Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެމަޖިލީހުގެ ކޮމިޓީތައް އެކުލެވިގެންވާ ގޮތް

މަޖިލީހުގެ ކޮމިޓީތައް އެކުލަވާލުމާ މެދު އަދިވެސް އެއްބަސްވުމަކަށް ނާދެވޭ!

7 ޖޫން 2023 | ބުދަ 05:41

ކޮމިޓީތަކުގައި މެންބަރުން އެކުލެވޭ ގޮތް ބަދަލުކުރައްވާނީ މެންބަރުންގެ ރުހުމާއި އެކުގައި ކަމަށް ނަޝީދު ކުރިން ވިދާޅުވި

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު | 7 ޖޫން 2023 | ބުދަ 05:41
ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގެ ތެރެއިން

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގެ ތެރެއިން

ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީތައް އެކުލަވާލާފައިވާ ގޮތާ މެދު އަދިވެސް އެއްބަސްވުމަކަށް ނާދެވޭކަމަށް މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ބުދަ ދުވަހުގެ މަޖިލީހުގެ ޖަލްސާގައި ނަޝީދު ވިދާޅުވީ ކޮމިޓީތައް އެކުލަވާލުމާ މެދު އަދިވެސް މަޝްވަރާކުރަމުންދާ ކަމަށެވެ. އަދި މަޖިލީހުގެ މެންބަރުން ޕާޓީތައް ބަދަލުކުރާ ވަރަކަށް ކޮމިޓީތަކަށް ގެންނަން ޖެހޭ ބަދަލުތައް އިތުރުވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. ނަޝީދު ވަނީ ކޮމިޓީތައް އެކުލެވިގެންވާ ގޮތް ބަދަލުކުރުމަށް އަވަހަށް އެއްބަސްވުމަކަށް އައުން މުހިންމުކަން ފާހަގަކުރައްވާފައެވެ. މީގެ އިތުރުން ކޮމިޓީތައް ކުރިއަށް ނުދިޔަ ނަމަވެސް މެންބަރުން ތަޅުމުގައި ނުތިއްބަވާތީ ނަޝީދު ވަނީ އެކަމާ މެދު ނުރުހުން ފާޅުކުރައްވާފައެވެ.

Advertisement - newsAdvertisement

ރައްޔިތުންގެ މަޖިލީހުގައި ކޮމިޓީތައް އެކުލެވިގެންވާ ގޮތް ބަދަލުކުރުމާ މެދު އަދި އެއްބަސްވުމަކަށް ނާދެވި 2 ހަފްތާ އަށް ވުރެ ގިނަ ދުވަސް ވެފައިވާއިރު މަޖިލީހުގެ ކޮމިޓީތަކުގެ މަސައްކަތް ވަނީ އެއްކޮށް މަޑުޖެހިފައެވެ. އޭގެ ސަބަބުން މުހިންމު ބިލުތަކުގެ މަސައްކަތްތައް ކުރިއަށް ނުގޮސް ހުއްޓިފައި އެބަހުއްޓެވެ. އެކަމުގެ ކަންބޮޑުވުން މަޖިލީހުގެ މެންބަރުން ދަނީ ކެނޑިނޭޅި ފާޅުކުރަމުންނެވެ. އަދި މިހާތަނަށް ކުރި މަޝްވަރާތަކުން މި މައްސަލަ އަށް ހައްލެއް ލިބިފައެއް ނުވެއެވެ.

ދާދިފަހުން އެމްޑީޕީގެ އެއް މެންބަރަކު އެ ޕާޓީން ވަނީ ވަކިކޮށްފައެވެ. އަދި 12 މެންބަރުން ވަނީ އެ ޕާޓީން ވަކިވެފައެވެ. އެ މެންބަރުން މިހާރު ތިއްބެވީ ދަ ޑިމޮކްރެޓްސްގެ މެންބަރުންގެ ގޮތުގައެވެ.

މި މެންބަރުން އެމްޑީޕީން ވަކިވުމުގެ ކުރިން އެމްޑީޕީ އިން ވަނީ ކޮމިޓީތަކުގައި އެމްޑީޕީގެ މެންބަރުން ހިމެނޭ ގޮތް ބަދަލުކޮށްދިނުމަށް އެދިފައެވެ. ނަމަވެސް މަޖިލީހުގެ ރައީސް ނަޝީދު އެކަން ކޮށްދެއްވާފައެއް ނުވެއެވެ. އޭރު އެކަން ނުކުރައްވާ ވަނީ ކޮމިޓީތަކުގައި މެންބަރުން އެކުލެވޭ ގޮތް ބަދަލުކުރައްވާނީ މެންބަރުންގެ ރުހުމާއި އެކުގައި ކަމަށް ވިދާޅުވުމަށް ފަހުގައެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

"ސަރުކާރުން ދަނީ ގަސްތުގައި ލޯންޗުތަކަށް ޖެއްސުން ކުރަމުން، ސިފައިންނާއި ފުލުހުން ހަޑިހުތުރު ބަހުން މުއާމަލާތްކުރާއިރު، ވައު އަޅާފައިވަނީ ވެސް އުނދަގޫ ކުރަން"

3

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

4

އިޓަލީގެ ޑައިވަރުންގެ ހަށިތައް ނެގުމަށް ޑައިވްކުރި ސާޖަންޓް މަހުދީ މަރުވި ހަގީގީ ސަބަބު އޮތީ އާންމުންނަށް ސިއްރުކޮށްފައި ކަމަށް އާއިލާއިން ބުނެފި - ރިޕޯޓް

5

ދުނިޔޭގެ ބާރުގަދަ އެމެރިކާގެ ރައީސަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލައްވަން އީރާނުން ޖައްސުވައިފި

އިތުރަށް ކިޔާލަން

19 އޮކްޓޯބަރު 2017

ފުވައްމުލަކު ގޮނޑުދޮށަށް ލެއްގި ހިލަތައް އަދިވެސް ނަގާ ނުނިމޭ: އީޕީއޭ

19 އޮކްޓޯބަރު 2017
ފުވައްމުލަކު ގޮނޑުދޮށަށް ލެއްގި ހިލަތައް އަދިވެސް ނަގާ ނުނިމޭ: އީޕީއޭ
01 ފެބުރުއަރީ 2017

އެމްޑީޕީގެ ގައުމީ މަޖިލީހުގެ ބައްދަލުވުމެއް ބާއްވައިފި

01 ފެބުރުއަރީ 2017
އެމްޑީޕީގެ ގައުމީ މަޖިލީހުގެ ބައްދަލުވުމެއް ބާއްވައިފި
01 ފެބުރުއަރީ 2017

ހުޅުދެލީ ސްކޫލުގެ ޚިދުމަތާ މެދު ބެލެނިވެރިން ހިންހަމަނުޖެހިފައި

01 ފެބުރުއަރީ 2017
ހުޅުދެލީ ސްކޫލުގެ ޚިދުމަތާ މެދު ބެލެނިވެރިން ހިންހަމަނުޖެހިފައި
27 ޖެނުއަރީ 2017

ރާއްޖެ އާއި އިންޑިއާގެ މެދުގައި އޮތް ގުޅުމަކީ އާޓިފިޝަލް ގުޅުމެއް ނޫން: މިޝްރާ

27 ޖެނުއަރީ 2017
ރާއްޖެ އާއި އިންޑިއާގެ މެދުގައި އޮތް ގުޅުމަކީ އާޓިފިޝަލް ގުޅުމެއް ނޫން: މިޝްރާ
16 ޖެނުއަރީ 2017

ޝުމްބާގެ ޝަރީއަތް ކުރިއަށް ނުގެންދާތާ 11 މަސް، އަދިވެސް ޖަލުގައި

16 ޖެނުއަރީ 2017
ޝުމްބާގެ ޝަރީއަތް ކުރިއަށް ނުގެންދާތާ 11 މަސް، އަދިވެސް ޖަލުގައި
15 ޖެނުއަރީ 2017

ފަރަށް އެރި ބޯޓުގެ ޖޫރިމަނާއާމެދު އަދިވެސް ވަކި ގޮތެއް ނުނިންމާ: ޓްރާންސްޕޯޓް އޮފޯރިޓީ

15 ޖެނުއަރީ 2017
ފަރަށް އެރި ބޯޓުގެ ޖޫރިމަނާއާމެދު  އަދިވެސް ވަކި ގޮތެއް ނުނިންމާ: ޓްރާންސްޕޯޓް އޮފޯރިޓީ
14 ޖެނުއަރީ 2017

އިސްލާމްދީނާ ޚިލާފު ޤާނޫނެއް ފާސްކޮށްފިނަމަ އެކަން އެޅޭނީ މަޖިލީހުގެ މެމްބަރުންގެ ބޮލުގައި:އައްސަދު

14 ޖެނުއަރީ 2017
އިސްލާމްދީނާ ޚިލާފު ޤާނޫނެއް ފާސްކޮށްފިނަމަ އެކަން އެޅޭނީ މަޖިލީހުގެ މެމްބަރުންގެ ބޮލުގައި:އައްސަދު
10 ޖެނުއަރީ 2017

ފާތިރު މަރާލި މައްސަލައިގައި ހޯދަމުން އަންނަ އިރުފާން އަދިވެސް ނުފެނޭ!

10 ޖެނުއަރީ 2017
ފާތިރު މަރާލި މައްސަލައިގައި ހޯދަމުން އަންނަ އިރުފާން އަދިވެސް ނުފެނޭ!
10 ޖެނުއަރީ 2017

ސަތާރަ މިލިއަން ރުފިޔާ އަދިވެސް ނުލިބޭ، ފައިސާ ހޯދަން ވަނީ ދައުވާކޮށްފައި: ފެނަކަ

10 ޖެނުއަރީ 2017
ސަތާރަ މިލިއަން ރުފިޔާ އަދިވެސް ނުލިބޭ، ފައިސާ ހޯދަން ވަނީ ދައުވާކޮށްފައި: ފެނަކަ
07 ޖެނުއަރީ 2017

ސިޑިއަކާއި ސިފައިންގެ ހެލިކޮޕްޓަރު ޖެހިގެން އަނިޔާވި މީހާގެ ހާލު އަދިވެސް ސީރިއަސް: އޭޑީކޭ

07 ޖެނުއަރީ 2017
ސިޑިއަކާއި ސިފައިންގެ ހެލިކޮޕްޓަރު ޖެހިގެން އަނިޔާވި މީހާގެ ހާލު އަދިވެސް ސީރިއަސް: އޭޑީކޭ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް