Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
އައްޑޫ ސިޓީގެ ތަރައްގީ

އައްޑޫ ރައްޔިތުން އަޅުގަނޑަށް ކުރެއްވި އިތުބާރު ގެއްލުވައެއްނުލާނަން - ރައީސް

މިއީ އައްޑޫ ސިޓީ ރައްޔިތުން އަނެއްކާވެސް މެނިފެސްޓޯއެއް ތައްޔާރުކުރަންވީ ވަގުތު

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް, ރާއްޖެ އެމްވީ | 4 ޖޫން 2023 | އާދީއްތަ 17:35
އައްޑޫ ސިޓީގެ ރައްޔިތުންނާ ބައްދަލުކުރައްވައި ރައީސް ވާހަކަފުޅުދައްކަވަނީ

އައްޑޫ ސިޓީގެ ރައްޔިތުންނާ ބައްދަލުކުރައްވައި ރައީސް ވާހަކަފުޅުދައްކަވަނީ

އައްޑޫ ރައްޔިތުން އެމަނިކުފާނަށް ކުރެއްވި އިތުބާރު ގެއްލުވައިނުލައްވާނެ ކަމަށް، ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިފަދައިން ވިދާޅުވީ އައްޑޫ ސިޓީއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި، އައްޑޫ ސިޓީ ސްކޮޔަރގައި އެ ސިޓީގެ ރައްޔިތުންނާ ބައްދަލުކުރައްވާ ވާހަކަފުޅުދައްކަވަމުންނެވެ.

Advertisement - newsAdvertisement

ރައީސް ވިދާޅުވީ، 2008 ވަނަ އަހަރު ރިޔާސީ ކެމްޕޭނަށް ވަޑައިގެންނެވުމުން، އައްޑޫ ސިޓީގެ ރައްޔިތުން ބޭނުންވިގޮތަށް އައްޑޫ ސިޓީ ތަރައްގީކުރަން ބޭނުންވާ ގޮތް ލިޔެފައި އެމަނިކުފާނަށް އެރުވިކަމަށެވެ. ރައީސް ވިދާޅުވީ މިއަދު އައްޑޫ ސިޓީން ފެނިވަޑައިގަންނަވަނީ އައްޑޫގެ ރައްޔިތުން އަމިއްލައަށް ތައްޔާރުކުރި ސިޓީގައި އޮތް ކަންތައްތައް ކަމަށެވެ.

ރައީސް ވިދާޅުވީ މި 5 އަހަރާއި އަދި ކުރިއަށް އޮތް 5 އަހަރުގައިވެސް އިސްކަންދެއްވާނީ ހަމަޖެހުމަށް ކަމަށެވެ. މިކަން ނެތި، ތަރައްގީ ނުގެނެވޭނެކަމަށާއި، މި 5 އަހަރެކޭ އެއްގޮތަށް ކުރިއަށް އޮތް 5 އަހަރުވެސް އަމާޒަކަށް ވާންވާނީ ހަމަޖެހުން ގާއިމްކުރެއްވުން ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ރާއްޖޭގެ ތަރައްގީއަށް ބަލާއިރު، ކުރިއަށް އޮތް 5 އަހަރު އުމްރާނީ ތަރައްގީގެ ބޮޑު މަޝްރޫއެއް ނެތަސް އައްޑޫ ރައްޔިތުން އަދި ސަރުކާރުގެ ވިސްނުމުގައި ކަންކަން އެބަހުރި ކަމަށެވެ. މިއަދު ވިސްނަންވީ އިޖްތިމާއީ މައްސަލަަތަކާ މެދު ކަމަށާއި، ކުރިއަށް އޮތް 5 އަހަރުގެ މައިގަނޑު އަމާޒެއްކަމުގައި ވާންވީ އިޖްތިމާއީ މައްސަލަތަކަށް ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ތައުލީމަށް ބޮޑެތި އިންވެސްޓް ކުރެވޭކަމަށާއި، ހިލޭ ޑިގްރީ ދެވި، ޓާޝަރީ ހޮސްޕިޓަލް އެޅެމުންދާ ކަމަށެވެ. އަދި އެކަމަށް ބޭނުންވާ މީހުން ޓްރެއިން ކުރެވެމުންދާކަމަށެވެ. ނަމަވެސް އިޖްތިމާއީ މައްސަލަތަކަށް ހައްލު ނުގެެނެސް، އަމާންކަން ގާއިމް ނުކުރެވޭނެ ކަމަށެވެ. ރައީސް ވިދާޅުވީ ކުރިއަށް އޮތް 5 އަހަރަށްވެސް މިކަމާދޭތެރޭ ވިސްނުން މުހިންމު ކަމަށާއި، އައްޑޫ ސިޓީގެ ރައްޔިތުން އައްޑޫއަށް ބޭނުންވާ ކަންކަން އެކުލަވައިލާއިރު، މިކަންތަކަށް މެނިފެސްޓޯގައި ރިއާޔަތްކުރެއްވުމަށެވެ.

ރައީސް ވިދާޅުވީ، ޕޭހަމަނައިޒޭޝަން ތެރޭގައި ދެން މުސާރައަށް ބަދަލު ނައިސް އޮތް ހުރިހާ ދާއިރާއަކަށް އެ ބަދަލު ގެންނަވާނެ ކަމަށެވެ. ދައުލަތުން އިނާޔަތް ދޭ ގިނަ ބަޔަކު އެބަތިބި ކަމަށާއި، އޭގެތެރޭގައި ނުކުޅެދުންތެރިކަން ހުންނަ މީހުންނާއި އުމުރުުން ދުވަސްވީ މީހުން ހިމެނޭ ކަމަށެވެ. ރައީސް ވިދާޅުވީ ޑިސެބިލިޓީ އެލަވަންސާ ބެހޭގޮތުން ކުރަންވީ ކަންކަން ނިންމައި ވަރަށް އަވަހަށް އިއުލާން ކުރައްވާނެކަމަށެވެ. އިސްރަށްވެހިންްގެ އެލަވަންސް ދަނީ ރިވިއުކުރަމުން ކަމަށާއި، ދުރު ނޫން މުސްތަގުބަލެއްގައި އެއަށްވެސް ބަދަލު ގެންނަވާނެކަމަށެވެ.

ރައީސް ވިދާޅުވީ ރިޔާސީ އިންތިޚާބާ ދޭތެރޭގައި ވިސްނާވަޑައިގަންނަވާއިރު މި ކަންތައްތަކާމެދު ވިސްނާވަޑައިގަތުމަކީ އެމަނިކުފާނު އެދިވަޑައިގަންނަވާ އެދުމެއް ކަމަށެވެ. ރައީސް ވިދާޅުވީ މި ގެނެވޭ ބަދަލު ގެނެވެނީ ރައްޔިތުންގެ ތާއީދު އޮތުމުން ކަމަށެވެ، އަދި އައްޑޫ ރައްޔިތުން ކުރި އިތުބާރު ގެއްލުވައިނުލައްވާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

އެމެރިކާގެ ރައްޔިތުންގެ ރައްކާތެރިކަން ކަށަވަރު ކުރުން އެއީ އެންމެ އިސްކަންދޭ ކަންތައް: އެމެރިކާ އެމްބަސީ

އެމެރިކާގެ ރައްޔިތުންގެ ރައްކާތެރިކަން ކަށަވަރު ކުރުން އެއީ އެންމެ އިސްކަންދޭ ކަންތައް: އެމެރިކާ އެމްބަސީ

20 ޖެނުއަރީ 2017
އައްޑޫ ސިޓީ ޗަކަ ބިމެއްގައިހުރި ގަސްތަކެއްގައި އަލިފާން ރޯވެއްޖެ

އައްޑޫ ސިޓީ ޗަކަ ބިމެއްގައިހުރި ގަސްތަކެއްގައި އަލިފާން ރޯވެއްޖެ

20 ޖެނުއަރީ 2017
ރައްޔިތުންގެ މަޖިލީހުން ކުރަނީ އިހްލާސްތެރި މަސައްކަތްތަކެއް ނޫން: ޝިފާ

ރައްޔިތުންގެ މަޖިލީހުން ކުރަނީ އިހްލާސްތެރި މަސައްކަތްތަކެއް ނޫން: ޝިފާ

18 ޖެނުއަރީ 2017
ސާކް ސަމިޓަށް އައްޑޫ ސިޓީ އިން ވެހިކަލްތައް ކުއްޔަށް ހިފުމުގައި ކޮރަޕްޝަނެއް ނެތް: އޭސީސީ

ސާކް ސަމިޓަށް އައްޑޫ ސިޓީ އިން ވެހިކަލްތައް ކުއްޔަށް ހިފުމުގައި ކޮރަޕްޝަނެއް ނެތް: އޭސީސީ

17 ޖެނުއަރީ 2017
ކަންކަން ހައްލުކުރެވޭނީ ހަމައެކަނި ރައްޔިތުންގެ އިންޤިލާބަކުން: ޑރ. މުސްތަފާ

ކަންކަން ހައްލުކުރެވޭނީ ހަމައެކަނި ރައްޔިތުންގެ އިންޤިލާބަކުން: ޑރ. މުސްތަފާ

16 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

23 ޖެނުއަރީ
ބޮލުން އިސްތަށި ފައިބާތީ އޮންލައިކޮށް ގަތް ބޭސް ބޭނުންކުރި މީހެއްގެ ވާހަކަ
20251 އަހަރު ކުރިން
ސިއްހަތު

ބޮލުން އިސްތަށި ފައިބާތީ އޮންލައިކޮށް ގަތް ބޭސް ބޭނުންކުރި މީހެއްގެ ވާހަކަ

އަސްކޮއި ހައްޖު އެންޑް އުމްރާ ޓުއަރސްގެ، "ފަރީ" ގްރޫޕާއި އެކު އުމްރާ އަށް ދާން ރަނުގެ ފުރުސަތެއް
20242 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އަސްކޮއި ހައްޖު އެންޑް އުމްރާ ޓުއަރސްގެ، "ފަރީ" ގްރޫޕާއި އެކު އުމްރާ އަށް ދާން ރަނުގެ ފުރުސަތެއް

2 އަހަރުގެ ދަރިފުޅު އަމިއްލައަށް އުނގެނެމުން ދިޔައީ ޓެބްލެޓާއި ޓީވީގެ އެހީގަ: މިއަދު އެއީ އިނގިރޭސިވިލާތަށް ރެކޯޑެއް!
20233 އަހަރު ކުރިން
ތަފާތު ޚަބަރު

2 އަހަރުގެ ދަރިފުޅު އަމިއްލައަށް އުނގެނެމުން ދިޔައީ ޓެބްލެޓާއި ޓީވީގެ އެހީގަ: މިއަދު އެއީ އިނގިރޭސިވިލާތަށް ރެކޯޑެއް!

ސީރިއާ ބޯޑަރު ކައިރިން ހައްޔަރުކުރި ފައިޒަންއަށް އުފުލާފައިވާ ދައުވާ: އިންޓެލް ރިޕޯޓަކީ ރަސްމީ ލިއުމެއްކަމާމެދު ބަހުސެއް
20224 އަހަރު ކުރިން
ރާއްޖެ

ސީރިއާ ބޯޑަރު ކައިރިން ހައްޔަރުކުރި ފައިޒަންއަށް އުފުލާފައިވާ ދައުވާ: އިންޓެލް ރިޕޯޓަކީ ރަސްމީ ލިއުމެއްކަމާމެދު ބަހުސެއް

ރިސޯޓް މުވައްޒަފުންނަށް ކަރަންޓީންނުވެ ދެން ދަތުރެއް ނުކުރެވޭނެ
20215 އަހަރު ކުރިން
ރާއްޖެ

ރިސޯޓް މުވައްޒަފުންނަށް ކަރަންޓީންނުވެ ދެން ދަތުރެއް ނުކުރެވޭނެ

24 ގަޑިއިރު މަޖިލިސް ހުޅުވައިގެން ވިޔަސް ޕީއެންސީ ރަޖީސްޓްރީ ކުރާނަން: ގާސިމް
20197 އަހަރު ކުރިން
ރާއްޖެ

24 ގަޑިއިރު މަޖިލިސް ހުޅުވައިގެން ވިޔަސް ޕީއެންސީ ރަޖީސްޓްރީ ކުރާނަން: ގާސިމް

ކުއްލި ގޮތަކަށް ބޭއްވި ކޮމެޓީގައި މެމްބަރު އާމިރުގެ ބަހުގެ ހަމަލާ، ސަރުކާރު މެމްބަރުންނަށް
20188 އަހަރު ކުރިން
ރާއްޖެ

ކުއްލި ގޮތަކަށް ބޭއްވި ކޮމެޓީގައި މެމްބަރު އާމިރުގެ ބަހުގެ ހަމަލާ، ސަރުކާރު މެމްބަރުންނަށް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު