Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެދި ޑިމޮކްރަޓްސް

ޑިމޮކްރަޓްސްއަށް ސޮއިކުރާ މެންބަރުންނަށް ބިރުދައްކާކަމަށް ބުނެ ހުށަހެޅި މައްސަލަ ބޭރުކޮށްލައިފި

މައްސަލައަށް ބަހުސްކުރަން ފެންނަކަމަށް 16 މެންބަރަކު ވޯޓު ދެއްވާފައިވޭ

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 7 ޖޫން 2023 | ބުދަ 04:26
ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފް

ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފް

"ދި ޑިމޮކްރަޓްސް" ގެ ނަމުގައި އުފައްދާ ސިޔާސީ ޕާޓީއަށް ވަންނަ މެންބަރުންނަށް ސަރުކާރުން ބިރުދައްކާކަމަށް ބުނެ އެ ޕާޓީ އުފެއްދުމުގައި އިސްކޮށް އުޅުއްވާ ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފް ހުށަހެޅުއްވި މައްސަލަ ބޭރުކޮށްލައިފިއެވެ.

ބުދަ ދުވަހުގެ ޖަލްސާގައި ޙަސަން ލަތީފް މަޖިލީހުގެ ތަޅުމަށް ހުށަހަޅުއްވާފައިވާ މައްސަލައިގައި ބުނެފައިވަނީ "ދި ޑިމޮކްރަޓްސް" އަށް ސޮއިކުރަމުންދާ މެންބަރުންނަށް ސަރުކާރުން ބިރު ދައްކަމުންދާ ކަމަށެވެ.

އެ ޕާޓީން ބުނެފައިވަނީ އެ ޕާޓީއަށް ސޮއިކުރި މީހުންގެ ލިސްޓު ސަރުކާރުގެ ވެރީންނާއި ސިޔާސީ ބޭފުޅުން ގެންގުޅުއްވާ ކަމަށާއި، އަދި ލިސްޓުގައި ހިމެނޭ ސަރުކާރުގެ ކުންފުނިތަކާއި އޮފީސްތަކުގައި ވަޒީފާ އަދާކުރާ މީހުންނަށް ގުޅާ ބިރު ދައްކަމުންދާ ކަމަށެވެ.

މި މައްސަލަ ހުށައަޅާފައިވަނީ އެކަން ހުއްޓާލުމަށް ސަރުކާރަށް ގޮވާލާ ކަމަށް ވިދާޅުވެއެވެ.

މި މައްސަލައަށް ބަހުސްކުރަން ފެންނަކަމަށް 16 މެންބަރަކު ވޯޓު ދެއްވާފައިވާއިރު، ނުފެންނަކަމަށް 33 މެންބަރަކު ވަނީ ވޯޓު ދެއްވާފައެވެ. ވޯޓު ލައްވާފައިވަނީ 49 މެންބަރުންނެވެ.  

އަލަށް އުފައްދާ "ދަ ޑިމޮކްރެޓްސް" ރަޖިސްޓްރީ ކުރުމަށް ސޮއިކުރި 3565 މެންބަރުންގެ ނަން ލިސްޓު އިލެކްޝަންސް ކޮމިޝަނުން ސަރުކާރަށް ލީކޮށްފައިވާކަމަށް އެ ޕާޓީން ތުހުމަތު ކުރިނަމަވެސް، ކޮމިޝަނުން ވަނީ އެކަން ދޮގުކޮށްފައެވެ.

އެ ކޮމިޝަނުން ނެރުނު ނޫސްބަޔާނެއްގައި ބުނީ ފޯމްތަކުގެ މައުލޫމާތު ލީކުކޮށްފައިވާކަމަށް ބުނެ ޚަބަރު ފަތުރަމުންދާ ކަމަށެވެ. އަދި އެފަދަ އެއްވެސް ކަމަކީ އެ ކޮމިޝަންގެ ތެރޭގައި ހިނގާފައިވާ ކަމެއް ނޫން ކަމަށާއި އެފަދަ އެއްވެސް އަމަލެއް ކޮމިޝަންގެ އެއްވެސް މެންބަރަކު ނުވަތަ މުވައްޒަފަކު ހިންގާފައިނުވާ ކަމަށެވެ.

އިލެކްޝަންސް ކޮމިޝަނުން ވަނީ ރިޔާސީ އިންތިޚާބަށް ކޮމިޝަނުން ތައްޔާރުވަމުންދާ މި ދަނޑިވަޅުގައި ކޮމިޝަނާއި ކޮމިޝަންގެ މެންބަރުންނާއި މުވައްޒަފުންނަށް ރައްޔިތުންގެ މެދުގައި އޮތް އިތުބާރު ގެއްލޭގޮތަށް އެއްވެސް ފަރާތުން ކޮމިޝަނާއި މަތިކޮށް އެއްވެސް ވާހަކައެއް ނުފެތުރުމަށް އިލްތިމާސްކޮށްފައެވެ.

އިތުރަށް ކިޔާލަން

23 ފެބުރުއަރީ 2017

ހައްގުބަސް ނުބުނެވިއްޖެ ނަމަ ލިބިފައިވާ މިނިވަންކަން ވެސް ގެއްލޭނެ: އާޒިމް

23 ފެބުރުއަރީ 2017
ހައްގުބަސް ނުބުނެވިއްޖެ ނަމަ ލިބިފައިވާ މިނިވަންކަން ވެސް ގެއްލޭނެ: އާޒިމް
22 ފެބުރުއަރީ 2017

ޤާނޫން އަސާސީއަށް ބަދަލު ގެނައުމުގެ ކުރިން 58 މެންބަރުންނަށް ބިރު ދެއްކި: މުސްތަފާ

22 ފެބުރުއަރީ 2017
ޤާނޫން އަސާސީއަށް ބަދަލު ގެނައުމުގެ ކުރިން 58 މެންބަރުންނަށް ބިރު ދެއްކި: މުސްތަފާ
21 ފެބުރުއަރީ 2017

އެޕާޓްމަންޓް ކުއްޔަށް ދޭނެ ކަމަށްބުނެ ބޮޑެތި އަދުދުތަކުން ފައިސާ ނަގަމުންދާ މައްސަލަތައް އިތުރުވެއްޖެ: ޕޮލިސް

21 ފެބުރުއަރީ 2017
އެޕާޓްމަންޓް ކުއްޔަށް ދޭނެ ކަމަށްބުނެ ބޮޑެތި އަދުދުތަކުން ފައިސާ ނަގަމުންދާ މައްސަލަތައް އިތުރުވެއްޖެ: ޕޮލިސް
12 ފެބުރުއަރީ 2017

ޕީޕީއެމް އަށް 11،000 މެމްބަރުން ސޮއި ކޮށްފައިވާ ކަމަށް އެޕާޓީން ބުނެފި

12 ފެބުރުއަރީ 2017
ޕީޕީއެމް އަށް 11،000 މެމްބަރުން ސޮއި ކޮށްފައިވާ ކަމަށް އެޕާޓީން ބުނެފި
09 ފެބުރުއަރީ 2017

ރިޔާސީ ބަޔާނަށް މައުމޫނުގެ ވަރުގަދަ ރައްދެއް: އެއީ ގާނޫނު އަސާސީގައި ބުނެފައިވާ ފަދަ ބަޔާނެއް ނޫން!

09 ފެބުރުއަރީ 2017
ރިޔާސީ ބަޔާނަށް މައުމޫނުގެ ވަރުގަދަ ރައްދެއް: އެއީ ގާނޫނު އަސާސީގައި ބުނެފައިވާ ފަދަ ބަޔާނެއް ނޫން!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު