Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ޑަބްލިޔުއެޗްއޯގެ އެގްޒެކެޓިވް ބޯޑު

ޑަބްލިޔުއެޗްއޯގެ އެގްޒެކެޓިވް ބޯޑުގެ ޕްރޮގްރާމް، ބަޖެޓް އަދި އެޑްމިނިސްޓްރޭޝަން ކޮމިޓީގެ ބައްދަލުވުމުގައި ރާއްޖެއިން ބައިވެރިވެއްޖެ

ދުނިޔޭގެ ޞިއްޙަތު ޖަމުޢިއްޔާގެ 76 ވަނަ ވާރލްޑް ހެލްތު އެސެމްބްލީއަށް ހުށަހެޅުނު 2 ކަމަކަށް ދިވެހިރާއްޖެއިން ވޯޓްދީފައިވޭ

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ, ރާއްޖެ އެމްވީ | 6 ޖޫން 2023 | އަންގާރަ 11:25
ހެލްތު މިނިސްޓަރ އަހުމަދު ނަސީމް ތަގުރީރުކުރައްވަނީ

ހެލްތު މިނިސްޓަރ އަހުމަދު ނަސީމް ތަގުރީރުކުރައްވަނީ

މެއި މަހުގެ 17 އިން 19 އަށް، ސްވިޒަރލޭންޑުގެ ޖެނީވާގައި ކުރިއަށް ގެންދިޔަ ދުނިޔޭގެ ޞިއްޙަތު ޖަމިއްޔާގެ އެގްޒެކެޓިވް ބޯޑުގެ ޕްރޮގްރާމް، ބަޖެޓް އަދި އެޑްމިނިސްޓްރޭޝަން ކޮމިޓީގެ 38 ވަނަ ބައްދަލުވުމުގައި މިނިސްޓްރީ އޮފް ހެލްތުން ބައިވެރިވެއްޖެއެވެ.

މިފަހަރުވެސް ރިޔާސަތު ބެލެހެއްޓީ ދިވެހިރާއްޖެ އިންނެވެ. ދިވެހިރާއްޖޭގެ ފަރާތުން މި ބައްދަލުވުމުގެ ރިޔާސަތު ބެލެހެއްޓީ މިނިސްޓްރީ އޮފް ހެލްތުގެ ޑިރެކްޓަރ، ޢާއިޝަތު ރިޝްމީއެވެ. މިއީ، މި ކޮމިޓީގެ މެމްބަރު ޤައުމެއްގެ ގޮތުގައި، 2022 ވަނަ އަހަރުގެ މެއި މަހުން ފެށިގެން ކުރިއަށް އޮތް 2 އަހަރުގެ މުއްދަތަށް ދިވެހިރާއްޖެ ހޮވުނުފަހުން ކުރިއަށް ގެންދިޔަ ދެވަނަ ބައްދަލުވުމެވެ. ޕްރޮގްރާމް، ބަޖެޓް އަދި އެޑްމިނިސްޓްރޭޝަން ކޮމިޓީއަކީ، ދުނިޔޭގެ ސިއްޙަތު ޖަމިއްޔާގެ އިދާރީ އަދި މާލީ ކަންކަމާގުޅޭ މުހިންމު ނިންމުންތަކެއް ނިންމާ ކޮމިޓީއެކެވެ. މި ބައްދަލުވުމުގައި ކޮމިޓީގެ 14 މެމްބަރު ޤައުމަކުން ވަނީ ބައިވެރިވެފައެވެ.

Advertisement - newsAdvertisement

މި ބައްދަލުވުމުގައި، 2024-2025 ގައި ހިންގުމަށް ހަމަޖެހިފައިވާ ޕްރޮގްރާމްތަކުގެ ބަޖެޓާއި ބެހޭ މުހިއްމު ނިންމުންތަކެއް ނިންމައި، ޞިއްޙީ ދާއިރާއަށް ކުރެވޭ ޚަރަދުތައް ދެމެހެއްޓެނިވިގޮތެއްގައި ބެލެހެއްޓޭނެ ގޮތްތަކާއި މެދު ޤައުމުތަކުގެ މެދުގައި މަޝްވަރާތައް ކުރިއަށް ގެންދެވުނެވެ. އެގޮތުން، 2024-2025 އަށް ދުނިޔޭގެ ޞިއްޙަތު ޖަމިއްޔާއިން ކުރުމަށް ރާވާފައިވާ ޕްރޮގްރާމްތަކުގެ ބަޖެޓް ފާސްކުރެވިގެންދިޔައެވެ. އަދި ދުނިޔޭގެ ޞިއްޙަތު ޖަމުޢިއްޔާގެ މެންބަރު ޤައުމުތަކުން ނެގޭ ޗަންދާ 20 އިންސައްތައަށް އިތުރު ކުރުމަށް ނިންމުނެވެ. މިއީ، އެ ޖަމުޢިއްޔާގެ ތާރީޚުގައިވެސް ނިންމުނު މިފަދަ ފުރަތަމަ ނިންމުންކަން ފާހަގަކޮށްލެވެއެވެ. އަދި މިއީ ޖަމުޢިއްޔާގެ މަސައްކަތްތައް ހަރުދަނާކުރުމަށް ފާސްކުރެވުނު އިމްޕްލިމެންޓޭޝަން ޕްލޭން އަދި ރީފޯމްއަށް އިތުރުވެގެންދިޔަ މުހިއްމު ބޮޅެކެވެ.     

ސްވިޒަރލޭންޑުގެ ޖެނީވާގައި ކުރިއަށް ދިޔަ ދުނިޔޭގެ ޞިއްޙަތު ޖަމުޢިއްޔާގެ 76 ވަނަ ވާރލްޑް ހެލްތު އެސެމްބްލީގައި ދިވެހިރާއްޖެ ތަމްސީލު ކުރެއްވީ މިނިސްޓަރ އޮފް ހެލްތު، ނިޝާން މުލީގޭ ޝަރަފުގެ ޢިއްޒަތުގެވެރިޔާ އަޙުމަދު ނަސީމާއި މިނިސްޓްރީގެ އިސް ބޭފުޅުންނެވެ. މީގެ އިތުރުން ޖެނީވާގައި ހުންނަ ދިވެހިރާއްޖޭގެ މިޝަންގެ ޕާރމަނަންޓް ރެޕްރެޒެންޓެޓިވް ޑރ. އާސިމް އަޙުމަދުގެ އިތުރުން މިޝަންގެ އިސްބޭފުޅުން ބައިވެރިވެ ވަޑައިގެންނެވިއެވެ. ޖުމުލަ 194 ޤައުމަކުން 3500އެއްހާ ބޭފުޅުން ބައިވެރިވި މި ބައްދަލުވުމުގައި މި އަހަރަށް ކަނޑައަޅާފައިވާ މަޢުޟޫއު "ޑަބްލިޔު.އެޗް.އޯ އެޓް 75: ސޭވިންގ ލައިވްސް، ޑްރައިވިންގ ހެލްތު ފޯ އޯލް" ގައި މިނިސްޓަރ އޮފް ހެލްތު އަޙުމަދު ނަސީމް ތަޤުރީރުކުރެއްވިއެވެ.

މިއަހަރުގެ ބައްދަލުވުމުގައި މަޝްވަރާ ކުރުމަށް އެޖެންޑާކުރެވުނު 27 މަޢުޟޫޢުގެ ތެރެއިން 13 މަޢުޟޫޢަކަށް ދިވެހިރާއްޖޭގެ ފަރާތުން ވާހަކަ ދައްކާފައިވެއެވެ. ޚާއްޞަގޮތެއްގައި ފަލަސްތީނުގަޔާއި ސީރިއާގެ ރައްޔިތުންގެ ޞިއްޙީ ޙާލަތާއި ގުޅޭގޮތުން ހުށަހެޅުނު މަޢުޟޫއަށް މިނިސްޓަރ ޢަހުމަދު ނަސީމު ވާހަކަފުޅު ދެއްކެވުން ފާހަގަކޮށްލެވެއެވެ.

ހަމައެއާއިއެކު، ދުނިޔޭގެ ޞިއްޙަތު ޖަމުޢިއްޔާގެ 76 ވަނަ ވާރލްޑް ހެލްތު އެސެމްބްލީއަށް ހުށަހެޅުނު 2 ކަމަކަށް ދިވެހިރާއްޖެއިން ވޯޓްދީފައިވެއެވެ. އެއީ، ފަލަސްތީނާއި ސީރިއާގައި ދިރިއުޅޭ ރައްޔިތުންގެ ޞިއްޙީ ހާލަތާއި ގުޅޭގޮތުން ހުށަހެޅުނު މައްސަލައާއި، ޔޫކްރެއިންގެ ޞިއްޙީ އެމަރޖެންސީ ޙާލަތާއި ގުޅޭގޮތުން ހުށަހެޅުނު މައްސަލައެވެ. 

މީގެ އިތުރުން ދޭދޭ ގައުމުތަކުގެ މެދުގައި ގުޅުން ބަދަހިކުރުމަށާއި ރާއްޖޭގެ ޞިއްޙީ ދާއިރާ ކުރިއެރުވުމަށް ޤައުމުތަކާއި އެހީދޭ ޖަމިއްޔާތަކުގެ އެހީތެރިކަން ހޯދިދާނެ ދާއިރާތަކާއިގުޅޭގޮތުން މަޝްވަރާކުރުމަށް ބައެއް ޤައުމުތަކާއިއުކު ދިވެހިރާއްޖެއިން ބައްދަލުވުންތައް ބާއްވާފައިވެއެވެ. އެގޮތުން، ތައިލޭންޑް، އިންޑިއާ، ބަންގްލަދޭޝް އަދި ސްރީލަންކާއިން ބައިވެރިވެވަޑައިގެންނެވި ވަފުދާއިއެކު ދިވެހިރާއްޖެއިން ވަނީ ބައްދަލުވުންތައް ބާއްވާފައެވެ.

ހަމަ އެއާއިއެކު، ވާރލްޑް ހެލްތު އެސެމްބްލީގެ ހަވާސާގައި، ހެލްތު މިނިސްޓްރީގެ އިސް ބޭފުޅުން ވަނީ ޞިއްޙީ ދާއިރާ ކުރިއެރުވުމަށް އެހީތެރިކަން ހޯދިދާނެ ދާއިރާތަކާއި ގުޅޭގޮތުން ދުނިޔޭގެ ޞިއްޙަތު ޖަމުޢިއްޔާގެ ޑިރެކްޓަރ ޖެނެރަލް ޑރ. ޓެޑްރޯސްއާއި ދެކުނު އިރުމަތީ އޭޝިއާގެ ރީޖަނަލް ޑިރެކްޓަރ  ޑރ. ޕޫނަމްއާ ބައްދަލުކުރައްވާ މަޝްވަރާ ކުރައްވާފައެވެ. މި ބައްދަލުވުންތަކުގައި ޕްރައިމަރީ ހެލްތު ކެއަރގެ މަސައްކަތްތައް އިތުރަށް ފުޅާކުރުމަށާއި، ޞިއްހީ ދާއިރާގެ އިންސާނީ ވަޞީލަތް އިތުރަށް ތަރައްޤީކުރުމަށާއި، ކެންސަރު ބައްޔަށް ދެވޭ ފަރުވާ އިތުރުކުރެވެވޭނެ ގޮތްތަކާއި ގުޅޭގޮތުން މަޝްވަރާކުރެވުނެއެވެ. މީގެ އިތުރުން ބައްލުވުމުގައި އަލިއަޅުވާލެވުނު މުހިއްމު ކަންކަމުގެ ތެރޭގައި ނަފްސާނީ ބަލިތަކަށް ޚާއްޞަ ފަރުވާ ދިނުމާއި، ޑްރަގްގެ ވަބާއިން މުޖުތަމަޢު ސަލާމަތްކުރުމަށް ކުރަންޖެހިފައިވާ މަސައްކަތްތައް ހިމެނެއެވެ. މީގެ އިތުރުން ވޯލްޑް ހެލްތު އެސެމްބްލީގެ ސައިޑް އިވެންޓްތަކުގެ ތެރޭގައި މޫސުމަށް އަންނަ ބަދަލުތަކާއި ގުޅޭގޮތުން ކުރިއަށް ގެންދެވުނު މަޝްވަރާ ބައްދަލުވުމުގައި، މޫސުމަށް އަންނަ ބަދަލުތަކާއި ގުޅިގެން އެޅޭ ފިޔަވަޅުތައް އިތުރަށް ހަރުދަނާކުރުމަށާއި ޕްލާސްޓިކްގެ ސަބަބުން ޞިއްޙަތަށްކުރާ ނޭދެވޭ އަސަރު ދަށްކުރުމަށް ޚާއްޞަކަމެއް ދިނުމުގެ މައްޗަށް މިނިސްޓަރ ނަސީމް ވާހަކަފުޅު ދެއްކެވިއެވެ. ހަމައެއާއިއެކު، ޞިއްޙީ ދާއިރާގެ ނިންމުތައް ނިންމުމުގައި ޑާޓާ ގަވަރނަންސްގެ މުހިއްމުކަމުގެ މައްޗަށް މިނިސްޓަރ ވަނީ ކީނޯޓު ސްޕީޗެއްދެއްވާފައެވެ.

 އަދި ކުރީ އަހަރުތަކެކޭވެސް އެއްފަދައިން މިއަހަރުގެ އެސެމްބްލީއާ ގުޅުވައިގެން ބޭއްވުނު "ވޯކް ދަ ޓޯކް: ހެލްތު ފޯ އޯލް ޗެލެންޖް"ގެ ހަރަކާތްތަކުގައި ދިވެހިރާއްޖޭގެ ވަފުދުގެ ބޭފުޅުންވެސް ބައިވެރިވެވަޑައިގެންނެވިއެވެ. މި ޗެލެންޖްގެ މަޤްޞަދަކީ ދުޅަހެޔޮ ޞިއްޙަތެއްގައި ހުރުމާއި ހެލިފެލިވެއުޅުމަށް ބާރުއަޅައި ހޭލުންތެރިކުރުވުމެވެ.

މީގެ އިތުރުން މެއިމަހުގެ 30 އިން މި ހިނގާ ޖޫން މަހުގެ 1 ށް ކުރިއަށްދިޔަ ދުނިޔޭގެ ޞިއްޙަތު ޖަމުޢިއްޔާގެ 153 ވަނަ އެގްޒެކެޓިވް ބޯޑު ބައްދަލުވުމުގައިވެސް މިނިސްޓަރ އޮފް ހެލްތު، ނިޝާން މުލީގޭ ޝަރަފުގެ ޢިއްޒަތުގެވެރިޔާ އަޙުމަދު ނަސީމާއި މިނިސްޓްރީ އޮފް ހެލްތުގެ އިސްބޭފުޅުން ބައިވެރިވެވަޑައިގެންފައިވެއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

އެލްޖީއޭ ބޯޑުގެ ސީދާ ބާރު ރައީސް ޔާމީނަށް ލިބޭ ގޮތަށް އިއްޔެ ހުށަހެޅި އިސްލާހު މިއަދު ފާސްކުރަނީ

އެލްޖީއޭ ބޯޑުގެ ސީދާ ބާރު ރައީސް ޔާމީނަށް ލިބޭ ގޮތަށް އިއްޔެ ހުށަހެޅި އިސްލާހު މިއަދު ފާސްކުރަނީ

12 އެޕްރީލު 2017
ސައްތަ ކިލޯ ޕްރޮގްރާމްގެ އެއްބަސްވުމުގައި ސޮއިކޮށްފި

ސައްތަ ކިލޯ ޕްރޮގްރާމްގެ އެއްބަސްވުމުގައި ސޮއިކޮށްފި

22 މާރިޗު 2017
އެންވަޔަރމެންޓް މިނިސްޓްރީގެ ސީނިއަރ ޕޮލިސީ އެގްޒެކެޓިވްގެ މަގާމަށް ވަސީމާ ހަަމަޖައްސައިފި

އެންވަޔަރމެންޓް މިނިސްޓްރީގެ ސީނިއަރ ޕޮލިސީ އެގްޒެކެޓިވްގެ މަގާމަށް ވަސީމާ ހަަމަޖައްސައިފި

14 މާރިޗު 2017
ނ. އަތޮޅުގެ ސްކޫލްތަކަށް ސްކޫލް އެޑޮޕްޝަން ޕްރޮގްރާމް ފަށައިފި

ނ. އަތޮޅުގެ ސްކޫލްތަކަށް ސްކޫލް އެޑޮޕްޝަން ޕްރޮގްރާމް ފަށައިފި

28 ފެބުރުއަރީ 2017
ބަޖެޓް ނެތިގެން ވިލިމާލެ އާއި ހުޅުމާލެ އަށް ޗިޓް ފޮނުވުން ސިވިލް ކޯޓުން ހުއްޓާލައިފި

ބަޖެޓް ނެތިގެން ވިލިމާލެ އާއި ހުޅުމާލެ އަށް ޗިޓް ފޮނުވުން ސިވިލް ކޯޓުން ހުއްޓާލައިފި

19 ފެބުރުއަރީ 2017

އަހަރުތަކުން މިއަދު

16 ޖެނުއަރީ
ވަގު ފޯމު މައްސަލަ: މިނިސްޓަރ އިހްސާނު ގެ ފޮޓޯތައް ލީކު ކޮށްލި ފަރާތް ހައްޔަރު ކުރަން މަސައްކަތް ފަށައިފި
20251 އަހަރު ކުރިން
ރާއްޖެ

ވަގު ފޯމު މައްސަލަ: މިނިސްޓަރ އިހްސާނު ގެ ފޮޓޯތައް ލީކު ކޮށްލި ފަރާތް ހައްޔަރު ކުރަން މަސައްކަތް ފަށައިފި

ތަސައްވުރަކީ، ސަރުކާރާއި މުއައްސަސާތަކާ ގުޅިގެން ރައްޔިތުންގެ ޚިޔާލާއެކު މާލެސިޓީ ތަރައްޤީކުރުން - އާޒިމް
20242 އަހަރު ކުރިން
ރާއްޖެ

ތަސައްވުރަކީ، ސަރުކާރާއި މުއައްސަސާތަކާ ގުޅިގެން ރައްޔިތުންގެ ޚިޔާލާއެކު މާލެސިޓީ ތަރައްޤީކުރުން - އާޒިމް

ވެއްޓުނު، ނޭޕާލުގެ ފްލައިޓުން ދަތުރުކުރި އެންމެ މީހެއް ފިޔަވައި އެހެން އެންމެން ފެނިއްޖެ
20233 އަހަރު ކުރިން
ދުނިޔެ

ވެއްޓުނު، ނޭޕާލުގެ ފްލައިޓުން ދަތުރުކުރި އެންމެ މީހެއް ފިޔަވައި އެހެން އެންމެން ފެނިއްޖެ

ކޮވިޑްގެ ނުރައްކާ ލެވެލް ރަތް ކުލައަށް، މާލެއިން އެކަނި 826 ކޭސް
20224 އަހަރު ކުރިން
ރާއްޖެ

ކޮވިޑްގެ ނުރައްކާ ލެވެލް ރަތް ކުލައަށް، މާލެއިން އެކަނި 826 ކޭސް

ރާއްޖެ ހައި ސްޕީޑް ފެރީ ނިޒާމަކުން ގުޅާލުމުގެ އެއްބަސްވުމުގައި ސޮއިކޮށްފި
20215 އަހަރު ކުރިން
ރާއްޖެ

ރާއްޖެ ހައި ސްޕީޑް ފެރީ ނިޒާމަކުން ގުޅާލުމުގެ އެއްބަސްވުމުގައި ސޮއިކޮށްފި

ރާއްޖޭގައި މަރުވި ދެމަފިރިންގެ ވާހަކަތަކުން ފިލިޕީންސް ރޮއްވާލައިފި!
20197 އަހަރު ކުރިން
ރިޕޯޓު

ރާއްޖޭގައި މަރުވި ދެމަފިރިންގެ ވާހަކަތަކުން ފިލިޕީންސް ރޮއްވާލައިފި!

ކުޅުދުއްފުއްޓަށް ވަޑައިގެން މެޑަމް ފާތުން ސިޓީ އުރައިގައި ފައިސާ ބައްސަވައިފި
20188 އަހަރު ކުރިން
ރާއްޖެ

ކުޅުދުއްފުއްޓަށް ވަޑައިގެން މެޑަމް ފާތުން ސިޓީ އުރައިގައި ފައިސާ ބައްސަވައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު