Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
އީވާގެ އިތުބާރު ނެތްކަމުގެ މައްސަލަ

ރިޔާސަތު ބެލެހެއްޓުމަށް ނަޝީދު އުޒުރުވެރިވަޑައިގަތުމުން އީވާގެ އިތުބާރު ނެތްކަމުގެ މައްސަލަ ކުރިއަށް ނުގެންދެވުނު

ޖަލްސާގެ ރިޔާސަތު ބަލަހައްޓަވާދެއްވުމަށް އެދި 12 ޖޫން 2023 ގައި މަޖިލީހުގެ ރައީސް އަށް އަމީން އާއްމު ސިޓީ އެއް ފޮނުއްވި

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު, ރާއްޖެ އެމްވީ | 13 ޖޫން 2023 | އަންގާރަ 04:49
މަޖިލީހުގެ ނާއިބް ރައީސް އީވާ އަބްދުﷲ

މަޖިލީހުގެ ނާއިބް ރައީސް އީވާ އަބްދުﷲ

މަޖިލީހުގެ ނާއިބު ރައީސް އީވާ އަބްދުﷲގެ އިތުބާރު ނެތްކަމުގެ މައްސަލަ ކުރިއަށް ގެންދިއުމަށް އެޖެންޑާ ކުރި ޖަލްސާގެ ރިޔާސަތު ބަލަހައްޓަން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އުޒުރުވެރިވެވަޑައިގަތުމުން، މަޖިލީހުގެ ރިޔާސަތު ބެލެހެއްޓުމާ މެދު ގޮތެއް ނިމެންދެން މަޖިލީހުގެ ނާއިބު ރައީސް އީވާ އަބްދުﷲގެ މައްސަލަ މިވަގުތު ކުރިއަށް ގެންދެވެން ނެތް ކަމަށް އިޢުލާންކުރެއްވުމަށް ފަހު މަޖިލީހުގެ ޖަލްސާ ނިންމާލައިފިއެވެ.

އަންގާރަ ދުވަހު މަޖިލީހުގައި އެކަން އިޢުލާންކުރެއްވީ މަޖިލީހުގެ އަމީން ޢާއްމު ފާތިމަތު ނިއުޝާއެވެ.

Advertisement - newsAdvertisement

އަމީން އާއްމު ވިދާޅުވީ މަޖިލީހުގެ ޤަވާއިދުގެ 205 ވަނަ މާއްދާގެ (ބ)ގައި ބަޔާންކުރާ ގޮތުގެ މަތިން މަޖިލީހުގެ ނާއިބު ރައީސް ވަކިކުރުމުގެ ޖަލްސާގެ ރިޔާސަތު ބަލަހައްޓަވާނީ މަޖިލީހުގެ ރައީސްއެވެ. އެހެންކަމުން މަޖިލީހުގެ ނާއިބު ރައީސް އީވާ އަބްދުﷲ ވަކިކުރުމަށް ހުށަހަޅާފައިވާ ގަރާރު އަންގާރަ ދުވަހުގެ ޖަލްސާ އަށް އެޖެންޑާކޮށް އެ ޖަލްސާގެ ރިޔާސަތު ބަލަހައްޓަވާދެއްވުމަށް އެދި 12 ޖޫން 2023 ގައި މަޖިލީހުގެ ރައީސް އަށް ސިޓީ އެއް ފޮނުއްވި ކަމަށް އަމީން ޢާއްމު ވިދާޅުވިއެވެ. އެހެންނަމަވެސް މިހާރު މަޖިލީހަށް ހުށަހަޅާފައިވާ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މަޖިލީހުގެ ރައީސްކަމުން ވަކިކުރުމާ މެދު ވަކި ގޮތެއް ކަނޑައަޅާ ނުނިމެނީސް ނާއިބު ރައީސް މަޖިލީހުގެ ރިޔާސަތު ބެލެހެއްޓެވުމަށް އުޒުރުވެރިވާ ކަން 12 ޖޫންގައި ނަޝީދު ފޮނުއްވި ސިޓީގައި އަންގަވާފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ. އެހެންކަމުން މަޖިލީހުގެ ރިޔާސަތު ބެލެހެއްޓުމާއި މެދު ގޮތެއް ނުނިންމެނީސް މައްސަލަ ކުރިއަށް ނުގެންދެވޭނެ ކަމަށް އަމީން ޢާއްމު ވިދާޅުވިއެވެ.

މަޖިލީހުގެ ގަވާއިދު ބުނާގޮތުން ނާއިބު ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލައެއް އެޖެންޑާކޮށްގެން ކުރިއަށްގެންދާއިރު ރިޔާސަތު ބަލަހައްޓަވަން ވާނީ މަޖިލީހުގެ ރައީސްއެވެ. އަދި އިތުބާރު ނެތްކަމުގެ މައްސަލަ އެއް ހުށަހެޅިފައި އޮތްކަމުގައި ވީ ނަމަވެސް މި ޖަލްސާގެ ރިޔާސަތުގައި އަދި އެހެން ޖަލްސާއެއްގެ ރިޔާސަތުގައި ވެސް މަޖިލީހުގެ ރައީސަށް ނުބެލެހެއްޓޭނެ ކަމަށް ބުނެފައެއް ނެތެވެ. އިތުބާރު ނެތް ކަމުގެ މައްސަލަ ހުށަހެޅުމުން މަޖިލީހުގެ ރިޔާސަތު ނުބަލަހައްޓަވަން ނިންމަވާފައި ވަނީ މަޖިލީހުގެ ރައީސް ނަޝީދު އަމިއްލަފުޅަށެވެ.

އަންގާރަ ދުވަހުގެ ޖަލްސާގައި މަޖިލީހުގެ ރައީސް ރިޔާސަތު ބެލެހެއްޓެވުމަށް އުޒުރުވެރިވަޑައިގަންނަވާ ކަމަށް ވިދާޅުވެ އެ ޖަލްސާގެ ރިޔާސަތު ބަލަހައްޓަވަން ދެކޮޅު ހެއްދެވުމަކީ ޤާނޫނުގެ ބާރު ކަނޑުވާލުން ކަމަށް މަޖިލީހުގެ ބައެއް މެންބަރުންނާއި ޤާނޫނީ ދާއިރާގައި މަސައްކަތްކުރާ ބައެއް ބޭފުޅުން ޤަބޫލުކުރައްވައެވެ. އެއީ ގަސްތުގައި މަޖިލީހުގެ މަސައްކަތްތައް ކުރިއަށް ނުގެންދިއުމަށް ކުރައްވާ ކަމެއް ކަމަށް ވެސް އެ ބޭފުޅުން ވިދާޅުވެއެވެ.

މިއީ ނައިބު ރައީސް އީވާ އަބްދުﷲގެ އިތުބާރު ނެތްކަމުގެ މައްސަލަ އެޖެންޑާކުރި ދެ ވަނަ ފަހަރެވެ. މީގެ ކުރިން އޭނާގެ އިތުބާރު ނެތްކަމުގެ މައްސަލަ ޖޫން މަހުގެ 11 ވަނަ ދުވަހަށް އެޖެންޑާކުރިއެވެ. ނަމަވެސް އެ ދުވަހުގެ މައްސަލަ އެޖެންޑާއިން ނަގާފައި ވަނީ މަޖިލީހުގެ އާއްމު ކޮމިޓީ އެކުލަވާލެވިފައި ނުވާތީ އާއްމު ކޮމިޓީ އިން އީވާގެ އިތުބާރު ނެތްކަމުގެ މައްސަލައިގެ ވަގުތު ކަނޑައެޅިފައި ނުވާ ކަމަށް ބުނެއެވެ. އަންގާރަ ދުވަހުގެ ޖަލްސާ އަށް މައްސަލަ އެޖެންޑާ ކުރި އިރު ވެސް ކޮމިޓީތައް އެކުލަވާލުމުގެ މައްސަލަ އަށް ހައްލެއް ލިބިފައެއް ނުވެއެވެ. އެހެންނަމަވެސް މަޖިލީހުގެ އަމީން އާއްމު ފާތިމަތު ނިއުޝާ ސޮއިކުރައްވައި މަޖިލީހުގެ މެންބަރުންނަށް ފޮނުއްވި ސިޓީފުޅެއްގައި ވިދާޅުވީ، މަޖިލީހުގެ ގަވާއިދާ އެއްގޮތަށް ބަހުސްގެ ވަގުތު އާންމު ކޮމިޓީން ކަނޑައަޅާފައި ނުވިނަމަވެސް، އީވާގެ މައްސަލައިގައި ދިން 14 ދުވަހުގެ ނޯޓިސް ހަމަވެފައިވާތީ، އެ މައްސަލަ އަންގާރަ ދުވަހުގެ ޖަލްސާއަށް އެޖެންޑާކުރެވޭނެ ކަމަށެވެ.

އީވާ މަގާމުން ވަކިކުރުމަށް މަޖިލީހުގެ 50 މެންބަރުން ސޮއިކުރައްވައި ހުށަހެޅުއްވި އެ ގަރާރަށް ދީފައިވާ 14 ދުވަހުގެ ނޯޓިސް، މިހަފުތާގެ އާދީއްތަ ދުވަހަށް ވަނީ ހަމަވެފައެވެ. 

ކޮމެންޓް

އިތުރަށް ކިޔާލަން

މަޝްވަރާތައް ވަރަށް ކާމިޔާބު، މައުލޫމާތު ހިއްސާކުރައްވާނީ ރައީސް ނަޝީދު:އަލީ ނިޔާޒު

މަޝްވަރާތައް ވަރަށް ކާމިޔާބު، މައުލޫމާތު ހިއްސާކުރައްވާނީ ރައީސް ނަޝީދު:އަލީ ނިޔާޒު

30 ޖެނުއަރީ 2017
ރައީސް ނަޝީދުގެ ސަރުކާރުގައި ހެލްތް މިނިސްޓްރީން ކުއްޔަށް ހިފި ގުދަނަށް ކުލި ދެއްކުމުގައި ކޮރަޕްޝަނެއް ނެތް

ރައީސް ނަޝީދުގެ ސަރުކާރުގައި ހެލްތް މިނިސްޓްރީން ކުއްޔަށް ހިފި ގުދަނަށް ކުލި ދެއްކުމުގައި ކޮރަޕްޝަނެއް ނެތް

29 ޖެނުއަރީ 2017
ރައީސް ނަޝީދު ލަންކާއަށް ވަޑައިގެންފި

ރައީސް ނަޝީދު ލަންކާއަށް ވަޑައިގެންފި

29 ޖެނުއަރީ 2017
ރައީސް ނަޝީދު މާދަމާ ލަންކާއަށް ވަޑައިގަންނަވަނީ

ރައީސް ނަޝީދު މާދަމާ ލަންކާއަށް ވަޑައިގަންނަވަނީ

28 ޖެނުއަރީ 2017
ރާއްޖެޓީވީގެ އަހަރު ޝަހުސިއްޔަތަކަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު

ރާއްޖެޓީވީގެ އަހަރު ޝަހުސިއްޔަތަކަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު

27 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

6 މެއި
"ޕްރިންސް އޮފް މަޑަގަސްކަރަ"!
20251 އަހަރު ކުރިން
ރިޕޯޓު

"ޕްރިންސް އޮފް މަޑަގަސްކަރަ"!

އިމްރާންގެ ވީޑިއޯއާއެކު ރައީސް ޖެއްސެވީ މެޑަލް!
20242 އަހަރު ކުރިން
ރިޕޯޓު

އިމްރާންގެ ވީޑިއޯއާއެކު ރައީސް ޖެއްސެވީ މެޑަލް!

އިންތިހާބުގައި ވާދަނުކޮށް މާގިނަ ވޯޓު ހޯދި ކެޕްޓަން ގިއޯގީ ހާޖީ: ރޫމޭނިއާގެ ހިތްތަކުގެ ރައީސް
20233 އަހަރު ކުރިން
މީހުން

އިންތިހާބުގައި ވާދަނުކޮށް މާގިނަ ވޯޓު ހޯދި ކެޕްޓަން ގިއޯގީ ހާޖީ: ރޫމޭނިއާގެ ހިތްތަކުގެ ރައީސް

އެލިމިނޭޓް ވުމުން އައްޒަ: "އެންމެ ހީނުކުރާ މީހާ ދެކޮޅަށް ވޯޓުދިނުމުން ސަޕްރައިޒްވި"
20224 އަހަރު ކުރިން
ރާއްޖެ

އެލިމިނޭޓް ވުމުން އައްޒަ: "އެންމެ ހީނުކުރާ މީހާ ދެކޮޅަށް ވޯޓުދިނުމުން ސަޕްރައިޒްވި"

ރައީސް ނަޝީދުގެ ހާލުކޮޅު ސީރިއަސް
20215 އަހަރު ކުރިން
ރާއްޖެ

ރައީސް ނަޝީދުގެ ހާލުކޮޅު ސީރިއަސް

ބިލެތުގެ ސިއްހީ ބައެއް ފައިދާ!
20197 އަހަރު ކުރިން
ސިއްހަތު

ބިލެތުގެ ސިއްހީ ބައެއް ފައިދާ!

ބަހުގެ ހަމަލާތަކާއެކު އުއްތަމަ ފަނޑިޔާރުގެ ޝަރީއަތުގައި ރެކޯޑިން ވެސް އިއްވައިފި
20188 އަހަރު ކުރިން
ރާއްޖެ

ބަހުގެ ހަމަލާތަކާއެކު އުއްތަމަ ފަނޑިޔާރުގެ ޝަރީއަތުގައި ރެކޯޑިން ވެސް އިއްވައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު