Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ވ އާރަށު ހިޔާނާތް

އާރަށު ހިޔާނާތް: ޔޫސުފް ނައީމްގެ ފަރާތުން ހައިކޯޓަށް 4 އިސްތިއުނާފީ ނުކުތާއެއް

އޭގެ ތެރޭގައި ހިމެނެނީ އިޖުރާއީ ގޯހެއް ހިމެނޭކަމަށް ބުނާ 3 ނުކުތާއަކާއި މައުޟޫއީ ގޯހަކާއި ގުޅޭ ނުކުތާއެއް

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު, ރާއްޖެ އެމްވީ | 7 ޖޫން 2023 | ބުދަ 10:34
ޔާމީނާއި ޔޫސުފް ނައީމަށް ކުރި ޙުކުމުގެ އިސްތިއުނާފު އަޑުއެހުން

ޔާމީނާއި ޔޫސުފް ނައީމަށް ކުރި ޙުކުމުގެ އިސްތިއުނާފު އަޑުއެހުން

ވ. އާރަށުގެ މައްސަލައިގައި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ކްރިމިނަލް ކޯޓުން އިއްވި ހުކުމުގެ އިސްތިއުނާފުގެ ފުރަތަމަ އަޑުއެހުން ބުދަ ދުވަހު ހައި ކޯޓުގައި ފަށައިފިއެވެ.

މިއީ ޔާމީނާއި ޔޫސުފް ނައީމަށް ކުރި ޙުކުމުގެ އިސްތިއުނާފު އަޑުއެހުމެވެ.

މި އަޑުއެހުމުގައި ފުރަތަމަ އޮތީ ޔޫސުފް ނައީމްގެ ފަރާތުން އިސްތިއުނާފު ހުށައެޅުމެވެ.

އާރަށު ހިޔާނާތުގެ މައްސަލައިގައި ޔޫސުފް ނައީމަށް ކޮށްފައިވަނީ ރިޝްވަތު ދިނުމުގެ ކުށުގެ ދައުވާއެވެ. އެ ދައުވާ ސާބިތުވެ، އޭނާ 3 އަހަރާއި، 2 މަހާއި 12 ދުވަހަށް ޖަލަށް ލުމަށް ކްރިމިނަލް ކޯޓުން ޙުކުމް ކޮށްފައިވަނީ މިދިޔަ ޑިސެމްބަރު މަހުގެ 25 ވަނަ ދުވަހުއެވެ.

ޔޫސުފް ނައީމްގެ ފަރާތުން ވަނީ 4 އިސްތިއުނާފީ ނުކުތާއެއް ހުށަހަޅާފައެވެ. އޭގެ ތެރޭގައި ހިމެނެނީ އިޖުރާއީ ގޯހެއް ހިމެނޭކަމަށް ބުނާ 3 ނުކުތާއަކާއި މައުޟޫއީ ގޮތުން ފާހަގަކުރާ ނުކުތާއެކެވެ.

ފުރަތަމަ ނުކުތާއަކީ ޝަރީއަތް ފެށުމަށްފަހު ދައުލަތުން ހުށަހަޅާފައިވާ ހެކިތައް ބަލައިގެންފައިވާތީ ހުށަހެޅި ނުކުތާއެކެވެ.

ދެވަނަ ނުކުތާއަކީ ޔޫސުފް ނައީމްގެ ފަރާތުން ޔާމީނަށް ފައިސާދިނީ ރަށް ދިނުމުގެ މުޤާބިލުގައިކަމަށް ދައުލަތުން ބުނާއިރު، ރިސޯޓެއް ތަރައްޤީ ކުރުމަށްޓަކައި ރަށެއް ތިންވަނަ ފަރާތަކަށް ދިނުމަކީ ރައީސްގެ ރަސްމީ ހައިސިއްޔަތުގައި ހިމެނޭ ކަމެއްކަން ޔޫސުފް ނައީމަށް ޤަބޫލު ކުރެވެންޖެހޭ ސަބަބެއް، ޤާނޫނުލްއުޤޫބާތާއި ޤާނޫނުގައި ބުނެފައިވާ ގޮތުގެ މަތިން ދައުލަތަށް ބުނެ ނުދެވޭކަމަށް ބުނެ ހުށައެޅި ނުކުތާއެކެވެ.

ތިންވަނަ ނުކުތާއަކީ ދަށު ކޯޓުން ދައުވާ ސާބިތުވާކަމަށް ކަނޑައެޅުއްވުމަށްފަހު އަދަބާ ގުޅޭގޮތުން ވާހަކަ ދެއްކުމަށް ދޮޅު ގަޑިއިރު ދީފައިވާތީ ހުށައެޅި ނުކުތާއެކެވެ. އެއީ އެކަށީގެންވާ ވަގުތު ނޫންކަމަށް އޭނާގެ ވަކީލު ވިދާޅުވިއެވެ.

ފަހު ނުކުތާއަކީ އޭނާގެ މައްޗަށް ޖަލު އަދަބު ފިޔަވައި އެހެން އަދަބެއް ކަނޑައަޅާފައިނުވަނީ ރަނގަޅަށް ނޫންކަަމަށް ބުނެ ހުށަހެޅި ނުކުތާއެކެވެ.

އެއަށްފަހު މި ނުކުތާތައް ތަފްސީލީ ގޮތެއްގައި ހުށަހެޅުން ކުރިއަށް ގެންދެވިއެވެ.

އޭގެ އިތުރުން، ދަށު ކޯޓުން އަލުން މި މައްސަލަ ބަލަން ތަހުވީލު ކުރުމަށާއި، ދަށު ކޯޓުގެ ޙުކުމް ބާތިލުކޮށް، ދަށު ކޯޓުން އަދަބު ކަނޑައަޅާފައިވަނީ ގޯސްކޮށްކަމަށް ކަނޑައަޅުއްވައި އަލުން އަދަބު ކަނޑައެޅުމަށް ކްރިމިނަލް ކޯޓަށް މައްސަލަ ތަހުވީލު ކުރުމަށް އޭނާގެ ފަރާތުން ވަނީ އެދިފައެވެ. ނުވަަތަ އަދަބާ ގުޅޭގޮތުން ހައިކޯޓުން ގޮތެއް ނިންމަވައިިދިނުމެވެ.

އެއަށްފަހު އެ ނުކުތާތަތަކަށް ދައުލަތުން ވަނީ ޖަވާބުދީފައެވެ.

ހައިކޯޓުގައި މި މައްސަލަ ބައްލަވަނީ ފަނޑިޔާރު އަލްއުސްތާޛު ޙަސަން ޝަފީޢު, ފަނޑިޔާރު އަލްއުސްތާޛާ ޙުޒައިފާ މުޙައްމަދު އަދި އަލްއުސްތާޛް މުޙައްމަދު ސަލީމްއެވެ.

ދިވެހިރާއްޖޭގައި ޑޮލަރުގެ ސައްޙަ ވިޔަފާރިކުރާ އެތައް ބަޔަކު ތިއްބައި، ޔޫސުފް ނައީމް ފިޔަވައި ޔާމީނަށް ޑޮލަރު ވިއްކާނެ އެހެން ފަރާތެއް ނުވުމަކީ ހަމަ އިއްތިފާޤެއްކަމަށް ދިފާއުން ބުނާއިރު، އެހާ ގިނަ އިއްތިފާޤުތަކެއް ހަމަ އެންމެ ޓްރާންސެކްޝަނަކާއި ގުޅިގެން ހިނގާ ދިއުމަކީ ހަމަ ބުއްދިއަށް ޤަބޫލު ނުކުރެވޭ ނާދިރު ކަމެއްކަމަށް އިސްގާޒީ އަހުމަދު ޝަކީލު އިއްވެވި ޙުކުމުގައިވެއެވެ.

ވ އާރަށް ކުއްޔަށް ދޫކުރުމުގެ މުއާމަލާތާއި ގުޅިގެން ޔާމީނުގެ މައްޗަށް އުފުލި ދައުވާތަކުގެ ޙުކުމުގައި ބަޔާންކޮށްފައިވާ ގޮތުގައި، 2013 ވަނަ އަހަރުން ފެށިގެން ޓޫރިސްޓު ރިސޯޓު ތަރައްޤީ ކުރުމުގެ އެކި ކަންކަމަށް ރައީސް ޔާމީނު ނުފޫޒު ފޯރުވަމުން ގޮސްފައިވާކަން ހެކިތަކުން އެނގެއެވެ. އެގޮތުން ރަށްތައް ދެވޭ އިންވެސްޓަރުންގެ އަތުން އެކި ގޮތްގޮތުން ފައިސާ އަތުލަމުން ދިޔަ ކަމަށާއި، އެމީހުންނަށް ރަށްތައް ދޫކުރަމުން ދިޔައީވެސް އެކިކަހަލަ މަންފާތަކާއި ފައިސާ ދިނުމަށް ޝަރުތުކޮށްގެންކަން އެނގެން އޮންކަމަށް ޙުކުމުގައިވެއެވެ.

މި މައްސަލައަކީވެސް ހަމައެގޮތަށް ޔާމީނުގެ ގާތް ރައްޓެއްސެއްކަމަށްވާ ޔޫސުފް ނައީމަށް ރަށް ދިނުމުގެ މުޤާބިލުގައި ރިޝްވަތު ދިނުމުން ކޮށްފައިވާ މުއާމަލާތެއްކަން ހެކި ޤަރީނާތަކުން އެނގޭކަމަށް ވަނީ ބަޔާންކޮށްފައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ރިޔާޒްގެ މައްސަލައާ މެދު ޕީޖީ އޮފީހުން ގޮތެއް ނުނިމެނީ ފުލުހުންގެ ފަރާތުން ބައެއް މައުލޫމާތު ނުލިބިގެން: ޕީޖީ އޮފީސް

ރިޔާޒްގެ މައްސަލައާ މެދު ޕީޖީ އޮފީހުން ގޮތެއް ނުނިމެނީ ފުލުހުންގެ ފަރާތުން ބައެއް މައުލޫމާތު ނުލިބިގެން: ޕީޖީ އޮފީސް

06 ޖޫން 2017
ތިން ރަށެއްގެ ނަރުދަމާގެ މަސައްކަތް ކުރަން އެންވާރަމެންޓް މިނިސްޓްރީގެ ފަރާތުން ބަޔަކާ ހަވާލު ކޮށްފި

ތިން ރަށެއްގެ ނަރުދަމާގެ މަސައްކަތް ކުރަން އެންވާރަމެންޓް މިނިސްޓްރީގެ ފަރާތުން ބަޔަކާ ހަވާލު ކޮށްފި

04 މެއި 2017
ޔާމީނަށް މަރުގެ އިންޒާރު ދިން މައްސަލަ ނުބެލުމުން އާއިލާގެ ފަރާތުން ސިވިލް ކޯޓަށް ހުށަހަޅައިފި

ޔާމީނަށް މަރުގެ އިންޒާރު ދިން މައްސަލަ ނުބެލުމުން އާއިލާގެ ފަރާތުން ސިވިލް ކޯޓަށް ހުށަހަޅައިފި

03 މެއި 2017
އެމްއެމްޕީއާރުސީގެ ހިޔާނާތް ތަހުގީގުކޮށް ނިމިއްޖެ، މައްސަލަ ވަނީ ދައުވާ ކުރަން ފޮނުވުމުގެ މަރުހަލާގައި: އޭސީސީ

އެމްއެމްޕީއާރުސީގެ ހިޔާނާތް ތަހުގީގުކޮށް ނިމިއްޖެ، މައްސަލަ ވަނީ ދައުވާ ކުރަން ފޮނުވުމުގެ މަރުހަލާގައި: އޭސީސީ

30 އެޕްރީލު 2017
އެމްޔޫއޯގެ ފަރާތުން ރ. އަތޮޅުގައި "ދޮރުން ދޮރަށް" ހަރަކާތްތައް ކުރިއަށް ގެންގޮސްފި

އެމްޔޫއޯގެ ފަރާތުން ރ. އަތޮޅުގައި "ދޮރުން ދޮރަށް" ހަރަކާތްތައް ކުރިއަށް ގެންގޮސްފި

24 ފެބުރުއަރީ 2017

އަހަރުތަކުން މިއަދު

25 މާރިޗު
ޑިއުޓީ ފްރީން ވަގަށް ސިނގިރޭޓު އެތެރެކުރަން އުޅުނު ދެ މީހުން ޝަރުތުތަކާއި އެކު ދޫކޮށްލައިފި
20251 އަހަރު ކުރިން
ރާއްޖެ

ޑިއުޓީ ފްރީން ވަގަށް ސިނގިރޭޓު އެތެރެކުރަން އުޅުނު ދެ މީހުން ޝަރުތުތަކާއި އެކު ދޫކޮށްލައިފި

ޑްރޯން ޕައިލެޓެއް ނެތިގެން، ނޫނީ އެމްއާރްއައި މެޝިނަށް ނުވަދެވިގެން އުޅޭކަށް ދެން ނުޖެހޭނެ!
20242 އަހަރު ކުރިން
ތަފާތު ޚަބަރު

ޑްރޯން ޕައިލެޓެއް ނެތިގެން، ނޫނީ އެމްއާރްއައި މެޝިނަށް ނުވަދެވިގެން އުޅޭކަށް ދެން ނުޖެހޭނެ!

މާޓިނޭޒްއާހުރެ ޕެނަލްޓީގެ ގަވާއިދަށް ބަދަލު ގެންނަނީ
20233 އަހަރު ކުރިން
ކުޅިވަރު

މާޓިނޭޒްއާހުރެ ޕެނަލްޓީގެ ގަވާއިދަށް ބަދަލު ގެންނަނީ

ރައީސް ޔާމީންގެ ޑައިމަންޑް ޖެހި ގަޑި، ރޮއިޓާސް ރިޕޯޓަރުންގެ ސަމާލުކަމަށް
20224 އަހަރު ކުރިން
ރިޕޯޓު

ރައީސް ޔާމީންގެ ޑައިމަންޑް ޖެހި ގަޑި، ރޮއިޓާސް ރިޕޯޓަރުންގެ ސަމާލުކަމަށް

އުމުރުން އެންމެ 5 އަހަރުގައި ގުރުއާން ހިތުދަސްކުރި އަޝްހަމްގެ ވާހަކަ- އެންމެ ޝައުގުވެރިވަނީ ގުރުއާން މާނައާއިއެކު ދަސްކުރުމަށް
20215 އަހަރު ކުރިން
ރިޕޯޓު

އުމުރުން އެންމެ 5 އަހަރުގައި ގުރުއާން ހިތުދަސްކުރި އަޝްހަމްގެ ވާހަކަ- އެންމެ ޝައުގުވެރިވަނީ ގުރުއާން މާނައާއިއެކު ދަސްކުރުމަށް

އުފަން ރަށަށް އައިޝާ ވަޑައިގެންނެވުމުން މަންމަގެ ލޮލުން ކަރުނަ!
20197 އަހަރު ކުރިން
ރިޕޯޓު

އުފަން ރަށަށް އައިޝާ ވަޑައިގެންނެވުމުން މަންމަގެ ލޮލުން ކަރުނަ!

ތިން ދުވަހުން ދޮންވެލަން ބޭނުންތަ؟
20188 އަހަރު ކުރިން
ސިއްހަތު

ތިން ދުވަހުން ދޮންވެލަން ބޭނުންތަ؟

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު