Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ތަފާތު ޚަބަރު
ޑރ. ބުޝްރާ

"ޑރ ބުޝްރާ އަކީ ފަޤީރުންގެ މަންމަ"

ޑރ ބުޝްރާގެ ކުލިނިކު ހުޅުވުމުގައި ފިރިމީހާގެ ފަރާތުން ބޮޑު އެހީތެރިކަމެއް ލިބުނު

ޢާއިޝާ ރީމާ ވަޙީދު
ޢާއިޝާ ރީމާ ވަޙީދު, ރާއްޖެ އެމްވީ | 2 ޖޫން 2023 | ހުކުރު 12:15
ޑރ. ބުޝްރާ ބަލިމީހަކަށް ފަރުވާދެނީ

ޑރ. ބުޝްރާ ބަލިމީހަކަށް ފަރުވާދެނީ

ބުޝްރާ ދަބާޖްއަކީ ލުބްނާނުގެ އައްސޭރިފަށުގެ ސިޓީއެއް ކަމަށް ވާ އަލް-މިނާގައި މަޝްހޫރު ޑޮކްޓަރެކެވެ. ޑރ މުޝްހޫރުވެފައި ވަނީ "ފަޤީރުންގެ މަންމަ"ގެ ނަމުންނެވެ. ސަބަބެއް ނެތިއެއް ނޫނެވެ. ޑރ ބުޝްރާއަކީ ކުޑަކުދިންނާއި ބޮޑެތި މީހުންނަށް އިންތިހާ ހެޔޮ އަގުގައި ޚިދުމަތް ދޭ ޑޮކްޓަރެކެވެ. ބައެއް ފަހަރު، އެއްވެސް އަގަކާ ނުލާވެސް ޑރ ބުޝްރާ ޚިދުމަތް ދެއެވެ.

ޑރ ބުޝްރާއަކީ އާންމު ބަލިތަކުގެ އިތުރުން ކުޑަކުދިންގެ ޚާއްޞަ ޑޮކްޓަރެކެވެ. ބަލި މީހުން ބެލުމުގެ ޚިދުމަތް ދެނީ އޭނާގެ އަމިއްލަ ކުލިނިކުގައެވެ. ޑޮކްޓަރީ ލަފާގެ އިތުރުން، ބޭހުގެ ކަންކަމަށް ހިނގާ ޚަރަދު ލުއި ކޮށްދެވޭތޯ ޑރ ބުޝްރާ ބަލައެވެ. ހިލޭ އެހީގެ ގޮތުގައި ބަލި މީހުންނަށް ބޭސް ހޯދާދެއެވެ. މި ދުވަސްވަރަކީ އިޤްތިޞާދީ ހީނަރުކަމުގެ އަނދަވަޅަކަށް ލުބްނާން ވެއްޓިފައި ވާ ދުވަސްވަރަކަށް ވާ އިރު، ބަލި މީހުން އުފުލަން ޖެހިފައިވާ ތަކުލީފުތައް ވީހާވެސް ލުއި ކޮށްދެވޭތޯ، ޑރ ބުޝްރާއަށް ވީ ވަރަކުން މަސައްކަތް ކުރެއެވެ.

ލުބްނާނަށް މިއަދު ކުރިމަތިލާން ޖެހިފައި ވާ މާލީ ކާރިޘާއަކީ މީގެ ކުރިން ކުރިމަތިލާން ޖެހިފައި ނުވާ ފަދަ ކާރިޘާއެކެވެ. ވަރލްޑް ބޭންކުން ސިފަ ކޮށްފައި ވާ ގޮތުގައި، ލުބްނާން ވެއްޓިފައިވާ ހީނަރުކަމުގެ އަނދަވަޅަކީ، ޒަމާނީ ތާރީޚުގައި އުފެދުނު އެންމެ ފުން އަނދަވަޅެވެ.

ބައިނަލްއަޤުވާމީ މާލީ މުޢާމަލާތުގެ ރޭޓުތައް ވަޒަން ކުރުމުގެ މައިގަނޑު މަސްދަރެއްގެ ގޮތުގައި ގިނަ ބަޔަކު ބަލައިގަންނަ އެމެރިކާ ޑޮލަރާ އަޅާ ބަލާއިރު، 2019 ވަނަ އަހަރުން ފެށިގެން، ލުބްނާން ފައިސާގެ އަގު ވަނީ 98 ޕަސެންޓަށް ވުރެ ބޮޑަށް ދަށަށް ގޮސްފައެވެ. ބޭކާރު ޚަރަދުތައް އިންތިހާއަށް ކުރުމާއި، ކޮރަޕްޝަންގެ ބޮޑެތި ޖަރީމާތަކާއެކު މުޅި ޤައުމުހެން އޮތީ އިންތިހާ ފަޤީރު ކަމުގެ ތެރޭގައެވެ.

ލުބްނާނަކީ ޑރ ބުޝްރާގެ އުފަން ފަސްގަނޑެއް ނޫނެވެ. ޑރ ބުޝްރާ ނިސްބަތް ވަނީ ސޫރިޔާގެ ހާމާއަށެވެ. އޭނާގެ ދިރިއުޅުން ލުބްނާނަށް ބަދަލު ކުރީ މީގެ 44 އަހަރު ކުރިންނެވެ. މިއަދު އޭނާއަކީ ސޫރިޔާއާއި ލުބްނާންގެ ރަށްވެހިކަންވެސް އޮންނަ މީހެކެވެ. ޙަޔާތުގެ ބައިވެރިޔާއަކީ ލުބްނާނު މީހެކެވެ. ޑރ ބުޝްރާގެ ކުލިނިކު ހުޅުވުމުގައި ފިރިމީހާގެ ފަރާތުން ބޮޑު އެހީތެރިކަމެއް ލިބުނު ކަން އޭނާ ފާހަގަ ކުރެއެވެ. މާލީ ގޮތުން ހަމަޖެހޭ ދިރިއުޅުމެއް ލިބުނީ ފިރިމީހާގެ އެހީތެރިކަމާ އެކުގައި ކަން ޑރ ބުޝްރާ ޤަބޫލު ކުރެއެވެ.

ބަލި މީހުން ބަލައިގެން ލިބޭ ފައިސާ ޚަރަދު ކުރަނީ ކުލިނިކުގެ އެކިއެކި ޚަރަދުތަކަށެވެ. ޑރ ބުޝްރާގެ އެހީތެރިއެއްގެ ގޮތުގައި މަސައްކަތް ކުރާ މުވައްޒަފުގެ މުސާރަވެސް ހަމަޖައްސަނީ އެ ފައިސާއިންނެވެ. 1983 ވަނަ އަހަރު ކުލިނިކު ހުޅުވިފަހުން އަދި މިހާތަނަށް އެންމެ ފަހަރަކުވެސް އެ ކުލިނިކުގެ އާބާތުރަ ފިލުވާފައި ނުވާ ކަމަށް ޑރ ބުޝްރާ ބުނެއެވެ. އެއީ އެ ކަމުގެ ޚަރަދަށް ހިނގާ ފައިސާ ރައްކާކޮށް، ބަލި މީހުންނަށް އެ ފައިސާ ހޭދަ ކުރުމުގެ ގޮތުންނެވެ.

ޑރ ބުޝްރާގެ ޕޭޝަންޓެއް ކަމަށް ވާ ޖޯޖެޓް ސަލީބާ ބުނި ގޮތުގައި، ޑރ ބުޝްރާއަކީ އެއްވެސް މީހަކަށް ނޫނެކޭ ބުނާ ޑޮކްޓަރެއް ނޫނެވެ. ފައިސާ ހުއްޓަސް، ނެތަސް، ޑރ ބުޝްރާގެ އެހީތެރިކަން އެމީހަކަށް ލިބެއެވެ.

ޑރ ބުޝްރާއަކީ މަންމައެކެވެ. އަދި މާމައެކެވެ. ޑރ ބުޝްރާގެ ދީލަތި ޚިދުމަތުގައި އޮތް ކުލުނުގެ އެންމެ ބޮޑު އެއް ސިއްރަކީ އެއީ ކަމުގައިވެސް ވެދާނެއެވެ. ޑރ ބުޝްރާ ގާތުން ޚިދުމަތް ހޯދަން ކުއްޖަކު އަންނަ ހިސާބުން، ކޮންމެ ދުވަހަކު އެ ކުއްޖެއްގެ ހާލު ބަލާ ހަދައެވެ. އިތުރު އެއްވެސް ފީއަކާ ނުލައެވެ. އެއީ ހޮސްޕިޓަލެއްގައި އެޑްމިޓްކޮށް، މައިންބަފައިންގެ އަތުން ބޮޑެތި ޚަރަދުތަކެއް ކުރަން ނުޖެހޭނެކަން ކަށަވަރު ކުރުމުގެ ގޮތުންނެވެ. ހޮސްޕިޓަލުތަކުގައި އެޑްމިޓްކޮށްގެން ފަރުވާ ހޯދުމަކީ ލުބްނާނުގައި އިންތިހާ އަގު އަރާފައި ވާ ކަމެކެވެ.

ލެބަނަންހަނގުރާމަ

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

އިސްރާއީލް އިން ހިޒްބުﷲ ގެ މިލިޓަރީ ކޮމާންޑަރު މަރާލުމުން، އެކަމުގެ ރައްދު ދިނުމުގެ ޙައްގު އޮތް ކަމަށް އެ ޖަމާއަތުން ބުނެފި

އިސްރާއީލް އިން ހިޒްބުﷲ ގެ މިލިޓަރީ ކޮމާންޑަރު މަރާލުމުން، އެކަމުގެ ރައްދު ދިނުމުގެ ޙައްގު އޮތް ކަމަށް އެ ޖަމާއަތުން ބުނެފި

29 ނޮވެމްބަރު 2025
ބެއިރޫތައް އިޒްރޭލުން ބޮން އަޅާ ހިޒްބުﷲ ގެ އަސްކަރީ ލީޑަރު މަރާލައިފި

ބެއިރޫތައް އިޒްރޭލުން ބޮން އަޅާ ހިޒްބުﷲ ގެ އަސްކަރީ ލީޑަރު މަރާލައިފި

24 ނޮވެމްބަރު 2025
ޔުކްރެއިން މައްސަލައިގައި އޭނާގެ އުންމީދުތަކާ ޚިލާފަށް ޕުޓިން އަމަލު ކޮށްފައިވާ ކަމަށް ޓްރަމްޕް ވިދާޅުވެއްޖެ

ޔުކްރެއިން މައްސަލައިގައި އޭނާގެ އުންމީދުތަކާ ޚިލާފަށް ޕުޓިން އަމަލު ކޮށްފައިވާ ކަމަށް ޓްރަމްޕް ވިދާޅުވެއްޖެ

19 ސެޕްޓެމްބަރު 2025
ދެކުނު ލުބުނާނަށް އިސްރާއީލުން ބޮން އަޅައިފި

ދެކުނު ލުބުނާނަށް އިސްރާއީލުން ބޮން އަޅައިފި

13 ސެޕްޓެމްބަރު 2025
ފަލަސްޠީނުގެ މިނިވަން ދައުލަތެއް ޤާއިމު ކުރުމަށް އެމެރިކާގެ 58 އިންސައްތަ ރައްޔިތުން ތާއީދު ކުރޭ

ފަލަސްޠީނުގެ މިނިވަން ދައުލަތެއް ޤާއިމު ކުރުމަށް އެމެރިކާގެ 58 އިންސައްތަ ރައްޔިތުން ތާއީދު ކުރޭ

21 އޯގަސްޓު 2025

އަހަރުތަކުން މިއަދު

20 މާރިޗު
ވިލާ ގުރޫޕް ރިސޯޓް ތަކުގެ މަސައްކަތްތެރިންނަށް ސާވިސްޗާޖު ނުދޭނަމަ މުޒާހަރާއަށް ނުކުތުމަށް ގޮވާލައިފި
20251 އަހަރު ކުރިން
ރާއްޖެ

ވިލާ ގުރޫޕް ރިސޯޓް ތަކުގެ މަސައްކަތްތެރިންނަށް ސާވިސްޗާޖު ނުދޭނަމަ މުޒާހަރާއަށް ނުކުތުމަށް ގޮވާލައިފި

އެމެރިކާ ކޯޗުގެ ދެމަފިރިންގެ ހިތް ދެވުނީ ހުރަޔަށް، ރާއްޖޭގެ އެހެން ޓީމަކަށް ނުދާނެ
20242 އަހަރު ކުރިން
މީހުން

އެމެރިކާ ކޯޗުގެ ދެމަފިރިންގެ ހިތް ދެވުނީ ހުރަޔަށް، ރާއްޖޭގެ އެހެން ޓީމަކަށް ނުދާނެ

މީހުން ގެއްލުން: ހީކުރާ ވަރަށްވުރެ ސީރިއަސް!
20233 އަހަރު ކުރިން
ރިޕޯޓު

މީހުން ގެއްލުން: ހީކުރާ ވަރަށްވުރެ ސީރިއަސް!

100 ކިލޯ ޑްރަގް މައްސަލަ: މިއަދު ކުރިއަށް ގެންދެވުނީ ދައުވާ ލިބޭ 2 ބިދޭސީންގެ ބައި އެކަނި
20224 އަހަރު ކުރިން
ރާއްޖެ

100 ކިލޯ ޑްރަގް މައްސަލަ: މިއަދު ކުރިއަށް ގެންދެވުނީ ދައުވާ ލިބޭ 2 ބިދޭސީންގެ ބައި އެކަނި

ނަޝީގެ އުފަންދުވަހާ ދިމާކޮށް ބޮޑު ސަޕްރައިޒެއް!
20215 އަހަރު ކުރިން
ރިޕޯޓު

ނަޝީގެ އުފަންދުވަހާ ދިމާކޮށް ބޮޑު ސަޕްރައިޒެއް!

އާގިލް އާއި ޝައްފާން ވެސް މަރާލީ ގޭންގް މާރާމާރީތަކުގައި: ފުލުހުން
20197 އަހަރު ކުރިން
ރާއްޖެ

އާގިލް އާއި ޝައްފާން ވެސް މަރާލީ ގޭންގް މާރާމާރީތަކުގައި: ފުލުހުން

ރައީސް މައުމޫންގެ ވަކީލް ފައިސަލް މިއަދު ކޯޓަށް ހާޒިރު ކުރަނީ
20188 އަހަރު ކުރިން
ރާއްޖެ

ރައީސް މައުމޫންގެ ވަކީލް ފައިސަލް މިއަދު ކޯޓަށް ހާޒިރު ކުރަނީ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު