Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެޖަލްސާގައި މަޑުނުކުރާ މައްސަލަ

އެއްވެސް ޖަލްސާއެއް ނިމެންދެން ނަޝީދު މަޑުނުކުރައްވާ ސަބަބާމެދު ބައެއް މެންބަރުން ސުވާލު އުފައްދަވައިފި

7 ޖޫން 2023 | ބުދަ 11:56

87 މެންބަރުންގެ މަޖިލީހެއް ނަމަވެސް، ކޮމިޓީތައް ނުހިނގާ

އަމްނާ އިމާދު
އަމްނާ އިމާދު | 7 ޖޫން 2023 | ބުދަ 11:56
ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު

ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު

ސަރުކާރަށް ތާއީދުކުރައްވާ ރައްޔިތުން މަޖިލީހުގެ މެންބަރުން ޖަލްސާގައި ނުތިބޭ މައްސަލަ ފާހަގަކުރައްވާއިރު، އެއްވެސް ޖަލްސާއެއް ނިމެންދެން ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މަޑުނުކުރައްވާ ސަބަބާމެދު ބައެއް މެންބަރުން ސުވާލު އުފައްދަވައިފިއެވެ.

ބުދަ ދުވަހު ކުރިއަށްދިޔަ ރައްޔިތުން މަޖިލީހުގެ ޖަލްސާގައި އުނގޫފާރު ދާއިރާގެ މެންބަރު މުހައްމަދު ވަހީދު ނިޒާމީ ނުކުތާއެއް ނަންގަވައި ވިދާޅުވީ، މަޖީލީހުގެ ގަވާއިދު ބުނާގޮތުން އިމާރާތާއި ތަޅުމާއި މިކަންކަން ބެލެހެއްޓުމަކީ މަޖިލީހުގެ ރިޔާސަތަށް އޮތް ކަމެއް ކަމަށެވެ. ގާނޫނު އަސާސީގެ 35 ވަނަ މާއްދާއަށް އިޝާރާތްކުރައްވައި މެންބަރު ވިދާޅުވީ، ގަދަކަމުން މަސައްކަތް ކުރުވުން އެއީ ކަނޑައެޅިގެން މަނާކަމެއް ކަމަށެވެ. ސަރުކާރަށް ތާއީދު ކުރައްވާ ހުރިހައި މެންބަރުން ކުއްލި ކުއްލިއަށް ރައީސް އޮފީހަށް ގެންދިއުމާއި، މަޖިލީހަށް ވަދެނުކުމެ ހެދުމަކީ ނިޒާމީ މައްސަލައެއް ކަމަށެވެ. އަދި މިކަން މެންބަރު ސިފަކުރެއްވީ ކަންބަޅި އައިނެއްގެ ގޮތުގައެވެ.

Advertisement - newsAdvertisement

މި ނިޒާމީ މައްސަލަ ބަލައިގަންނަ ކަމަށް ވިދާޅުވެ ވިދާޅުވީ ނަޝީދު ވިދާޅުވީ 87 މެންބަރުންގެ މަޖިލީހެއް ނަމަވެސް، ކޮމިޓީތައް ނުހިނގާކަމަށާއި، ސަރުކާރަށް ތާއީދު ކުރައްވާ މެންބަރުން ގޮނޑިތަކުގައި ނުތިބެންވީ އެއްވެސް ސަބަބެއް ނެތްކަމަށެވެ.

ނަޝީދުގެ ފާޑުކިޔުންތަކަށް ރައްދުދެއްވައި ހދ. ނޮޅިވަރަމް ދާއިރާގެ މެންބަރު މުހައްމަދު ނަޝީދު އަބްދުﷲ (މޮސްޓާ) ވަނީ މަޖިލިސް ޖަލްސާއެއް ނިމެންދެން މަޖިލީހުގެ ރައީސް އިންނެވިތޯ ސުވާލު އުފައްވާފައެވެ.

މީގެ އިތުރުން ނަޝީދު މަގާމުން ވަކިކުރުމުގެ ގަރާރުގައިވެސް ވަނީ އެކަން ފާހަގަކޮށްފައެވެ. ގަރާރުގައި ބުނެފައިވަނީ ނަޝީދު ރިޔާސަތުގައި އިންނަވައި، ޖަލްސާއެއްގެ ބައެއްގެ ރިޔާސަތު ބެލެހެއްޓުން އެހެން މެމްބަރަކާ ހަވާލުކުރައްވަނީ ރިޔާސަތު ބެލެހެއްޓެވުމަށް އުޒުރުވެރިވަޑައިގަންނަވާ ސަބަބު ބަޔާންކުރެއްވުމަކާ ނުލައި އަދި އެކަން ޖަލްސާގައި އިއުލާނުކުރެއްވުމަކާ ނުލައި ކަމަށެވެ. މިއީ ރައްޔިތުން މަޖިލީހުގެ ގަވާއިދާ ހިލާފަށް ނަޝީދު ތަކުރާރުކޮށް ގަސްތުގައި ކުރައްވަމުން ގެންދަވާ ކަމެއް ކަމެއް ކަމަށެވެ.

މަޖިލީހުގެ ގަވާއިދުގެ 3 ވަނަ މާއްދާގައި، ރައްޔިތުންގެ މަޖިލީހުގެ ގަވާއިދާއި ރައްޔިތުންގެ މަޖިލީހުގެ ހުރުމަތާއި ގަދަރު ހިފެހެއްޓުމަކީ ރައްޔިތުން މަޖިލީހުގެ ރައީސްގެ މަސްއޫލިއްޔަތެއްކަމަށާއި، މަޖިލީހުގެ ގަވާއިދަށް އުނިކަމެއް އަތުވެދާނެ ކަމަށް ބެލެވޭ އެއްވެސް ކަމެއް ފާހަގަކުރެވިއްޖެނަމަ އެކަން ހުއްޓުވަން ކުރަންޖެހޭ ކަންކަން ކުރުމަކީ މަޖިލީހުގެ ރައީސްގެ ޒިންމާއެއްކަމަށް ބަޔާންކޮށްފައިވާކަމަށް ގަރާރުގައި ބުނެފައިވެއެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

3

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

4

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

5

ސީރިއާގެ ކުރީގެ ރައީސް ބައްޝާރުލް އަސަދު އާއި އޭނާގެ އަރިސް އާތިފް ނަޖީބު މަރާލަން ހުކުމްކޮށްފި

އިތުރަށް ކިޔާލަން

29 ޖެނުއަރީ 2017

ރައީސް ނަޝީދު ލަންކާއަށް ވަޑައިގެންފި

29 ޖެނުއަރީ 2017
ރައީސް ނަޝީދު ލަންކާއަށް ވަޑައިގެންފި
28 ޖެނުއަރީ 2017

ރައީސް ނަޝީދު މާދަމާ ލަންކާއަށް ވަޑައިގަންނަވަނީ

28 ޖެނުއަރީ 2017
ރައީސް ނަޝީދު މާދަމާ ލަންކާއަށް ވަޑައިގަންނަވަނީ
27 ޖެނުއަރީ 2017

ރާއްޖެޓީވީގެ އަހަރު ޝަހުސިއްޔަތަކަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު

27 ޖެނުއަރީ 2017
ރާއްޖެޓީވީގެ އަހަރު ޝަހުސިއްޔަތަކަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު
27 ޖެނުއަރީ 2017

ނާޒިމް މިނިވަންކުރުމަށް ރައީސް ނަޝީދު ގޮވާލައްވައިފި

27 ޖެނުއަރީ 2017
ނާޒިމް މިނިވަންކުރުމަށް ރައީސް ނަޝީދު ގޮވާލައްވައިފި
25 ޖެނުއަރީ 2017

ނަޝީދު ސަރުކާރުގައި ފިޝަރީޒް މިނިސްޓްރީން ޤަވާއިދާ ޚިލާފަށް ވަޒީފާ ދިން ވާހަކައަކީ ދޮގެއް: އޭސީސީ

25 ޖެނުއަރީ 2017
ނަޝީދު ސަރުކާރުގައި ފިޝަރީޒް މިނިސްޓްރީން ޤަވާއިދާ ޚިލާފަށް ވަޒީފާ ދިން ވާހަކައަކީ ދޮގެއް: އޭސީސީ
23 ޖެނުއަރީ 2017

ރައްޔިތުންނަށް ޚިދުމަތް ކުރަން އައީ އެއްވެސް ބޭފުޅަކާ ހަނގުރާމަކުރާކަށް ނޫން: ރައީސް

23 ޖެނުއަރީ 2017
ރައްޔިތުންނަށް ޚިދުމަތް ކުރަން އައީ އެއްވެސް ބޭފުޅަކާ ހަނގުރާމަކުރާކަށް ނޫން: ރައީސް
19 ޖެނުއަރީ 2017

މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭ ޕެނަލްއެއްގައި އެމެރިކާގެ ކުރީގެ ނައިބު ރައީސްއާއެކު ރައީސް ނަޝީދު!

19 ޖެނުއަރީ 2017
މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭ ޕެނަލްއެއްގައި އެމެރިކާގެ ކުރީގެ ނައިބު ރައީސްއާއެކު ރައީސް ނަޝީދު!
10 ޖެނުއަރީ 2017

"ރައީސް ނަޝީދުގެ މައްޗަށް ދައުވާކުރަން ފޮނުވާފައިވަނީ ސިޔާސީ މަޤްސަދެއްގައި"

10 ޖެނުއަރީ 2017
 "ރައީސް ނަޝީދުގެ މައްޗަށް ދައުވާކުރަން ފޮނުވާފައިވަނީ ސިޔާސީ މަޤްސަދެއްގައި"
10 ޖެނުއަރީ 2017

ޔާމީން ބަންދުކުރި މައްސަލައިގައި ރައީސް ނަޝީދުގެ މައްޗަށް ޓެރަރިޒަމުގެ ދައުވާކުރަން ފޮނުވައިފި

10 ޖެނުއަރީ 2017
ޔާމީން ބަންދުކުރި މައްސަލައިގައި ރައީސް ނަޝީދުގެ މައްޗަށް ޓެރަރިޒަމުގެ ދައުވާކުރަން ފޮނުވައިފި
06 ޖެނުއަރީ 2017

މިނިވަން އިންސާފްވެރި އިންތިހާބެއް ހޯދުމަށް ގޮވާލާ އެމްޔޫއޯގެ ޖަލްސާއެއް ބ. އަތޮލޫގައި

06 ޖެނުއަރީ 2017
މިނިވަން އިންސާފްވެރި އިންތިހާބެއް ހޯދުމަށް ގޮވާލާ އެމްޔޫއޯގެ ޖަލްސާއެއް ބ. އަތޮލޫގައި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް