Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
އިތުބާރު ނެތްކަމުގެ މައްސަލަތައް

ބަންޑާރަނާއިބާއި މަޖިލީހުގެ ނާއިބްރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލަ އެޖެންޑާކޮށްދެއްވުމަށް އެދިވަޑައިގެން އަސްލަމްގެ ސިޓީފުޅެއް މަޖިލީހަށް

މަޖިލީހުގެ ގަވާއިދުގެ 205 ވަނަ މާއްދާގެ (ނ) ގައި ބަޔާންކޮށްފައިވާ ގޮތަށް މަޖިލީހުގެ ނާއިބްރައީސްގެ އިތުބާރުނެތްކަމުގެ މައްސަލަ އެޖެންޑާކުރުމަށް އެމްޑީޕީއިން އެދޭ

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް, ރާއްޖެ އެމްވީ | 12 ޖޫން 2023 | ހޯމަ 01:38
އެމްޑީޕީގެ ޕީޖީ ލީޑަރު، މުހައްމަދު އަސްލަމް

އެމްޑީޕީގެ ޕީޖީ ލީޑަރު، މުހައްމަދު އަސްލަމް

ބަންޑާރަ ނާއިބު އަލްއުސްތާޛް އިބްރާހީމް ރިފްޢަތު އަދި މަޖިލީހުގެ ނާއިބްރައީސް އީވާ ޢަބްދުﷲގެ އިތުބާރު ނެތްކަމުގެ މައްސަލަ އެޖެންޑާކޮށްދެއްވުމަށް އެދިވަޑައިގެން އެމްޑީޕީ ޕާލިމެންޓްރީ ގްރޫޕުގެ ލީޑަރުގެ މުޙައްމަދު އަސްލަމް ރައްޔިތުންގެ މަޖިލީހުގެ އަމީން އާންމަށް ސިޓީފުޅެއް ފޮނުއްވައިފިއެވެ.

އަސްލަމް ފޮނުއްވި ސިޓީފުޅުގައި ވިދާޅުވެފައިވަނީ 6 ޖޫންގައި އޮތް ރައްޔިތުންގެ މަޖިލީހުގެ 2023 ވަނަ އަހަރުގެ ދެވަނަ ދައުރުގެ 9 ވަނަ ޖަލްސާގެ އެޖެންޑާގެ 5.1 ގައި ބަޔާންކޮށްފައި އޮތް ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސޫގެ 101 ވަނަ މާއްދަގެ (ހ) ގެ ދަށުން ހުށަހަޅާފައިވާ، ބަންޑާރަ ނާއިބު އިބްރާހީމް ރިފްޢަތުގެ އިތުބާރުނެތްކަމުގެ މައްސަލައިގެ ބަހުސް އެ ދުވަހުގެ ޖަލްސާގައި ހިނގަމުންދަނިކޮށް އެ އެޖެންޑާ އައިޓަމް ކުއްލިއަކަށް މަޖިލީހުގެ ގަވާއިދާ ޚިލާފަށް މެދުކަނޑާލާފައިވާ ކަމަށެވެ.

Advertisement - newsAdvertisement

އަދި އެ މައްސަލަ އިތުރަށް އެޖެންޑާކޮށްފައި ނުވާތީ، އެ މައްސަލަ އެޖެންޑާ ކޮށްދެއްވުމަށް އަސްލަމް ފޮނުއްވި ސިޓީފުޅުގައި ވިދާޅުވެފައިވެއެވެ.

އަދި ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 205 ވަނަ މާއްދާގެ (ނ) ގައި ބަޔާންކޮށްފައިވާ ގޮތަށް މަޖިލީހުގެ ނާއިބްރައީސްގެ އިތުބާރުނެތްކަމުގެ މައްސަލަ ވެސް ހޯމަ ދުވަހުގެ ޖަލްސާގެ އެޖެންޑާގައި ހިމެނުމަށް ތަކުރާރުކޮށް އެދި ދައްނަވާ ކަމުގައި އަސްލަމް ފޮނުއްވި ސިޓީފުޅުގައި ވިދާޅުވެފައިވެއެވެ.

ރައްޔިތުންގެ މަޖިލީހުގެ ނާއިބުރައީސް އީވާ އަބްދުﷲގެ އިތުބާރު ނެތްކަމުގެ މައްސަލަ ހޯމަ ދުވަހުގެ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއަށް އެޖެންޑާކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުން ލާޒިމްކުރާކަމަށް އެމްޑީޕީ ޕީޖީ ގްރޫޕުގެ ލީޑަރު މުހައްމަދު އަސްލަމް ވަނީ ކުރިން ފޮނުއްވި ސިޓީފުޅެއްގައި ވިދާޅުވެފައެވެ.

އީވާގެ އިތުބާރު ނެތްކަމުގެ މައްސަލަ އެޖެންޑާނުކޮށް އެހެން މައްސަލައެއް އެޖެންޑާ ނުކުރެވޭނެ ކަން ފާހަގަކުރައްވައި އަސްލަމް ވަނީ ރައްޔިތުންގެ މަޖިލީހުގެ އަމީން އާއްމު ފާތިމަތު ނިޔުޝާ ފޮނުއްވި ސިޓީފުޅަށް ހޮނިހިރު ދުވަހު ޖަވާބުދެއްވާފައެވެ.

އެ ސިޓީފުޅަށްށް ދެއްވި ޖަވާބުގައި އަމީން އާއްމު ފާތިމަތު ނިއުޝާ ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 206 ވަނަ މާއްދާއަށް ރިޢާޔަތްކޮށް އެ ގަވާއިދުގެ 205 ވަނަ މާއްދާގެ (ހ) ގެ ދަށުން މަޖިލީހުގެ ނާއިބު ރައީސް މަޤާމުން ވަކިކުރުމުގެ ޤަރާރެއް ހުށަހެޅިފައިވާ ދަނޑިވަޅެއްގައި އެ ޤަރާރާމެދު ގޮތެއް ނިންމުމަށްފަހުގައި ނޫނީ، މި ވަގުތު މަޖިލީހަށް ހުށަހެޅިފައިވާ އެހެން އެއްވެސް ކަމަކާމެދު ބަހުސްކުރުން ނުވަތަ ގޮތެއް ނިންމުން މަނާވެގެންވަނ،ީ އެ ޤަރާރުގެ ނޯޓިހުގެ މުއްދަތު ހަމަވެގެން މަޖިލީހުގެ ޖަލްސާއަށް އެ ޤަރާރު ހުށަހެޅުމަށްފަހުގައިކަމަށެވެ.

އަދި އެ މައްސަލައިގެ ނޯޓިސް މަޖިލީހުގެ މެންބަރުންނަށާއި މަޖިލީހުގެ ނާއިބު ރައީސްއަށް ދެއްވާފައިވީނަމަވެސް އެ މައްސަލަ މަޖިލީހުގެ ޖަލްސާއަށް އަދި ހުށަހެޅިފައިނުވާކަމަށް ވަނީ ވިދާޅުވެފައެވެ.

އަމީން އާއްމުގެ ޖަވާބާއި ގުޅިގެން އަސްލަމް ވަނީ އާދިއްތަ ދުވަހު އަނެއްކާ ވެސް އަމީން އާއްމަށް ސިޓީފުޅެއް ފޮނުއްވާފައެވެ. މި ސިޓީފުޅުގައި ވަނީ ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 205 ވަނަ މާއްދާގެ (ނ) ގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ނާއިބު ރައީސްގެ އިތުބާރު ނެތްކަމުގެ ގަރާރެއް މަޖިލީހަށް ލިބުމުން، އެ ގަރާރުގެ ލިޔުންލިބޭތާ މަދުވެގެން 3 ދުވަހުގެ ތެރޭގައި އެ ގަރާރުގެ ނޯޓިސް އަމީން ޢާންމު މެންބަރުންނަށާއި މަޖިލީހުގެ ރައީސަށް ނުވަތަ ނާއިބު ރައީސަށް ދެއްވުމަށްފަހު އެ ނޯޓިހުގެ ތާރީޚުން ފެށިގެން 14 ދުވަހުގެ މުއްދަތު ދިނުމަށްފަހު އެންމެ އަވަހަށް އަންނަ ރަސްމީ ބަންދުނޫން ދުވަހަކު ބާއްވާ ޖަލްސާއަށް އެ ގަރާރު ހުށަހަޅަންވާނެ ކަމަށް ކަނޑައެޅިގެން ބަޔާންކޮށްފައިވާ ކަމަށެވެ.

އެހެންކަމުން، 12 ޖޫން 2023 ވާ ހޯމަ ދުވަހު އޮންނަ ޖަލްސާއަށް ރައްޔިތުންގެ މަޖިލީހުގެ ނާއިބު ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލަ އެޖެންޑާކުރުން ގަވާއިދު ލާޒިމުކުރާކަމުގައި އަސްލަމް ވިދާޅުވިއެވެ. އަދި ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގައި އެ މައްސަލަ އެޖެންޑާކުރުން އިސްތިސްނާކުރެވޭ އެއްވެސް ހާލަތެއް ބަޔާކޮށްފައިނުވާތ،ީ ގަވާއިދުގައި ބަޔާންކޮށްފައިވާ މުއްދަތުގައި ރައްޔިތުންގެ މަޖިލީހުގެ ނާއިބުރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލަ އެޖެންޑާކޮށްދެއްވުމަށް އަސްލަމްގެ ސިޓީފުޅުގައި ވަނީ އެދިވަޑައިގެންފައެވެ.

އީވާގެ އިތުބާރު ނެތްކަމުގެ މައްސަލަ އެޖެންޑާ ކުރީ އާދިއްތަ ދުވަހަށެވެ. ނަމަވެސް ފަހުން އެ ޖަލްސާ ކެންސަލް ކުރީ މަޖިލީހުގެ މެންބަރުން ނިސްބަތްވާ ސިޔާސީ ޕާޓީތަކަށް އައި ބަދަލާއެކު ކޮމިޓީތަކަށް ބަދަލު ގެންނަން ޖެހޭ ކަމަށާއި، އެކަމުގެ ސަބަބުން އާއްމު ކޮމިޓީގެ ބައްދަލުވުން ނުބޭއްވޭ ކަމަށް ފާހަގަކޮށެވެ. އޭގެ ސަބަބުން އާއްމު ކޮމިޓީން އީވާގެ އިތުބާރު ނެތްކަމުގެ މައްސަލަ ކުރިއަށް ގެންދާނެ ގޮތް ކަނޑައެޅިފައިނުވާ ކަމަށް ވަނީ ބުނެފައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

!މަޖިލީހުގެ ރިޔާސަތު "ހިސޯރު" ކުރުމުން، ޖަލްސާ ކުރިއަށް ގެންދިޔައީ އާދަޔާ ހިލާފަށް

!މަޖިލީހުގެ ރިޔާސަތު "ހިސޯރު" ކުރުމުން، ޖަލްސާ ކުރިއަށް ގެންދިޔައީ އާދަޔާ ހިލާފަށް

01 މާރިޗު 2017
ޕީޕީއެމްގެ މެމްބަރޝިޕް ފޯމްތަކެއް ހަވާލުވުމަށް ބާއްވާ އިވެންޓް އޮތުމުން މަޖިލީހުގެ ޖަލްސާ ފަސްކޮށްފި

ޕީޕީއެމްގެ މެމްބަރޝިޕް ފޯމްތަކެއް ހަވާލުވުމަށް ބާއްވާ އިވެންޓް އޮތުމުން މަޖިލީހުގެ ޖަލްސާ ފަސްކޮށްފި

01 މާރިޗު 2017
އެންމެ ބޮޑު ޕާޓީގެ ލަޤަބް ޕީޕީއެމްއިން ހޯދީ ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ނަމަހަގޮތުގައި ބޭނުންކޮށްގެން: އަނަސް

އެންމެ ބޮޑު ޕާޓީގެ ލަޤަބް ޕީޕީއެމްއިން ހޯދީ ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ނަމަހަގޮތުގައި ބޭނުންކޮށްގެން: އަނަސް

28 ފެބުރުއަރީ 2017
މަސީހުގެ އިތުބާރު ނެތް ކަމުގެ މައްސަލަ ފެއިލްކޮށްލާނަން: ނިހާން

މަސީހުގެ އިތުބާރު ނެތް ކަމުގެ މައްސަލަ ފެއިލްކޮށްލާނަން: ނިހާން

22 ފެބުރުއަރީ 2017
ސާފު ބޯފެން ފޯރުކޮށްދިނުމުގެ މެންޑޭޓް މަޖިލީހުގެ ކޮމިޓީން ބަދަލުކޮށްފި

ސާފު ބޯފެން ފޯރުކޮށްދިނުމުގެ މެންޑޭޓް މަޖިލީހުގެ ކޮމިޓީން ބަދަލުކޮށްފި

18 ފެބުރުއަރީ 2017

އަހަރުތަކުން މިއަދު

31 މެއި
ބަންޑާރާ ކޮށީގައި ސިފައިންގެ މީހަކު ދަންޖެހިފައި ހުއްޓާ ފެނިއްޖެ
20251 އަހަރު ކުރިން
ރާއްޖެ

ބަންޑާރާ ކޮށީގައި ސިފައިންގެ މީހަކު ދަންޖެހިފައި ހުއްޓާ ފެނިއްޖެ

ލޯންޗަކުން ޖެހި ފާނަ މަސްވެރިކަން ކުރަން އުޅުނު ބިދޭސީއެއް މަރުވެއްޖެ
20242 އަހަރު ކުރިން
ރާއްޖެ

ލޯންޗަކުން ޖެހި ފާނަ މަސްވެރިކަން ކުރަން އުޅުނު ބިދޭސީއެއް މަރުވެއްޖެ

އާލާ ބޯޓު އަޑިއަށް ގޮސްފި
20233 އަހަރު ކުރިން
ރާއްޖެ

އާލާ ބޯޓު އަޑިއަށް ގޮސްފި

ބުރިޖުގެ މަސައްކަތް ލަހެއް ނޫން، މާލެ އާއި ވިލިމާލެ ގުޅުވާލާ ބުރިޖުން 2023 ޖުލައިގައި ދަތުރުކުރެވޭނެ – އެފްކޮންސް
20224 އަހަރު ކުރިން
ރާއްޖެ

ބުރިޖުގެ މަސައްކަތް ލަހެއް ނޫން، މާލެ އާއި ވިލިމާލެ ގުޅުވާލާ ބުރިޖުން 2023 ޖުލައިގައި ދަތުރުކުރެވޭނެ – އެފްކޮންސް

އަނދައިގެން ދިޔައީ ބިދޭސީ މީހާގެ އާމްދަނީ، ކައުންސިލުން އެ ލާރި ހޯދައިދެނީ
20215 އަހަރު ކުރިން
ރާއްޖެ

އަނދައިގެން ދިޔައީ ބިދޭސީ މީހާގެ އާމްދަނީ، ކައުންސިލުން އެ ލާރި ހޯދައިދެނީ

އީދު ނަމާދު ކުރާ ސަރަހައްދުގައި އޮފިޝަލުންގެ ގޮތުގައި ބިދޭސީން ހަރަކާތްތެރިވަނީ
20197 އަހަރު ކުރިން
ރާއްޖެ

އީދު ނަމާދު ކުރާ ސަރަހައްދުގައި އޮފިޝަލުންގެ ގޮތުގައި ބިދޭސީން ހަރަކާތްތެރިވަނީ

މުހައްމަދު ސަލާހަށްވި އަނިޔާގެ މައްސަލަ ހުތުރު ގޯޅިއެއް އަޅައިފި
20188 އަހަރު ކުރިން
ކުޅިވަރު

މުހައްމަދު ސަލާހަށްވި އަނިޔާގެ މައްސަލަ ހުތުރު ގޯޅިއެއް އަޅައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު