Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓު
އޮނަރަބަލް ޢަބްދުﷲ ޖަމީލްގެ ޚިދުމަތްތައް

އޮނަރަބަލް ޢަބްދުﷲ ޖަމީލް - 54 އަހަރު ޚިދުމަތުގައި ދެމިހުންނެވި ލާމަޘީލު ޚާދިމެއް!

ޚިދުމަތް ފެއްޓެވީ 6 މޭ 1953ގައި، ވުޒާރަތުލް މުވާޞަލާތުގެ އޮބްޒަރވަރެއްގެ މަގާމުން

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު, ރާއްޖެ އެމްވީ | 11 ޖޫން 2023 | އާދީއްތަ 13:54
ޢަބްދުﷲ ޖަމީލް އަވަހާރަވުން

ޢަބްދުﷲ ޖަމީލް އަވަހާރަވުން

އާދިއްތަ ދުވަހު ހެނދުނުގެ ވަޤުތެއްގައި، ދިވެހި ދައުލަތަށް ވަރަށް ދިގު މުއްދަތެއްގައި ވަރަށް އިޚްލާޞްތެރި ޚިދުމަތްތަކެއް ކުރައްވާފައިވާ އަދި ދިވެހިރާއްޖޭގެ ޤައުމީ ޙަޔާތުގައި ވަރަށް މުހިންމު ދައުރެއް އަދާކުރެއްވި، ނިޝާން ޢިއްޒުއްދީނުގެ ޢިއްޒަތުގެ ވެރިޔާ (ނ.ޢ.ޢ.ވ) އަވަހާރަވި ޚަބަރު އިއްވީ މުޅި ދައުލަތް މޮޅިވެރިކުރުވަމުންނެވެ. މިއަދު ޤައުމުގެ ދުލުން ޝުކުރު ދަންނަވާނަމަ، ދައުލަތާއި ޤައުމަށްޓަކައި ކޮށްދެއްވި އިޚުލާޞްތެރި މަސައްކަތަށްޓަކައި ޝުކުރު ފަށްފަށްކުރާނެކަން ޔަޤީނެވެ.

50 އަހަރަށްވުރެ ދިގު މުއްދަތަކަށް މި ދިވެހި ޤައުމަށް އެމަނިކުފާނު ކޮށްދެއްވި ޚިދުމަތް ދިވެހި ދައުލަތުން ޝުކުރުވެރިކަމާއެކު ބަލައިގަންނާނެކަން ޔަޤީނެވެ. 6 މޭ 1953ގައި ވުޒާރަތުލް މުވާޞަލާތުގެ އޮބްޒަރވަރެއްގެ މަޤާމުން ފެއްޓެވި ޚިދުމަތުގެ ފަލްސަފާ ނިންމަވައިލެއްވީ ދައުލަތަށް ޚިދުމަތްކުރުމުގެ ދިގު އަދި އެހާމެ ފޮނި ތާރީޚަކާއެކުގައެވެ. އެމަނިކުފާނު ފުރުއްވި މަޤާމުތަކުގެ ލިސްޓު ދިގެވެ. ފުރިހަމަކުރެއްވި ޒިންމާ ބޮޑެވެ. އަދާކުރެއްވި މަސްއޫލިއްޔަތު ބުރައެވެ.

އެއަށްފަހު ވުޒާރަތުލް މާލިއްޔާގެ ކާތިބުކަމުން ފެށިގެން ވަޒީރުލް އަޢުޡަމްގެ އޮފީހުގެ ސެކްރެޓަރީކަމާއި ހިންގާ ސެކްރެޓަރީކަމާއި، ވުޒާރަތުއް ދާޚިލިއްޔާގެ ސެކްރެޓަރީކަމާއި ހިންގާ ސެކްރެޓަރީކަމާއި، ކޮޔަރ އެންޑް ކަވަރީޒް އެޑްވައިޒަރީ ބޯޑުގެ މެމްބަރުކަންފަދަ ތަފާތު އެތައް މަޤާމެއް އެމަނިކުފާނު ވަނީ ފުރުއްވާފައެވެ.

ކުރީގެ ރައީސް އަލްމަރްޙޫމް އިބްރާހީމް ނާޞިރުގެ ރައީސްކަމުގެ ދައުރުން ފެށިގެން މަނިކުފާނު އަދާކުރެއްވި ކޮންމެ މަޤާމަކީވެސް އެހާމެ މުހިންމު، އަދި ޒިންމާދާރު މަޤާމެކެވެ. އެގޮތުން، ނާޞިރުގެ ވެރިކަމުގައި މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ ޚާއްޞަ ވަކީލުކަމުގެ މަޤާމާއި މިނިސްޓްރީ އޮފް ޖަސްޓިސްގެ ވަކީލުކަމުގެ މަޤާމުގައި އުފުއްލެވި ޒިންމާ ބޮޑެވެ. ހަމައެހެންމެ އޯޑިޓް އޮފީހުގެ ވެރިޔާކަމުގެ މަޤާމުފަދަ މުހިންމު އެތައް މަޤާމެއް، ހަމައެކަނި ނާޞިރުގެ ވެރިކަމުގައިވެސް އެމަނިކުފާނު ވަނީ ފުރުއްވާފައެވެ.

ޤައުމީ ލޯތްބާއެކު އެމަނިކުފާނު ކުރެއްވި މަސައްކަތް ކުރިއަށްގެންދެވީ ރައީސް އަލްއުސްތާޛު މައުމޫން ޢަބްދުލްޤައްޔޫމްގެ ވެރިކަމުގައި އުފުއްލެވި ޒިންމާތަކާ އެކުގައެވެ. އޭގެތެރެއިން ފާހަގަކޮށްލެވޭ ބައެއް މަޤާމުތަކުގެ ތެރޭގައި؛ ރައީސުލްޖުމްހޫރިއްޔާގެ ޕްރައިވެޓް ސެކްރެޓަރީކަމުގެ މަޤާމާއި، ރައީސުލްޖުމްހޫރިއްޔާގެ އެގްޒެކެޓިވް ސެކްރެޓަރީކަމުގެ މަޤާމާއި، މިނިސްޓަރ އޮފް ސްޓޭޓް ފޮރ ޕްރެޒިޑެންޝަލް އެފެއަރޒްގެ މަޤާމުގެ އިތުރުން، ކެބިނެޓްގައި އެމަނިކުފާނު އަދާކުރެއްވީ ޒިންމާދާރު މަސްއޫލިއްޔަތުތަކެކެވެ.

ހަމައެހެންމެ ރައީސުލްޖުމްހޫރިއްޔާގެ އެގްޒެކެޓިވް ސެކްރެޓަރީކަމުގެ މަޤާމާއި، މިނިސްޓަރ އޮފް ސްޓޭޓް ފޯ ޕްރެޒިޓެންޝަލް އެފެއަރޒްގެ މަޤާމާއި، މިނިސްޓަރ އޮފް ހެލްތުގެ މަޤާމާއި، މިނިސްޓަރ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރގެ މަޤާމާއި، މިނިސްޓަރ އޮފް އެޓޯލްސް އެޑްމިނިސްޓްރޭޝަންގެ މަޤާމާއި، މިނިސްޓަރ ހޯމް އެފެއަރޒް އެންޑް ހައުސިންގގެ މަޤާމާއި، މިނިސްޓަރ އޮފް ހޯމް އެފެއަރޒްގެ މަޤާމުގެ އިތުރުން ޓުއަރިޒަމް މިނިސްޓަރުގެ މަޤާމުވެސް އަދާކުރެއްވިއެވެ.

އަދި މި ލިސްޓުން އުނިވެފައިވާ އެތައް މަޤާމެއްގައި އެކި ދާއިރާތަކުން ގައުމު އާރާސްތުކޮށް ރުކުރުވާލުމުގައި އެންމެ އިސް މޭސްތިރިންގެ ތެރޭގައި ގިނަ ޚިދުމަތްތަކެއް ކޮށްދެއްވިއެވެ. އަދި މަޖިލީހުގައި އެމަނިކުފާނު ކޮށްދެއްވި މަސައްކަތްތައް ދޫކޮށްލެވޭކަށް ނެތެވެ. ރައްޔިތުންގެ މަޖިލީހުގެ ތ އަތޮޅު މެންބަރުކަމާއި ރައްޔިތުންގެ ޚާއްޞަ މަޖިލީހުގައި 14 އަހަރަށްވުރެ ގިނަދުވަހު ޚިދުމަތްކުރެއްވިއެވެ.

އެމަނިކުފާނުގެ ޚިދުމަތުގެ އަގުގެގޮތުގައި ހަމައެކަނި މިނިވަން 25ގެ ޢާންމު ޚިދުމަތުގެ އިނާމުން ފަރުޖައްސާލެވޭކަށްނެތެވެ. މިއަދު އޮމާންކަމާއެކު ހިނގަމުން ވިލަރެސްކުރަމުންދާ އެތައް ވުޒާރާއެއްގެ އޮނިގަނޑު ޙިއްޞާކުރަނީ އެމަނިކުފާނުގެ ޚިދުމަތުގެ ހަނދާންތަކާ އެކުގައެވެ. އެ ވުޒާރާތަކުގައި ސިއްކަޖެހިފައިވާ އެތައް ކަަމަކީ އެމަނިކުފާނުގެ ޙިކުމަތު ޢަމަލީގެ ނިޝާނެކެވެ. އެމަނިކުފާނުގެ ޚިދުމަތްތައް ޤައުމު ބަލައިގަންނަނީ ޝުކުރުވެރި ހިތަކާއެކުގައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ޝާހުރުކް ޚާންގެ ފިލްމީ ހަޔާތަށް 25 އަހަރު: ހުރިހާ ޝުކުރެއް ސަޕޯޓަރުންނަށް!

ޝާހުރުކް ޚާންގެ ފިލްމީ ހަޔާތަށް 25 އަހަރު: ހުރިހާ ޝުކުރެއް ސަޕޯޓަރުންނަށް!

28 ޖޫން 2017
އެމްޑީޕީއަށް 12 އަހަރު. ޤައުމުން ބޮޑު ބަދަލެއް

އެމްޑީޕީއަށް 12 އަހަރު. ޤައުމުން ބޮޑު ބަދަލެއް

26 ޖޫން 2017
ފައިތިލައިގައި އާދަޔާ ހިލާފު އައިބެއް ހުރި ކުއްޖާއަށް 18 އަހަރު ފަހުން ހިތްހަމަ ޖެހުމާއި އައު އުއްމީދެއް!

ފައިތިލައިގައި އާދަޔާ ހިލާފު އައިބެއް ހުރި ކުއްޖާއަށް 18 އަހަރު ފަހުން ހިތްހަމަ ޖެހުމާއި އައު އުއްމީދެއް!

25 ޖޫން 2017
ޓްވީޓާރ އަށް އެޑިޓް ބަަޓަންއެއް މިއަހަރު ފެނިދާނެބާ!

ޓްވީޓާރ އަށް އެޑިޓް ބަަޓަންއެއް މިއަހަރު ފެނިދާނެބާ!

06 ޖޫން 2017
އެސްއީޒެޑަށް ތިން އަހަރު، އިންވެސްޓަރުން ކޮބާ؟

އެސްއީޒެޑަށް ތިން އަހަރު، އިންވެސްޓަރުން ކޮބާ؟

20 މެއި 2017

އަހަރުތަކުން މިއަދު

5 މެއި
މުނާ އިސްތިއުފާ ދެއްވައިފި - ވިދާޅުވީ ރައީސްގެ ބަހާއި އަމަލާ ދިމާނުވެ ރައްޔިތުންނަށް އޮޅުވާލާކަމަށް
20251 އަހަރު ކުރިން
ރާއްޖެ

މުނާ އިސްތިއުފާ ދެއްވައިފި - ވިދާޅުވީ ރައީސްގެ ބަހާއި އަމަލާ ދިމާނުވެ ރައްޔިތުންނަށް އޮޅުވާލާކަމަށް

މަޖިލީހުގެ 33 އިންސައްތަ އަންހެނުންނަށް ޚާއްސަ ކުރާ އިސްލާހުގެ މަސައްކަތް އަވަސްކޮށްދޭން ރޮޒެއިނާ އެދިވަޑައިގެންފި
20242 އަހަރު ކުރިން
ރާއްޖެ

މަޖިލީހުގެ 33 އިންސައްތަ އަންހެނުންނަށް ޚާއްސަ ކުރާ އިސްލާހުގެ މަސައްކަތް އަވަސްކޮށްދޭން ރޮޒެއިނާ އެދިވަޑައިގެންފި

30 މީހުންނާއެކު ދަތުރުކުރި ލޯންޗަކަށް ރާޅެއް އަރައިފި، މިހާރު ލޯންޗް ލޮކޭޓް ނުކުރެވޭ
20233 އަހަރު ކުރިން
ރާއްޖެ

30 މީހުންނާއެކު ދަތުރުކުރި ލޯންޗަކަށް ރާޅެއް އަރައިފި، މިހާރު ލޯންޗް ލޮކޭޓް ނުކުރެވޭ

ޖަލު ބަލަހައްޓާ ގިނަ އަދަދެއްގެ އޮފިސަރުން ހޯދަން އިއުލާންކޮށްފި
20224 އަހަރު ކުރިން
ރާއްޖެ

ޖަލު ބަލަހައްޓާ ގިނަ އަދަދެއްގެ އޮފިސަރުން ހޯދަން އިއުލާންކޮށްފި

"ބަނޑުގައި އޮތް ދަރިފުޅާއެކު އަނބިމީހާ ދުނިޔެ ދޫކުރީ ލޯ ކުރިމަތީގައި"
20215 އަހަރު ކުރިން
ރިޕޯޓު

"ބަނޑުގައި އޮތް ދަރިފުޅާއެކު އަނބިމީހާ ދުނިޔެ ދޫކުރީ ލޯ ކުރިމަތީގައި"

ލޯ ކައިރި ކަޅުވަނީ ކީއްވެ؟ ހައްލެއް ބޭނުން!
20197 އަހަރު ކުރިން
ސިއްހަތު

ލޯ ކައިރި ކަޅުވަނީ ކީއްވެ؟ ހައްލެއް ބޭނުން!

މެލޭޝިއާއިން ގެއެއް ގަތުމަށް ލުތުފީ މަސައްކަތްކުރެއްވި!
20188 އަހަރު ކުރިން
ރާއްޖެ

މެލޭޝިއާއިން ގެއެއް ގަތުމަށް ލުތުފީ މަސައްކަތްކުރެއްވި!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު