Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެއެމެރިކާއިން ރާއްޖެއަށް އެހީ ދިނުން

އެމެރިކާއިން ރާއްޖެއަށް އިތުރު 111 މިލިއަން ރުފިޔާގެ އެހީ ދެނީ

6 ޖޫން 2023 | އަންގާރަ 14:33

މި އެއްބަސްވުމުގެ ދަށުން އެމެރިކާއިން ފޯރުކޮށްދޭޭ އެހީގެ ޖުމްލަ 36.1 މިލިއަން ޑޮލަރަށް އަރާނެ

އިދުހާމް ނަޢީމް
އިދުހާމް ނަޢީމް | 6 ޖޫން 2023 | އަންގާރަ 14:33
އެމެރިކާގެ އެހީ އެއްބަސްވުމުގައި ސޮއި ކުރުން

އެމެރިކާގެ އެހީ އެއްބަސްވުމުގައި ސޮއި ކުރުން

ރާއްޖެއަށް އިތުރު 111 މިލިއަން ރުފިޔާގެ އެހީއެއް ދިނުމަށް އެމެރިކާއިން ނިންމައިފިއެވެ.

މިއީ ޑިވެލޮޕްމަންޓް އޮބްޖެކްޓިވް ގްރާންޓް އެގްރިމަންޓްގެ ދަށުން ދޭން ނިންމާފައިވާ އެހީއެކެވެ. މި ގްރާންޓަކީ އެމެރިކާއިން ދިވެހިރާއްޖެއަށް އެހީ ފޯރުކޮށްދިނުމަށް 2019 ވަނަ އަހަރުގެ މާޗުމަހު ގާއިމްކުރި އެއްބަސްވުމެކެވެ.

މި އެއްބަސްވުމުގެ ދަށުން އެމެރިކާއިން ފޯރުކޮށްދޭ އެހީ އިތުރުކުރުމަށް ނިންމައި، އެކަމާއި ގުޅޭ ލިޔުންތަކުގައި ދެ ޤައުމުން ހޯމަ ދުވަހު ވަނީ ސޮއިކޮށްފައެވެ. ފޮރިން މިނިސްޓްރީގައި ބޭއްވި ރަސްމިއްުުޔާތެއްގައި ޑީއޯއޭޖީއަށް 10 ވަނަ އިސްލާހު ގެނައުމާއި ގުޅޭ ލިޔުމުގައި ދިވެހި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ފޮރިން މިނިސްްޓްރީގެ ސްޓޭޓް މިނިސްޓަރު އަހުމަދު ޚަލީލްއެވެ. އަދި އެމެރިކާ ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ޔޫއެސްއެއިޑްގެ މިޝަން ޑައިރެކްޓަރ ގެބްރިއަލް ގްރައުއެވެ.

ޑިވެލޮޕްމަންޓް އޮބްޖެކްޓިވް ގްރާންޓް އެގްރިމަންޓަށް ގެނެވުނު އިސްލާހާއެކު ރާއްޖެއަށް އިތުރު 7.2 މިލިއަން ޑޮލަރު ނުވަތަ 111 މިލިއަން ރުފިޔާ އެހީގެ ގޮތުގައި ފޯރުކޮށްދޭނެ ކަމަށް ފޮރިން މިނިސްޓްރީން މައުލޫމާތު ދީފައި ވެއެވެ. މިއާއެކު މި އެއްބަސްވުމުގެ ދަށުން އެމެރިކާއިން ފޯރުކޮށްދޭޭ އެހީގެ ޖުމްލަ 36.1 މިލިއަން ޑޮލަރު ނުވަތަ 556.6 މިލިއަން ރުފިޔާއަށް އަރާނެއެވެ.

އެމެރިކާއިން ރާއްޖެއަށް ދޭން ނިންމި 7.2 މިލިއަން ޑޮލަރަކީ ދައުލަތުގެ މާލިއްޔަތާއި ބެހޭ ކަންކަން ހިންގުން ހަރުދަނާކުރުމަށާއި އިގްތިސާދަށް އަންނަ ލޮޅުންތަކުން ކުރާ އަސަރު ކުޑަކުރުމަށް ކުރާ މަސައްކަތަށް އެހީތެރިވުމަށް ފޯރުކޮށްދޭ އެހީއެކެވެ. އަދި ޑިމޮކްރެޓިކް ވެރިކަމުގެ ނިޒާމު ހަރުދަނާކުރުމަށް ވެސް މި އެހީ ބޭނުން ކުރާނެއެވެ.

އިތުރަށް ކިޔާލަން

16 ޖެނުއަރީ 2017

ރައީސް ޔާމީންގެ ޅިޔަނަށް 617 މިލިއަން ރުފިޔާގެ ގެރެންޓީއެއް ދެނީ!

16 ޖެނުއަރީ 2017
ރައީސް ޔާމީންގެ ޅިޔަނަށް 617 މިލިއަން ރުފިޔާގެ ގެރެންޓީއެއް ދެނީ!
12 ޖެނުއަރީ 2017

އެމްޕީއެލް އިން ރިޒާ އަށް 2.9 މިލިއަން ރުފިޔާ ދިން މައްސަލަ އޭސީސީން ބަލަން ފަށައިފި

12 ޖެނުއަރީ 2017
އެމްޕީއެލް އިން ރިޒާ އަށް 2.9 މިލިއަން ރުފިޔާ ދިން މައްސަލަ އޭސީސީން ބަލަން ފަށައިފި
12 ޖެނުއަރީ 2017

ޑރ. ނާޒުގެ މިޕްސްޓާރ އިން އިތުރު ތިން ހިދްމަތެއް ދޭން ފަށައިފި

12 ޖެނުއަރީ 2017
ޑރ. ނާޒުގެ މިޕްސްޓާރ އިން އިތުރު ތިން ހިދްމަތެއް ދޭން ފަށައިފި
11 ޖެނުއަރީ 2017

އަނެއްކާވެސް އިތުރު ސްޓޭޓް މިނިސްޓަރެއް

11 ޖެނުއަރީ 2017
އަނެއްކާވެސް އިތުރު ސްޓޭޓް މިނިސްޓަރެއް
10 ޖެނުއަރީ 2017

ސަތާރަ މިލިއަން ރުފިޔާ އަދިވެސް ނުލިބޭ، ފައިސާ ހޯދަން ވަނީ ދައުވާކޮށްފައި: ފެނަކަ

10 ޖެނުއަރީ 2017
ސަތާރަ މިލިއަން ރުފިޔާ އަދިވެސް ނުލިބޭ، ފައިސާ ހޯދަން ވަނީ ދައުވާކޮށްފައި: ފެނަކަ
10 ޖެނުއަރީ 2017

އެމްޕީއެލް އިން ނެގި 85 މިލިއަން ރުފިޔާ ނުދައްކާ ތިން އަހަރު!

10 ޖެނުއަރީ 2017
އެމްޕީއެލް އިން ނެގި 85 މިލިއަން ރުފިޔާ ނުދައްކާ ތިން އަހަރު!
07 ޖެނުއަރީ 2017

ޔުނިވާސިޓީން އާ ދެ ކޯހެއް ރާއްޖެއަށް ތައާރަފްކޮށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

07 ޖެނުއަރީ 2017
ޔުނިވާސިޓީން އާ ދެ ކޯހެއް ރާއްޖެއަށް ތައާރަފްކޮށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި
06 ޖެނުއަރީ 2017

ނިމިގެންދިޔަ އަހަރު ޑްރަގް ކޯޓަށް ހުށަހެޅުނު މައްސަލަތައް އިތުރުވެއްޖެ

06 ޖެނުއަރީ 2017
ނިމިގެންދިޔަ އަހަރު ޑްރަގް ކޯޓަށް ހުށަހެޅުނު މައްސަލަތައް އިތުރުވެއްޖެ
06 ޖެނުއަރީ 2017

ޤާނޫނު އަސާސީއެއް ނެތް، އުފާވެރި ދިވެހިރާއްޖެއަށް އޮތް ހުރިހާ މަގެއް ބަންދުކޮށްފި: އިބްރާ

06 ޖެނުއަރީ 2017
ޤާނޫނު އަސާސީއެއް ނެތް، އުފާވެރި ދިވެހިރާއްޖެއަށް އޮތް ހުރިހާ މަގެއް ބަންދުކޮށްފި: އިބްރާ
06 ޖެނުއަރީ 2017

މިދިޔަ އަހަރު ކްރިމިނަލް ކޯޓަށް ހުށަހެޅި މައްސަލަތަކުގެ އަދަަދު އިތުރުވެއްޖެ

06 ޖެނުއަރީ 2017
 މިދިޔަ އަހަރު ކްރިމިނަލް ކޯޓަށް ހުށަހެޅި މައްސަލަތަކުގެ އަދަަދު އިތުރުވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް