Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ

54 މެންބަރުންގެ ސޮޔާއެކު ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ ހުށަހަޅައިފި

އެމްޑީޕީގެ 50 މެންބަރުންނާއި އިތުރު 4 މެންބަރަކު ހިމެނޭ

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 7 ޖޫން 2023 | ބުދަ 09:00
އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕުން ބޭއްވި ބައްދަލުވުމެއްގެ ތެރެއިން

އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕުން ބޭއްވި ބައްދަލުވުމެއްގެ ތެރެއިން

ރައްޔިތުންގެ މަޖިލީހުގެ ރައީސް، ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ ހުށަހަޅައިފިއެވެ.

މި މައްސަލަ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވަނީ 54 މެންބަރުންގެ ވޯޓާއެކުއެވެ.

ނަޝީދުގެ އިތުބާރު ނެތްކަމަށް ބުނެ ހުށަހެޅި ޤަރާރުގައި 54 މެންބަރުން ސޮއި ކުރައްވާފައިވާއިރު، އޭގެ ތެރޭގައި ހިމެނެނީ އެމްޑީޕީގެ 50 މެންބަރުންނާއި އިތުރު 4 މެންބަރަކެވެ. އެއީ ތުލުސްދޫ ދާއިރާގެ މެންބަރު އިބްރާހީމް ނަސީމް, ނޮޅިވަރަމް ދާއިރާގެ މެންބަރު މުހައްމަދު ނަޝީދު, ކާށިދޫ ދާއިރާގެ މެންބަރު އަބްދުالله ޖާބިރު އަދި މީދޫ ދާއިރާގެ މެންބަރު އަހްމަދު ސިޔާމް މުހައްމަދެވެ.

ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ ހުށަހަޅަން ފާސްކުރީ އަންގާރަ ދުވަހު ބޭއްވި ޕީޖީ ގްރޫޕުގެ ބައްދަލުވުމުގައެވެ. 

ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ ހުށަހަޅާފައި މިވަނީ ހޯމަ ދުވަހާއި އަންގާރަ ދުވަހު ކުރިޔަށްދިޔަ ބަންޑާރަ ނާއިބު އިބްރާހީމް ރިފްއަތުގެ އިތުބާރު ނެތްކަމުގެ މައްސަލައިގައި މަޖިލީހުގެ ޖަލްސާ ކުރިޔަށްދިޔަ ގޮތާއި ގުޅޭގޮތުން އެމްޑީޕީގެ ޕީޖީ ގްރޫޕުން ބޮޑެތި ކަންބޮޑުވުންތަކެއް ފާޅުކޮށްފައިވާ ދަނޑިވަޅެއްގައެވެ.

އޭގެ އިތުރުން، ރިޔާސަތުން މެންބަރުންނަށް ތަފާތު އެކި އިންޒާރުތައް ދޭ ކަމުގެ ޝަކުވާތައް ވެސް ވަނީ އިތުރުވެފައެވެ.

ޤަރާރުގައި ބަޔާންކޮށްފައިވަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސަކީ ވަކި ފަރާތަކަށް ޖެހުމެއް ނެތި ޤާނޫނުއަސާސީއާއި، ރައްޔިތުންގެ މަޖިލީހުގެ ޤަވާއިދާއި، ރައްޔިތުންގެ މަޖިލީހުގެ ނިންމުންތަކާ އެެއްގޮތްވާ ގޮތުގެ މަތިން ޖަލްސާތަކާއި ކޮމިޓީތަކުގެ ކަންކަން ހިންގަވަން ޖެހޭ ފަރާތް ނަމަވެސް، ކަން ހިނގަމުންދަނީ އެގޮތަށް ނޫން ކަމަށެވެ.

އޭގެ އިތުރުން، މަޖިލީހުގެ މެމްބަރުން ނިސްބަތްވާ ޕާޓީތަކަށް އައި ބަދަލުތަކާ ގުޅިގެން މަޖިލީހުގެ ދާއިމީ ކޮމިޓީތައް އެކުލަވާލަން ޖެހުނު ނަމަވެސް، އެކަން ދިގު ދަންމަވާ މައްސަލައަށްވެސް ޤަރާރުގައި ވަނީ އަލިއަޅުވާލައްވާފައެވެ.

އަދި އެތައް ހައްސާސް މައްސަލައަކާއި ބިލުތަކެއްގެ އިތުރުން، ދައުލަތް ހިންގުމާ ގުޅޭ މުހިންމު ޤާނޫނުތަކާ ގުޅޭ ވޯޓުތައް ހިމެނޭއިރު، އެ ވޯޓު ނުނަންގަވައި، ޤަވާއިދާ ޚިލާފަށް އެ މަސައްކަތްތައް ލަސް ކުރައްވަމުން ގެންދަވާކަމަށްވެސް ވަނީ ބުނެފައެވެ.

އޭގެ އިތުރުން، ރިޔާސަތުން ތަކުރާރުކޮށް މަޖިލީހުގެ ޤަވާއިދާ ޚިލާފަށް މަޖިލީހުގެ ރިޔާސަތު އެހެން ބޭފުޅުންނާ ޙަވާލު ކުރައްވާ މައްސަލައަށްވެސް ވަނީ އަލިއަޅުވާލައްވާފައެވެ.

މިކަންކަމުގެ އިތުރުން، ބަންޑާރަނައިބު އިބްރާހިމް ރިއްފަތުގެ އިތުބާރު ނެތްކަމުގެ މައްސަލަ ދަންމާލެއްވުމަށްޓަކައި ކުރައްވާފައިވާ ކަންކަންވެސް ޤަރާރުގައި ވަނީ ފާހަގަ ކޮށްފައެވެ.

އިތުރަށް ކިޔާލަން

07 މާރިޗު 2017

މަޖިލީހުގެ ރައީސް މަސީހު އިތުބާރު ނެތްކަމުގެ ވާހަކަތަކާ އެކު މަޖިލިސް މެދު ކެނޑިއްޖެ!

07 މާރިޗު 2017
މަޖިލީހުގެ ރައީސް މަސީހު އިތުބާރު ނެތްކަމުގެ ވާހަކަތަކާ އެކު މަޖިލިސް މެދު ކެނޑިއްޖެ!
07 މާރިޗު 2017

އދ. ގެ އިންސާނީ ހައްގުތަކާ ބެހޭ ކޮމިޓީން ރައީސް ނަޝީދުގެ މަައްސަލަައިގަ މިއަހަރު ގޮތެއް ނިންމާނެ: ޖެންސަރ

07 މާރިޗު 2017
އދ. ގެ އިންސާނީ ހައްގުތަކާ ބެހޭ ކޮމިޓީން ރައީސް ނަޝީދުގެ މަައްސަލަައިގަ މިއަހަރު ގޮތެއް ނިންމާނެ: ޖެންސަރ
06 މާރިޗު 2017

ސްޓެލްކޯގެ ހާލަތު ދަށްވީ ރައީސް ނަޝީދުގެ ސަރުކާރުގެ ސަބަބުން ކަމަށް ރައީސް ޔާމީން ވިދާޅުވެއްޖެ

06 މާރިޗު 2017
ސްޓެލްކޯގެ ހާލަތު ދަށްވީ ރައީސް ނަޝީދުގެ ސަރުކާރުގެ ސަބަބުން ކަމަށް ރައީސް ޔާމީން ވިދާޅުވެއްޖެ
04 މާރިޗު 2017

ފ. އަތޮޅު މައްސަލައިގާ ޔާމީނަށް އިތުބާރު ކުރެވޭކަށް ނެތް: ޝިފާޒް

04 މާރިޗު 2017
ފ. އަތޮޅު މައްސަލައިގާ ޔާމީނަށް އިތުބާރު ކުރެވޭކަށް ނެތް: ޝިފާޒް
22 ފެބުރުއަރީ 2017

މަސީހުގެ އިތުބާރު ނެތް ކަމުގެ މައްސަލަ ފެއިލްކޮށްލާނަން: ނިހާން

22 ފެބުރުއަރީ 2017
މަސީހުގެ އިތުބާރު ނެތް ކަމުގެ މައްސަލަ ފެއިލްކޮށްލާނަން: ނިހާން
29 ޖެނުއަރީ 2017

ރައީސް ނަޝީދުގެ ސަރުކާރުގައި ހެލްތް މިނިސްޓްރީން ކުއްޔަށް ހިފި ގުދަނަށް ކުލި ދެއްކުމުގައި ކޮރަޕްޝަނެއް ނެތް

29 ޖެނުއަރީ 2017
ރައީސް ނަޝީދުގެ ސަރުކާރުގައި ހެލްތް މިނިސްޓްރީން ކުއްޔަށް ހިފި ގުދަނަށް ކުލި ދެއްކުމުގައި ކޮރަޕްޝަނެއް ނެތް
29 ޖެނުއަރީ 2017

މަޖްލިސް މެންބަރުންގެ ބޮލަށް އެއްވެސް ކަމެއް ނުކެނޑޭނެ، ހުރިހާ ގޯހެއް ހަދަނީ ރައްޔިތުން: މުސްތޮފާ

29 ޖެނުއަރީ 2017
މަޖްލިސް މެންބަރުންގެ ބޮލަށް އެއްވެސް ކަމެއް ނުކެނޑޭނެ، ހުރިހާ ގޯހެއް ހަދަނީ ރައްޔިތުން: މުސްތޮފާ
21 ޖެނުއަރީ 2017

ކޮންމެ ކަމަކަށް ކުރިމަތި ލިޔަސް އެމްޑީޕީގެ މެންބަރުންގެ އުއްމީދު ކަސިޔާރެއް ނުވާނެ: ޝިފާޒް

21 ޖެނުއަރީ 2017
ކޮންމެ ކަމަކަށް ކުރިމަތި ލިޔަސް އެމްޑީޕީގެ މެންބަރުންގެ އުއްމީދު ކަސިޔާރެއް ނުވާނެ: ޝިފާޒް
10 ޖެނުއަރީ 2017

"ރައީސް ނަޝީދުގެ މައްޗަށް ދައުވާކުރަން ފޮނުވާފައިވަނީ ސިޔާސީ މަޤްސަދެއްގައި"

10 ޖެނުއަރީ 2017
 "ރައީސް ނަޝީދުގެ މައްޗަށް ދައުވާކުރަން ފޮނުވާފައިވަނީ ސިޔާސީ މަޤްސަދެއްގައި"
10 ޖެނުއަރީ 2017

ޔާމީން ބަންދުކުރި މައްސަލައިގައި ރައީސް ނަޝީދުގެ މައްޗަށް ޓެރަރިޒަމުގެ ދައުވާކުރަން ފޮނުވައިފި

10 ޖެނުއަރީ 2017
ޔާމީން ބަންދުކުރި މައްސަލައިގައި ރައީސް ނަޝީދުގެ މައްޗަށް ޓެރަރިޒަމުގެ ދައުވާކުރަން ފޮނުވައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު