Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓު
ޖޭޕީން ބޭއްވި ޖަލްސާ

ޓްރެފިކަށް ބާރު ބޮޑުވެ، ޖޭޕީގެ ޖަލްސާއިން ގޮނޑިތައް ނަގަން ޖެހިއްޖެ

ޓްރެފިކް ބޮޑުވެގެން ޖަލްސާއަށް ބަޔަކަށް ނާދެވުނުކަން އިވުނު މިއީ ފުރަތަމަ ފަހަރު

ސިމާހާ ނަސީމް
ސިމާހާ ނަސީމް, ރާއްޖެ އެމްވީ | 10 ޖޫން 2023 | ހޮނިހިރު 13:18
ޖޭޕީ ޖަލްސާ އިން ގޮނޑިތައް ނަގަނީ

ޖޭޕީ ޖަލްސާ އިން ގޮނޑިތައް ނަގަނީ

މިއަހަރުގެ ސެޕްޓެމްބަރު މަހު ބާއްވާ ރިޔާސީ އިންތިހާބުގައި ވާދަކުރެއްވުމަށް, ޖުމްހޫރީ ޕާޓީ (ޖޭޕީ)ގެ ރިޔާސީ ޓިކެޓް އެ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމަށް އެރުވުމަށް ހުކުރު ދުވަހުގެ ރޭ ޖަލްސާއެއް ބޭއްވިއެވެ. މި ޖަލްސާގެ ތައްޔާރީތައް ދެ ދުވަސް ކުރިން އެ ޕާޓީން ވާން ފަށާފައިވެއެވެ. އަލިމަސް ކާނިވާ ސަރަހައްދުގެ ވަކި ބައެއް ވެސް ބަންދުކުރިއެވެ. ގިނަ އަދަދެއްގެ ގޮނޑިތައް ވެސް ޖެހިއެވެ. އެހެންނަމަވެސް ރޭގެ ޖަލްސާ ފެށުނީ ވަރަށް ލަހުންނެވެ. ޖޭޕީން ޖަލްސާ ފަށާނެކަމަށް އިއުލާން ކުރީ 08:30 ގައެވެ. އެހެންނަމަވެސް ޖަލްސާ ފެށީ 10 ޖެހި ފަހުންނެވެ.

ޖަލްސާގައި ޖެހި ގިނަ އަދަދެއްގެ ގޮނޑިތައް ނުފުރިގެން، ބައެއް ގޮނޑިތައް ނެގިއެވެ. މި ޖަލްސާގައި މުޅި ކާނިވާ ސަރަހައްދު އެއްކޮށްހެން ކަހަލަ ގޮތަކަށް ފުރޭ ވަރަށް ގޮނޑި ޖަހާފައި ހުއްޓެވެ. ނަމަވެސް 9 ޖެހި އިރު ވެސް އެ ތަނުގައި ތިބީ 300 އެއްހާ މީހުން ކަމަށް މަންޒަރު ދުށް މީހުން ބުނެއެވެ. އެންމެ ފަހުން، ޕާޓީގެ އޮފިޝަލުންނަށް ޖެހުނީ އެ ސަރައްހަދުގައި ހުސްކޮށް ހުރި ގިނަ ގޮނޑިތަކެއް ނަގާށެވެ. އެހެންނަމަވެސް ޖުމްހޫރީ ޕާޓީގެ ބައެއް މެމްބަރުން ސިފަކުރި ގޮތުގައި މި ޖަލްސާއަކީ މިހާތަނަށް ރާއްޖޭގައި ސިޔާސީ ޕާޓީއަކުން ނުބާއްވާހާ ބޮޑުކޮށް ބޭއްވި ޖަލްސާއެކެވެ. ކައިރި އަތޮޅަކުން ކީއްކުރަންތޯ ކައިރި ރަށަކުން ވެސް މި ޖަލްސާއަށް މީހަކު ނުގެނެވެ. ރަށްތަކުގައި ތިބި ޖުމްހޫރީ ޕާޓީއަށް ސަޕޯޓްކުރާ ގިނަ އަދަދެއްގެ މީހުން މި ޖަލްސާއަށް އަންނަން ބޭނުންވިއެވެ. އެހެންނަމަވެސް ޖޭޕީން ބޭނުންވީ ރަށަކުން އެއްވެސް މީހަކު ނުގެނެސް އެޕާޓީގެ ލީޑަރަށް މާލެ ސަރަހައްދުގައި އޮތް ސަޕޯޓް ދައްކާށެވެ. މަންޒަރު ބަލަން ތިބި ފަރާތްތަކުގެ ލޮލަށް ފެނުނީ ޖޭޕީގެ މެމްބަރުންގެ ލޮލަށް ފެނުނު މަންޒަރެއް ނޫނެވެ.

އެމީހުންނަށް ފެނުނު މަންޒަރަކީ ޖަލްސާއަށް މީހުން ހަމަނުވެގެން ޖޭޕީން ބަސް ސްޓޭންޑް ކައިރީގައި ތިބި މީހުންނަށް ވެސް އައުމަށް އެދެމުންދިޔަ މަންޒަރެވެ. އާންމު ގޮތެއްގައި ބަސް ސްޓޭންޑް ކައިރީގައި ތިބޭނީ ބަހުން ދަތުރުކުރާ މީހުން ކަންނޭނގެއެވެ. އެމީހުން ޖަލްސާއަށް އައިނަމަ ތިބޭނީ ޖަލްސާ އޮތް ތަނުގައި ނޫންތޯއެވެ. ޖޭޕީގެ ކުލަ އަކީ ރަތްކުލަ ކަމަށް ވުމުން ޖަލްސާ އޮތް ދިމާލުން ރަތް ހާލެއް ދިޔަ ނަމަވެސް ސްޓޭޖްމަތީގައި ހުންނެވި ބޭފުޅަކު އެ ހާލަށް ވެސް ގޮވީސް ކަން ނޭނގެއެވެ. އެ ގަޑީގައި ކެފޭއެއްގައި އިން މީހަކު ގާތު ގޮނޑިތަކަށް ދިޔުމަށް ޖޭޕީގެ އޮފިޝަލަކު އެދުނެވެ. ސަބަބަކީ އޭނާއަށް ވެސް ރަތް ކުލައިގެ ޓީޝާޓެއް ލެވިފައި އިންކަމެވެ.

ޖުމްހޫރީ ޕާޓީގެ ސެކެޓްރީ ޖެނެރަލް އަލީ އާރިފް ވިދާޅުވީ ޖަލްސާއަށް މީހުން އަންނަމުންދާ ކަމަށެވެ. އަދި މާލޭގެ ޓްރެފިކް ބޮޑުވެގެން ޖަލްސާއަށް މީހުންނަށް ނާދެވިގެން އުޅޭކަމަށް އޭނާ ވިދާޅުވިއެވެ. 08:30 ގައި ފަށަން އޮތް ޖަލްސާއަކަށް ޚުދު އަލީ އާރިފަށް ވެސް ޖަލްސާއަށް ވަޑައިގެންނެވުނީ ޓްރެފިކްގެ ބާރު ބޮޑުކަމުން 09:30 ވެ ބޮޑުވިފަހުންނެވެ. 8:30 ގައި ފަށަން އޮތް ޖަލްސާއަކަށް ދާން 08:00 ޖަހާއިރު މީހުން ނިކުންނާނެ ކަން ނޭނގެއެވެ. ނަމަވެސް 10:00 ޖެހިއިރު ވެސް މީހުންނަށް ނާދެވުނީ މާލޭގެ ޓްރެފިކްގެ ބާރު ހާދަހާ ބޮޑުވުމުންނެވެ. މީގެ ކުރިން އަޑުއަހަނީ ޖަލްސާއަށް އައުމަށް ފުރި އޮޑިފަހަރަށް ކަނޑުގަދަވެގެން ނާދެވުނު ވާހަކައެވެ. ޓްރެފިކް ބޮޑުވެގެން ޖަލްސާއަށް ބަޔަކަށް ނާދެވުނުކަން އިވުނު މިއީ ފުރަތަމަ ފަހަރެވެ.

އެއްބަޔަކު ބުނަނީ ޖަލްސާއަށް އައި މީހުން މަދު ވާހަކައެވެ. އަނެއްބަޔަކު ބުނަނީ ޖަލްސާއަށް އައި މީހުންނަށް ވުރެން ގޮނޑި ގިނަ ވާހަކައެވެ. ކޮންމެ ގޮތަކަށް ކަން ހިނގިޔަސް ކޮންމެވެސް ބޭފުޅަކަށް ކަމެއް ވަރަށް ބޮޑަށް އޮޅުވާލައިފިއެވެ. ޕާޓީގެ ލީޑަރު ޤާސިމާއި ނަހުލާ ވަޑައިގެންނެވީ ވެސް 10:00 ޖެހިފަހުންނެވެ. ޖަލްސާ ނިމުމަށްފަހު ރިޔާޒު ރަޝީދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ޖޭޕީން އިދިކޮޅު ފަރާތްތައް ސިއްސުވާލީ ލީޑަރު އޮނަރަބަލް ގާސިމް އިބުރާހިމްއަށް ރިޔާސީ ޓިކެޓު އެރުވުމަށްފަހު ކަމަށެވެ. ހަޤީޤަތުގައި ވެސް މިއީ ޕާޓީގެ ލީޑަރަށް އޮޅުވާލުން ނޫންތޯއެވެ. ލީޑަރު ސިހިގެންދާނީ ޕާޓީއަށް މީހުން ނައިސްގެން ގޮނޑިތައް ނަގަން ޖެހުނުކަން އެނގުމުން ނޫންތޯއެވެ. ނޫންނަމަ މާލޭގެ ޓްރެފިކް އެހާވަރަށް ބާރު ބޮޑުވެ. ދޮޅު ގަޑިއެއްހާއިރު ވަންދެން ޖޭޕީގެ ސަޕޯޓަރުން މަގުމަތީގައި ތާށިވިކަން ހަމަ ހަޤީޤަތުގައި ވެސް އެނގިވަޑައިގެންނެވިނަމަ ނޫންތޯއެވެ. ވެރިޔާގެ ހިތް ރުސުމަށްޓަކާ ވެސް މިއީ ކުރަން ހެޔޮވާވަރުގެ ކަމެއް ނޫނެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

މަސީހްގެ އިތުބާރު ނެތްކަމުގެ ވޯޓު ނަގާ ޖަލްސާ ބޭއްވިޔަ ނުދޭނެ!؟

މަސީހްގެ އިތުބާރު ނެތްކަމުގެ ވޯޓު ނަގާ ޖަލްސާ ބޭއްވިޔަ ނުދޭނެ!؟

18 ޖުލައި 2017
ތިންބާރު ވަކިވުމުން ކަން ހިނގާގޮތް އޮޅިއްޖެއެވެ!

ތިންބާރު ވަކިވުމުން ކަން ހިނގާގޮތް އޮޅިއްޖެއެވެ!

23 މެއި 2017
ފުވައްމުލަކު ރައްޔިތުން ނިކުމެ ވޯޓު އަޅައި މަޖިލިސް ރައީސްގެ އިތުބާރު ނެތް ކަމަށް "ފާސްކޮށްފި"!

ފުވައްމުލަކު ރައްޔިތުން ނިކުމެ ވޯޓު އަޅައި މަޖިލިސް ރައީސްގެ އިތުބާރު ނެތް ކަމަށް "ފާސްކޮށްފި"!

08 މެއި 2017
"ލޯބިވާ، މިހާރު ވަރަށް ކަންބޮޑުވެއްޖެ، ހެޔޮނުވާނެ ސަލާމަތުން ހުރިއްޔާ އަންގާލަ ދީބަލަ"

"ލޯބިވާ، މިހާރު ވަރަށް ކަންބޮޑުވެއްޖެ، ހެޔޮނުވާނެ ސަލާމަތުން ހުރިއްޔާ އަންގާލަ ދީބަލަ"

29 އެޕްރީލު 2017
ގަދަބާރުން ހޯދޭނެ އިތުބާރެއް ނޯންނާނެ!

ގަދަބާރުން ހޯދޭނެ އިތުބާރެއް ނޯންނާނެ!

17 އެޕްރީލު 2017

އަހަރުތަކުން މިއަދު

21 އެޕްރީލު
އެސްޓޯނިއާ ދަތުރު އަދި މޯލްޑިވްސް 2.0 ގެ ފަހަތުގައި އޮތް ސިއްރަކީ އިލެކްޓްރޯނިކް ވޯޓިން: މަޚްލޫފް
20251 އަހަރު ކުރިން
ރާއްޖެ

އެސްޓޯނިއާ ދަތުރު އަދި މޯލްޑިވްސް 2.0 ގެ ފަހަތުގައި އޮތް ސިއްރަކީ އިލެކްޓްރޯނިކް ވޯޓިން: މަޚްލޫފް

މަޖިލިސް އިންތިހާބުގެ ކެމްޕޭންގެ ތެރޭގައި ވޯޓު ގަތުމާއި ދައުލަތުގެ މުދަލާއި ވަސީލަތްތައް ނަހަމަ ގޮތުގައި ބޭނުންކޮށްފައިވޭ - ޓްރާންސްޕޭރެންސީ
20242 އަހަރު ކުރިން
ރާއްޖެ

މަޖިލިސް އިންތިހާބުގެ ކެމްޕޭންގެ ތެރޭގައި ވޯޓު ގަތުމާއި ދައުލަތުގެ މުދަލާއި ވަސީލަތްތައް ނަހަމަ ގޮތުގައި ބޭނުންކޮށްފައިވޭ - ޓްރާންސްޕޭރެންސީ

ހޫނުމިން 40ށް އަރާ، ސަމާލުވުމަށް އިލްތިމާސްކޮށްފި
20233 އަހަރު ކުރިން
ރާއްޖެ

ހޫނުމިން 40ށް އަރާ، ސަމާލުވުމަށް އިލްތިމާސްކޮށްފި

ކިޑްނީގެ ދުޅަހެޔޮކަމަށް ފެނުގެ މުހިންމުކަން
20224 އަހަރު ކުރިން
ސިއްހަތު

ކިޑްނީގެ ދުޅަހެޔޮކަމަށް ފެނުގެ މުހިންމުކަން

 ޗިކެން ޕަނީނީ ސޭންޑްވިޗް
20215 އަހަރު ކުރިން
ލައިފް ސްޓައިލް

ޗިކެން ޕަނީނީ ސޭންޑްވިޗް

ޝިމާ އަންދާލާފައިވާ ކަމަށް ބުނެ ލިބުނު މައުލޫމާތަކާ ގުޅިގެން ފުލުހުން ދެ ރަށެއް ބަލައި ފާސްކޮށްފި
20197 އަހަރު ކުރިން
ރާއްޖެ

ޝިމާ އަންދާލާފައިވާ ކަމަށް ބުނެ ލިބުނު މައުލޫމާތަކާ ގުޅިގެން ފުލުހުން ދެ ރަށެއް ބަލައި ފާސްކޮށްފި

ނިވާކަން ކުޑަ ހެދުންލައިގެން މޮޑެލްކުރުމުން އިލްމުވެރިން ރަތަށް، ސަރުކާރު ހިމޭނުން!
20188 އަހަރު ކުރިން
ރާއްޖެ

ނިވާކަން ކުޑަ ހެދުންލައިގެން މޮޑެލްކުރުމުން އިލްމުވެރިން ރަތަށް، ސަރުކާރު ހިމޭނުން!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު