Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓުރައީސް ސާލިހުގެ ސިޔާސަތު

ވަގުންނަށް ހުޅުވިފައި ހުރި ދޮރުތައް ބަންދު ކުރާނެ، ވަގުންވެސް ހިފާނެ

ސިޔާސަތުގެ އެއް ރުކުނަކީ ސަރުކާރުގެ ތެރެއިން ޚިޔާނާތާއި ފަސާދަ ފުހެލުން

| 13 މެއި 2021 | ބުރާސްފަތި 12:42
ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު އެމަނިކުފާނުގެ ކެބިނެޓުގެ ބައްދަލު ކުރެއްވުމެއްގައި

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު އެމަނިކުފާނުގެ ކެބިނެޓުގެ ބައްދަލު ކުރެއްވުމެއްގައި

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު ވެރިކަމަށް ވަޑައިގެންނެވީ ރައްޔިތުންނަށް ވަރަށް ބޮޑު، ވަރަށް މުހިއްމު ވައުދެއް ވެވަޑައިގަތުމަށްފަހުގައެވެ. އެ ވައުދަކީ ޒަމާނުއްސުރެ ދައުލަތުގެ މަތިފަޑީގައި އަށަގެންފައި އޮންނަ ޚިޔާނާތާއި ފަސާދައިގެ ހުތުރު ފަށަލަ ނަގައި އެއްލައިލުމުގެ ވައުދެވެ. ޚިޔާނާތާއި ފަސާދައިގެ ނަޖިސްކަމުން ގައުމު ތާހިރު ކުރުމުގެ ވައުދެވެ. ވެރިކަމުގެ ހުވައި ކުރެއްވި ދުވަހުން ފެށިގެން އެމަނިކުފާނު ގެންދަވަނީ މި އަމާޒަށް ވާސިލްވުމަށް މަސައްކަތް ކުރައްވަމުންނެވެ.

އެއްފަހަރަށްވުރެ ގިނަ ފަހަރު އެމަނިކުފާނު ވިދާޅުވެފައިވެއެވެ. ޚިޔާނާތާއި ފަސާދައަށް މިސަރުކާރުގެ އޮތީ "ޒީރޯ ޓޮލަރެންސް" އެވެ. މާނަޔަކީ ޚިޔާނާތާއި ފަސާދަ ހިންގަނީ އަދި ހިންގާފައިވަނީ ހަތުރަކަށްވިޔަސް، މިތުރަކަށްވިޔަސް އެއްވެސް ތަފާތު ކުރުމެއް ނެތި އެކަމެއް ހާމަކުރައްވައި އަޅަންޖެހޭ ފިޔަވަޅުތައް އަޅުއްވަމުން ގެންދަވާނޭ ކަމުގައެވެ. މިތުރުން ކުރާ ކަންތައް ނުބައްލަވައި ހަތުރުންގެ ފަހަތުން ގުދޯގުދޯ ގޮވަމުން ވަޑައިނުގަންނަވާނޭ ކަމުގައެވެ. ހާކިމާގެ ކަނޑީގެ މިޔައިން ފަސާދައިގެ އެއްވެސް ކަނދުރާއަކަށް ބަޗައި ނުގަނެވޭނޭ ކަމުގައެވެ.

ރިޔާސީ ގަރާރަކުން ރައީސް އިބްރާހިމް މުހައްމަދު ސާލިހު އެންމެ ފުރަތަމަވެސް އުފެއްދެވީ އެސެޓް ރިކަވަރީ ކޮމިޝަނޭ ކިޔުނު ކޮމިޝަނެކެވެ. މިއީ އެކި ދުވަސްވަރު ދައުލަތުގެ އެކި މަގާމުތަކުގައި ތިބި މީހުން ދައުލަތަށް ހަރާންކޯރުވެ ޚަޒާނާއިން ވައްކަންކޮށް އަމިއްލަ ބާލީހަށް ބަންޑާރަކަފަ ލެއްވުމުގެ ބޮޑެތި ބޮޑެތި ކަންތައް ހިންގާފައިވާތީ އެކަންކަން ތަހުގީގުކޮށް ގެއްލިފައިވާ ފައިސާ އަލުން ދައުލަތަށް ވެއްދުމުގެ މަގުސަދުގައި އުފެއްދެވި ކޮމިޝަނެކެވެ. ކޮމިޝަނުން ޖަވާބުދާރީވާން ލާޒިމުކުރަނީ ހަމައެކަނި ރައީސަށެވެ.

ފާއިތުވި އަހަރުތަކުގައި ދައުލަތް ލޫޓުވުމުގެ އެންމެ ބޮޑު ހާދިސާގެ ގޮތުގައި މަޝްހޫރުވެގެންވަނީ އެމްއެމްޕީއާރްސީގެ ވައްކަމެވެ. މިއީ އެއްހާސް ހަތަރުސަތޭކަ މިލިޔަން ރުފިޔާއަށްވުރެ ކުޑަ ނޫން ވައްކަމެކެވެ. އަދަދު ކިޔާލަން ވަރަށް ފަސޭހައެވެ. އެކަމަކު ގުނަން ފަސޭހައެއް ނޫނެވެ. މިއީ ވަރަށް ބައިވަރު ފައިސާއެވެ. މިފައިސާ އެކެއްގެ އަތުން އަނެކެއްގެ އަތަށް، އެއް އެކައުންޓަކުން އަނެއް އެކައުންޓަކަށް، މިޒާތަކުން ގޮސް މުޅި ގައުމުގައި ފިސާރިޔަކަށް ވަނީ ދައުރުވެފައެވެ. އެއްބަޔަކު މި ފައިސާއިން ހަމަދިމާ ފާޅުގައި ރަށުގެ ބޮޑުވަޅުދޮށުގައި ތިބެގެން ފެންވެރީއެވެ. އޭގެ ތިކިތައް ކައިރިކައިރިން ބުރުޖެހި މީހުންގެ ގަޔަށްވެސް ބުރާފައިވެއެވެ. އެނގިގެންނާއި ނޭނގިއެވެ.

އެސެޓް ރިކަވަރީ ކޮމިޝަނުން ތަހުގީގުކުރަން ފެށި މައްސަލަތަކުގެ ތެރެއިން އެންމެ ބޮޑު މައްސަލައަކީ އެމްއެމްޕީއާރްސީގެ މި މައްސަލައެވެ. މައްސަލައިގެ އެންމެ ފުނަށް ވާސިލްވެ ކަންކަން ހާމަކުރުމަށާއި މިފައިސާ ދައުލަތަށް އަލުން ވެއްދުމަށްޓަކައި ކުރާންޖެހޭ އެންމެހައި ކަންކަން ކުރުމަށްޓަކައި ރައީސް ސާލިހު ވަނީ ކޮމިޝަނަށް ކޮންމެހެންވެސް ދޭންޖެހޭ ބާރުތައް ދެއްވައިފައެވެ. ނުފޫޒެއްގައި ނުޖެހި މިނިވަންކަމާއެކު މަސައްކަތް ކުރެވޭނެ މާހައުލެއް ކޮމިޝަނުގެ މެންބަރުންނަށް ވަނީ ފަހިކޮށްދެއްވައިފައެވެ.

ކޮމިޝަނަށް ބާރާއި މިނިވަންކަން ދެއްވިއިރު ރައީސް ސާލިހު އެކަން ކުރައްވާފައިވަނީ މޮހޮނަށް އޮޑިދިނުމޭ ބުނެވޭ ގޮތަކަށް ނޫނެވެ. މިވެނި ބައެއްގެ މައްސަލަ ނުބަލައި އެވެނި ބައެއްގެ މައްސަލަ ބަލަން ޝަރުތެއް ނުކުރައްވައެވެ. ބަލާށޭ އެންގެވީ އެންމެންގެ މައްސަލައެވެ. އެމްއެމްޕީއާރްސީގެ ވައްކަމުގެ ފައިސާ މުޅި ގައުމުގައި ދައުރުވެފައިވާ ގޮތަކީ ސިއްރު ކަމެއް ނޫނެވެ. އެވަރަށް ފުޅާކޮށް ދައުރުވި އެއްޗެއްގެ ހިޔަނި ލައްކަ ގިނަ މީހުންގެ ހަޔާތަށް އެޅިފައި ހުންނާނެތާއެވެ. އެހެންވީމާ ތަހުގީގެއް ފެށޭއިރަށް ލިސްޓެއް ފައިދާވާނޭކަމާއި އެ ލިސްޓުގައި ތިބޭނީ ހަމައެކަނި ސިޔާސީ ހަތުރުން ނޫންކަން ރައީސް ސާލިހަށް އެނގިވަޑައިގަންނަވައެވެ. ސަރުކާރުގެ ތެރެއިންވެސް މީހުން ބުރަބުރައިގެންދާނޭކަން އެނގިވަޑައިގަންނަވައެވެ.

ކޮމިޝަނުގެ މަސައްކަތް ހުއްޓުމެއް ނެތި އަދިވެސް ދަނީ ކުރިއަށެވެ. ތަހުގީގު ދަނީ ކުރިއަށެވެ. ތަހުގީގު މުޅިން ނުނިމުނަސް ދައުލަތުގެ ބައެއް މުއައްސަސާތަކުގެ އެދުމަކަށް ތަހުގީގު މިހާރު ކުރިއަށް ގޮސްފައިވާ ހިސާބު އަންގައިދޭ ޗާޓެއް ކޮމިޝަނުން ވަނީ އެ މުއައްސަސާތަކާ ހިއްސާކޮށްފައެވެ. މި ޗާޓު އާއްމުންނާ ހަމަޔަށް ވެސް މިހާރު ވަނީ ތިލަކުރެވިފައެވެ. މި ޗާޓަށް ބައެއް މީހުން ލިސްޓެކޭވެސް ކިޔައެވެ. ޚިޔާނާތުގެ ފައިސާ އެކިގޮތްގޮތަށް ދައުރުވެފައިވާ ސިފަ ރޮނގުތަކެއްގެ މިސާލުގައި ކުރަހައިލީމާ އެ ވައްތަރުވަނީ ވާމަކުނުގެ ހާއްޔަކާއެވެ. މިހާތަނަށް ސާފުކުރެވުނު ކަންކަމަށް ރިއާޔަތް ކުރީމާ މި ހާލިން ފެންނަނީ ޖުމްލަ 281 ޖޮއިންޓެވެ. އޭގެތެރެއިން ޔާމީނުގެ ސަރުކާރާއި ސާލިހުގެ ސަރުކާރަށް ނިސްބަތްވާ މީހުންނާއި ދައުލަތުގެ އެކި މަގާމުތަކުގައި ކުރިން ތިބި މީހުންނާއި މިހާރުވެސް ފުރާ މީހުން ހިމެނޭހެން 119 ޖޮއިންޓެއްވެސް ފާހަގަ ކުރެވެއެވެ.

ލިސްޓެއް ފައިދާވުމަކީ ކުށް ސާބިތުވުމެއް ވެސް ނޫނެވެ. އެހެންވީމާ މިހުރިހާ ޖޮއިންޓްތަކަކީ އެއްގިންތިއަކަށް ފެތޭ ޖޮއިންޓްތަކަށް ނުވެވެސް ހިނގައިދާނެއެވެ. އެކަން ނިންމާނީ ކަމާގުޅުންހުރި މުއައްސަސާތަކުން އެކަމެއްގެ މަރުހަލާގައެވެ. އޭގެތެރޭގައި ފަނޑިޔާރުގެ ވެސް ހިމެނެއެވެ. އެސެޓް ރިކަވަރީ ކޮމިޝަނުގެ ރައީސް އަހުމަދު އަސްއަދު ވިދާޅުވިހެން ލިސްޓުގައިވާ އެންމެންނަކީ ކުށްވެރިންކަމުގައި މިވަގުތު ބަލައިގެން ނުވާނެއެވެ. ހުކުމް އިއްވާނީ ހުރިހާ މަރުހަލާއެއް ނިމުމުން ފަނޑިޔާރުގެއިންނެވެ. މިހާރު ތިލަވެފައި މިއޮތީ ކުރެވިފައިވާ މަސައްކަތުގެ ޗާޓެކެވެ. ފައިސާ ދައުރުވި ގޮތުގެ ކުރެހުމެކެވެ.

ކޮންމެއަކަސް ރައީސް ސާލިހުގެ ގަރާރަކުން އެމަނިކުފާނު އުފެއްދެވި ރިޔާސީ ކޮމިޝަނުގެ މަސައްކަތް ގޮސްފައިވާ ހިސާބާއި އެމްއެމްޕީއާރްސީގެ ޚިޔާނާތުގެ ފައިސާ ދައުރުވެފައިވާ ގޮތުގެ ޗާޓު ތިލަވެގެން އައިމާ ޚިޔާނާތާއި ފަސާދަ ފޮރުވަން ރައީސް މަސައްކަތެއް ނުކުރައްވާކަން ވަރަށް ސާފެވެ. ކަންކަން ހާމަކޮށް ތިލަކުރުމުގައި މޫނަކަށް ކަނދުރާއަކަށް ބެއްލެވުމެއް ނެތްކަން ވަރަށް ސާފެވެ. ކޮމިޝަނުގެ މަސައްކަތުގެ ތެރެއަށް ރައީސް އޮފީހުން އުނދުޅި ނުބާނާކަމާއި ކޮމިޝަނުގެ މަސައްކަތް ފުރިހަމަ ކުރަމުންދަނީ މިނިވަންކަމާއެކު ކަން ވަރަށް ސާފެވެ. އެކަން ސާފުވަނީ ލިސްޓަށް ބަލައިލީމައެވެ.

ޚިޔާނާތާއި ފަސާދަޔަކީ ގާދޫކޮލުން މިއަދު އެތެރެވެގެން އުޅޭ ވަބާއެއް ނޫނެވެ. މިއީ މިރާއްޖޭގައި ދުވަސްވީ ވަބާއެކެވެ. ޔާމީނުގެ ސަރުކާރަށް ދިވެހި ރައްޔިތުން ނޫނެކޭ ބުނީ އެ ސަރުކާރުގެ ފައިތިލައިން ފެށިގެން ބޮލާ ހަމަޔަށް ވަބާގެ އަސަރު ފާޅުވާން ހުރުމުންނެވެ. ރައީސް ސާލިހު ވެރިކަމަށް ގެނައީ އެކަންކަން ބަލައި އިންސާފު ގާއިމުކުރުމުގެ އުއްމީދުގައެވެ. އެހެންވީމާ އެމަނިކުފާނު ކުރައްވަމުން ގެންދަވަނީ އެ މަސައްކަތެވެ. އެމަނިކުފާނުގެ ސަރުކާރުގެ ތެރޭގައި ޚިޔާނާތުގެ އަމަލެއް ހިނގިޔަސް އެކަން ތިލަކުރައްވައި ފިޔަވަޅު އަޅުއްވައެވެ. ފަސްއަޅައި ފޮރުވާކަށް ނޫޅުއްވައެވެ. މީގެ މިސާލަކީ ވެންޓިލޭޓަރުތަކުގެ މައްސަލައެވެ. އެކަން ހާމަކޮށް ތިލަކުރީ އިދިކޮޅު ޕާޓީތަކުން ނޫނެވެ. އެކަންކުރީ ހަމަ ސަރުކާރުންނެވެ.

އިހުޒަމާނުގައި ދިވެހިން ބޭނުންކޮށް އުޅުނު ހަރުބަހެއްގައި ކިޔައެވެ. ގާތުން ބޮލިކޮއްޓެއް ދީގެން ނަމަވެސް ފަނޑިޔާރުގެއަށް ނުގޮސްވޭތޯ ބަލާށެވެ. މާނަޔަކީ އަމިއްލަ އަތުން އެއްޗެއް ބީވިކަމުގައި ވިޔަސް ޝަރީއަތާ ހަމަޔަށް ނުގޮސް ވޭތޯ ބަލާށެވެ. ފަނޑިޔާރުގެޔަށް ދާންޖެހިއްޖެނަމަ ކޮންމެ އަގެއް އަދާކޮށްގެން ވިޔަސް އެކަމުން ރެކިގަނެވޭތޯ އުޅޭށެވެ. ރައީސް ސާލިހުގެ ސިޔާސަތަކީ މިބަހުގެ ސީދާ އިދިކޮޅެވެ. އަތުން އެއްޗެއް ބީވިޔަސް، ސަރުކާރުން ބަޔަކު ބުރަބުރައިގެން ދިޔައަސް އެމަނިކުފާނުގެ ސިޔާސަތަކީ ފަނޑިޔާރުގެޔަށް ވަޑައިގަތުމެވެ. އިންސާފު ގާއިމުކުރުމެވެ. ރައްޔިތުންނަށް އެމަނިކުފާނު ވެވަޑައިގެންފައިވާ ވައުދަކީވެސް އެއީއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީސް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙުމޯލްޑިވިއަން ޑިމޮކްރެޓިކް ޕާރޓީ (އެމް.ޑީ.ޕީ)

އިތުރަށް ކިޔާލަން

17 ޑިސެމްބަރު 2025

ރައީސް އޮފީހުގެ ހަރަދު، ބަޖެޓަށް ވުރެ 7 މިލިއަން ރުފިޔާ އިތުރުވެއްޖެ

17 ޑިސެމްބަރު 2025
ރައީސް އޮފީހުގެ ހަރަދު، ބަޖެޓަށް ވުރެ 7 މިލިއަން ރުފިޔާ އިތުރުވެއްޖެ
11 ޑިސެމްބަރު 2025

މުއިއްޒޫ ހެޔޮ ނުވާނެ. ތިގޮތަށް ދެފުށް ނުދެއްކިއްޔާ ރަނގަޅީ.!

11 ޑިސެމްބަރު 2025
މުއިއްޒޫ ހެޔޮ ނުވާނެ. ތިގޮތަށް ދެފުށް ނުދެއްކިއްޔާ ރަނގަޅީ.!
27 ނޮވެމްބަރު 2025

ހުއްދަތައް 3 ދުވަސް ތެރޭގައި ދިނުމަށް ޓޫރިޒަމް އެންޑް އެންވަޔަރަންމަންޓް މިނިސްޓްރީ އަށް މުއިއްޒު އަންގަވައިފި

27 ނޮވެމްބަރު 2025
ހުއްދަތައް 3 ދުވަސް ތެރޭގައި ދިނުމަށް ޓޫރިޒަމް އެންޑް އެންވަޔަރަންމަންޓް މިނިސްޓްރީ އަށް މުއިއްޒު އަންގަވައިފި
12 ނޮވެމްބަރު 2025

ފުވައްމުލައް ފެނަށް ޖެހުން: ސަރުކާރުން ބުނި ގަޑިއަށް ފެން ދޫނުކުރެވުނު، އަދިވެސް މައްސަލަ ހައްލު ނުވޭ

12 ނޮވެމްބަރު 2025
ފުވައްމުލައް ފެނަށް ޖެހުން: ސަރުކާރުން ބުނި ގަޑިއަށް ފެން ދޫނުކުރެވުނު، އަދިވެސް މައްސަލަ ހައްލު ނުވޭ
18 އޮކްޓޯބަރު 2025

އިންތިޚާބުތަކާއި ދިމާކޮށް ރައީސް މުއިއްޒު ރަށްރަށް ގޮސް ކަންކަން ކޮށްދެނީ "ދީފަ އަތުލާ ފީފާ ބުރިއެއް" ގެ އުސޫލުން: ތޯރިގް

18 އޮކްޓޯބަރު 2025
އިންތިޚާބުތަކާއި ދިމާކޮށް ރައީސް މުއިއްޒު ރަށްރަށް ގޮސް ކަންކަން ކޮށްދެނީ "ދީފަ އަތުލާ ފީފާ ބުރިއެއް" ގެ އުސޫލުން: ތޯރިގް
16 އޮކްޓޯބަރު 2025

ކުރީގެ ބަންޑާރަ ނައިބު ރިފްއަތު އޭސީސީ އަށް ހާޒިރު ކޮށްފި

16 އޮކްޓޯބަރު 2025
ކުރީގެ ބަންޑާރަ ނައިބު ރިފްއަތު އޭސީސީ އަށް ހާޒިރު ކޮށްފި
15 އޮކްޓޯބަރު 2025

ކުރީގެ އެޑިއުކޭޝަން މިނިސްޓަރު އޭސީސީ އަށް ހާޒިރު ކޮށްގެން ބަލަމުން ދާ މައްސަލަ އިންވެސްޓިގޭޓަރުންނަށް ސާފެއް ނުވޭ: މައުރޫފް

15 އޮކްޓޯބަރު 2025
ކުރީގެ އެޑިއުކޭޝަން މިނިސްޓަރު އޭސީސީ އަށް ހާޒިރު ކޮށްގެން ބަލަމުން ދާ މައްސަލަ އިންވެސްޓިގޭޓަރުންނަށް ސާފެއް ނުވޭ: މައުރޫފް
15 އޮކްޓޯބަރު 2025

ކުރީގެ މިނިސްޓަރު އައިޝަތު އަލީ އޭސީސީ އަށް ޙާޒިރު ކޮށްފި

15 އޮކްޓޯބަރު 2025
ކުރީގެ މިނިސްޓަރު އައިޝަތު އަލީ އޭސީސީ އަށް ޙާޒިރު ކޮށްފި
14 އޮކްޓޯބަރު 2025

މުޒާހަރާގެ ތެރެއިން ހައްޔަރުކުރި މީހުންނަށް ލިބުނު އަނިޔާގެ ފުރިހަމަ ޒިންމާ ދައުލަތުން ނަގަން ޖެހޭނެ: ވަކީލް ނިޝާން

14 އޮކްޓޯބަރު 2025
މުޒާހަރާގެ ތެރެއިން ހައްޔަރުކުރި މީހުންނަށް ލިބުނު އަނިޔާގެ ފުރިހަމަ ޒިންމާ ދައުލަތުން ނަގަން ޖެހޭނެ: ވަކީލް ނިޝާން
13 އޮކްޓޯބަރު 2025

ކުރީގެ އެޑިއުކޭޝަން މިނިސްޓަރު އައިޝަތު ވެސް އޭސީސީއަށް ހާޒިރުވާން އަމުރު ފޮނުވައިފި

13 އޮކްޓޯބަރު 2025
ކުރީގެ އެޑިއުކޭޝަން މިނިސްޓަރު އައިޝަތު ވެސް އޭސީސީއަށް ހާޒިރުވާން އަމުރު ފޮނުވައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު