Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުޔުއެފާ ޗެމްޕިއަންސް ލީގު

ޗެމްޕިއަންސް ލީގަށް ފަހު ގާޑިއޯލާގެ އިންޒާރެއް ރެއާލަށް، "އަހަރަމެން އެބަ އަންނަން!"

11 ޖޫން 2023 | އާދީއްތަ 03:19

ރެއާލުން ކުޑަކޮށް ނަމަވެސް މަޑު ޖެހި، "ނިދައިފިނަމަ" ސިޓީން ފަހަތުން އަރައި އެމީހުން އަތުލާނެ

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 11 ޖޫން 2023 | އާދީއްތަ 03:19
ޔުއެފާ ޗެމްޕިއަންސް ލީގު ތައްޓާއެކު ސިޓީގެ ކޯޗު ގާޑިއޯލާ

ޔުއެފާ ޗެމްޕިއަންސް ލީގު ތައްޓާއެކު ސިޓީގެ ކޯޗު ގާޑިއޯލާ

ޔުއެފާ ޗެމްޕިއަންސް ލީގު ފުރަތަމަ ފަހަރަށް ކާމިޔާބު ކުރުމަށް ފަހު މެންޗެސްޓަރ ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ، މުބާރާތުގެ އެންމެ ކާމިޔާބު ޓީމު ރެއާލް މެޑްރިޑަށް "މަޒާޖީ" ގޮތެއްގައި އިންޒާރެއް ފޮނުވައިފި އެވެ.

ސްޕެއިންގެ ރެއާލުން ވަނީ ޗެމްޕިއަންސް ލީގު 14 ފަހަރު ކާމިޔާބުކޮށްފަ އެވެ. މިއީ ރެކޯޑު އަދަދެކެވެ. އެ ޓީމު މި ސީޒަނުގެ މުބާރާތުން ކެޓީ ސެމީ ފައިނަލްގައި ސިޓީއަތުން ބަލިވެގެންނެވެ. ފައިނަލަށް ފަހު ވާހަކަ ދައްކަމުން ގާޑިއޯލާ ބުނީ، މިހާރު ސިޓީ އޮތީ ރެއާލަށް ވުރެ 13 ތަށި ފަހަތުގައި ކަމަށެވެ. އޭނާ ބުނީ އެއީ ހަމައެކަނި 13 ކަމަށާއި، އެހެންކަމުން ރެއާލުން ވަރަށް ބޮޑަށް ސަމާލުކަން ދޭން ޖެހޭނެ ކަމަށެވެ. ސަބަބެއްގެ ގޮތުގައި ގާޑިއޯލާ ބުނީ، ސިޓީން އެމީހުންގެ މިސްރާބުގައި އެދިމާލަށް ދަތުރު ކުރުމެވެ. އެކަން ފާހަގަކޮށް ގާޑިއޯލާ ބުނީ، ރެއާލުން ކުޑަކޮށް ނަމަވެސް މަޑު ޖެހި، "ނިދައިފިނަމަ" ސިޓީން ފަހަތުން އަރައި އެމީހުން އަތުލާނެ ކަމަށެވެ.

އިތުރަށް އޭނާ ބުނީ މިއީ ސިޓީގެ ފުރަތަމަ ޗެމްޕިއަންސް ލީގު ކަމަށާއި، މިހިސާބުން އަދި ނިންމާލަން ބޭނުންނުވާ ކަމަށެވެ. އެހެންކަމުން އަންނަ ސީޒަނުގައި ވެސް މިއަށްވުރެ ބުރަކޮށް މަސައްކަތްކޮށް، އަނެއްކާ ވެސް އެ މުބާރާތް ކާމިޔާބު ކުރުމަށް ފޯކަސް ކުރާނެ ކަމުގައި ވެސް އޭނާ ވަނީ ބުނެފަ އެވެ. އޭނާ ބުނީ ދެ ސީޒަނެއް ނުވަތަ ތިން ސީޒަނެއްގައި ޗެމްޕިއަންސް ލީގު ކާމިޔާާބު ކުރުމަށްފަހު ބައެއް ޓީމުތައް "ގެއްލޭ" ކަމަށެވެ. ސިޓީން އެކަން އެއް ފަރާތްކުރަން ޖެހޭކަން ފާހަގަކުރަމުން އޭނާ ބުނީ، އެ ޓީމަށް އެ ހާލަތު ދިމާނުވާނެ ކަމަށެވެ. ގާޑިއޯލާ ބުނީ އޭނާ ދެކޭ ގޮތުގައި މިއީ ސިޓީން ދުރާލާ ރާވައިގެން، ވަގުތު ދީގެން ކުރިއަށް ގެންދިޔަ ޕްރޮޖެކްޓު ކާމިޔާބުވުން ކަމަށެވެ.

ސިޓީގެ މި ކާމިޔާބާއެކު ގާޑިއޯލާ ވެސް ވަނީ ތާރީޚުން ޖާގަ ހޯދައިފަ އެވެ. އޭނާ އަކީ ދެ ކުލަބެއްގައި ޓްރެބަލް ހޯދި ހަމައެކަނި ކޯޗެވެ. މީގެ ކުރިން އޭނާ ވަނީ ސްޕެއިންގެ ބާސެލޯނާގައި ވެސް ޓްރެބަލް ކާމިޔާބުކޮށްފަ އެވެ. އެއީ މީގެ 14 އަހަރު ކުރި އެވެ.

އެންމެ ހިނގާ

1

މޫސާ އިބްރާހީމް މަރާލި މައްސަލައިގައި ކުށް ސާބިތުވެ، މުހައްމަދު އިބްރާހީމް އަށް މަރުގެ ހުކުމް!

2

ރަޝިޔާގެ ހުއްދަ ނެތި އެމެރިކާ އެއަރ ފޯސްގެ ބޯޓެއް ވެރި ރަށް މޮސްކޯގައި ޖައްސައިފި

3

ރާއްޖެ ޓީވީގެ އާމިރު ސަލީމަށް ހަމަލާދޭން ސަރުކާރު ހިންގާ ޕާޓީން ބަޔަކަށް ފައިސާދިންކަމުގެ މައުލޫމާތު ލިބިގެން މައްސަލަ ފުލުހަށް ހުށަހަޅައިފި

4

ގެއްލުނު ނާފިއުގެ އާއިލާ އިން އާދޭހާއެކު ސަރުކާރުގައި އަދިވެސް އެދެނީ އޭނާގެ ހަށިގަނޑު ހޯދައި ދިނުމަށް!

5

އީރާންގެ އިޤްތިސާދަށް ނުރައްކާ ކުރިމަތިވެއްޖެ، އެކަމާ ސަރުކާރުން ލަދުގަނޭ: އީރާންގެ ރައީސް ޕެޒެޝްކިއާން

އިތުރަށް ކިޔާލަން

27 ޖެނުއަރީ 2017

ފޯރިގަދަ ކުޅުމަކަށް ފަހު ވަވްރިންކާ ބަލިކޮށް ފެޑެރާ ފައިނަލަށް

27 ޖެނުއަރީ 2017
ފޯރިގަދަ ކުޅުމަކަށް ފަހު ވަވްރިންކާ ބަލިކޮށް ފެޑެރާ ފައިނަލަށް
26 ޖެނުއަރީ 2017

ޔުވަންޓަސް ދޫކޮށްލުމަށްފަހު އެވްރާ މާސޭއާށް ބަދަލުވެއްޖެ

26 ޖެނުއަރީ 2017
ޔުވަންޓަސް ދޫކޮށްލުމަށްފަހު އެވްރާ މާސޭއާށް ބަދަލުވެއްޖެ
26 ޖެނުއަރީ 2017

ކޮޕާ ޑެލްރޭ: ރެއާލް މެޑްރިޑް ކަޓުވާލުމަށްފަހު ސެލްޓަވިގޯ ސެމީއަށް

26 ޖެނުއަރީ 2017
ކޮޕާ ޑެލްރޭ: ރެއާލް މެޑްރިޑް ކަޓުވާލުމަށްފަހު ސެލްޓަވިގޯ ސެމީއަށް
25 ޖެނުއަރީ 2017

ރެއާލް ދޫކޮށްލުމަށްފަހު ޕެޕޭ ޗައިނާ ލީގަށް ބަދަލުވަނީ!

25 ޖެނުއަރީ 2017
ރެއާލް ދޫކޮށްލުމަށްފަހު ޕެޕޭ ޗައިނާ ލީގަށް ބަދަލުވަނީ!
25 ޖެނުއަރީ 2017

ލެސްޓާ ދޫކޮށްލުމަށްފަހު ހެނާންޑޭޒް މަލާގާއާ ގުޅިއްޖެ

25 ޖެނުއަރީ 2017
ލެސްޓާ ދޫކޮށްލުމަށްފަހު ހެނާންޑޭޒް މަލާގާއާ ގުޅިއްޖެ
23 ޖެނުއަރީ 2017

އެންމެ ފަހުން ޑިޕޭ ލިޔޯން އަށް ސޮއިކޮށްފި

23 ޖެނުއަރީ 2017
އެންމެ ފަހުން ޑިޕޭ ލިޔޯން އަށް ސޮއިކޮށްފި
20 ޖެނުއަރީ 2017

އާސެނަލް ދޫކޮށްލުމަށް ފަހު ސަންޗޭޒް ބަޔާންއާ ގުޅުން ކައިރި: އޮންރީ

20 ޖެނުއަރީ 2017
އާސެނަލް ދޫކޮށްލުމަށް ފަހު ސަންޗޭޒް ބަޔާންއާ ގުޅުން ކައިރި: އޮންރީ
18 ޖެނުއަރީ 2017

އެންމެ ފަހުން ކޯސްޓާ ޗެލްސީގެ ފަރިތަކުރުންތަކާ ގުޅިއްޖެ

18 ޖެނުއަރީ 2017
އެންމެ ފަހުން ކޯސްޓާ ޗެލްސީގެ ފަރިތަކުރުންތަކާ ގުޅިއްޖެ
08 ޖެނުއަރީ 2017

އެފްއޭކަޕް: ފަހުވަގުތު ޖިރޫޑް ކާމިޔާބުކުރި ލަނޑުން އަނެއްކާވެސް އާސެނަލް ސަލާމަތްވެއްޖެ

08 ޖެނުއަރީ 2017
އެފްއޭކަޕް: ފަހުވަގުތު ޖިރޫޑް ކާމިޔާބުކުރި ލަނޑުން އަނެއްކާވެސް އާސެނަލް ސަލާމަތްވެއްޖެ
04 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ފަހު ވަގުތު ޖިރޫ ކާމިޔާބުކޮށްދިން ލަނޑުން އާސެނަލް ސަލާމަތްވެއްޖެ

04 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ފަހު ވަގުތު ޖިރޫ ކާމިޔާބުކޮށްދިން ލަނޑުން އާސެނަލް ސަލާމަތްވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް