Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެޓެކްސީއެއް ފިލި ކަމަށް ބުނާ މައްސަލަ

150،000 ރުފިޔާގެ މުދަލާއެކު ދަތުރުކުރި ޓެކްސީ މައްސަލަ: ވަނަވަރު ހާމަކޮށްފައެއް ނުވާނެ

7 ޖޫން 2023 | ބުދަ 17:03

މިކަން ހިނގާފައިވަނީ ކާރަށް މުދާ އެރުވުމަށްފަހު ދެ ފަރާތުން ކުރަންޖެހޭ މުއާމަލާތް ރަނގަޅަށް ނުކުރެވި އޮތުމުން

އަމްނާ އިމާދު
އަމްނާ އިމާދު | 7 ޖޫން 2023 | ބުދަ 17:03
މި މައްސަލައާ ގުޅިގެން ފުލުހުން ކުރި ޓްވީޓް

މި މައްސަލައާ ގުޅިގެން ފުލުހުން ކުރި ޓްވީޓް

150،000 ރުފިޔާގެ މުދަލާއެކު ދަތުރުކުރި ޓެކްސީ މައްސަލާގައި އެއީ ކޮން ޓެކްސީއެއްކަން އަދި މީހާގެ ވަނަވަރު ހާމަކޮށްފައި ނުވާނެ ކަމަށް ފުލުުހުން ބުނެފިއެވެ.

ފުލުހުން ބުނީ ޖޫން 2 ވަނަ ދުވަހު އެ ޚިދުމަތުން ކޮށްފައިވާ ޓުވީޓަކީ އެއާޕޯޓް ޓެކްސީ ކިއުއިން ނެގި ޓެކްސީއަކަށް އެރުވި މުދާ ވެރިފަރާތަށް ހޯދައިދެވިފައިވާކަން ހާމަކުރުމުގެ ގޮތުންނާ އަދި ކަމެއް ދިމާވާ ހިނދު ވީއެންމެ އަވަހަކަށް ފުލުހުންނާ ހިއްސާކޮށް އަދި ރިޕޯޓުކުރުމަށް އިލްތިމާސްކޮށް، ކޮށްފައިވާ ޓުވީޓެއް ކަމަށެވެ. އެ ޓުވީޓުގައި އެއީ ކޮން ޓެކްސީއެއްކަން ނުވަތަ ޓެކްސީ ސެންޓަރުގެ ނަން ނުވަތަ މީހާގެ ވަނަވަރު ހާމަކޮށްފައި ނުވާ ކަމަށް ފުލުުހުން ބުނެއެވެ.

ފުލުހުން ބުނީ ޖޫން 1 ވަނަ ދުވަހުގެ 16:30 އެހާކަންހާއިރު، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް ޓެކްސީ ކިއުއިން ނެގި ޓެކްސީއަށް އެރުވި 150،000 ރުފިޔާގެ އަގުހުރި އިލެކްޓްރޯނިކްސް ސާމާނު ލިބިފައިނުވާކަމަށް، ޖޫން 1 ވަނަ ދުވަހުގެ 17:27 އެހާކަންހާއިރު މާފަންނު ޕޮލިސް ސްޓޭޝަނަށް މައްސަލަ ހުށަހަޅާފައިވާ ކަމަށެވެ.

މި މައްސަލަ ހުށަހެޅުމާ ގުޅިގެން މައުލޫމާތު ސާފުކުރުމުން މައްސަލަ ހުށަހެޅި ފަރާތަށް، ތަކެތި އެރުވި ޓެކްސީގެ ރަޖިސްޓްރީ ނަމްބަރު ފިޔަވައި އިތުރު މައުލޫމާތެއް އެނގިފައި ނުވާތީ އެ ޓެކްސީ ދެނެގަތުމަށް ސީސީޓީވީ ފުޓޭޖު ބަލައި ޓެކްސީ ދެނެގަނެފައިވާ ކަމަށް ފުލުހުން ބުނެއެވެ. އަދި ޓެކްސީ ދުއްވި ފަރާތާ ގުޅި, 18:00 އެހާކަންހާއިރު ވެރިފަރާތާ އެތަކެތިވަނީ ހަވާލުކޮށްފައިވާ ކަމަށް ފުލުހުން ބުނެއެވެ.

ފުލުހުން ބުނީ އެ ޓެކްސީ ހޯދުމަށް މަސައްކަތްކުރަމުން ދިޔައިރު، ވެރިފަރާތާ ތަކެތި ހަވާލުކުރުމަށް، ޓެކްސީ ދުއްވި ފަރާތުން ވެސް މަސައްކަތްކޮށްފައިވާކަން މިހާތަނަށް އެނގިފައިވާ ކަމަށެވެ. އަދި މިކަން ހިނގާފައިވަނީ ކާރަށް މުދާ އެރުވުމަށްފަހު ދެ ފަރާތުން ކުރަންޖެހޭ މުއާމަލާތް ރަނގަޅަށް ނުކުރެވި އޮތުމުންކަމަށް ވެސް މިހާތަނަށް ބެލިބެލުމުން އެނގިފައިވާ ކަމަށް ފުލުހުން ބުނެއެވެ.

އެއީ ކޮން ޓެކްސީއެއްކަން އަދި މީހާގެ ވަނަވަރު ހާމަކޮށްފައި ނުވާ ކަމަށް ފުލުުހުން ބުނެފައިވާއިރު، މިހާދިސާ ހިނގާފައިވާ ގޮތް ޓެކްސީ ޑްރައިވަރު 55 އަހަރުގެ މުހައްމަދު ހުސެއިން ވަނީ ރާއްޖެއެމްވީއާ ހިއްސާކޮށްފައެވެ. އޭނާ ބުނެފައިވަނީ ހަގީގަތް އޮޅޭގޮތަށް ފުލުހުން މައުލޫމާތު ހިއްސާކޮށްފައިވާ ކަމަށާއި، ފިލަން މަސައްކަތްކޮށްފައިނުވާ ކަމަށެވެ. އެތަކެތި ފުލުހުންނަށް ގުޅައިގެން ހަވާލު ކުރުމަށް މަސައްކަތް ކޮށްފައިވާ ކަމަށާއި، އެތަކެތި ވެސް ހަވާލުކުރީ އަމިއްލައަށް މާފަންނު ޕޮލިސް ސްޓޭޝަނަށް ގޮސްގެން ކަމަށް މުހައްމަދު ބުންޏެވެ. އަދި ފުލުހުން އޭނާގެ ކިބައިން މައާފަށް އެދެންޖެހޭނެ ކަމަށް ވެސް އޭނާ ބުންޏެވެ.

ނަމަވެސް ފުލުހުން އެދުވަހު ބުނެފައިވަނީ މާފަންނު ޕޮލިހުން އެތަކެތި ހޯދާފައިވަނީ ސީސީޓީވީ ފުޓޭޖުބަލައި އެ ޓެކްސީ ދެނެގަނެގެން ކަމަށެވެ.

އިތުރަށް ކިޔާލަން

11 ފެބުރުއަރީ 2017

އާބާދީގެ ނިސްބަތުން މިހާރު ބޮލަކަށް 140،000 ރުފިޔާގެ ދަރަންޏެއް ޖެހޭ: ޣަފޫރު

11 ފެބުރުއަރީ 2017
އާބާދީގެ ނިސްބަތުން މިހާރު ބޮލަކަށް 140،000 ރުފިޔާގެ ދަރަންޏެއް ޖެހޭ: ޣަފޫރު
06 ފެބުރުއަރީ 2017

އެމްއެމްޕީއާރްސީ ހާޒިރުނުވުމުން 160 މިލިއަން ރުފިޔާގެ މައްސަލައެއް ބޭރުކޮށްލައިފި

06 ފެބުރުއަރީ 2017
އެމްއެމްޕީއާރްސީ ހާޒިރުނުވުމުން 160 މިލިއަން ރުފިޔާގެ މައްސަލައެއް ބޭރުކޮށްލައިފި
04 ފެބުރުއަރީ 2017

ސިޔާމަށް ތިން ބިލިއަން ރުފިޔާގެ ގެރެންޓީ ދިނުމާ މެދު ފިނޭންސްގެ މުވައްޒަފުން ހިތްހަމަނުޖެހުމުން މަސައްކަތް ހުއްޓިފަ!

04 ފެބުރުއަރީ 2017
ސިޔާމަށް ތިން ބިލިއަން ރުފިޔާގެ ގެރެންޓީ ދިނުމާ މެދު ފިނޭންސްގެ މުވައްޒަފުން ހިތްހަމަނުޖެހުމުން މަސައްކަތް ހުއްޓިފަ!
31 ޖެނުއަރީ 2017

ޕްރީމިއަމް ޓެކްސީގެ ޚިދުމަތް ދޭން ބޭނުންވާ ފަރާތްތަކަށް ފުރުޞަތު ހުޅުވާލައިފި

31 ޖެނުއަރީ 2017
ޕްރީމިއަމް ޓެކްސީގެ ޚިދުމަތް ދޭން ބޭނުންވާ ފަރާތްތަކަށް ފުރުޞަތު ހުޅުވާލައިފި
29 ޖެނުއަރީ 2017

ޖުމްލަ 20 ސައިކަލާއެކު ޓެކްސީގެ ހިދުމަތް ފަށައިފި

29 ޖެނުއަރީ 2017
ޖުމްލަ 20 ސައިކަލާއެކު ޓެކްސީގެ ހިދުމަތް ފަށައިފި
22 ޖެނުއަރީ 2017

ސައިކަލް ޓެކްސީގެ ޚިދުމަތް މިހަފްތާ ތެރޭގައި ފެށޭނެ: ޓްރާންސްޕޯޓް

22 ޖެނުއަރީ 2017
ސައިކަލް ޓެކްސީގެ ޚިދުމަތް މިހަފްތާ ތެރޭގައި ފެށޭނެ: ޓްރާންސްޕޯޓް
21 ޖެނުއަރީ 2017

ތިލަފުއްޓަށް ދަތުރުކުރި ދޯންޏެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި

21 ޖެނުއަރީ 2017
ތިލަފުއްޓަށް ދަތުރުކުރި ދޯންޏެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި
16 ޖެނުއަރީ 2017

ރައީސް ޔާމީންގެ ޅިޔަނަށް 617 މިލިއަން ރުފިޔާގެ ގެރެންޓީއެއް ދެނީ!

16 ޖެނުއަރީ 2017
ރައީސް ޔާމީންގެ ޅިޔަނަށް 617 މިލިއަން ރުފިޔާގެ ގެރެންޓީއެއް ދެނީ!
15 ޖެނުއަރީ 2017

ތިން ބިލިއަން ރުފިޔާގެ ލޯނެއް ނަގަން ސަން ސިޔާމަށް ސަރުކާރުން ގެރެންޓީ ދެނީ!

15 ޖެނުއަރީ 2017
ތިން ބިލިއަން ރުފިޔާގެ ލޯނެއް ނަގަން ސަން ސިޔާމަށް ސަރުކާރުން ގެރެންޓީ ދެނީ!
07 ޖެނުއަރީ 2017

މާލޭގައި ސައިކަލް ޓެކްސީގެ ޚިދުމަތް އަންނަ ހަފްތާގައި ފަށަނީ

07 ޖެނުއަރީ 2017
މާލޭގައި ސައިކަލް ޓެކްސީގެ ޚިދުމަތް އަންނަ ހަފްތާގައި ފަށަނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް