Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއެއްކޮށްލި ދެ ފްލެޓު

އެއްކޮށްލި ދެ ފްލެޓު މުއްދަތު ހަމަވިއިރުވެސް ހުހެއް ނުކުރޭ

7 ޖޫން 2023 | ބުދަ 13:53

ފްލެޓްތައް ހުސް ނުކުރި ނަމަވެސް އާބަންކޯގެ ނިންމުމަށް ބަދަލެއް ނާދޭ

ސިމާހާ ނަސީމް
ސިމާހާ ނަސީމް | 7 ޖޫން 2023 | ބުދަ 13:53
އެއްކޮށްލި ހިޔާ ފްލެޓް

އެއްކޮށްލި ހިޔާ ފްލެޓް

އެއްބަސްވުމާ ޚިލާފުވެ ހިޔާގެ ދެ ފްލެޓު އެއްކޮށްލި މައްސަލައިގައި އެ ތަން ހުސްކުރަން ދިން މުއްދަތު ހަމަވި ނަމަވެސް ތަން ހުސްކޮށްފައި ނުވާ ކަމަށް އަރބަންކޯ އިން ބުނެފިއެވެ.

އަރބަންކޯ އިން ބައެއް މީޑިއާތަކަށް މައުލޫމާތު ދެމުން ބުނީ އެ ފްލެޓްގެ ވެރިންނަށް ތަން ހުސްކުރަން ދިން މުއްދަތު ހަމަވި ނަމަވެސް އެތަން ހުސްކޮށްފައި ނުވާ ކަމަށެވެ. ފްލެޓްތައް ހުސް ނުކުރި ނަމަވެސް އާބަންކޯގެ ނިންމުމަށް ބަދަލެއް ނާންނާނެ ކަމަށާއި ތަން ހުސްކުރުމާއި މިހާތަނަށް ދައްކަން ޖެހޭ ހުރިހާ ފައިސާއެއް 30 ދުވަހުގެ ތެރޭގައި ދައްކަން ޖެހޭނެ ކަމަށް ވެސް ވަނީ ބުނެފައެވެ.

Advertisement - newsAdvertisement

ފްލެޓްގެ ފާރެއް ތަޅާލައި ދެ އެޕާޓްމަންޓް އެއްކޮށްލުމުން ކޮންމެ ފްލެޓެއްގެ ވެރިފަރާތް 100،000ރ. އިން ޖޫރިމަނާ ކުރީ މިދިޔަ މަހުގެ ފަސް ވަނަ ދުވަހު އެވެ. އެ ފައިސާ ދައްކަން ފަސް ދުވަސް ދިނަސް އެ އަށް ވެސް ދެ އެޕާޓްމަންޓުގެ ވެރިފަރާތުން އަމަލެއް ނުކުރިއެވެ. ފާރު ރާނަން ދިން 10 ދުވަހުގެ ތެރޭގައި އެ ކަމެއް ވެސް ނުކުރެއެވެ.

އެ ދެ ތަނުގެ އެއްބަސްވުން ބާތިލްކޮށް، ދެ ތަން ހުސްކުރަން 14 ދުވަހުގެ ނޯޓިސްއެއް އާބަންކޯ އިން ފްލެޓްގެ ވެރިފަރާތަށް ވަނީ މިދިޔަ މަހުގެ 18 ވަނަ ދުވަހު ދީފަ އެވެ. އެ މުއްދަތު މި މަހުގެ އެއްވަނަ ދުވަހަށް އޮތީ ހަމަވެފައެވެ.

އެއްބަސްވުމާ ޚިލާފުވެ، ހިޔާގެ ދެ ފްލެޓު އެއްކޮށްލުމުން އެ ފްލެޓު ހަވާލުކުރުމަށް އަރބަންކޯއިން އެންގި އެންގުން ހުއްޓުވުމުގެ އަމުރެއް ނެރެދިނުމަށް ވެރިފަރާތުން ސިވިލްކޯޓަށް މައްސަލަ ވެސް ހުށަހެޅިއެވެ. އެހެންނަމަވެސް އެ ފްލެޓު ހަވާލުކުރުމަށް އަރބަންކޯއިން އެންގި އެންގުން ހުއްޓުވުމުގެ އަމުރެއް ނުދެވޭނެކަމަށް ސިވިލްކޯޓުން ނިންމިއެވެ.

މި މައްސަލައާ ގުޅިގެން ސިވިލް ކޯޓުން ވަގުތީ އަމުރެއް ނުދިނުމަށް ނިންމާފައިވަނީ ފްލެޓުތަކުގެ ވެރިން އަރބަންކޯއާއެކު ވެފައިވާ އެއްބަސްވުމުގެ މާއްދާތަކާއި، އިމާރާތްކުރުމުގެ ގާނޫނާ އެނގި ތިބެ ހިލާފުވެފައިވާތީއެވެ. އަދި، އެ ތަން އަތުލީ ގޯސްކޮށް ކަމަށް ކޯޓުން ނިންމާ ހާލަތުގައި ވެސް ނަތީޖާއަކަށް ވާނީ އެތަން އަނބުރާ ހަވާލުކުރަން އެންގުން ކަމަށާއި، އެހެންވެ އަމުރެއް ނުނެރުނަސް، އިއާދަ ނުކުރެވޭނެ ގެއްލުންތަކެއް ލިބޭނެ ކަމަށް ނުބެލެވޭ ކަމަށް ސިވިލް ކޯޓުގެ ނިންމުމުގައި ވަނީ ބަޔާންކޮށްފައެވެ.

ހިޔާ ފްލެޓުގައި ދިރިއުޅޭ ކޮންމެ މީހަކުވެސް އެތަނުގައި ދިރިއުޅެނީ އަރބަންކޯއާއެކު ވެފައިވާ އެއްބަސްވުމެއްގެ ދަށުންނެވެ. އެ އެއްބަސްވުމުގައި އާންމުންގެ ސަލާމަތާއި ރައްކާތެރިކަން ގެއްލޭނެފަދަ އެއްވެސް އަމަލެއް ކުރުމާއި އުނދަގޫވާނެ ކަންކަން ކުރުމަކީ މަނާކަމެއް ކަމަށް ބަޔާންކޮށްފައިވެއެވެ. މީގެ ތެރޭގައި ސިނގިރޭޓު ބުއިމާއި، އަލިފާން ރޯކުރުމާއި، އިމާރާތަށް ގެއްލުން ދިނުމާއި، ބެލްކަނީގައި ނުވަތަ ކޮރިޑޯގައި ވޭޕްކުރުމާއި, ސިނގިރޭޓު ބުއިން، އަދި އަޅި ކެނޑުމަކީވެސް މަނާކަމެކެވެ.

އެއްބަސްވުމާ ހިލާފުވެފައިވާ މިންވަރަށް ބަލައި 1،000 ރުފިޔާއާއި 100،000 ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރުމާއި، އިހުމާލުވެފައިވާ ފަރާތްތަކުގެ ޔުނިޓް އަތުލުމުގެ ހައްގުވެސް އަރބަންކޯއަށް ލިބިގެންވެއެވެ.

އެންމެ ހިނގާ

1

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

2

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

3

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

4

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

5

10 އަހަރު ވަންދެން ލޯބީގެ ގޮތުން ގުޅިގެން އުޅުމަށް ފަހު، ރޮނާލްޑޯ އާއި ޖޯޖީނާ ކައިވެނިކޮށްފި

އިތުރަށް ކިޔާލަން

31 މާރިޗު 2017

ރައީސް އޮފީހުގެ ބިއްލޫރިގަނޑު ތަޅާލި ކަމަށް ތުހުމަތު ކުރެވޭ މީހާގެ ބަންދުގެ މުއްދަތު އިތުރު ކޮށްފި

31 މާރިޗު 2017
ރައީސް އޮފީހުގެ ބިއްލޫރިގަނޑު ތަޅާލި ކަމަށް ތުހުމަތު ކުރެވޭ މީހާގެ ބަންދުގެ މުއްދަތު އިތުރު ކޮށްފި
23 މާރިޗު 2017

ބްރޯޑްކާސްޓަރުންގެ އަހަރީ ރިޕޯޓު ހުށަހެޅުމުގެ މުއްދަތު އިތުރުކޮށްފި

23 މާރިޗު 2017
ބްރޯޑްކާސްޓަރުންގެ އަހަރީ ރިޕޯޓު ހުށަހެޅުމުގެ މުއްދަތު އިތުރުކޮށްފި
21 މާރިޗު 2017

ކައުންސިލް އިންތިހާބުގައި ވާދަކުރާ ކެންޑިޑޭޓުންގެ މަންދޫބަކަށް ވުމުގެ މުއްދަތު އިތުރުކޮށްފި

21 މާރިޗު 2017
ކައުންސިލް އިންތިހާބުގައި ވާދަކުރާ ކެންޑިޑޭޓުންގެ މަންދޫބަކަށް ވުމުގެ މުއްދަތު އިތުރުކޮށްފި
03 މާރިޗު 2017

ވޯޓު ލުމަށް ރީރަޖިސްޓްރީ ކުރުމުގެ މުއްދަތު އަނެއްކާ ވެސް އިތުރުކޮށްފި

03 މާރިޗު 2017
ވޯޓު ލުމަށް ރީރަޖިސްޓްރީ ކުރުމުގެ މުއްދަތު އަނެއްކާ ވެސް އިތުރުކޮށްފި
27 ފެބުރުއަރީ 2017

ލޯކަލް ކައުންސިލްތަކުގެ މުއްދަތު ހަމަވެއްޖެ

27 ފެބުރުއަރީ 2017
ލޯކަލް ކައުންސިލްތަކުގެ މުއްދަތު ހަމަވެއްޖެ
23 ފެބުރުއަރީ 2017

އޮބްޒާރވަރުންނާއި މޮނިޓަރުންނަށް ވުމަށް އެދި ހުށަހަޅުމުގެ މުއްދަތު އިތުރުކޮށްފި

23 ފެބުރުއަރީ 2017
އޮބްޒާރވަރުންނާއި މޮނިޓަރުންނަށް ވުމަށް އެދި ހުށަހަޅުމުގެ މުއްދަތު އިތުރުކޮށްފި
11 ފެބުރުއަރީ 2017

ފުއާދަށް އިއްވި ހުކުމުގެ މުއްދަތު ހަމަވަނީ، އަދިވެސް ވިދާޅުވަނީ ގާނޫނާ ޚިލާފު ހުކުމެއް ކަމަށް!

11 ފެބުރުއަރީ 2017
ފުއާދަށް އިއްވި ހުކުމުގެ މުއްދަތު ހަމަވަނީ، އަދިވެސް ވިދާޅުވަނީ ގާނޫނާ ޚިލާފު ހުކުމެއް ކަމަށް!
01 ފެބުރުއަރީ 2017

ހެލްތުން މުއްދަތުގައި ބިލްތައް ނުދައްކައިގެން 8 މިލިއަނަށްވުރެ ގިނަ ރުފިޔާ ޖޫރިމަނާއަށް ދައްކަން ޖެހިއްޖެ

01 ފެބުރުއަރީ 2017
ހެލްތުން މުއްދަތުގައި ބިލްތައް ނުދައްކައިގެން 8 މިލިއަނަށްވުރެ ގިނަ ރުފިޔާ ޖޫރިމަނާއަށް ދައްކަން ޖެހިއްޖެ
01 ފެބުރުއަރީ 2017

އިންތިހާބުގައި ވާދަކުރާ ކެނޑިޑޭޓުންނަށްދިން މުއްދަތު އިތުރުކޮށްފި

01 ފެބުރުއަރީ 2017
އިންތިހާބުގައި ވާދަކުރާ ކެނޑިޑޭޓުންނަށްދިން މުއްދަތު އިތުރުކޮށްފި
24 ޖެނުއަރީ 2017

ލޯކަލް ކައުންސިލް އިންތިހާބުގެ އޮފިޝަލް ކަމަށް ކުރިމަތިލުމުގެ މުއްދަތު އަވަސް ކޮށްފި

24 ޖެނުއަރީ 2017
ލޯކަލް ކައުންސިލް އިންތިހާބުގެ އޮފިޝަލް ކަމަށް ކުރިމަތިލުމުގެ މުއްދަތު އަވަސް ކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް