުރާ އާންމު ޖަލްސާއެއް ބާއްވައިގެން ކަމަށް ޗެއަރމަން ވިދާޅުވިއެވެ.

މިކަމާއި ގުޅޭގޮތުން ނޫސްވެރިންނަށް މައުލޫމާތުދެއްވަމުން އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް ވިދާޅުވީ ވަރަށް އަވަހަށް ބޯޑު ބައްދަލުވުމެއް ބާއްވައި އީޖީއެމް ބާއްވާނެ ތާރީޚެއް ކަނޑައަޅަން މަސައްކަތްކުރައްވާނެ ކަމަށެވެ. އާޒިމް ވަނީ މިއީ މިހާތަނަށް އެކުންފުނިން ކަނޑައެޅި އެންމެ ބޮޑު ހިއްސާކަން ފާހަގަކުރައްވައި ހިއްސާދާރުންގެ ނިންމުމަށް އިހުތިރާމުކުރައްވާކަމަށް ވިދާޅުވެފައެވެ.

މިއީ އެކުންފުނިން މިހާތަނަށް ހިއްސާގެ ފައިދާގެ ގޮތުގައި ބަހާ އެންމެ ބޮޑު އަދަދެވެ. މިދިޔަ އަހަރު އެކުންފުނިން ހިއްސާގެ ފައިދާގެ ގޮތުގައި ބަހާފައިވަނީ 3.50ރ. އެވެ.

އިތުރަށް ކިޔާލަން

01 މެއި 2017

އުރީދޫގެ ހިއްސާ ގަތުމުގެ ފުރުސަތު ހުޅުވާލައިފި

01 މެއި 2017
އުރީދޫގެ ހިއްސާ ގަތުމުގެ ފުރުސަތު ހުޅުވާލައިފި
28 އެޕްރީލު 2017

ބީއެމްއެލުން ހިއްސާއަކަށް 20 ރުފިޔާ ބަހަން ނިންމައިފި

28 އެޕްރީލު 2017
ބީއެމްއެލުން ހިއްސާއަކަށް 20 ރުފިޔާ ބަހަން ނިންމައިފި
24 އެޕްރީލު 2017

ހިއްސާ އަކަށް 51 ރުފިޔާ ބަހަން އެސްޓީއޯ ބޯޑުން ހުށަހަޅަނީ

24 އެޕްރީލު 2017
ހިއްސާ އަކަށް 51 ރުފިޔާ ބަހަން އެސްޓީއޯ ބޯޑުން ހުށަހަޅަނީ
20 އެޕްރީލު 2017

ހިއްސާއަކަށް 14.37 ރުފިޔާ، ޖުމްލަ 1.1 ބިލިއަން ރުފިޔާ ހިއްސާ ފައިދާގެ ގޮތުގައި ދިރާގުން ދޫކުރަނީ

20 އެޕްރީލު 2017
ހިއްސާއަކަށް 14.37 ރުފިޔާ، ޖުމްލަ 1.1 ބިލިއަން ރުފިޔާ ހިއްސާ ފައިދާގެ ގޮތުގައި ދިރާގުން ދޫކުރަނީ
18 އެޕްރީލު 2017

އުރީދޫގެ ހިއްސާ އެއް 30 ރުފިޔާގެ ރޭޓުން ވިއްކަން ހުޅުވާލައިފި

18 އެޕްރީލު 2017
 އުރީދޫގެ ހިއްސާ އެއް 30 ރުފިޔާގެ ރޭޓުން ވިއްކަން ހުޅުވާލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު